Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަލަސުރުހީ

ގުޅިފައިވާ ޕާޓީތަކުގެ ކެނޑިޑޭޓެއް ނުކުމެ ޔާމީން ބަލިކުރާނަން: މަހްލޫފް

22 އޮކްޓޯބަރު 2017 | އާދީއްތަ 16:45

މިއުޅެނީ ވަކިމީހަކު ވެރިކަމަށް ގެންނާކަށް ނޫން

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 22 އޮކްޓޯބަރު 2017 | އާދީއްތަ 16:45
ގަލޮޅު ދެކުނު ދާއިރާގެ މެންބަރ އަހްމަދު މަހްލޫފް

ގަލޮޅު ދެކުނު ދާއިރާގެ މެންބަރ އަހްމަދު މަހްލޫފް

ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން ރިޔާސީ އިންތިޚާބުގައި ވާދަ ކުރާނެ ކެނޑިޑޭޓެއް ނެރޭނެ ކަމަށާއި އެ ކެނޑިޑޭޓް ރައީސް ޔާމީން ބަލިކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

ސިލޯނުގައި ހުންނަވައިގެން ސްކައިޕް މެދުވެރިކޮށް ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އާދީއްތަ ދުވަހުގެރޭ މަހްލޫފް ވިދާޅުވީ އެއްކެނޑިޑޭޓަކު ނެރެގެން އިންތިޚާބު ކާމިޔާބުކޮށް އިންތިގާލީ ސަރުކާރެއް ގެންނަވަން ޖެހޭކަމަށް ރައީސް ނަޝީދު ވިދާޅުވި ވިދާޅުވުމަކީ އެމަނިކުފާނުގެ އަމިއްލަފުޅު ޚިޔާލް ކަމުގައިވީނަމަވެސް ގުޅިފައިވާ ޕާޓީތަކުންވެސް އެކަން ބޭނުންވާ ކަމަށެވެ. އަދި ދާދިއަވަހަށް އެކަމުގެ މަޝްވަރާތައް ފައްޓަވާނެ ކަމަށާއި މިހާރުވެސް ކޮންމެވެސް ވަރަކަށް މަޝަވރާ ކުރެވެމުންދާ ކަމަށެވެ. އަދި ގޮތެއް ނިމިގެންދާނީ ގުޅިފައިވާ ޕާޓީތަކުގައި ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރުމަށް ފަހުގައި ކަމަށެވެ.

Advertisement - newsAdvertisement
" މިކަމުގެ މަޝްވަރާތައް މިހާރު ޕާޓީތަކުގެ ސްޓިއަރިން ކޮމެޓީގެ ތެރޭގައި ކޮންމެވެސް ވަރަކަށް މިހާރުވެސް ފެށިގެން ކުރިއަށް އެބަދޭ. މިވިސްނުން ހަޤީގަތަކަށް ވެގެން އަންނާނެކަމަށް އަޅުގަނޑު ޝައްކެތް ނުކުރަން. އަޅުގަނޑު ޤަބޫލް ކުރަނީ މިވަގުތު ރާއްޖެއަށް އެންމެ ފައިދާވާނެ ގޮތަކީ އެންމެން ގުޅިގެން ކެނޑިޑޭޓެއް ނެރުން" މަހްލޫފް ވިދާޅުވިއެވެ.

މަހްލޫފް ވިދާޅުވީ މިހާރުވެސް ކުރަމުންދާ މަސައްކަތަކީ 2018 ގެ ކުރިންވެސް ރައީސް ޔާމީންގެ ވެރިކަން ބަދަލު ކުރެއްވުން ކަމަށާއި ގުޅިފައިވާ ޕާޓީތަކުން ކުރަމުންދާ އެންމެ ބުރަ މަސައްކަތަކީ ޤާނޫނީ ގޮތުން އަދިވެސް އެކަން ކުރުމަށްޓަކައި ކުރެވޭ މަސައްކަތް ކަމަށެވެ. އެކަމުގެ އުއްމީދު އަދިވެސް އެަބއޮތް ކަމަށާއި އެކަން ނުވެއްޖެ ނަމަ ދާން ޖެހެނީ ރިޔާސީ އިންތިޚާބަށް ކަމަށެވެ.

އެހާލަތުގައި އިނތިޚާބަކަށް ދާންޖެހެނީ މަހްލޫފް ވިދާޅުވި ގޮތުގައި ވަރަށް ނުބައި ނުލަފާ ވެރިއަކާދެކޮޅަށް އިންތިޚާބުގައި ވާދަކުރަން ކަމަށާއި އެއްވެސް މިނިވަންކަމެއް އަދްލުވެރިކަމެއް ނެތް ބަޔަކު އިންތިޒާމްކުރާ އިންތިޚާބުގައި ވާދަކު ރުމަށް ކަމަށެވެ. ކުރިން ރާއްޖޭގެ އިންތިޚާބުތައް މޮނިޓަރކުރި އީޔޫއާ ކޮމަންވެލްތު ފަދަ ޖަމްއިއްޔާތަކާ ނުލައި މިފަދަ ދަތި އުނދަގޫ އިންތީޚަބަކަށްދާއިރު އެއްކެނޑިޑޭޓަކާއެކު ވަކިދިމާލަކަށް ފޯކަސްކޮށްގެން މަސައްކަތް ކުރުމުން އެކަމަށްހުރި ގޮންޖެހުންތައް ފޫއަޅުވާލުމަށް ފަސޭހަވެގެންދާނޭ ކަމަށެވެ.

"އެއް ކެނޑިޑޭޓެއް ގެންނަން ފުރަތަމަ ބުރުގައި އެއްބަސް ނުވެވުނަސް ދެވަނަ ބުރުގައި އެންމެންވެގެން ނެރޭނީ އެއް ކެނޑިޑޭޓް. މިދައްކަނީ ތަސައްރަފް ފުދިފައިވާ ސިޔާސީ ޕާޓީތަކެއްގެ ވާހަކަ. އެބޭފުޅުންގެ މަޝަވރާތަކުން މިއަށްވުރެ ރަނގަޅީ ފުރަތަމަ ބުރުގައި އެއް ކެނޑިޑޭޓަކު ނުނެރެވުނަސް އެއީވެސް މައްސަލައެއް ނޫން. ދެވަނަ ބުރުގައި ތިބޭނީ އެކަތިގަނޑެއްގެ ގޮތުގައި" މަހްލޫފް ވިދާޅުވިއެވެ.

މަހްލޫފް ވިދާޅުވީ ކޮންމެ ކެނޑިޑޭޓެއް ގެންނަން ތާއީދު ކުރުމަކީ ވަކި މީހަކު ވެރިކަމަށް ގެނައުން ނޫން ކަމަށާއި އެކްނ ކުރެވިގެންދާނީ ވަރަށް ބޮޑަށް މަޝްވަރާކޮށް ވަރަށް އަދުލުވެރިކަމާއެކު އިންތިގާލީ ސަރުކާރެއް ހިންގައިދޭނެ މީހަކު ހޯދުން ކަމަށެވެ. ރާއްޖޭގައި އެންމެން ބަލައިގަންނަވަރުގެ ސިޔާސީ ކަންކަމުގައި ނުފެންނަ އިލްމީ ބޭފުޅުންވެސް ތިއްބަވާނެ ކަމަށާއި އެފަދަ ބޭފުޅަކަށްވެސް ޕާޓީތަކުން މަޝްވަރާކޮށްގެން އެއްބަސްވެދާނެ ކަމަށެވެ.

މަހްލޫފް ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަޝްރަހްގައި މިހިނގާދިޔަ ކަންކަމަށް ބަލާއިރު ވަރަށްގިނަ ތަޖްރިބާތައް ލިބިއްޖެ ކަމަށާއި ވަރަށްގިނަ ކަންކަން އިސްލާހް ކުރަން ޖެހިފައިވާ ކަމަށެވެ. އެފަދަ ކަމަކަށް އިންތިގާލީ ސަރުކާރަކީ މުހިއްމު އެއްޗެއް ކަމަށް މަހްލޫފް ވިދާޅުވިއެވެ. އިންތިގާލީ ސަރުކާރެއްގެ ބޭނުމަކީ މަހްލޫފް ވިދާޅުވި ގޮތުގައި އަދްލުވެރިކަމާއެކު ޤައުމު ހަމަމަގަށް އަޅުވާ ކޯޓުތަކާއި މިނިވަން މުއްސަސާތައް ފަދަ ހުރިހާ ދިމާލެއް އިސްލާހްކޮށް ރަނގަޅު ނިޒާމަކަށް ފެއްތުން ކަމަށެވެ.

އިދިކޮޅު ފަރާތްތަކުން އެއްކެނޑިޑޭޓަކު ނެރުމަކީ ރައީސް ޔާމީނަށް ޤަބޫލް ކުރެއްވޭނޭ ކަމެއް ނޫން ކަމަށާއި އެހެންކަމުން މިކަމާ ގުޅިގެން ވަރަށް ބޮޑަށް ސަރުކާރަށް ނިސްބަތްވާ ފަރާތްތަކުން ކަންބޮޑުވާނެ ކަމަށް މަހްލޫފް ވިދާޅުވިއެވެ. އެކަން މިހާރުވެސް ސަރުކާރަށް ނިސްބަތްވާ ފަރާތްތަކުގެ ވާހަކަތަކުން އެނގިގެން ހިނގައްޖެ ކަމަށާއި އެބޭފުޅުންގެ ރިއެކްޝަން އެކިގޮތްގޮތައް ފެނިގެން ހިނގައްޖެ ކަމަށްވެސް މަހްލޫފް ވިދާޅުވިއެވެ. އަދި އެއިންތިޚާބު އިދިކޮޅު ފަރާތްތަކުން ނެރޭ ކެނޑިޑޭޓް ކާމިޔާބު ކުރާނެ ކަމާމެދު ޝައްކު ނުކުރައްވާކަމަށްވެސް މަހްލޫފް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިގެންނަ ރައީސަކީ ސީދާ އެއިންތިޚާބުގައި ވާދަކުރާ މީހާ. މިދައްކަނީ އިރާދަ ކުރެއްވިއްޔާ ގާތްގަނޑަކަށް 90 ޕަސެންޓަށްވުރެ މަތިން އިންތިޚާބު ކާމިޔާބު ކުރާނެ މީހެއްގެ ވާހަކަ. ހަމަގައިމުވެސް ޕާޓީތަކުން ނެރޭ ކެނޑިޑޭޓް 90 ޕަސެންޓަށްވުރެ މަތިން އިންތިޚާބު ކާމިޔާބު ކުރާނެ ކަމާމެދު ޝައްކެއް ނުކުރަން." މަހްލޫފް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

19 ޖެނުއަރީ 2017

ރައީސް ޔާމީން ފެކްޝަނުން ރައީސް މައުމޫނަށް އިންޒާރު ދީފި

19 ޖެނުއަރީ 2017
ރައީސް ޔާމީން ފެކްޝަނުން ރައީސް މައުމޫނަށް އިންޒާރު ދީފި
17 ޖެނުއަރީ 2017

ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

17 ޖެނުއަރީ 2017
ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން
16 ޖެނުއަރީ 2017

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް