Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕެރޫގެ ކެޕްޓަން ސަސްޕެންޑްވުން

ޕެރޫގެ ކެޕްޓަންގެ ސަސްޕެންޝަން ފީފާއިން ކުޑަކޮށްދީފި

ސަސްޕެންޝަށް ކުޑަވެގެންދިޔުމާއެކު ވޯލްޑް ކަޕުގައި އޭނާއަށް ކުޅެވޭނެ ކަމުގެ އުއްމީދު ވަނީ އައުވެފައި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 21 ޑިސެމްބަރު 2017 | ބުރާސްފަތި 12:22
ޕެރޫގެ ގައުމީ ޓީމުގެ ކެޕްޓަމް ޕައޮލޯ ގުރެއިރޯ - ފީފާއިން ވަނީ އޭނާގެ ސަސްޕެންޝަނުގެ މުއްދަތު ހަ މަސްދުވަހަށް ކުޑަކޮށްދީފައި

ޕެރޫގެ ގައުމީ ޓީމުގެ ކެޕްޓަމް ޕައޮލޯ ގުރެއިރޯ - ފީފާއިން ވަނީ އޭނާގެ ސަސްޕެންޝަނުގެ މުއްދަތު ހަ މަސްދުވަހަށް ކުޑަކޮށްދީފައި

ފީފާއިން ސަސްޕެންޑުކުރި ޕެރޫގެ ކެޕްޓަން ޕައޮލޯ ގުރެއިރޯގެ ސަސްޕެންޝަނުގެ މުއްދަތު އެ އިދާރާއިން ކުޑަކޮށްދީފިއެވެ.

ފީފާއިން ގުރެއެރޯ ސަސްޕެންޑް ކޮށްފައިވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިންއަށް ޕޮސިޓިވް ވުމާއި ގުޅިގެންނެވެ. އެ އިދާރާއިން ވަނީ މިދިޔަ ނޮވެމްބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން 12 މަސްދުވަހުގެ މުހުލަތަކަށް ފުޓްބޯޅައާ ގުޅުން ހުރި ހުރިހާ ކަމަކުން އޭނާ ސަސްޕެންޑް ކޮށްފައެވެ. އޭނާ ކޮކެއިންއަށް ޕޮސިޓިވްވީ އަންނަ އަހަރު ރަޝިއާގައި އޮންނަ ވޯލްޑް ކަޕަށް ކޮލިފައިވުމަށް މިދިޔަ އޮކްޓޯބަރު މަހުގެ ފަސްވަނަ ދުވަހު އާޖެންޓީނާގެ ބޮއިނިސް އައިރިސްގައި ކުޅުނު ކޮލިފައިން މެޗަށް ފަހު ކުރި ޓެސްޓްތަކެއްގައެވެ.

މި މެޗު ނިމިފައިވަނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. މި މެޗަށް ފަހު ގުރެއިރޯ ސަސްޕެންޑް ކުރިއިރު ކޮކެއިންއަކީ ދުނިޔޭގެ އެންޓި ޑޯޕިން އެޖެންސީއިން 2017 ވަނަ އަހަރު މަނާކޮށްފައިވާ މާއްދާތަކުގެ ތެރޭގައި ހިމެނޭ އެއްޗެކެވެ. ހަމައެހެންމެ މި ޓެސްޓަށް ޕޮސިޓިވް ވުމާއިއެކު ގުރެއިރޯ ވަނީ ފީފާގެ އެންޓި ޑޯޕިން ގަވާއިދުގެ ހަވަނަ ނަމްބަރުގެ އިތުރުން އެ އިދާރާގެ ގަވާއިދުގެ 63 ވަނަ މާއްދާއާ ހިލާފުވެފައެވެ.

ފީފާއިން ނެރުނު ބަޔާނެއްގައި އެ އިދާރާއިން ބުނީ ގުރެއިރޯ އެ އިދާރާގެ އެޕީލް ކޮމިޓީއަށް ހުށަހެޅި މައްސަލަ ތަހުގީގު ކުރުމަށް ފަހު 12 މަސް ދުވަހުގެ ސަސްޕެންޝަނަކީ އެ ކުށަށް ދޭންޖެހޭ ވަރަށް ވުރެ ބޮޑު ސަސްޕެންޝަނަކަށް ވާތީ އެ ނިންމުން އަނބުރާ ގެންގޮސް އޭނާގެ ސަސްޕެންޝަން ހަ މަސްދުވަހަށް ކުޑަކުރަން ނިންމާފައިވާ ކަމަށެވެ. މި މައްސަލައިގައި ބަލަންޖެހޭ ހުރިހާ ކަމަކަށް ވެސް ވަރަށް ރަނގަޅަށް ބަލާފައިވާނެ ކަމަށް ފީފާއިން ބުނެއެވެ.

ފީފާއިން މި ސަސްޕެންޝަނުގެ މުއްދަތު ކުޑަނުކުރިނަމަ އޭނާއަށް އަންނަ އަހަރު އޮންނަ ފީފާ ވޯލްޑް ކަޕުގައި ނުކުޅެވޭނެއެވެ. އެހެނަސް މިހާރު ފީފާއިން ނިންމާފައިވާ ގޮތުން އޭނާއަށް ޕެރޫގެ ވޯލްޑް ކަޕް ސްކޮޑުގައި ހިމެނިގެން ވޯލްޑް ކަޕުގައި ކުޅުމުގެ ފުރުސަތު ވަނީ ހުޅުވިފައެވެ. އެހެން ނަމަވެސް މި މުއްދަތުގެ ތެރޭގައި އޭނާއަށް އެއްވެސް ކްލަބް މެޗެއްގައި ނުކުޅެވޭނެއެވެ. ހަމައެހެންމެ ޕެރޫއިން ކުޅޭ އެއްވެސް ރަހުމަތްތެރިކަމުގެ މެޗެއްގައި ވެސް އޭނާއަށް މި ހަ މަސް ދުވަހުގެ ތެރޭގައި ނުކުޅެވޭނެއެވެ.

ގުރެއިރޯއަށް ވޯލްޑް ކަޕްގައި ކުޅުމުގެ އުއްމީދު އައުވެފައިވާއިރު ޕެރޫއަކީ އަންނަ އަހަރު އޮންނަ ވޯލްޑް ކަޕުން ފުރުސަތު ހޯދި އެންމެ ފަހު ޓީމެވެ. އެގޮތުން އެ ޓީމު ވޯލްޑް ކަޕްއަށް ކޮލިފައިވީ ޕްލޭއޮފް މެޗުގައި 2-0 ގެ އެގްރިގޭޓް ނަތީޖާއަކުން ނިއުޒިލޭންޑުގެ މައްޗަށް ކުރި ހޯދައިގެންނެވެ. އެ ޓީމު ޕްލޭއޮފްއަށް ކޮލިފައިވީ ދެކުނު އެމެރިކާގެ ކޮލިފައިން ގްރޫޕުގެ ފަސް ވަނަ ހޯދައިގެންނެވެ

އަންނަ އަހަރުގެ ވޯލްޑް ކަޕް ވެގެންދާނީ 1958 ވަނަ އަހަރުގެ ފަހުން ޕެރޫ ވޯލްޑް ކަޕުގައި ވާދަކުރާނެ ފުރަތަމަ ފަހަރަށެވެ. ވޯލްޑް ކަޕަށް ކޮލިފައިވި ދުވަހު ޕެރޫގެ ރައީސް ވަނީ އެ ދުވަހަކީ އެ ގައުމަށް ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައެވެ.

ގުރެއިރޯއަށް ބޮޑު އަދަބެއް ދީފައިވާއިރު އޭނާއަކީ ޕެރޫގެ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާއެވެ. އޭނާވަނީ އެ ގައުމުގެ ގައުމީ ޓީމަށް ކުޅުނު 83 މެޗުގައި 32 ލަނޑު ޖަހައިދީފައެވެ. އުމުރުން 33 އަހަރުގެ ގުރެއިރޯއަކީ ފީފާއިން ހޮވާ ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާއަށް ނޮމިނޭޓްވި ޕެރޫއަށް ނިސްބަތްވާ ހަމައެކަނި ކުޅުންތެރިޔާއެވެ. އޭނާ މިހާރު ކުޅެމުން އަންނަނީ ބްރެޒިލްގެ ފްލެމިންގޯއަށެވެ.

އިތުރަށް ކިޔާލަން

13 އެޕްރީލު 2018

ޤަތަރުގައި އޮންނަ ވޯލްޑް ކަޕަށް 48 ޓީމު ގެންދަން ފީފާއިން ވިސްނަނީ

13 އެޕްރީލު 2018
ޤަތަރުގައި އޮންނަ ވޯލްޑް ކަޕަށް 48 ޓީމު ގެންދަން ފީފާއިން ވިސްނަނީ
01 ފެބުރުއަރީ 2018

ސަސްޕެންޑް ކުރި ރަޝިއާގެ އެތްލީޓުންގެ ސަސްޕެންޝަން އުވާލައިފި

01 ފެބުރުއަރީ 2018
ސަސްޕެންޑް ކުރި ރަޝިއާގެ އެތްލީޓުންގެ ސަސްޕެންޝަން އުވާލައިފި
09 ޑިސެމްބަރު 2017

ކޮކެއިންއަށް ޕޮސިޓްވްވެ ޕެރޫގެ ކެޕްޓަންއަށް ވޯލްޑް ކަޕުން ފުރުސަތު ގެއްލިއްޖެ

09 ޑިސެމްބަރު 2017
ކޮކެއިންއަށް ޕޮސިޓްވްވެ ޕެރޫގެ ކެޕްޓަންއަށް ވޯލްޑް ކަޕުން ފުރުސަތު ގެއްލިއްޖެ
26 އޮކްޓޯބަރު 2017

ނިއުޝާދުގެ ސަސްޕެންޝަން އުވާލައިފި

26 އޮކްޓޯބަރު 2017
ނިއުޝާދުގެ ސަސްޕެންޝަން އުވާލައިފި
11 އޮކްޓޯބަރު 2017

ފީފާއިން ޕާކިސްތާން ފުޓުބޯޅަ ފެޑެރޭޝަން ސަސްޕެންޑުކޮށްފި

11 އޮކްޓޯބަރު 2017
ފީފާއިން ޕާކިސްތާން ފުޓުބޯޅަ ފެޑެރޭޝަން ސަސްޕެންޑުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު