Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުހަތަރު ފިލްމު އިއުލާން ކުރުން

އަންނަ އަހަރު އަޅުވާ 4 ފިލްމެއް އިއުލާން ކޮށްފި

"ދެވަންސޫރަ" އަކީ ރާއްޖޭގައި މިހާރު ކަންބޮޑުވާ މިންވަރަށް ގޮސްފައިވާ މީހުންމެރުމުގެ ކުށުގެ މައްޗަށް އުފައްދާފައިވާފިލްމެއް

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 30 އޮކްޓޯބަރު 2017 | ހޯމަ 18:04
"ދެވަންސޫރަ"އިގެ ފަސްޓް ލުކް

"ދެވަންސޫރަ"އިގެ ފަސްޓް ލުކް

އަންނަ އަހަރަށް އަޅުވާ 4 ފިލްމމެއް އިއުލާން ކޮށްފިއެވެ.

މި ފިލްމުތައް އިއުލާން ކުރީ ފިލްމު "ދެވަންސޫރަ" ޕޯސްޓަރ އަދި ފަސްޓުލުކް ލޯންޗު ކުރުމަށް ބޭއްވި ހަފްލާގައެވެ.

ޔޫއްޕެ ޕްރޮޑަކްޝަންސް، ޝައި ޕްރޮޑަކްޝަންސް، ސްޓޫޑިއޯ ގްރީން، އެޕެކްސް ޕިކްޗާސް އަދި ބްލެކް މީޑިއާ އިންކް ގުޅިގެން ލޯންޗު ކުރާ 4 ފިލްމަކީ:

  1. "ކަޅިކި":

މެއިން ކާސްޓް: ފާތިމަތު އާޒިފާ، މުހައްމަދު ފައިސަލް، އަހުމަދު ޝާހް

ސްކްރީން ޕްލޭ އަދި ޑައިރެކްޝަން: ޔޫސުފް ޝަފީއު(ޔޫއްޕެ)

  1. "ނަފްސް":

މެއިންކާސްޓް: ފާތިމަތު އާޒިފާ، އަހުމަދު ނިމާލް، ޔޫސުފް ޝަފީއު

ސްކްރީން ޕްލޭ: ޒަރީރު

ޑައިރެކްޝަން: އަލީ ޝަޒްމީލް(އެޖެންޓް އައްޔަ)

  1. "ހައްޔަރު"

މެއިންކާސްޓް: މަރިޔަމް ޝިފާ، އަލީ އާޒިމް(ދޮންއައްޔަ)، މުހައްމަދު ފައިސަލް

ސްކްރީންޕްލޭ: ޔޫސުފް ޝަފީއު(ޔޫއްޕެ)

ޑައިރެކްޝަން: މުހައްމަދު ފައިސަލް

  1. "40 ޕްލަސް"

މެއިން ކާސްޓް: އަލީ ސީޒަން، މުހައްމަދު މަނިކު، އަހުމަދު ސައީދު، ޝީލާ ނަޖީބު، ފާތިމަތު އާޒިފާ، މުހައްމަދު ފައިސަލް، އަލީ އާޒިމް، މަރިޔަމް ޝިފާ، ޔޫސުފް ޝަފީއު(ޔޫއްޕެ)

ސްކްރީން ޕްލޭ އަދި ޑައިރެކްޝަން: ޔޫސުފްޝަފީއު(ޔޫއްޕެ)

ޔޫއްޕެގެ "ދެވަންސޫރަ" އަކީ ރާއްޖޭގައި މިހާރު ކަންބޮޑުވާ މިންވަރަށް ގޮސްފައިވާ މީހުންމެރުމުގެ ކުށުގެ މައްޗަށް އަހުމަދު ޝާހް އަދި އަލީ ޝަޒްމީލް ޕްރޮޑިއުސްކޮށް ޔޫއްޕެ ލިޔެ ޑައިރެކްޓް ކޮށްފައިވާ ޓްވިސްޓެޑް ލަވްސްޓޯރީއެކެވެ.

މިއީ މިހާތަނަށް އެންމެ ގިނަ ފިލްމު ސްޓޫޑިއޯ އާއި ގުޅިގެން އުފައްދާފައިވާ ފިލްމެކެވެ. އެއީ ޔޫއްޕެ ޕްރޮޑަކްޝަންސް، ސްޓޫޑިއޯ ގްރީން، އެޕެކްސް ޕިކްޗާސް، ބްލެކް މީޑިއާ އިންކް، ޝައި ޕްރޮޑަކްޝަން، އެންވިޝަން އެންޓަރޓެއިންމަންޓް އަދި މައި ޑްރީމް އެންޓަރޓެއިންމަންޓެވެ.

މިއީ 21 ކަރެކްޓަރ ރޯލުން 21 ތަރިންގެ އެކްޓިން ފެނިގެންދާ ފިލްމެކެވެ.

"ދެވަންސޫރަ"އިގެ ލީޑް ރޯލުން ފެނިގެންދާނީ މުހައްމަދު ފައިސަލް، އިބްރާހިމް ޖިހާދު އަދި މުޅިން އަލަށް ތައާރަފްވާ މަރިޔަމް ޝިފާއެވެ. ސަޕޯޓިން ރޯލުން ފެނިގެންދަނީ އަލީ އާޒިމް(ދޮންއައްޔަ)، އަހުމަދު އީސަ (އާނަންދު)، ޖާދުﷲ އިސްމާއިލް،އަލީ ޝަޒްލީމް، އައްކި، އާޒިފާ،ނާޝިދާ(ނާއްކޮ) ޝަކިއްތަ، މަރިޔަމް ހަލީމް، ވައްޑެ އަދި ޔޫއްޕެ އެވެ. "ދެވަންސޫރަ"އިގެ ޝޫޓިން ނިމިފައިވާއިރު އަދި މި ފިލްމު ސިނަމާތަކަށް އަންނާނެ ދުވަހެއް ފައިނަލެއް ނުވެއެވެ.

އިތުރަށް ކިޔާލަން

21 ފެބުރުއަރީ 2017

މި ވީޑިއޯ ދުށިންތަ؟ މޭގަނޑު އަނގަޔަށް އަންނަ ވަރުވޭ!

21 ފެބުރުއަރީ 2017
މި ވީޑިއޯ ދުށިންތަ؟ މޭގަނޑު އަނގަޔަށް އަންނަ ވަރުވޭ!
08 ފެބުރުއަރީ 2017

"ހައްދު" ގެ ޝޫޓިން އަންނަ މާރޗްމަހު ފަށަނީ

08 ފެބުރުއަރީ 2017
"ހައްދު" ގެ ޝޫޓިން އަންނަ މާރޗްމަހު ފަށަނީ
08 ފެބުރުއަރީ 2017

އުމުރުން 92 އަހަރުގެ ފަލަސްތީނު ފިރިހެނަކަށް ދަރިއަކު ލިބިއްޖެ

08 ފެބުރުއަރީ 2017
އުމުރުން 92 އަހަރުގެ ފަލަސްތީނު ފިރިހެނަކަށް ދަރިއަކު ލިބިއްޖެ
07 ފެބުރުއަރީ 2017

ސަންޖޭގެ ހަޔާތާ ގުޅޭ ފިލްމެއް ކުޅެން ރަންބީރު 13 ކިލޯ ބަރުވެއްޖެ

07 ފެބުރުއަރީ 2017
ސަންޖޭގެ ހަޔާތާ ގުޅޭ ފިލްމެއް ކުޅެން ރަންބީރު 13 ކިލޯ ބަރުވެއްޖެ
30 ޖެނުއަރީ 2017

އަވަސް އަރުވާލައިގެން ހޮލީވޫޑް ފިލްމެއް ކުޅެން މިވަގުތު ބޭނުމެއް ނުވޭ: އަނުޝްކާ

30 ޖެނުއަރީ 2017
އަވަސް އަރުވާލައިގެން ހޮލީވޫޑް ފިލްމެއް ކުޅެން މިވަގުތު ބޭނުމެއް ނުވޭ: އަނުޝްކާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު