Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ސްޕެނިޝް ލަލީގާ

ސްޕެނިޝް ލަލީގާ: އަލަށް ޕްރޮމޯޓްވި ޖިރޯނާ އަތުން ރެއާލް ބަލިވެއްޖެ

ޖިރޯނާ އަތުން ރެއާލް ބަލިވެފައިވަނީ 2-1 ގެ ނަތީޖާއަކުން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 30 އޮކްޓޯބަރު 2017 | ހޯމަ 04:04
ޖިރޯނާ އާއި ރެއާލް ވާދަކުރި މެޗުގެ ތެރެއިން ރޮނާލްޑޯ ހަމަލާއެއް ފޮނުވާލަނީ

ޖިރޯނާ އާއި ރެއާލް ވާދަކުރި މެޗުގެ ތެރެއިން ރޮނާލްޑޯ ހަމަލާއެއް ފޮނުވާލަނީ

ސްޕެނިޝް ލަލީގާގައި އަލަށް ޕްރޮމޯޓްވި ޖިރޯނާ އަތުން މިދިޔަ ސީޒަނުގެ ޗެމްޕިއަން ރެއާލް ބަލިވެއްޖެއެވެ.

ސްޕެއިންގެ މައި ސަރުކާރުން ވަކިވެގަތުމަށް މަސައްކަތް ކުރަމުން އަންނަ ކެޓަލޯނިއާއަށް ނިސްބަތްވާ ޓީމެއް ކަމަށްވާ ޖިރޯނާ އަތުން ރެއާލް ބަލިވެފައި ވަނީ 2-1 ގެ ނަތީޖާއަކުންނެވެ. ސްޕެނިޝް ލީގުގައި އެންމެ މަދު ސްޕޯޓަރުންނަށް ވަދެވޭ ޖިރޯނާގެ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ރެއާލްގެ ފަރާތުން ފެނިގެން ގޮސްފައި ވަނީ ދަށް ކުޅުމެކެވެ.

ޖިރޯނާއިން ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ތަނަވަސް ކޮށްފައިވާއިރު މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައި ވަނީ ރެއާލް އިންނެވެ. އެގޮތުން މެޗުގެ 12 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ޖަހައިދިނީ އިސްކޯއެވެ. މި ލަނޑަކީ ޖިރޯނާއިން އުފެއްދި ހަމަލާއެއް ކައުންޓާ އެޓޭކަށް ބަދަލު ކޮށްލައިގެން ރެއާލްއިން ކާމިޔާބު ކޮށްދިން ލަނޑުންނެވެ. މި ލަނޑަށް ފަހު ވެސް ރެއާލްއަށް މެޗުގެ ކޮންޓްރޯލް ނެގިފައި ނުވާއިރު 35 ވަނަ މިނެޓުގައި ޖިރޯނާއިން އުފެއްދި ހަމަލާއެއް އަމާޒުވީ ރެއާލްގެ ގޯލުގެ ދަނޑިއަށެވެ.

ފުރަތަމަ ހާފު 1-0 ގެ ނަތީޖާއަކުން ރެއާލް ކުރީގައި އޮވެގެން ނިމުނު އިރު ދެވަނަ ހާފުގައި ވެސް ޖިރޯނާއިން ވަނީ މެޗުގެ ކޮންޓްރޯލް ދަމަހައްޓާފައެވެ. ދެވަނަ ހާފު ފެށިގެން އެ ޓީމުގެ ކުޅުން އިތުރަށް ރަނގަޅު ކުރިއިރު ޖިރޯނާއަށް ނަތީޖާ ހަމަހަމަ ވެގެން ދިޔައީ 54 ވަނަ މިނެޓުގައި ކްރިސްޓިއަން ސްޓުއާނީ ކާމިޔާބު ކޮށްދިން ލަނޑުންނެވެ. މި މެޗުގެ ލީޑު ޖިރޯނާއަށް ލިބިގެން ދިޔައީ 58 ވަނަ މިނެޓުގައި ޕަބްލޯ މަފެއޯގެ އެހީތެރި ކަމާއެކު ކްރިސްޓިއަން ޕޯޓޫ ކާމިޔާބު ކޮށްދިން ލަނޑުންނެވެ.

ސްޕެނިޝް ލީގުގައި ސެވިއްޔާ ވަނީ 2-1 ގެ ނަތީޖާއަކުން އަމިއްލަ ދަނޑުގައި ލެގަނޭސް ބަލިކޮށްފައެވެ. މެޗުގައި ވިސާމް ބެން ޔަދާރްއާ ޕަބްލޯ ސަރާބިއާ ސެވިއްޔާއަށް ލަނޑުތައް ޖަހައިދިން އިރު ލެގަނޭސްގެ ހަމައެކަނި ލަނޑު ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދިނީ އެލެކްސެންޑާ ސިޒްމަނޯސްކީއެވެ.

ގެޓާފޭ ވެސް އަމިއްލަ ދަނޑުގައި 2-1 ގެ ނަތީޖާއަކުން ރެއާލް ސޮސިއެޑާޑް އަތުން މޮޅުވިއިރު މަލާގާ ވެސް ވަނީ އަމިއްލަ ދަނޑުގައި 2-1 އަކުން ސެލްޓަ ވީގޯ ބަލިކޮށްފައެވެ. އެއިބާއާ ލެވަންޓޭ ބައްދަލުކުރި މެޗު ނިމިފައިވަނީ 2-2 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.

ސްޕެނިޝް ލަލީގާގެ ޕޮއިންޓް ތާވަލަށް ބަލާލާއިރު އެއްވަނައިގައި 28 ޕޮއިންޓާއެކު ބާސާ އޮތްއިރު 24 ޕޮއިންޓާއެކު ދެވަނައިގައި އޮތީ ވެލެންސިއާއެވެ. އަދި 20 ޕޮއިންޓާއެކު ފައިދާ ލަނޑު އިތުރު ވުމުން ރެއާލްއަށް ތިންވަނަ ލިބޭއިރު ހަތަރު ވަނަ ލިބެނީ އެޓްލެޓިކޯ މެޑްރިޑަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސްޕެނިޝް ލީގުގައި ރެއާލަށް ދެ ޕޮއިންޓްގެ ލީޑެއް

ސްޕެނިޝް ލީގުގައި ރެއާލަށް ދެ ޕޮއިންޓްގެ ލީޑެއް

13 މާރިޗު 2017
ސްޕެނިޝް ލަލީގާ: ބޮޑުތަފާތަކުން ބާސާ އަދި ރެއާލް މޮޅުވެ މަގާމު ދަމަހައްޓައިފި

ސްޕެނިޝް ލަލީގާ: ބޮޑުތަފާތަކުން ބާސާ އަދި ރެއާލް މޮޅުވެ މަގާމު ދަމަހައްޓައިފި

05 މާރިޗު 2017
ސްޕެނިޝް ލަލީގާ: ލަސްޕާމަސް އަތުން އެއްވަރުވެ ރެއާލް ދެވަނަ އަށް ވެއްޓުނުއިރު، ބާސާ އެއްވަނައަށް

ސްޕެނިޝް ލަލީގާ: ލަސްޕާމަސް އަތުން އެއްވަރުވެ ރެއާލް ދެވަނަ އަށް ވެއްޓުނުއިރު، ބާސާ އެއްވަނައަށް

02 މާރިޗު 2017
މާލޭ ލީގު: ފުރަތަމަ ޑިވިޝަނަށް އަލަށް އައި ގްރީން ސްޓްރީޓުން ވިކްޓަރީ ސިއްސުވާލައިފި

މާލޭ ލީގު: ފުރަތަމަ ޑިވިޝަނަށް އަލަށް އައި ގްރީން ސްޓްރީޓުން ވިކްޓަރީ ސިއްސުވާލައިފި

25 ފެބުރުއަރީ 2017
ސްޕެނިޝް ލީގު: ވެލެންސިއާ އަތުން ބަލިވެ ރެއާލް އަށް އިތުރު ހުރަހެއް

ސްޕެނިޝް ލީގު: ވެލެންސިއާ އަތުން ބަލިވެ ރެއާލް އަށް އިތުރު ހުރަހެއް

23 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

10 ޖޫން
ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ
20242 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"
20233 އަހަރު ކުރިން
ކުޅިވަރު

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟
20215 އަހަރު ކުރިން
ރާއްޖެ

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު