Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިލެކްޝަންސް ކޮމިޝަން

ރިޔާސީ އިންތިޚާބު މިނިވަން ވެދާނެތޯ ސުވާލު ނުއުފެއްދުމަށް އިލެކްޝަނުން އަންގައިފި

އިންތިޚާބު ބާއްވާނީ އިންތިހާބުތަކަކީ ގާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތަށް ބައިނަލްއަގުވާމީ ހަމަތަކުގެ މަތިން

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 31 އޮކްޓޯބަރު 2017 | އަންގާރަ 15:14
އިލެކްޝަންސް ކޮމިޝަން: ގިނަ ބައެއްގެ ފާޑުކިއުން ވަނީ އަމާޒުވެފައި

އިލެކްޝަންސް ކޮމިޝަން: ގިނަ ބައެއްގެ ފާޑުކިއުން ވަނީ އަމާޒުވެފައި

އަންނަ 2018 ވަނަ އަހަރު ރާއްޖޭގައި ބާއްވަން ޖެހޭ ރިޔާސީ އިންތިޚާބު މިނިވަން އިންސާފްވެރި އިންތިޚާބަކަށް ވެދާނެތޯ ސުވާލު ނުއުފެއްދުމަށް އިލެކްޝަންސް ކޮމިޝަނުން އަންގައިފިއެވެ.

އެކޮމިޝަނުން މިގޮތަށް އަންގާފައި މިވަނީ އަންނަ އަހަރުގެ ރިޔާސީ އިންތިހާބު ބޭއްވުމަށް މިނިވަން މާހައުލެއް ގާއިމް ކޮށްދިނުމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) ޕާލިމެންޓްރީ ގްރޫޕުން ގޮވާލާފައި ވަނިކޮށް، އިލެކްޝަންސް ކޮމިޝަން (އީސީ)އިން ނެރުނު ނޫސްބަޔާނެއްގައެވެ.

އިލެކްޝަނުން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އިންތިހާބުތަކަކީ ގާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތަށް ބައިނަލްއަގުވާމީ ހަމަތަކުގެ މަތިން ހާމަކަން ބޮޑު ގޮތެއްގައި އިންސާފުވެރިކަމާ އެކު ކުރިއަށް ގެންދާ މަސައްކަތެއް ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ރިޔާސީ އިންތިހާބަކީ މިނިވަން އިންސާފުވެރި އިންތިހާބަކަށް ހެދުމަށް އެ ކޮމިޝަނުން ކުރަމުން ގެންދާ މަސައްކަތްތައް ކުރުންމަތީ ދެމިތިބޭނެ ކަމަށެވެ.

އެކޮމިޝަނުން ބުނީ ޔޫރަޕިއަން ޔޫނިއަންގެ ވަފުދެއް ރާއްޖެއަށް ޒިޔާރަތް ކުރި ވަގުތާ ދިމާކޮށް ސިޔާސީ އެކި އެކި ފަރާތްތަކުން އިންތިހާބުގެ ކަންކަމުގައި އެ ކޮމިޝަނުން ކުރަމުން ގެންދާ މަސައްކަތުގެ އަސްލު އޮޅުވާލާ، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ތަސައްވަރު ކިލަނބު ކޮށްލުމުގެ ބޭނުމުގައި ހަގީގަތާއި ހިލާފު ތަފާތު ވާހަކަތައް ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ދައްކަމުން ގެންދާކަން ފާހަގަ ކުރެވޭ ކަމަށެވެ.

އީޔޫގެ ވަފުދުން ރާއްޖެއަށް ކުރި ޒިޔާރަތަށް ފަހު، ހޯމަ ދުވަހު ނެރުނު ބަޔާނުގައި ބުނެފައި ވަނީ އަންނަ އަހަރުގެ އިންތިހާބަކީ މިނިވަން އަދި އިންސާފުވެރި އިންތިހާބަކަށް ހެދުމަށްޓަކާ މިނިވަން މާހައުލެއް ގާއިމުކޮށްދިނުމަށް ރައީސް އަބްދުﷲ ޔާމީނާ ބައްދަލުކޮށް، އެދިވަޑައިގެންފައިވާ ކަމަށެވެ.

އީޔޫގެ ކަންބޮޑުވުންތަކަށް ރައްދު ދެމުން އިލެކްޝަންސްގެ ބަޔާނުގައި ބުނެފައި ވަނީ ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބަކީ ވެސް މިނިވަން އިންސާފުވެރި އިންތިހާބެއް ކަމަށެވެ. އެ އިންތިހާބު ސިޔާސީ ޕާޓީތަކުންނާއި ބޭރުގެ އޮބްޒާވަރުން ވެސް ބަލައިގެންފައިވާ ކަމަށް ވެސް އިލެކްޝަންގެ ބަޔާނުގައިވެ އެވެ.

ހަމަ އެގޮތަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބަކީ ވެސް ބައިނަލް އަގުވާމީ ފަރާތްތަކުންނާއި ރާއްޖޭގެ އެކިއެކި ފަރާތްތަކަށް އޮބްޒާވްކުރުމުގެ ފުރުސަތު ފަހިވެގެން ކުރިއަށް ގެންދެވޭނެ މިނިވަން އިންސާފުވެރި އިންތިހާބަކަށް ހެދުމަށް އެ ކޮމިޝަނުން ކުރަމުން ގެންދާ މަސައްކަތްތައް ކުރުންމަތީ ދެމިތިބޭނެ ކަމަށާއި އެ ކޮމިޝަންގެ މަސައްކަތާ ގުޅޭ ގޮތުން ހަގީގަތް އޮޅުވާލާ ދޮގު މައުލޫމާތު ފެތުރުން ހުއްޓާލުމަށް އެންމެހާ ފަރާތްތަކަށް އިލްތިމާސް ކުރާކަމަށް އިލެކްޝަންސް ކޮމިޝަނުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އިލެކްޝަންސް ކޮމިޝަނުން މިފަދަ ރައްދެއް ދީ ބަޔާން ނެރެފައިވާއިރު އިލެކްޝަންސް ކޮމިޝަނަށް ގިނަ ބައެއްގެ ފާޑު ކިއުން އަމާޒުވެފައިވެއެވެ. އޭގެ ތެރޭގައި ޕާޓީތަކާމެދު ތަފާކުރުމާއި ސަރުކާރު ނިސްބަތްވާ ޕީޕީއެމަށް ފައްސިޔަޔަށް ކަން ކުރަމުންދާކަމުގެ ތުހުމަތު ދަނީ ކުރެވެމުންނެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުމުގެ މައްސަލައިގާ ގިނަ ބަޔަކު ދަނީ ނުރުހުން ފާޅު ކުރަމުންނެވެ.

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި

15 ޖެނުއަރީ 2017
ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި
14 ޖެނުއަރީ 2017

ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ

14 ޖެނުއަރީ 2017
ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ
13 ޖެނުއަރީ 2017

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017
ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު
13 ޖެނުއަރީ 2017

މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ

13 ޖެނުއަރީ 2017
 މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު