Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖެންޑަރ މިނިސްޓަރު

ޖެންޑަރ މިނިސްޓަރު ރަސްމީ ދަތުރުފުޅެއްގައި ބަހުރައިންއަށް ވަޑައިގަންނަވައިފި

28 އޮކްޓޯބަރު 2017 | ހޮނިހިރު 13:33

ކަމާބެހޭ އެކިއެކި މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލު ކުރައްވާ މަޝްވަރާ ކުރައްވާފައިވޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 28 އޮކްޓޯބަރު 2017 | ހޮނިހިރު 13:33
ޖެންޑަރ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ ބަހްރައިނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެެރެއިން

ޖެންޑަރ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ ބަހްރައިނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެެރެއިން

ޖެންޑަރ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ ރަސްމީ ދަތުރުފުޅެއްގައި ބަހްރައިނަށް ވަޑައިގަންވައިފި އެވެ.

މިމަހުގެ 25 އިން 27 އަށް މިނިސްޓަރ ޒެނީޝާ ބަހްރައިނަށް ކުރެއްވި ދަތުރުފުޅުގައި ޖެންޑަރ މިނިސްޓްރީން ކުރަމުންދާ މަސައްކަތާ ގުޅޭގޮތުން ބަހްރައިންގެ ކަމާގުޅޭ އިސް ބޭފުޅުންނާއި ބައްދަލުކުރައްވާ ވަނީ މަޝްވަރާ ކުރައްވާފަ އެވެ.

Advertisement - newsAdvertisement

އެގޮތުން އެގައުމުގެ ލޭބާ އެންޑް ސޯޝަލް ޑިވަލޮޕްމަންޓް މިނިސްޓަރު، ޖަމީލް ބިން މުހައްމަދު އަލީ ހަމައިދާންއާއި، ފޮރިން މިނިސްޓަރު، ޝައިހް ހާލިދު ބިން އަހްމަދު ބިން މުހައްމަދު އަލް ހަލީފާއާ ބައްދަލުކުރައްވާފައިވެއެެވެ.

ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ ބަހްރައިނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެެރެއިން

ބަހްރައިންގެ ސޯޝަލް ޑިވަލޮޕްމަންޓް މިނިސްޓަރުގެ ބައްދަލުވުމުގައި، މިނިސްޓްރީ އޮފް ޖެންޑަރއިން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ހިއްސާކުރައްވައި، ކުދި ގައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކާއި، ހާއްސަ ރައްކާތެރިކަން ބޭނުންވާ ފަރާތްތަކަށް ދައުލަތުން ފޯރުކޮށްދޭންޖެހޭ ހިދުމަތްތަކާ، އަދި ދެ ގައުމު އެކުގައި މަސައްކަތް ކުރެވޭނޭ ދާއިރާތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވިއެވެ. އަދި ފޮރިން މިނިސްޓަރުގެ ބައްދަލުވުމުގައި ދިވެހިރާއްޖެއާއި ބަޙްރައިންއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާގުޅޭ ގޮތުން މަޝްވަރާ ކުރެއްވެވިއެވެ.

މި ދަތުރުފުޅުގައި، މިނިސްޓްރީ އޮފް ލޭބަރ އެންޑް ސޯޝަލް ޑިވަލޮޕްމަންޓުގެ ދަށުން ހިނގަމުންދާ ކޮމިޔުނިޓީ ސެންޓަރަށާއި، ބަޓެލްކޯ ކުޑަކުދިންގެ ހިޔާއަށާއި، އުމުރުން ދުވަސްވީ މީހުންގެ މަރުކަޒަށާއި، އުމުރުން ދުވަސްވީ މީހުންގެ ޑޭ ކެއަރ ސެންޓަރެއްކަމުގައިވާ އަބްދުލްރަޙްމާން ކަނޫ އެލްޑަރލީ ކްލަބަށް ޒިޔާރަތް ކުރައްވައި، އެ ތަންތަނުގެ ކަންކަން ހިންގަވާގޮތް މިނިސްޓަރ ޒެނީޝާ ބައްލަވައިލެއްވިއެވެ. އެ ގޮތުން، އުމުރުން ދުވަސްވީ މީހުންގެ ޑޭ ކެއަރ ސެންޓަރާއި، ކޮމިޔުނިޓީ ސެންޓަރުގައި އަންހެނުންނަށާއި އުމުރުން ދުވަސްވީ މީހުންނަށް ދަސްކޮށްދޭ މަސައްކަތްތަކާއި، އެ ފަރާތްތަކުގެ ހުނަރުވެރި އުފެއްދުންތައް ބައްލަވައިލައްވާފައިވެއެވެ. އަދި ކުޑަކުދިންގެ ހިޔާގައި ދިރިއުޅެމުންދާ ކުދިންނާ ބައްދަލުކުރައްވައި، ބަޙްރައިންގައި ދައުލަތުގެ ބެލުމުގެ ދަށަށް ނަގާ ކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ބެހޭގޮތުން މައުލޫމާތު އޮޅުންފިލުއްވެވިއެވެ.

ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ ބަހްރައިނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެެރެއިން

މިނިސްޓަރ ޒެނީޝާގެ މި ދަތުރުފުޅުގައި ބަހްރައިންގެ ސުޕްރީމް ކައުންސިލް ފޮރ ވިމެންގެ ސެކްރެޓަރީ ޖެނެރަލް ހާލާ މުޙައްމަދު ޖަބަރް އަލްއަންޞާރީއާއި ބަޙްރައިންގެ ލީޑީންގ މަދަނީ ޖަމިއްޔާއެއްކަމުގައިވާ އެސޯސިއޭޝަން ފޯރ ވިމެންގެ ބޯޑުމެމްބަރުންނާ ވެސް ބައްދަލު ކުރެއްވިއެވެ. މި ބައްދަލުވުންތަކުގައި، އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމަށާއި، ހަމަހަމަ ފުރުސަތުތައް ހޯދައިދިނުމަށާއި، އަންހެނުން ބާރުވެރިކުރުވުމަށް ކުރިއަށް ގެންދާ ޕްރޮގްރާމްތަކާ ބެހޭގޮތުން މައުލޫމާތު ހިއްސާކުރައްވައި މަޝްވަރާ ކުރައްވައިފައިވެއެވެ.

މީގެ އިތުރުން، ޝައިޚް އިބްރާހީމް ބިން މުޙައްމަދު އަލްޚަލީފާ ކަލްޗަރ އެންޑް ރިސަރޗް ސެންޓަރަށް ވެސް މިނިސްޓަރ ޒެނީޝާ ވަނީ ޒިޔާރަތް ކުރައްވައިފައެވެ.

ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ ބަހްރައިނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެެރެއިން

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު

04 ފެބުރުއަރީ 2017
ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު
01 ފެބުރުއަރީ 2017

މި ސަރުކާރުގެ ތިން އަހަރުގައި 4،000 ކުދިން ވަޒީފާގެ ބާޒާރަށް ވަނީ ތަމްރީނު ކުރެވިފައި: މިނިސްޓަރު

01 ފެބުރުއަރީ 2017
މި ސަރުކާރުގެ ތިން އަހަރުގައި 4،000 ކުދިން ވަޒީފާގެ ބާޒާރަށް ވަނީ ތަމްރީނު ކުރެވިފައި: މިނިސްޓަރު
31 ޖެނުއަރީ 2017

ކަނޑުއަޑީގެ ބޮޑު ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރަސްމީކޮށް ހުޅުވައިފި

31 ޖެނުއަރީ 2017
ކަނޑުއަޑީގެ ބޮޑު ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރަސްމީކޮށް ހުޅުވައިފި
30 ޖެނުއަރީ 2017

މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!

30 ޖެނުއަރީ 2017
މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!
30 ޖެނުއަރީ 2017

މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު

30 ޖެނުއަރީ 2017
މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު
27 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް ވަޑައިގަންނަވާތީ ދަނގެތީގައި ވެސް އިހްތިޖާޖަށް ތައްޔާރު ވަނީ

27 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް ވަޑައިގަންނަވާތީ ދަނގެތީގައި ވެސް އިހްތިޖާޖަށް ތައްޔާރު ވަނީ
26 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

26 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި
26 ޖެނުއަރީ 2017

ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު

26 ޖެނުއަރީ 2017
ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު
22 ޖެނުއަރީ 2017

މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި

22 ޖެނުއަރީ 2017
މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް