Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރާއްޖެ ޓީވީ

ސިވިލް ކޯޓުން ބޭރުކޮށްލި ރާއްޖެޓީވީގެ ދެ މައްސަލައެއް މުރާޖައާކޮށް ދިނުމަށް ހުށަހަޅައިފި

ރާއްޖެ ޓީވީ ރޯކޮށްލުމުން 11.65 މިލިއަން ރުފިޔާގެ ގެއްލުން ލިބުނު

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު, ރާއްޖެ އެމްވީ | 25 އޮކްޓޯބަރު 2017 | ބުދަ 12:26
ރާއްޖެޓީވީގައި ރޯކޮށްލުން: މި މައްސަލައިގައި ދައުލަތުން 11.65 މިލިއަން ރުފިޔާގެ ބަދަލެއް ހޯދުމަށް ވަނީ އެދިފައި

ރާއްޖެޓީވީގައި ރޯކޮށްލުން: މި މައްސަލައިގައި ދައުލަތުން 11.65 މިލިއަން ރުފިޔާގެ ބަދަލެއް ހޯދުމަށް ވަނީ އެދިފައި

ރާއްޖެޓީވީން ސިވިލް ކޯޓަށް ހުށަހެޅި ދެ މައްސަލައެއް ކޯޓުން ބޭރުކޮށްލުމަށް އެ ކޯޓުގެ ރެޖިސްޓްރަރ ނިންމެވި ނިންމެވުން ރިވިއުކޮށްދެއްވުން އެދި ސިވިލް ކޯޓުގެ އިސް ގާޒީއަށް ހުށަހަޅައިފިއެވެ.

މުރާޖައާކޮށް ދެއްވުމަށް އެދި ބުދަ ދުވަހު ރާއްޖެޓީވީން ހުށަހެޅީ، ރާއްޖެޓީވީ ރޯކޮށްލުމުގެ ސަބަބުން ލިބުނު 11.65 މިލިއަން ރުފިޔާގެ ގެއްލުމުގެ ބަދަލު ހޯދުމަށް ހުށަހެޅި މައްސަލަ އާއި، ފަސް ލައްކަ ރުފިޔާއިން ރާއްޖެ ޓީވީ ޖޫރިމަނާ ކުރުމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ނިންމި މައްސަލަ އެވެ.

Advertisement - newsAdvertisement

ރާއްޖެ ޓީވީގެ ގާނޫނީ ވަކީލް މުހައްމަދު ނިޝާން ވިދާޅުވީ، މި ދެ މައްސަލަ ވެސް ސިވިލް ކޯޓުގެ ކައުންޓަރުން ބަލައިގެންފައިވާ ކަމަށެވެ.

އޮކްޓޯބަރު 7، 2013 ވަނަ ދުވަހުގެ ރޭ ރާއްޖެ ޓީވީ ރޯކޮށްލީ ފުލުހުންގެ އިހްމާލުން ކަމަށް ކަނޑައަޅައި ދިނުމަށާއި ގެއްލުމުގެ ބަދަލު ހޯދައި ދިނުމަށް ރާއްޖެ ޓީވީން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބޭރުކޮށްލީ، މަރާލާފައިވާ ބްލޮގަރ ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ފުލުހުންގެ އިހުމާލުވާ ކަމަށް ބުނެ އޭނާގެ ބައްޕަ ސިވިލް ކޯޓަށް ހުށަހެޅި މައްސަލައަށް ރިއާޔަތްކޮށެވެ.

ޔާމީން ރަޝީދުގެ ބައްޕަ ހުށަހެޅި މައްސަލަ ސިވިލް ކޯޓުން ބޭރުކޮށްލީ، ފުލުހުންގެ ގާނޫނާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ގާނޫނާ ހަވާލާދީ އެއީ ސިވިލް ކޯޓަށް ބެލޭނެ މައްސަލައެއް ނޫން ކަމަށް ކަނޑައެޅުމަށް ފަހު އެވެ. އެހެންވެ، ރާއްޖެ ޓީވީ ރޯކޮށްލި މައްސަލައަކީ ވެސް ފުލުހުންގެ އިހްމާލު ހިމެނޭ މައްސަލައެއް ކަމަށް ބުނާއިރު، އެ މައްސަލަ އާއި ޔާމީން ރަޝީދުގެ ބައްޕަ ހުށަހެޅި މައްސަލައާ އެއްގޮތް ކަމަށް ސިވިލް ކޯޓުގެ ރަޖިސްޓްރާ ވަނީ ކަނޑައަޅައިފަ އެވެ.

ސިވިލް ކޯޓުގެ ރެޖިސްޓްރާގެ ނިންމުމުގައި ވަނީ ދައުވާ ފޯމުގެ މައުލޫމާތުތަކުން މިއީ ރާއްޖެޓީވީއަށް ގެއްލުންދީ ރޯކޮށްލާނެ ކަމަށް ބުނެ އިންޒާރުދީ ބިރުދައްކަމުން ގެންދިއުމުގެ ސަބަބުން އެކަން ފުލުހުންނަށް އަންގައި، ފުލުހުންގެ ސަމާލުކަމަށް ގެނެސްފައި ވަނިކޮށް، ފުލުހުންގެ ގާނޫނީ މަސްއޫލިއްޔަތު އަދާ ނުކުރުމުގެ ސަބަބުން، ތޫނު ހަތިޔާރާއި އަލިފާން ރޯކުރުމަށް ބޭނުންކުރާ ޒާތުގެ ތަކެއްތި ހިފައިގެން ގްރޫޕަކުން ގޮސް ރޯކޮށްލި ހާދިސާއެއްކަން އެނގޭ ކަމަށެވެ.

މީގެ އިތުރުން ރާއްޖެޓީވީ ރޯކޮށްލުމުން 11،656،833.62ރ. ގެ ގެއްލުން ލިބިފައިވާތީ އެކަމުގައި ފުލުހުންގެ އިހުމާލެއް އޮތްކަމަށް ކަނޑައަޅައި، ގެއްލުން ލިބުނީ ފުލުހުންގެ އިހުމާލުން ކަމަށް ވުމުންނާއި ޒިންމާ އަދާނުކުރުމުގެ ސަބަބުން ކަމަށް ވާތީ، މިކަމުގައި ޒިންމާ އުފުލަންޖެހޭ ފަރާތަކީ ފުލުހުން ކަމަށް ކަނޑައަޅައިދީ، އަދި އެކަމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ފުލުހުންގެ ނަންގަވައި ދިނުން އެދި ހުށަހަޅާފައިވާ މައްސަލައެއް ކަމަށް އެނގޭ ކަމަށް ވެސް ރަޖިސްޓްރާގެ ނިންމުމުގައި ވެއެވެ.

މިމައްސަލަ ބަލައިގަނެވެން ނެތް ކަމަށް ރެޖިސްޓްރާ ނިންމާފައިވާ ނިންމުމުގައި ވަނީ ރާއްޖެޓިވީން ހުށަހަޅާފައިވާ މި ދައުވާ އާއި އެއްގޮތަށް ލިޔުންތެރިޔާ ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ފުލުހުންގެ އިހުމާލު އޮތް ކަމަށް ބުނެ އޭނާގެ އާއިލާގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުމުން އެމައްސަލާގައި ނިންމާފައިވަނީ މަދަނީ މުއާމަލާތްތައް އިސްތިސްނާވާ ގޮތުގައި ފުލުހުންގެ މައްޗަށް ރައްދުކޮށް ހުށަހެޅޭ ގާނޫނާއި ގަވާއިދާ ހިލާފަށް އަމަލުކުރި ނުވަތަ ދޫކޮށްލި އަމަލުގެ މައްސަލަތަކާއި ޝަކުވާތައް ހުށަހަޅަންޖެހެނީ ސިވިލް ކޯޓަށް ނޫން ކަމަށާއި އެފަދަ މައްސަލަތަކުގެ އިހުތިސާސް ސިވިލް ކޯޓަށް ލިބިގެން ނުވާ ކަމަށް ކަނޑައަޅަފައިވާ ކަމަށެވެ. އަދި އެމައްސަލަ ކަނޑައަޅާފައިވާ އުސޫލް މަތީ މަރުހަލާގެ ކޯޓަކުން ބާތިލް ކޮށްފައިނުވާ ކަމަށް ވެސް ރަޖިސްޓްރާގެ ނިންމުމުގައި ވެއެވެ.

އެހެން ކަމުން ރާއްޖެޓީވީން ހުށަހަޅާފައިވާ ދައުވާއަކީ ވެސް ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި ފުލުހުންގެ އިހުމާލު އޮތް ކަމަށް ބުނެ އާއިލާއިން ހުށަހެޅި މައްސަލައާއި އެއްބާވަތެއްގެ މައްސަލައެއް ކަމަށް ބެލެވެން އޮތުމުން ޔާމީން ރަޝީދުގެ އާއިލާއިން ހުށަހެޅި މައްސަލާގައި އެ ކޯޓުން ނިންމާފައިވާ ނިންމުމާ އެއްގޮތަށް ރާއްޖެޓީވީން ހުށަހަޅަފައިވާ ދައުވާއަކީ ވެސް ސިވިލް ކޯޓުގެ އިހުތިސާސްގެ ލިބިގެންނުވާ މައްސަލައެއް ކަމަށް ސިވިލް ކޯޓުގެ ރަޖިސްޓްރާގެ ނިންމުމުގައި ވެއެވެ.

ރާއްޖެ ޓީވީގައި ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ދެއްކެވި ވާހަކައަކާ ގުޅިގެން ފަސް ލައްކަ ރުފިޔާއިން ރާއްޖެ ޓީވީ ޖޫރިމަނާ ކުރުމުން ބްރޯޑްކާސްޓިން ކޮމިޝަނާ ދެކޮޅަށް ރާއްޖެ ޓީވީން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބޭރުކޮށްލިކަން އަންގައި ސިވިލް ކޯޓުގެ ރަޖިސްޓްރާ ރާއްޖެ ޓީވީއަށް ފޮނުވާފައި ސިޓީގައި ބުނެފައި ވަނީ، 2017 ޖުލައި 28 ވަނަ ދުވަހު ރާއްޖެ ޓީވީން ވަގުތުން ގެނެސްދިން ޕްރޮގްރާމެއްގައި ދައްކާފައިވާ ވާހަކައެއް، އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ޤާނޫނުގެ 9 ވަނަ މާއްދާއާއި ޚިލާފް ކަމަށް ބުނެ 2017 އޮކްޓޯބަރ 5 ވަނަ ދުވަހު ރާއްޖެ ޓީވީ 500،000 ރުފިޔާއިން ޖޫރިމަނާ ކޮށްފައިވާތީ އެނިންމުމަކީ ޝަރުޢީ އަދި ޤާނޫނީ އުސޫލުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ކަނޑައަޅައި އެނިންމުން ބާތިލު ކުރުމަށް ހުށަހަޅާފައިވާ ދައުވާ ފޯމެއްކަން އެނގޭ ކަމަށެވެ.

ނަމަވެސް، ސިވިލް ކޯޓުން ބުނީ އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނުގެ 4 ވަނަ ބާބުގެ ދަށުން ކުރެވޭ ޖޫރިމަނާ އިސްތިއުނާފްކުރެވޭނީ ފައިސާ ދެއްކުމަށް ފަހުގައި ކަމަށް އެޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަމަށެވެ.

ޖޫރިމަނާ ދެއްކުމުގެ ކުރިން، އެ ޖޫރިމަނާ ބާތިލްކަމަށް ކަނޑައަޅައި ދިނުމަށް ހުށަހެޅީ ގާނޫނީ އިޖުރާއަތްތަކާ ހިލާފަށް ނިންމާފައިވާ މައްސަލައަކަށް ވާތީ ކަމަށް ރާއްޖެ ޓީވީގެ މެނޭޖްމެންޓުން ބުނެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

22 ޖެނުއަރީ 2017
ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

20 ޖެނުއަރީ 2017
ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި

ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި

20 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު