Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިސްރާއީލް

ރަހީނުން މިނިވަންވާ ދުވަހަކީ އުފާވެރި ދުވަހެއްގެ ގޮތުގައި ފާހަގަ ކުރެވޭނެ ކަމަށް އުންމީދު ކުރަން: ނަތަންޔާހޫ

އިސްރާއީލް އިން ޤަބޫލު ކުރާ ގޮތުގައި ހަމާސް ޖަމާއަތުގެ ބެލުމުގެ ދަށުގައި ތިބި ރަހީނުންގެ ތެރެއިން މިވަގުތު ދިރި ތިބޭނީ 20 ރަހީނުން. އޭގެ ތެރެއިން 28 ރަހީނުން މަރުވެފައިވާ ކަމަށް އަންދާޒާ ކުރެވޭ ކަމަށް އިސްރާއީލްގެ އަސްކަރިއްޔާ އިން ވަނީ ހާމަކޮށްފައި.

އިސްރޭލުގެ ސަރުކާރުން ގަބޫލުކުރާ ގޮތުގައި ގައްޒާގައި މިވަގުތު 20 ރަހީނުން ދިރިހުރި ކަމަށާއި 28 ރަހީނުން ނިޔާވެފައިވާ ކަމަށް ބެލެވޭ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 11 އޮކްޓޯބަރު 2025 | ހޮނިހިރު 06:49
އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ

އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ

ފަލަސްޠީނުގެ މިނިވަން ކަމަށް ޖިހާދު ކުރަމުން އަންނަ ހަމާސް ޖަމާއަތުން ރަހީނު ކޮށްފައިވާ އިސްރާއީލްގެ ރައްޔިތުން މިނިވަންވާ ދުވަހަކީ، އުފާވެރި ދުވަހެއް ގޮތުގައި ފާހަގަ ކުރެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެ އެވެ.

ހަމާސް އިން އިސްރާއީލް އަށް އަމާޒުކޮށް ހަމަލާ ދިނުމަށް ފަހު ވަނީ، އެ ޤައުމުގެ އެތައް ބަޔަކު ރަހީނު ކޮށްފަ އެވެ. އޭގެ ތެރެއިން ބައެއް މީހުން މިނިވަން ކޮށްފައި ވީ ނަމަވެސް، އަދިވެސް ހަމާސްގެ ބެލުމުގެ ދަށުގައި އިސްރާއީލްގެ ރައްޔިތުން އެބަ ތިބި އެވެ. އޭގެ ތެރެއިން ބައެއް މީހުން މަރުވެފައިވާއިރު، ދިރި ތިބި މީހުން މިނިވަން ކުރުމަށް ނަތަންޔާހޫ އަށް އެތައް ޕްރެޝަރެއް ކުރިމަތިވި އެވެ.

ހަނގުރާމަ ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމުގެ ފުރަތަމަ މަރުހަލާގައި ހައްޔަރު ކޮށްފައިވާ ރަހީނުން މިނިވަން ކުރަން ޖެހޭނެ އެވެ. އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ނަތަންޔާހޫ ވިދާޅުވެފައި ވަނީ، ހޯމަ ދުވަހުގެ ރޭ ރަހީނުން މިނިވަން ވެއްޖެ ނަމަ، އެ ދުވަހަކީ އިސްރާއީލްގެ އުފާވެރި ދުވަހެއްގެ ގޮތުގައި ފާހަގަ ކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ހުކުރު ދުވަހު ޓީވީ މެދުވެރިކޮށް ދެއްވި ބަޔާނުގައި ނަތަންޔާހޫ ވިދާޅުވެފައި ވަނީ، މީގެ ދެ އަހަރު ކުރިން އިސްރާއީލް އަށް ހިތާމަވެރި ދުވަހަކާ ކުރިމަތިލާން ޖެހުނު ކަމަށެވެ. އޭގެ ފަހުން ހޯމަ ދުވަހުގެ ރޭ އިސްރާއީލްގައި ފަށާ ފެސްޓިވަލް ތަކަކަށް އިޝާރާތްކޮށް ނަތަންޔާހޫ ވިދާޅުވީ، އަނެއްކާ ވެސް އުފާވެރި ކަމުގެ ދުވަސް ތަކެއް އަންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

އިސްރާއީލް އިން ޤަބޫލު ކުރާ ގޮތުގައި ހަމާސް ޖަމާއަތުގެ ބެލުމުގެ ދަށުގައި ތިބި ރަހީނުންގެ ތެރެއިން މިވަގުތު ދިރި ތިބޭނީ 20 ރަހީނުންނެވެ. އޭގެ ތެރެއިން 28 ރަހީނުން މަރުވެފައިވާ ކަމަށް އަންދާޒާ ކުރެވޭ ކަމަށް އިސްރާއީލްގެ އަސްކަރިއްޔާ އިން ވަނީ ހާމަކޮށްފަ އެވެ.

މަސްދަރު: އޭއެފްޕީ

އިޒްރޭލްރަހީނުންޣައްޒާ ހަނގުރާމަ ބެންޖަމިން ނަތަންޔާހޫޣައްޒާ ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު