Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އުރީދޫ ދިވެހި ޕްރިމިއާ ލީގު

ނިއުޝާދުގެ ސަސްޕެންޝަން އުވާލައިފި

ސަސްޕެންޑް ކުރީ މައްސަލަ ބަލާ ނިމެންދެން ވަގުތީ ގޮތުން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 26 އޮކްޓޯބަރު 2017 | ބުރާސްފަތި 11:37
މާޒިޔާ އާއި ގްރީން ވާދަކުރި މެޗުގައި ހިންގި ހަމަނުޖެހުމުގެ ތެރެއިން

މާޒިޔާ އާއި ގްރީން ވާދަކުރި މެޗުގައި ހިންގި ހަމަނުޖެހުމުގެ ތެރެއިން

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާއާ ގްރީން ސްޓްރީޓް ކުޅުނު މެޗުގައި ރެފްރީކަން ކުރި ރެފްރީ މުހައްމަދު ނިއުޝާދުގެ ސަސްޕެންޝަން އެފްއޭއެމްއިން އުވާލައިފިއެވެ.

ރެފްރީއާ ޖެހުނު މައްސަލައެއްގައި ކުޅުން ހުއްޓާލަން ޖެހުނު މި މެޗުގައި ރެފްރީކަން ކުރި މުހައްމަދު ނިއުޝާދު އެފްއޭއެމް އިން މައްސަލަ ބަލާ ނިމެންދެން ވަގުތީ ގޮތުން ސަސްޕެންޑް ކުރިއެވެ. ނަމަވެސް ބުދަ ދުވަހު އެ އިދާރާއިން ނެރުނު ބަޔާނެއްގައި ވަނީ އެ އިދާރާގެ ރެފްރީސް ކޮމިޓީން އެ މައްސަލަ ބެލުމަށް ފަހު ނިއުޝާދުގެ ސަސްޕެންޝަން އުވާލުމަށް ނިންމާފައިވާ ކަމަށެވެ.

މި މެޗުގައި މައްސަލަ ޖެހުމަށް މެދުވެރިވީ ގްރީންގެ ބިދޭސީ ކުޅުންތެރިޔާ ސުބޯލް އިލިއާ މެޗުގެ 51 ވަނަ މިނުޓުގައި ނިއުޝާދާ ދިމާލަށް އެއްޗެއް ބުނި ކަމަށް ބުނެ އޭނާއަށް ދެވަނަ ރީނދޫ ކާޑެއް ދެއްކުމާ ވިދިގެން އެކަމާ ހިތްހަމަނުޖެހިގެން ގްރީންގެ ކުޅުންތެރިން ނުރުހުން ފާޅުކުރަމުން ދަނިކޮށް ނިއުޝާދަށް މެޗުގެ ކުޅުން އިތުރަށް ކުރިޔަށް ނުގެންދެވުމާ ގުޅިގެން މެޗުގެ ކުޅުން ހުއްޓާލުމަށް ފަހު ދަނޑުން ފައިބައިގެން ދިޔުމުންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަނުވަނީސް މެޗުގެ ކުޅުން ހުއްޓާލާފައިވާއިރު އޭރު 1-0 އަކުން ކުރީގަ އޮތީ މާޒިޔާއެވެ

މި މެޗުގެ ފުރަތަމަ ހާފުގައި ރެފްރީކަން ކުރި އާދަމް ފަޒީލް ދެވަނަ ހާފަށް ނުކުމެފައި ނުވާއިރު ދެވަނަ ހާފުގައި ރެފްރީކަން ކުރަން ނުކުތީ މުހައްމަދު ނިއުޝާދެވެ. މި މައްސަލައިގައި ގްރީން ސްޓްރީޓުގެ ފަރާތުން ނިއުޝާދަށާއި އެފްއޭއެމްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެގެން ދިޔައެވެ.

އެގޮތުން ގްރީންގެ ކޯޗު ސޮބާ މި މައްސަލައިގައި ބުނެފައި ވަނީ ނިއުޝާދު ރެފްރީކަންކުރި ބައެއް މެޗުތަކުގައި އޭނާ ނެގި ބައެއް ޑިސިޝަންތަކުގެ ސަބަބުން ގްރީންއަށް ޕޮއިންޓް ގެއްލިފައިވާ ކަމަށެވެ. އެގޮތުން އޭނާ ބުނީ ނިއުއާ ދެކޮޅަށް ކުޅުނު މެޗާ ޓީސީއާ ދެކޮޅަށް ގްރީންއިން ކުޅުނު މެޗުގައި ރެފްރީ ނިއުޝާދު ގްރީންއާ ދެކޮޅަށް ނިންމި ބައެއް ނިންމުމުގެ ސަބަބުން އެ ޓީމަށް ޕޮއިންޓް ގެއްލިފައި ވާތީ އެ ރެފްރީގެ މައްސަލަ އެފްއޭމްއަށް ވެސް ހުށަހެޅި ކަމަށެވެ. އަދި ގްރީނުން ކުޅޭ މެޗުތަކުގައި ނިއުޝާދު ރެފްރީއަކަށް ހަމަނުޖެއްސުމަށް ވެސް އެދުނު ކަމަށް ސޮބާހް އޭރު ބުންޏެވެ.

ހަމައެހެންމެ މި މައްސަލައިގައި އެފްއޭމްގެ ރެފްރީސް ޑިޕާޓްމަންޓް ހިންގުން އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުންނާ އެ އިދާރާގެ އިދާރީ އޮނިގަނޑު މުރާޖަޢާކޮށް އަލުން އެކުލަވާލަން ނިންމުމާ ގުޅިގެން، އެ އިދާރާގެ ރެފްރީސް ޑިޕާޓްމަންޓާ ހަވާލުވެ ހުރި އަޙްމަދު އަމީޒު ވެސް އެ މަގާމުން ވަކިކޮށްފައި ވެއެވެ.

މައްސަލަ ބޮޑުވެގެން ދިޔަ މި މެޗުން މާޒިޔާ މޮޅުވިކަމަށް ނިންމައި އެފްއޭއެމްއިން ވަނީ ގްރީންސްޓްރީޓް 25,000 ރުފިޔާއިން ޖޫރިމަނާކޮށް އެ ޓީމަށް އިންޒާރު ދީފައެވެ.

މި ސީޒަނުގައި ދިވެހި ޕްރިމިއާ ލީގުގައި ރެފްރީކަން ކުރަމުންދާ ފަރާތްތަކާ މެދު ކްލަބްތަކުން ތަކުރާރުކޮށް ހިތްހަމަ ނުޖެހުން ފާޅުކުރުމާ ވިދިގެން އެފްއޭއެމްއިން ވަނީ ލީގުގެ ކުޅުން ނިމެންދެން އިންޑިއާގެ ރެފްރީން ބޭނުން ކުރަން ނިންމާފައެވެ. އެހެނަސް އިންޑިއާގެ ރެފްރީން ބޭނުންކުރަން ފެށި ފަހުންވެސް ލީގުގެ މެޗެއް ވަނީ ފުރިހަމަ ވަގުތު ހަމަނުވަނީސް ހުއްޓާލަފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސިޓީގެ ސަސްޕެންޝަން ސީއޭއެސްއިން އުވާލައިފި

ސިޓީގެ ސަސްޕެންޝަން ސީއޭއެސްއިން އުވާލައިފި

13 ޖުލައި 2020
އަލް-ދުހައިލްގެ އެއްބަސްވުން މަންޒުކިޗް އުވާލައިފި

އަލް-ދުހައިލްގެ އެއްބަސްވުން މަންޒުކިޗް އުވާލައިފި

08 ޖުލައި 2020
ސުޒޭންގެ އެއްބަސްވުން ދެ ފަރާތް އެއްބަސްވެގެން އުވާލައިފި

ސުޒޭންގެ އެއްބަސްވުން ދެ ފަރާތް އެއްބަސްވެގެން އުވާލައިފި

06 ފެބުރުއަރީ 2020
ނިއުގެ ސަސްޕެންޝަން ދަމަހައްޓަން ކްލަބްތަކުން ފާސްކޮށްފި

ނިއުގެ ސަސްޕެންޝަން ދަމަހައްޓަން ކްލަބްތަކުން ފާސްކޮށްފި

25 މާރިޗު 2019
ދަގަނޑޭއާ އެކު ހަދާފައިވާ އެއްބަސްވުން ނިއުއިން އުވާލައިފި

ދަގަނޑޭއާ އެކު ހަދާފައިވާ އެއްބަސްވުން ނިއުއިން އުވާލައިފި

21 ޖޫން 2018

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު