Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފައިސާ ގޯނީގެ މައްސަލަ

އެމްއެމްޕީއާރްސީ ތަހުގީގު ނިންމައި ދައުވާކުރަން ފޮނުވިއިރު، "ފައިސާ ގޯނީ" ގެ މައްސަލަ "ފުލްސްޓޮޕެއްގައި"!

އެމްއެމްޕީއާރްސީ މައްސަލައިގެ ތަހުގީގު ނިންމައި، ދައުވާކޮށް، ޝަރީއަތް ފަށައިފި

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 29 އޮކްޓޯބަރު 2017 | އާދީއްތަ 07:15
މެންބަރު މުހައްމަދު އިސްމާއިލް، ފައިސާ ގޯނި ހިފައިގެން ވަޑައިގެންނެވި ކަމަށް ވިދާޅުވި

މެންބަރު މުހައްމަދު އިސްމާއިލް، ފައިސާ ގޯނި ހިފައިގެން ވަޑައިގެންނެވި ކަމަށް ވިދާޅުވި

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން(އެމްއެމްޕީއާރްސީ) މެދުވެރިކޮށް ހިންގި ޚިޔާނާތުގެ މައްސަލަތަކުގައި ދައުވާކުރަން ފޮނުވިއިރު، ޚިޔާނާތުގެ "ފައިސާ ގޯނި" ހިއްޕަވައިގެން ވަޑައިގެންނެވި ކަމަށް ހޯރަފުށީ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް އިއުތިރާފްވެވަޑައިގެންނެވި މައްސަލަައިގައި ދައުވާކުރަން ނުފޮނުވާކަން ހާމަވެއްޖެ އެވެ.

އެމްއެމްޕީއާރްސީ ހިޔާނާތްވެ، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހޯއްދަވާފައިވާ ފައިސާ ގޯނި ހިފައިގެން މަޖިލިސް މެމްބަރުންނަށް ފައިސާ ބަހަން ވަޑައިގެންނެވި ކަމަށާއި ހުރިހާ މެންބަރުން އެ ފައިސާގައި ހިފި ކަމަށް ހޯރަފުށީ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް ވިދާޅުވީ މިދިޔަ އަހަރުގެ މާޗް 9 ވަނަ ދުވަހު ބޭއްވި މަޖިލިސް ޖަލްސާގަ އެވެ. އަދި އޭގެ ފަހުން ބައެއް ޓީވީ ޗެނަލްތަކުގައި ވެސް އެ ވާހަކަ އެގޮތަށް އޭނާ ދައްކަވާފައިވެއެވެ.

Advertisement - newsAdvertisement

"މިތަނުގައި އެކި ބޭފުޅުން ވަގުންގެ ވާހަކައާއި އެކި ފައިސާގެ ވާހަކަދައްކާކަށް މާ ރަނގަޅެއް ނޫން. އެ ފައިސާ ގޯނި ހިފާގެން ހިނގީ އަޅުގަނޑޭ ހިފައިގެން އެބޭފުޅުންނަށް އެލާރި ބެހީ އަޅުގަނޑު، ހުރިހާ އެންމެން އޭގައި ހިފިއޭ،" މުހައްމަދު އިސްމާއިލް ވިދާޅުވެފައިވެއެވެ.

އޭސީސީއިން މިދިޔަ އަހަރުގެ މާޗް މަހު އެ މައްސަލަ ބަލަން ފެށިއިރު، އެ ކޮމިޝަނުން ބުނެފައިވަނީ ފައިސާ ގޯނީގެ މައްސަލަ ބަލަނީ އެމްއެމްޕީއާރްސީ މައްސަލައިގެ ތެރެއިން ކަމަށެވެ. އެމްއެމްޕީއާރްސީ ޚިޔާނާތުގެ މައްސަލަތަކުގެ ތަހުގީގު ނިންމައި، ބައެއް ރަށްރަށުގެ މައްސަލައިގައި އަދީބުގެ މައްޗަށް މިހާރު ވަނީ ދައުވާ ކޮށްފަ އެވެ. އެ މައްސަލަތަކުގެ ޝަރީއަތް ވެސް ކްރިމިނަލް ކޯޓުން ވަނީ ފަށާފަ އެވެ.

އެމްއެމްޕީއާރްސީ މައްސަލައިގެ ތަހުގީގު ނިމިފައިވާ ކަމަށް އޭސީސީން ބުނެފައިވާއިރު، ފައިސާ ގޯނީގެ މައްސަލައާ ގުޅޭ ގޮތުން އެ ކޮމިޝަނުން ބުނީ އެމްއެމްޕީއާރްސީ މައްސަލައިގެ ތެރެއިން ފައިސާ ގޯނީގެ މައްސަލައިގެ ތަހުގީގު ކުރިއަށްދާ ކަމަށެވެ.

އެމްއެމްޕީއާރްސީ މައްސަލައިގައި ތަހުގީގު ނިމިފައިވާއިރު، ނިމިފައިވާ ތަހުގީގެއްގެ ތެރެއިން ފައިސާ ގޯނީގެ މައްސަލަ ކުރިއަށް ގެންދަނީ ކިހިނެއްތޯ ސުވާލުކުރުމުން ވެސް އޭސީސީގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފައިސާ ގޯނީގެ މައްސަލަ ކުރިއަށް ގެންދަނީ އެމްއެމްޕީއާރްސީ މައްސަލައިގެ ތެރެއިން ކަމަށެވެ.

"އެ ކޭސް ކުރިއަށް ގެންދަނީ އެެމްއެމްޕީއާރްސީ ކޭސްގެ ތެރެއިން ކަމަށް މިކޮޅުގެ ކޮމެންޓަކީ" މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ފައިސާ ގޯނި ހިއްޕަވައިގެން ވަޑައިގެންނެވި ކަމަށް މުހައްމަދު އިސްމާއިލް ވިދާޅުވި މައްސަލަ ތަހުގީގުކޮށް ދިނުމަށް އެދި ފުލުހުންގެ އިދާރާއަށް އަމިއްލަ ފަރާތަކުން ހުށަހެޅި އެވެ. އެހެންނަމަވެސް، އޭސީސީއިން އެ މައްސަލަ ބަލަމުންދާ ކަމަށް ބުނެ ފުލުހުން ވަނީ އެ މައްސަލަ ނުބަލަން ނިންމާފަ އެވެ.

މެންބަރު މުހައްމަދު އިސްމާއިލް ހައްޔަރުކުރުމުގެ އަމުރަކަށް އެދިވަޑައިގަތުމަށް ޕްރޮސެކިއުޓަރ ޖެނެރަލްއަށް ވެސް ދަންނަވާފައިވެއެވެ. ޕްރޮސެކިއުޓަރ ޖެނެރަލްއަށް އެފަދައިން ދަންނަވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ހުށަހެޅުއްވި ކަމަށް ބުނާ މައްސަލައިގައި ހައްޔަރުކޮށް، ރިޝްވަތު ދިނުމުގެ ދައުވާކޮށްފައިވާ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންގެ ފަރާތުންނެވެ.

އޯގަސްޓް 7 ވަނަ ދުވަހު ޕީޖީއަށް ފާރިސްގެ ފަރާތުން ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދެއްވި ކަމަށް މުޅި ދުނިޔޭގެ ކުރިމަތީގައި މެންބަރު މުހައްމަދު އިސްމާއިލް އިއުތިރާފްވެވަޑައިގެންފައިވާ ކަމަށާއި ނަމަވެސް، އެ މައްސަލަ ބެލުމަށް ފުލުހުން އިންކާރު ކޮށްފައިވާއިރު، އެކަމާ ގުޅޭ ގޮތުން އެއްވެސް ފިޔަވަޅެއް ޕްރޮސެކިއުޓަރ ޖެނެރަލް އަޅުއްވަވާފައި ނުވާ ކަމަށެވެ.

މެންބަރު މުހައްމަދު އިސްމާއިލް މައްޗަށް ތުހުމަތުކުރެވޭ ކުށުގެ އަމަލެއް ހިންގިކަމުގެ އިލްޒާމް ބަޔަކު ފާރިސްގެ އިސްތަށިފުޅުގައި ބަޔަކު މީހުން އެޅުވުމުން ފާރިސް ހައްޔަރުކޮށް، މެންބަރު މުހައްމަދު އިސްމާއިލް ހައްޔަރުނުކޮށް ތަފާތުވުން ގެންގުޅެފައިވާއިރު، އެ ތަފާތުކުރުން ބިނާވެފައިވާ އެއްވެސް ގާނޫނީ ހަމައެއް ވާނަމަ، އެ ހަމަ އަންގައި ދިނުމަށް ސިޓީގައި އެދިފައި ވެއެވެ.

މުޅި ދުނިޔޭގެ ކުރިމަތީގައި މެންބަރުންނަށް ރިޝްވަތު ދެއްވި ކަމަށް މުހައްމަދު އިސްމާއިލް އިއުތިރާފްވެވަޑައިގެންފައިވާއިރު، ކުށަށް އިންކާރު ކުރި ހާލުގައި ވެސް ފާރިސް ބަންދުކޮށް، ކުށަށް އިއުތިރާފްވި މީހާ މިނިވަންކަންމަތީ ހުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް ފުރުސަތު ފަހިކޮށްދިނުމަކީ ގާނޫނު ކުރިމަތީގައި އެންމެން ހަމަހަމަވުމުގެ އުސޫލާ ފުށޫއަރާ އިންސާފަށް ހުތުރު އަދި ގާނޫނު އަސާސީގެ ސަރީހަ އަމުރުތަކާ ކަނޑައެޅިގެން ޚިލާފް ކަމެއް ކަމަށް އެ ސިޓީގައި ފާހަގަކޮށްފައި ވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި

ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި

17 ޖެނުއަރީ 2017
ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި

ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

19 ޖެނުއަރީ
ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު
20251 އަހަރު ކުރިން
ރާއްޖެ

ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟
20242 އަހަރު ކުރިން
މީހުން

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!
20233 އަހަރު ކުރިން
ކުޅިވަރު

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!
20224 އަހަރު ކުރިން
ރާއްޖެ

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު
20215 އަހަރު ކުރިން
ރާއްޖެ

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން
20197 އަހަރު ކުރިން
ރިޕޯޓު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު