Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއޮޑިޓް އޮފީސް ބަޖެޓް

އަންނަ އަހަރަށް އޮޑިޓް އޮފީހަށް ބޭނުންވާ 50.5 މިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހުން ފާސްކޮށްފި

24 އޮކްޓޯބަރު 2017 | އަންގާރަ 06:59

މިއަހަރަށް ފާސްކުރީ 45 މިލިއަން ރުފިޔާ، އަންނަ އަހަރަށް 50.5 މިލިއަން ރުފިޔާ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 24 އޮކްޓޯބަރު 2017 | އަންގާރަ 06:59
މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ މުގައްރިރު ނިހާނު (ކަނާތްފަރާތުން ދެވަނައަށް)

މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ މުގައްރިރު ނިހާނު (ކަނާތްފަރާތުން ދެވަނައަށް)

އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ އަންނަ އަހަރުގެ ބަޖެޓް އެ އޮފީހުން ހުށަހެޅި ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

އަންގާރަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އޮޑިޓް އޮފީހުގެ ބަޖެޓް ފާސްކޮށްފައި ވަނީ ވޯޓްގައި ބައިވެރިވެވަޑައިގެންނެވި 34 މެމްބަރުންގެ އިއްތިފާގުން ނެވެ. އިދިކޮޅި ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ އެއްވެސް މެމްބަރަކު ވޯޓުގައި ބައިވެރިވެ ވަޑައިގަންނަވާފައެއް ނުވެއެވެ. އަދި އިދިކޮޅު މެމްބަރުން ގެންދެވީ މަޖިލީހުގެ ރިޔާސަތުގައި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު އިންނެވުމުން މަޖިލީހުގެ ޗެމްބަރުގެ ތެރޭގައި އިހުތިޖާޖު ކުރައްވަމުންނެވެ.

Advertisement - newsAdvertisement

ނިޒާމު ގެއްލިފައިވާ އެޖަލްސާ މަސީހު ކުރިއަށް ގެންދެވިއިރު، އިދިކޮޅު މެމްބަރުން ވިދާޅުވަމުން ގެންދެވީ މަސީހަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ނޫން ކަމަށް މަޖިލީހުގެ މެޖޯރިޓީ މެމްބަރުން ބުނެފައިވާ ކަމަށެވެ. އަދި މަޖިލީހަށް ހުށަހަޅާފައިވާ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ވޯޓަށް އެހުމަށް ތަކުރާރުކޮށް އިދިކޮޅު މެމްބަރުން ވިދާޅުވަމުން ގެންދިޔައެވެ.

މަޖިލީހުގެ މާލިއްޔަތު ކޮމެޓީން މިމަހުގެ ނުވަ ވަނަ ދުވަހު ބޭއްވި ބައްދަލުވުމުގައި އޮޑިޓް އޮފީހަށް އަންނަ 2018 ވަނަ އަހަރަށް ލަފާކުރާ ބަޖެޓް ކަމަށްވާ 50،599،995.00ރ، އެ އޮފީހުން ހުށަހަޅާފައިވާ ގޮތަށް ފާސްކޮށްފައި ވަނީ އެކޮމެޓީގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުގެ އިއްތިފާގުންނެވެ. އޮޑިޓް އޮފީހުގެ އެ ބަޖެޓަށް ސަރުކާރަށް ނިސްބަތްވާ މެމްބަރުންނާއި އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ މެމްބަރުން ވެސް ދެ ކޮޅަށް ވާހަކަ ދައްކަވާފައެއް ނުވެއެެވެ.

ހިނގަމުންދާ 2017 ވަނަ އަހަރު އޮޑިޓް އޮފީހަށް 45 މިލިއަން ރުފިޔާ ދޫކޮށްފައިވާއިރު، އިތުރަށް ދެ މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ. އެހެންކަމުން އަންނަ އަހަރަށް ލަފާކުރާ އޮޑިޓް އޮފީހުގެ ބަޖެޓްގައި އިތުރުވެފައި ވަނީ ތިން މިލިއަން ރުފިޔާ އެވެ.

އޮޑިޓް އޮފީހުގެ ބަޖެޓާ ގުޅިގެން މައިގަނޑު ގޮތެއްގައި މެމްބަރުން ވެސް ވިދާޅުވެފައި ވަނީ އަހަރުން އަހަރަށް ކުރަންޖެހޭ ޚަރަދުތައް ބޮޑުވަމުންދާއިރު، އޮޑިޓް އޮފީހުގެ ބަޖެޓްގައި ކަންބޮޑުވާކަމެއް ނެތް ކަމަށެވެ. މިއަހަރުގެ ބަޖެޓާއި އަޅާބަލާއިރު އަންނަ އަހަރަށް ބޮޑުވެފައި ވަނީ މުވައްޒަފުންގެ މުސާރައާއި ދަތުރުފަތު ކުރުމުގެ ޚަރަދު އެކަނި ކަމަށް ވެސް މެމްބަރުން ވިދާޅުވި އެވެ.

މީގެއިތުރުން މެމްބަރުން ވިދާޅުވެފައި ވަނީ އޮޑިޓް އޮފީހުން އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކޮށްފައިވާކަން ވެސް ފާހަގަ ކުރެވޭ ކަމަށެވެ.

އޮޑިޓް އޮފީހުން މިހާތަނަށް 627 އޮޑިޓް ރިޕޯޓެއް ނިންމާފައިވާއިރު، މިއަހަރުގެ މިހާތަނަށް 78 އޮޑިޓް ރިޕޯޓް ނިންމާފައިވެ އެވެ.

އޮޑިޓް އޮފީހަކީ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް ޖަވާބުދާރީވާންޖެހޭ ކޮމެޓީ އެކެވެ. އަދި އޮޑިޓް އޮފީހުން ނިންމާ ރިޕޯޓްތައް މާލިއްޔަތު ކޮމެޓީއަށް ހުށަހަޅަން ޖެހެއެވެ. އަދި އޮޑިޓް ރިޕޯޓް ތަކުގައިވާ ކަންކަން ތަންފީޒު ކުރުމަކީ މާލިއްޔަތު ކޮމެޓީއާއި ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ކުރަންޖެހޭ ކަމެކެވެ.

މީގެ އިތުރުން އޮޑިޓް އޮފީހުގެ ބަޖެޓް ދިރާސާ ކުރުމާއި ފާސްކުރުމަކީ ވެސް މާލިއްޔަތު ކޮމެޓީން ނިންމަންޖެހޭ ކަމެކެވެ.

މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރު ނުވަތަ ފަހު ދައުރުގެ ޖަލްސާތައް މިމަހުގެ ނުވަ ވަނަ ދުވަހު ފަށާފައިވާއިރު، މި ދައުރުގައި މައިގަނޑު ގޮތެއްގައި އޮންނާނީ ވެސް އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ދިރާސާ ކުރުމާއި، ފާސްކުރުމުގެ މަސައްކަތެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް މިމަހުގެ 31 ވަނަ ދުވަހުގެ ކުރިން މަޖިލީހަށް ހުށަހެޅުމަށް ފިނޭންސް މިނިސްޓްރީ މަސަކަތް ކުރަމުންދާ ކަމަށް އެމިނިސްޓްރީން ވަނީ ބުނެފަ އެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް މަޖިލީހަށް ހުށަހެޅުމުގެ ތައްޔާރީތައް ވަމުންދާއިރު، މި އަހަރު ނިމެން ދެމަސް ދުވަހަށް ކައިރިވެފައި ވަނިކޮށް މަޖިލީހަށް މިވަނީ ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅާފަ އެވެ.

އާއްމު އުސޫލުން ބަޖެޓް ދިރާސާ ކުރަނީ މާލިއްޔަތު ކޮމެޓީއާއި އިގްތިސާދީ ކޮމެޓީ އެއްކޮށްލައިގެން އުފައްދާ ބަޖެޓް ކޮމެޓީން ނެވެ.

މަޖިލީހަށް ބަޖެޓް ހުށަހަޅުއްވާނީ ސަރުކާރުގެ ފަރާތުން ފިނޭންސް މިނިސްޓަރެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

30 ޖެނުއަރީ 2017
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި
27 ޖެނުއަރީ 2017

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން
25 ޖެނުއަރީ 2017

ކަސްޓަމުން 2015 ވަނަ އަހަރު ޤަވާއިދާއެއްގޮތައް ހަރުމުދާ ބަލަހައްޓާފައެއް ނުވޭ: އޮޑިޓް ރިޕޯޓް

25 ޖެނުއަރީ 2017
ކަސްޓަމުން 2015 ވަނަ އަހަރު ޤަވާއިދާއެއްގޮތައް ހަރުމުދާ ބަލަހައްޓާފައެއް ނުވޭ: އޮޑިޓް ރިޕޯޓް
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
14 ޖެނުއަރީ 2017

2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު

14 ޖެނުއަރީ 2017
2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
13 ޖެނުއަރީ 2017

އެމްއެންޔޫގެ އޮޑިޓް ރިޕޯޓް: ކެމްޕަސްތަކުން ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލީ ރެކޯޑް ކަށަވަރެއް ނުވޭ

13 ޖެނުއަރީ 2017
އެމްއެންޔޫގެ އޮޑިޓް ރިޕޯޓް: ކެމްޕަސްތަކުން ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލީ ރެކޯޑް ކަށަވަރެއް ނުވޭ
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް