Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސްގެ ސްކޮލާޝިޕް

ރައީސްގެ ސްކޮލާޝިޕް: ޝަކުވާ ބޮޑުވެފައިވަނިކޮށް ހަމަޖެއްސި މީޓިންގވެސް ކެންސަލް ކޮށްފި

ދައުވަތު އަރުވާފައިވަނީ އޭލެވެލް އިމްތިހާނުގައި އެއްވަނަ ލިބުނު 40 ކުދިންނާއި އެ ކުދިންގެ ބެލެނިވެރިންނަށް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 29 އޮކްޓޯބަރު 2017 | އާދީއްތަ 18:23
މިދިޔަ އަހަރުގެ އޭ ލެވެލް އިމްތިހާނުގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން

މިދިޔަ އަހަރުގެ އޭ ލެވެލް އިމްތިހާނުގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން

މި އަހަރުގެ މެއި / ޖޫން އޭ ލެވެލް އިމްތިހާން ނިންމި ދަރިވަރުންގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ސްކޮލާޝިޕާ ގުޅޭ ގޮތުން ބައެއް ބެލެނިވެރިން ހިތްހަމަނުޖެހުން ފާޅު ކުރަމުން ދަނިކޮށް އެޑިއުކޭޝަން މިނިސްޓްރީން، ދަރިވަރުންނާއި ބެލެނިވެރިންނާއެކު ރައީސް އޮފީހުގައި ބާއްވަން ހަމަޖެއްސި ބައްދަލުވުން ކެންސަލްކޮށްފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ބައްދަލުވުން ބާއްވަން ނިންމާފައިވަނީ 30 އޮކްޓޯބަރ ވާ ހޯމަ ދުވަހުއެވެ. މި ބައްދަލުވުމަށް ދައުވަތު އަރުވާފައިވަނީ އޭ ލެވެލް އިމްތިހާނުގައި އެއްވަނަ ލިބުނު 40 ކުދިންނާއި އެ ކުދިންގެ ބެލެނިވެރިންނަށެވެ.

Advertisement - newsAdvertisement

ބައްދަލުވުން ހޯމަ ދުވަހު އޮންނާނެކަން ދަރިވަރުންނަށް އަންގާފައިވަނީ އާދިއްތަ ދުވަހުގެ މެންދުރު 02:15 ހާއިރުއެވެ. އެހެންނަމަވެސް އޭގެ ދިހަ މިނެޓް ފަހުން ދަރިވަރުންނަށް މެސެޖެއްގެ ޒަރިއްޔާއިން ވަނީ ބައްދަލުވުން ކެންސަލް ވެއްޖެކަން އަންގާފައެވެ.

އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ސްކޮލާޝިޕާ ގުޅޭ ގޮތުން ބެލެނިވެރިން އަދި ދަރިވަރުން ހިތްހަމަނުޖެހުން ފާޅުކޮށްފައިވަނީ ރައީސް ދެއްވާ ސްކޮލާޝިޕްގެ އުސޫލުން ބޭނުން ގައުމަކުން ކިޔެވުމުގެ ފުރުސަތު މިފަހަރު ނުދިނުމަށް އެޑިއުކޭޝަން މިނިސްޓްރީއިން ނިންމުމާއި ގުޅިގެންނެވެ.

މި އަހަރުގެ މެއި 22 ވަނަ ދުވަހު ގެޒެޓް ކޮށްފައިވާ އުސޫލެއްގައި ވަނީ މި ސްކޮލާޝިޕްގެ ދަށުން ބޭނުން ގައުމަކުން ހިލޭ ކިޔެވުމުގެ ފުރުސަތު ލިބޭނީ އޭ ލެވެލް އިމްތިހާނުގެ ހުރިހާ މާއްދާއަކުން އޭ ސްޓާރ ހޯދާ ދަރިވަރުންނަށެވެ. އެހެން ނަމަވެސް ހަމަ މިއަހަރުގެ ޖޫން މަހުގެ 13 ވަނަ ދުވަހު އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ސޮއި ކުރައްވާ ނެރުއްވާފައިވާ "މަތީ ޘާނަވީ ސްކޫލް ނިންމާ އިމްތިހާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ދަރިވަރުން ކަނޑައަޅާ އުސޫލް" ގައި ވަނީ މި އުސޫލު ތަންފީޒުކުރަން ފަށާނީ މި އަހަރުގެ އޮކްޓޯބަރ/ނޮވެމްބަރ ގައި ބާއްވާ އޭ ލެވެލް އިމްތިހާނުތަކުން ފެށިގެން ކަމަށެވެ.

އެހެނަސް ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި އުސޫލު ގެޒެޓްކޮށް އާންމު ކުރުމަށް ފަހު، އެޑިއުކޭޝަން މިނިސްޓްރީއިން ވަނީ މިއަހަރުގެ މެއި/ޖޫން މަހު އޭ ލެވެލް އިމްތިހާން ނިންމި ދަރިވަރުންނަށް ވެސް ސްކޮލާޝިޕް ދިނުމުގައި އޭ ސްޓާރއަށް ޕޮއިންޓް ދިނުމަށް ވަނީ ނިންމާފައެވެ. އެގޮތުން މެއި/ޖޫން އިމްތިހާނުގައި އެއްވަނަ ހޯދި ދަރިވަރުންނަށް ބޭނުން ގައުމަކަށް ކިޔެވުމުގެ ފުރުސަތު ދޭން ނިންމާފައި ނުވާ ކަމަށާއި އޭގެ ބަދަލުގައި ސާކް ގައުމަތަކުން ސްކޮލާޝިޕް ދޭން ނިންމާފައިވާ ކަމަށް މިނިސްޓްރީއަށް މައުލޫމާތު ސާފުކުރަން ދިޔުމުން އަންގާފައިވާ ކަމަށް ބެލެނިވެރިއަކު ރާއްޖެއެމްވީއަށް މައުލޫމާތު ދީފައި ވެއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދިން ބެލެނިވެރިއަކު ބުނެފައިވަނީ އޭނާގެ ދަރިފުޅު ބައެއް މާއްދާތައް ޖެނުއަރީ މަހު ވެސް ހެދި ކަމަށާއި އަދި އޭރު 'އޭ' ގްރޭޑް ލިބުމުން މެއި/ޖޫން އިމްތިހާނުގައި އޭ ސްޓާރއެއް ހޯދުމަށް އިތުރު މަސައްކަތް ކުރެވިފައި ނުވާ ކަމަށެވެ. އެއީ ޒަމާނުއްސުރެ އޭ ލެވެލް އިމްތިހާނުން ހުރިހާ މާއްދާއަކުން 'އޭ' ގްރޭޑް ހޯދާ ދަރިވަރުންނަށް ރައީސްގެ ސްކޮލާޝިޕް ދޭތީ ކަމަށް އެ ފަރާތުން ބުނެފައި ވެއެވެ.

އިތުރަށް ކިޔާލަން

31 މާރިޗު 2017

ފުލުހުންގެ ހިދުމަތާ ގުޅޭ ގޮތުން ހޯމް މިނިސްޓަރާއި ރައީސްގެ ވާހަކަފުޅު މުޅިން ތަފާތު!

31 މާރިޗު 2017
ފުލުހުންގެ ހިދުމަތާ ގުޅޭ ގޮތުން ހޯމް މިނިސްޓަރާއި ރައީސްގެ ވާހަކަފުޅު މުޅިން ތަފާތު!
23 މާރިޗު 2017

ރޯގާއާ ގުޅިގެން ވަޒީފާއަށް ނުނިކުންނަ ގޮތް ހަމަޖެއްސި މާބަނޑު މީހުން ވަޒީފާއަށް ނުކުތުމަށް އަންގައިފި

23 މާރިޗު 2017
ރޯގާއާ ގުޅިގެން ވަޒީފާއަށް ނުނިކުންނަ ގޮތް ހަމަޖެއްސި މާބަނޑު މީހުން ވަޒީފާއަށް ނުކުތުމަށް އަންގައިފި
22 މާރިޗު 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި ހުރި ގައުމީ ދިދަ ފުލުހުން ބާލައިފި

22 މާރިޗު 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި ހުރި ގައުމީ ދިދަ ފުލުހުން ބާލައިފި
20 މާރިޗު 2017

ވޯޓު ލެވޭ މީހުންގެ ލިސްޓް ޢާއްމުކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އަންގާރަ ދުވަހު ހުޅުވާލަނީ

20 މާރިޗު 2017
ވޯޓު ލެވޭ މީހުންގެ ލިސްޓް ޢާއްމުކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އަންގާރަ ދުވަހު ހުޅުވާލަނީ
08 މާރިޗު 2017

އެކަނިވެރި މައިންނަށްދޭ އިނާޔަތް ނުލިބޭކަމުގެ ޝަކުވާތައް އާދޭ: އެޗްއާރުސީއެމް

08 މާރިޗު 2017
އެކަނިވެރި މައިންނަށްދޭ އިނާޔަތް ނުލިބޭކަމުގެ ޝަކުވާތައް އާދޭ: އެޗްއާރުސީއެމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު