Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޚުދުމުހްތާރު ވެރިކަން

ސަރުކާރުން އަސާސީ ހައްގުތައް ނިގުޅައިގެންފި، މަސައްކަތް ކުރަނީ ސީދާ ހުދުމުހްތާރުވެރިކަމެއް ކުރުން: ހުސެއިން

1 ނޮވެމްބަރު 2017 | ބުދަ 01:24

އަސާސީ ހައްގުތަކުގެ ބާބަކީ އެންމެ ބުރަ މަސައްކަތުން އެކުލަވާލި ބާބު

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 1 ނޮވެމްބަރު 2017 | ބުދަ 01:24
މަތިވެރިދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގުރާމްގައި ވާހަކަ ދައްކަވަނީ:-

މަތިވެރިދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގުރާމްގައި ވާހަކަ ދައްކަވަނީ:-

ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ އަސާސީ ހައްގުތައް ހަނިކޮށް ހުދުމުހްތާރުވެރިކަމެއް ކުރުމަށް ކުރެވޭނެ ހުރިހާ މަސައްކަތެއް މި ސަރުކާރުން ކުރަމުންދާ ކަމަށް މަތިވެރީ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ވިދާޅުވެއްޖެ އެވެ.

އާ ގާނޫނު އަސާސީ އެކުލަވާލި ރައްޔިތުންގެ ހާއްސަ މަޖިލީހުގައި މަސައްކަތްކުރެއްވި ހުސެއިން މުހައްމަދު ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވިދާޅުވީ ގާނޫނު އަސާސީގައި އޮތް އަސާސީ ހައްގުތަކުގެ ބާބަކީ އެންމެ ބޮޑެތި ހޯދުންތަކާއެކު އެންމެ ބުރަ މަސައްކަތުން އެކުލަވާލެވުނު ބާބު ނަމަވެސް މިއަދު އެވަނީ އެ ހައްގުތައް ހަނިކޮށްފައި ކަމަށެވެ.

Advertisement - newsAdvertisement
"ޑޮމްކްރޮޓިކް އުސޫލުތައް މުގުރާލައިފި، ޑިމޮކްރޮޓިކް ވެރިކަމާ އޭގޭ އުސޫލުތައް ބޭރުކޮށްލައިފި އޭ. މަސައްކަތްކުރަނީ ސީދާ ހުދުމުހްތާރު ވެރިކަމަކަށް ސީދާ،" އެނާ ވިދާޅުވި އެވެ.

މި ސަރުކާރު އައި ފަހުން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ބޭނުންކޮށްގެން ގާނޫނުތައް ހަދާ ފައިވަނީ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އަސާސީ ހައްގުތައް ހަނިކޮށް އެ ހައްގުތައް ނިގުޅައިގަނެވޭ ގޮތަށް ކަމަށްވެސް އޭނާ ވިދާޅުވި އެވެ. އެގޮތުން ހިޔާލުފާޅުކުރުމާއި އެއްވެއުޅުމުގެ ހައްގުތައް ވަނީ ގެއްލުވާލާފައި ކަން އޭނާ ފާހަގަ ކުރެއްވި އެވެ.

އަބުރު ރައްކާތެރިކުރުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި ހަދާފައިވާ ގާނޫނު ބޭނުންކޮށްގެން މިނިވަން ނޫސްވެރިކަމަށް ހުރަސްއަޅަމުންދާކަން ފާހަގަ ކުރައްވާ މެމްބަރު ހުސެއިން ވަނީ ބްރޯޑްކާސްޓިން ކޮމިޝަނަށް ފާޑު ވިދާޅުވެފަ އެވެ.

" ކުޑަ އަދަދަކުންވެސް ނޫން ދެއްތޯ މި ޖޫރިމަނާކުރަނީ، ކުރާއިރު. ޝަހީބުމެންގެ ލަދު ހަޔާތް ނުހުންނަކަން މި ގޮތަށް ކުރާއިރު. އެމީހުންގެ ޒިންމާ ނޭނގޭކަން. އެމީހަށް ކުރަން ޖެހޭ ކަންކަމާ ކުރަން ނުޖެހޭ ކަންކަން ނޭނގޭ މީހުން ކަންކަމާ ނޫޅޭނީ. ޝަހީބާއި، ބަދިގެ ދޮށުގައި ގެންގުޅުނު ކުދިންކޮޅެއް ގެންގޮސް ނޫސްވެރިކަން ނަގާ އޮޅާލެވޭތޯ މި މަސައްކަތްކުރަނީ،" އޭނާ ވިދާޅުވި އެވެ.

ސިޔާސީ ކުށްވެރިން ނުތިބޭނެ ކަމަށް މި ސަރުކާރުން ބުނާ ވާހަކައަށް ރައްދު ދެއްވައި، ހުސެއިން ވިދާޅުވީ ސިޔާސީ އެކި މީހުންގެ މައްޗަށް ޖިނާއީ ދައުވާތައް އުފުލާ ހުކުމް ކޮށްފައިވަނީ ގާނޫނީ ހަމަތަކުގެ މަތިން ނޫން ކަމަށެވެ. އޭނާ ވަނީ ސަރުކާރުން މިނިވަން މިނިވަން މުވައްސަސާތަކަށް ބިރު ދައްކައިގެން ކަންކަން ކުރުވަމުންދާ ކަމަށް ވިދާޅުވެ އިލެކްޝަންސް ކޮމިޝަނާއި ދައުލަތުގެ އެހެނިހެން މުވައްސަސާތަކަށްވެސް ފާޑު ވިދާޅުވެފަ އެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް މިހާރު އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ އެއްވެސް ހަމައެއް އުސޫލެއް އޮވެގެން ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"ގާނޫނޭ، ގާނޫނީ ހަމައޭ މީ ކޮން އެއްޗެކޭ މި ކިޔަނީ. ހަމަ ހިތަށް އެރީމަ ބާރު ހުރީމަ ބިރުދައްކައިގެން، ސުލޭމާން ކަހަލަ ތާކުން ތާކުން ނުޖެހޭ މީހުނަށް އަމުރުތައް އަންގައިގެން، މި ކަހަލަ މައިކަށި ނެތް މީހުން ތަންތަނުގައި ތިބެގެން ގާނޫނަކަށް އުސޫލަކަށް ނުބަލާ ކުރާ ކަންކަން މިއީ. އެހެންވީމަ ގާނޫނީ ހަމައޭ ނުކިޔާ އޮޅުވާލަންވެގެން. އެހެން ކީމަ ތެދެއް ކައިރީގައި ތިބޭ މީހުން އަތް ޖަހާނެ،" އޭނާ ވިދާޅުވި އެވެ.

މި ސަރުކާރު އައުމަށް ވީ ރިޔާސީ އެއްވެސް ވައުދެއް ނުފުއްދަވާ ކަމަށާއި ހިނގަމުންދަނީ މީގެ ކުރީ ސަރުކާރުތަކުންވެސް ކުރަމުން އައިކަންތައް ކަމަށް ވެސް ހުސައިން މުހައްމަދު ފާހަގަ ކުރެއްވި އެވެ.

"ކޮން ވައުދެއް ފުއްދުނީ، މަސްވެރިނަށް އެބަ ލިބޭތޯ ފައިސާ، ބެޔަސް ނުބެޔަސް ދިހަ ހާސް. ދަނޑުވެރިންނަށް އަށްހާސް ރުފިޔާ އެބަ ލިބޭތޯ. ކޮބައިތޯ އާއިލާ ޑޮކްޓަރު، ރިސޯޓް ހިއްސާއަށް ކިހިނެތްތޯވީ. އަލަތު ކައިވެންޏާއެކު ފްލެޓް ލިބޭ ތޯ، ގާނޫނީ ވެރިކަމެކޭ މި ކުރަނީ ކިޔާހެން ކޮންމެ އެއްޗެއްވެސް އަނގައިން މި ހަމަ ޖައްސަނީ،" އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ މި އަނިޔާވެރިކަމަށް ދެން ތާއިދުކޮށް ރައްޔިތުން ވޯޓެއް ނުދޭނެ ކަމަށާއި ކޮރަޕްޝަނާއި ވައްކަން ސަރުކާރުގެ ތެރޭގައި އިންތިހާއަށް އޮތްކަން ރައްޔިތުން ގަބޫލުކުރާ ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
07 ޖެނުއަރީ 2017

މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

07 ޖެނުއަރީ 2017
މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް