Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގާޒީ ބާރީ

ގާޒީ ބާރީ ރިޝްވަތު ނެންގެވިކަން ސާބިތުކުރާނެ އެއްވެސް ހެއްކެއް ނުލިބުނު: އޭސީސީ

1 ނޮވެމްބަރު 2017 | ބުދަ 06:06

ބެއްލެވި މައްސަލަތަކުގައި ރިޝްވަތު ނެންގެވި ކަމަށް ބުނާ މައްސަލައެއް

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 1 ނޮވެމްބަރު 2017 | ބުދަ 06:06
ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަދި މިހާރުގެ ޖުވެނައިލް ކޯޓުގެ ގާޒީ ބާރީ، އުއްތަމަފަނޑިޔާރާއެކު

ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަދި މިހާރުގެ ޖުވެނައިލް ކޯޓުގެ ގާޒީ ބާރީ، އުއްތަމަފަނޑިޔާރާއެކު

ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަބްދުލް ބާރީ ޔޫސުފް އެ ކޯޓުގެ ފަނޑިޔާރު ކަމުގައި ހުންނަވައިގެން ބައްލެވި މައްސަލަތަކުގައި ރިޝްވަތު ނެންގެވި ކަމަށް ބުނާ މައްސަލަ ސާބިތުކުރާނެ އެއްވެސް ހެއްކެއް ނުލިބުނު ކަމަށް ބުނެ، އެއީ ކޮރަޕްޝަން އެކުލެވިގެން ނުވާ މައްސަލައެއް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކަނޑައަޅައިފި އެވެ.

އޭސީސީއިން އެގޮތަށް ކަނޑައަޅާފައިވަނީ ގާޒީ ބާރީ ބައްލަވާ މައްސަލަތަކުގައި އެ މައްސަލަތަކާ ގުޅޭ ފަރާތްތަކުގެ އަތުން ރިޝްވަތު ނަންގަވާ ކަމަށް ބުނެ އަމިއްލަ ފަރާތަކުން ހުށަހެޅި މައްސަލައެއް ބެލުމަށް ފަހުގަ އެވެ.

Advertisement - newsAdvertisement

ކޮމިޝނުގެ ނިންމުމުގައި ބުނެފައި ވަނީ، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 65 ވަނަ މާއްދާގައިވާ ގޮތުން ފަނޑިޔާރުން ކޮންމެ އަހަރަކު އެއް ފަހަރު މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި، އަރަންޏާއި ދަރަނި ހާމަކޮށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅަންޖެހޭއިރު، 2010، 2011، 2012 ވަނަ އަހަރު ގާޒީ ބާރީ އެ ކޮމިޝަނަށް ހުށަހަޅުއްވާފައިވާ ބަޔާންތަކުގައި ހާމަކޮށްފައިނުވާ ފައިސާގެ މުޢާމަލާތުތަކެއް ގާޒީ ބާރީގެ އެކައުންޓް ސްޓޭޓްމަންޓްތައް ބެލިބެލުމުން ފާހަގަކުރެވުނު ކަމަށެވެ.

އެހެންނަމަވެސް، އެ ފައިސާއަކީ ގާޒީ ބާރީ ބައްލަވަމުން ގެންދެވި މައްސަލައަކާ ގުޅިގެން ލިބިފައިވާ ފައިސާއެއްތޯ ބެލުމަށް، އެ ފައިސާ ޖަމާކޮށްފައިވާ ފަރާތްތަކުގެ ކުށުގެ ރެކޯޑް ސާފުކުރިއިރު، އެ ފަރާތްތަކާ މެދު ތުހުމަތުކުރެވޭ ޖިނާޢީ މައްސަލައެއް ދިވެހިރާއްޖޭގެ ޖިނާއީ މައްސަލަތަކާ ބެހޭ އެއްވެސް މުއައްސަސާއެއްގައި ނެތްކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް ބުނެފައި ވެއެވެ.

ކޮމިޝަނުން ބުނީ މި މައްސަލައާ ގުޅިގެން ބަޔާންދީފައިވާ ފަރާތްތަކުގެ ބަހުން ގާޒީ ބާރީގެ އެކައުންޓަށް ޖަމާކޮށްފައިވާ ފައިސާއަކީ މި މައްސަލައިގެ ޝަކުވާގައި ބަޔާންކޮށްފައިވާ ފަދަ ރިޝްވަތުގެ ފައިސާއެއް ކަން ސާބިތު ކުރާނެ އެއްވެސް ހެއްކެއް ނުވަތަ ޤަރީނާއެއް ލިބިފައިނުވާތީ، މިމައްސަލައިގައި، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގައި ބުނާ ފަދަ ކޮރަޕްޝަންގެ ޢަމަލެއް ހިންގާފައިވާ ކަމަށް މިކޮމިޝަންގެ ތަޙްޤީޤަށް ބެލެވެން ނެތް ކަމަށެވެ.

އެހެންކަމުން މި މައްސަލައަކީ ކޮރަޕްޝަނުގެ ކުށެއް އެކުލެވިގެންނުވާ މައްސަލައެއްކަމަށް ކަނޑައަޅައި، އޭސީސީ އިން ވަނީ މައްސަލަ ނިންމާފަ އެވެ.

ކްރިމިނަލް ކޯޓުގެ އިސްގާޒީގެ މަގާމުގައި ހުންނަވަނިކޮށް، ޖޭއެސްސީ އިން ވަނީ ޖުލައި މަހުގެ 11 ވަނަ ދުވަހު ގާޒީ ބާރީ ޖުވެނައިލް ކޯޓަަށް ބަދަލުކޮށްފަ އެވެ. ގާޒީ ބާރީ ޖުވެނައިލް ކޯޓަށް ބަދަލުކުރީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް ކުރި ދައުވާގެ ޝަރީއަތަށް ދައުލަތުގެ ވަކީލުން ހާޒިރުނުވުމުން ދައުވާ ބާތިލްކޮށް ފޮނުވާލިތާ ގިނަ އިރުތަކެއް ނުަވަނީހެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

30 މާރިޗު 2017

ޤާސިމްގެ މައްޗަށް ތުހުމަތުކޮށްފައިވަނީ މެމްބަރުންނަށް ރިޝްވަތުދެއްވިކަމުގެ ތުހުމަތު!

30 މާރިޗު 2017
ޤާސިމްގެ މައްޗަށް ތުހުމަތުކޮށްފައިވަނީ މެމްބަރުންނަށް ރިޝްވަތުދެއްވިކަމުގެ ތުހުމަތު!
26 މާރިޗު 2017

ގާޒީ އާލާސްކަންފުޅާ އުޅުއްވާތީ އަމީން ފައިސަލްގެ އަޑުއެހުން ކެންސަލް!

26 މާރިޗު 2017
ގާޒީ އާލާސްކަންފުޅާ އުޅުއްވާތީ އަމީން ފައިސަލްގެ އަޑުއެހުން ކެންސަލް!
24 ފެބުރުއަރީ 2017

ގާޒީ މަރިޔަމް ވަހީދު ވަކިކުރި މައްސަލައިގައި ކުރީގެ އުއްތަމަ ފަނޑިޔާރުގެ ފާޑުކިޔުން ޖޭސްސީ އަށް

24 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދު ވަކިކުރި މައްސަލައިގައި ކުރީގެ އުއްތަމަ ފަނޑިޔާރުގެ ފާޑުކިޔުން ޖޭސްސީ އަށް
21 ފެބުރުއަރީ 2017

ސުޕްރީމް ކޯޓުގެ ނިންމުމަކީ ފަހުގެ ނިންމުން، ގާޒީ މަރިޔަމްގެ މައްސަލާގައި އަޅަންޖެހޭ ފިޔަވަޅެއް ނެތް: ޖޭއެސްސީ

21 ފެބުރުއަރީ 2017
ސުޕްރީމް ކޯޓުގެ ނިންމުމަކީ ފަހުގެ ނިންމުން، ގާޒީ މަރިޔަމްގެ މައްސަލާގައި އަޅަންޖެހޭ ފިޔަވަޅެއް ނެތް: ޖޭއެސްސީ
19 ފެބުރުއަރީ 2017

ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ

19 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ
18 ފެބުރުއަރީ 2017

ގާޒީ "އެކަހެރިކުރީ" ރަނގަޅަށްތޯ ސުވާލު އުފައްދައިފި

18 ފެބުރުއަރީ 2017
ގާޒީ "އެކަހެރިކުރީ" ރަނގަޅަށްތޯ ސުވާލު އުފައްދައިފި
16 ފެބުރުއަރީ 2017

ގާޒީ މަރިޔަމް ވަހީދުގެ ކިބައިން ޝަރީއަތްކުރުމުގެ ހައިސިއްޔަތު ނަގައިފި!

16 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދުގެ ކިބައިން ޝަރީއަތްކުރުމުގެ ހައިސިއްޔަތު ނަގައިފި!
08 ފެބުރުއަރީ 2017

ގާޒީ ބަރީގެ ބޭބެގެ ޝަރީއަތް ސިއްރުކޮށްފި

08 ފެބުރުއަރީ 2017
ގާޒީ ބަރީގެ ބޭބެގެ ޝަރީއަތް ސިއްރުކޮށްފި
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
16 ޖެނުއަރީ 2017

ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި

16 ޖެނުއަރީ 2017
ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް