Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކެންޔާ

ކެންޔާގައި އަލުން ބާއްވަން ތާވަލު ކުރި ރިޔާސީ އިންތިޚާބު ބާއްވައިފި

އިދިކޮޅު ކެނޑިޑޭޓް ވަނީ މީގެ ދުވަސްކޮޅެއް ކުރިން ރިޔާސީ ރޭހުން ވަކިވެވަޑައިގެންފައި

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 27 އޮކްޓޯބަރު 2017 | ހުކުރު 11:53
ރައީސް ކެންޔައްޓާ (ވ) އަދި އިދިކޮޅު ކެނޑިޑޭޓް ރައިލާ އޮޑިންގާ، ރައިލާ އޮޑިންގާ ވަނީ މީގެ ދުވަސްކޮޅެއް ކުރިން ކުރިން ރިޔާސީ ރޭހުން ވަކިވެވަޑައިގެންފައި

ރައީސް ކެންޔައްޓާ (ވ) އަދި އިދިކޮޅު ކެނޑިޑޭޓް ރައިލާ އޮޑިންގާ، ރައިލާ އޮޑިންގާ ވަނީ މީގެ ދުވަސްކޮޅެއް ކުރިން ކުރިން ރިޔާސީ ރޭހުން ވަކިވެވަޑައިގެންފައި

ކެންޔާގެ އަލުން ބާއްވަން ތާވަލު ކުރި ރިޔާސީ އިންތިޚާބު ބުރާސްފަތި ދުވަހު ބާއްވައިފިއެވެ.

ވަރަށް ވަރުގަދަ ސަލާމަތީ ފިޔަވަޅުތަކާއެކު ބުރާސްފަތި ދުވަހު ބޭއްވި އިންތިޚާބުގެ ވޯޓު ފޮށިތައް ބަންދުކުރީ ބުރާސްފަތި ދުވަހު ޖީއެމްޓީ ގަޑިން މެންދުރުފަހު 2 ގައި (ކެންޔާ ގަޑިން 17:00) ކަމަށްވާއިރު، ކެންޔާގެ ހަތަރު ކައުންޓީއެއްގައި ހަމަނުޖެހުން ހިނގިއެވެ. ކެންޔާގެ އިދިކޮޅު ފަރާތްތަކުގެ ތާއިދު ބޮޑު ކިސުމު ކައުންޓީގައި ހިނގި ހަމަނުޖެހުންތަކުގައި ފުލުހުން ވަނީ ފުރާވަރު ކުއްޖެއްގެ ގަޔަށް ބަޑި ޖަހާފައެވެ. އަދި ފަހުން އެ ކުއްޖާ ވަނީ ޒަޚަމްތަކަށް ފަރުވާދެމުންދަނިކޮށް މަރުވެފައެވެ. އަދި އިތުރު މީހަކު މަރުވި ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. ކެންޔާގެ އިލެކްޓޯރަލް ކޮމިޝަނުގެ ބުނެފައިވަނީ ހަމަނުޖެހުން ހިނގި ކައުންޓީތަކުގައި ވޯޓުލުން ހޮނިހިރު ދުވަހާ ހަމައަށް ފަސްކޮށްފައިވާ ކަމަށެވެ.

ހަމަނުޖެހުންތަކާއި އަދި އިދިކޮޅު ފަރާތްތަކުގެ ބޯއިކޮޓް ކުރުމާއެކު ކެންޔާގައި ބުރާސްފަތި ދުވަހު ބޭއްވި އިންތިޚާބުގައި ހަަރަކާތްތެރިވި އިންޓަނޭޝަނަލް އޮބްޒާވަރުންނަށް ވަނީ ސަލާމަތީ ސަބަބުތަކާ ހެދި އެމީހުން ބޭނުވި މިންވަރަށް އިންތިޚާބު އޮބްޒާވް ކުރަން ދަތިތަކާ ކުރިމަތިވެފައެވެ.

ކެންޔާގައި އަލުން ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތީޖާ އިއުލާން ކުރަން އިލެކްޓޯރަލް ކޮމިޝަނަށް ހަތް ދުވަސް ލިބިެއެވެ. ކެންޔާގައި ބުރާސްފަތި ދުވަހު ބޭއްވި ރިޔާސީ އިންތިޅާބު، ރައީސް އުހުރު ކެންޔައްޓާ ކާމިޔާބު ކުރައްވައިފިނަމަ އެމަނިކުފާނު ދެވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގަންނަވާނެއެވެ.

ކެންޔާގައި ބުރާސްފަތި ދުވަހު އަލުން ބޭއްވި އެގައުމުގެ ރިޔާސީ އިންތިޅާބު ފަސްކުރުމަށް ސުޕްރީމް ކޯޓަށް ވެސް ހުށަހެޅިއެވެ. އެހެންނަމަވެސް އެ ޕެޓިޝަން ސުޕްރީލް ކޯޓުން ބެލޭގޮތެއް ނުވިއެވެ.

ސުޕްރީމް ކޯޓުން ބުނެފައި ވަނީ ރިޔާސީ އިންތިޚާބު ފަސްކުރުމާ ބެހޭ ޕެޓިޝަން އެ ކޯޓަށް ބެލޭގޮތް ނުވީ ފަނޑިޔާރުންގެ ކޯރަމް ހަމަނުވުމާ ގުޅިގެން ކަމަށެވެ. މައްސަަލަ ފައިސަލާ ކުރުމަށް ކޯޓަށް ހާޒިރުވީ ދެ ފަނޑިޔާރުންނެވެ. ކޯރަމް ހަމަވާނީ ފަސް ފަނޑިޔާރުން ތިބިގެންނެވެ.

ކެންޔާގެ ރިޔާސީ ރޭހުން އިދިކޮޅު ކެނޑިޑޭޓް ރައިލާ އޮޑިންގާ މީގެ ދުވަސްކޮޅެއް ކުރިން ވަނީ ވަކިވެވަޑައިގެންފައެވެ. ކެންޔާގެ ރިޔާސީ އިންތިޚާބު އޮކްޓޯބަރު މަހުގެ ތެރޭގައި އަލުން ބޭއްވުމަށް ތާވަލް ކޮށްފައިވަނިކޮށް، އިންތިޚާބުގައި ބައިވެރިވެވަޑައިނުގަތުމަށް އިދިކޮޅު ކެނޑިޑޭޓް ރައިލާ އޮޑިންގާ ނިންމެވީ، އެގައުމުގެ އިލެކްޓޯރަލް ކޮމިޝަނުން ވޯޓުގެ އިންތިޒާމްތައް ފުރިހަމަ ކުރުމަށް ގެންނަން ޖެހޭ ބަދަލުތަކަށް ވަގުތު ދިނުމާއި، އެންމެންނަށް ވެސް ބަލައިގަނެވޭނެ ފަދަ އިންތިޚާބެއް ބޭއްވުމަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށް ވިދާޅުވެ އެވެ.

ކެންޔާގައި އޯގަސްޓް މަހު ބޭއްވި ރިޔާސީ އިންތިޚާބު އެގައުމުގެ ސުޕްރީމް ކޯޓުން ބާތިލު ކޮށްފައިވާއިރު އެ ނިންމުން ސްޕްރީމް ކޯޓުން ނިންމީ އިންތިޚާބުގައި ނަހަމަ ކަންކަން ހިނގާފައި ވާތީ ކަމަށް ބުނެއެވެ. ސުޕްރީމް ކޯޓުން ބާތިލް ކުރި އިންތިޚާބުގެ ނަތީޖާ ދައްކާ ގޮތުން، އިންތިޚާބު ކާމިޔާބު ކުރެއްވީ އެގައުމުގެ ވެރިކަމުގައި ހުންނަވި އުހުރު ކެންޔަތާ އެވެ.

އިތުރަށް ކިޔާލަން

20 މެއި 2017

އީރާނުގެ ރިޔާސީ އިންތިޚާބު ރައީސް ރޫހާނީ ކާމިޔާބުކުރައްވައިފި

20 މެއި 2017
އީރާނުގެ ރިޔާސީ އިންތިޚާބު ރައީސް ރޫހާނީ ކާމިޔާބުކުރައްވައިފި
20 މެއި 2017

އީރާނުގެ ރިޔާސީ އިންތިޚާބުގައި މިހާރުގެ ރައީީސް ހަސަން ރޫހާނީ ބޮޑުތަފާތަކުން ކުރި ހޯއްދަވައިފި

20 މެއި 2017
އީރާނުގެ ރިޔާސީ އިންތިޚާބުގައި މިހާރުގެ ރައީީސް ހަސަން ރޫހާނީ ބޮޑުތަފާތަކުން ކުރި ހޯއްދަވައިފި
08 މެއި 2017

ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި ފްރާންސްގެ އެންމެ ޒުވާން ރައީސްއަކަށް މެކްރޮން

08 މެއި 2017
 ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި ފްރާންސްގެ އެންމެ ޒުވާން ރައީސްއަކަށް މެކްރޮން
24 އެޕްރީލު 2017

މަޝްވަރާތައް އަލުން ކުރިއަށް ގެންދިޔުމަށް މަޑޫރޯ ގޮވާލައްވައިފި

24 އެޕްރީލު 2017
މަޝްވަރާތައް އަލުން ކުރިއަށް ގެންދިޔުމަށް މަޑޫރޯ ގޮވާލައްވައިފި
03 އެޕްރީލު 2017

އިކުއެޑޯގެ ރިޔާސީ އިންޚާބުގެ ނަތީޖާ އަޅޮވާލާފައިވާ އިދިކޮޅު ފަރާތްތަކުން ބުނެފި

03 އެޕްރީލު 2017
އިކުއެޑޯގެ ރިޔާސީ އިންޚާބުގެ ނަތީޖާ އަޅޮވާލާފައިވާ އިދިކޮޅު ފަރާތްތަކުން ބުނެފި
04 މާރިޗު 2017

ފްރާންސްގެ ރިޔާސީ ކެންޑިޑޭޓް ފިއޮން ގެ ކެމްޕެއިން މެނޭޖަރު އިސްތިއުފާ ދެއްވައިފި

04 މާރިޗު 2017
ފްރާންސްގެ ރިޔާސީ ކެންޑިޑޭޓް ފިއޮން ގެ ކެމްޕެއިން މެނޭޖަރު އިސްތިއުފާ ދެއްވައިފި
25 ފެބުރުއަރީ 2017

ތާވަލުގެ ކުރިޔަށް މެކްސިކޯ ފާރުގެ މަސައްކަތް ފަށާންނަ: ޓްރަމްޕް

25 ފެބުރުއަރީ 2017
ތާވަލުގެ ކުރިޔަށް މެކްސިކޯ ފާރުގެ މަސައްކަތް ފަށާންނަ: ޓްރަމްޕް
15 ފެބުރުއަރީ 2017

ގެމްބިއާ ވަރަށް އަވަހަަށް އަލުން ކޮމަންވެލްތާ ގުޅޭނެ: އިނގިރޭސި ޚާރިޖީ ވަޒީރު

15 ފެބުރުއަރީ 2017
 ގެމްބިއާ ވަރަށް އަވަހަަށް އަލުން ކޮމަންވެލްތާ ގުޅޭނެ: އިނގިރޭސި ޚާރިޖީ ވަޒީރު
06 ފެބުރުއަރީ 2017

ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް

06 ފެބުރުއަރީ 2017
ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް
25 ޖެނުއަރީ 2017

ގެމްބިއާގެ އާ ރައީސް އަލުން ގައުމަށް އެނބުރިވަޑައިގަންނަވާނޭ ކަމަށް ވިދާޅުވެއްޖެ

25 ޖެނުއަރީ 2017
ގެމްބިއާގެ އާ ރައީސް އަލުން ގައުމަށް އެނބުރިވަޑައިގަންނަވާނޭ ކަމަށް ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު