Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަބުރުފުޅު ފަންޑް

ގއ. ވިލިނގިލި އަދި ކޮލަމާފުށިން އަބުރުފުޅު ފަންޑަށް 43 ހާސްރުފިޔާ

21 އޮކްޓޯބަރު 2017 | ހޮނިހިރު 14:01

ގއ. ވިލިނގިލި އަދި ކޮލަމާފުށީގެ ރައްޔިތުންގެ ފަރާތުން ޖުމްލަ 43.038.72 ރުފިޔާވަނީ ލިބިފަ

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 21 އޮކްޓޯބަރު 2017 | ހޮނިހިރު 14:01
އަބުރުފުޅު ފަންޑަށް ގއ. ވިލިނގިލި އަދި ކޮލަމާފުށިން ވަރަށް ބޮޑު ތަރުހީބެއް ވަނީ ލިބިފައި

އަބުރުފުޅު ފަންޑަށް ގއ. ވިލިނގިލި އަދި ކޮލަމާފުށިން ވަރަށް ބޮޑު ތަރުހީބެއް ވަނީ ލިބިފައި

ރާއްޖެޓީވީގެ އަބުރުފުޅު ފަންޑަށް ގއ. ވިލިނގިލީ އަދި ކޮލަމާފުށީ ރައްޔިތުން 43 ހާސްރުފިޔާ ހަދިޔާ ކޮށްފިއެވެ.

ބުރާސްފަތި ދުވަހުގެ ހަވީރު ގއ. އަތޮޅަށް ކުރި ޒިޔާރަތައް ފަހު ރާއްޖެޓީވީގެ ޓީމް އެނބުރި އައިސްފައިވަނީ ހޮނިހިރު ދުވަހުގެ ހަވީރެވެ. ގއ. ވިލިނގިލި އަދި ކޮލަމާފުށީގެ ރައްޔިތުންގެ ފަރާތުން ޖުމްލަ 43.038.72 ރުފިޔާ ލިބުނު އިރު ގިނަ ބަޔަކު ރާއްޖެޓީވީ ޖޫރިމަނާ ކުރުމާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

Advertisement - newsAdvertisement

މި ފަންޑު ފޮށި ބެހެއްޓުމުގައި އިސްކޮށް ހަރަކާތްތެރިވި އަތޮޅު ކައުންސިލްގެ ރައީސް އަހުމަދު ފުއާދު އަދި ރަށު ކައުންސިލްގެ ރައީސް މުސްތަފާ މުހައްމަދު އާއި ދެބޭފުޅުން ވެސް ވިދާޅުވީ، މިފަދަ ގޮތަކަށް ބްރޯޑްކޮމްއިން ރާއްޖެޓީވީ ޖޫރިމަނާ ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އެހެެން ނަމަވެސް ރާއްޖެ ޓީވީ ދެމިއޮތުމަށް ބޭނުންވާތީ ރާއްޖެޓިވީން ކުރާކޮންމެ ކަމެއްގައި ގއ. ވިލިނގިލީގެ ރައްޔިތުން އެންމެ ފުރިހަމައަށް ބައިވެރިވާނޭ ކަމަށް އެބޭފުޅުން ވިދާޅުވިއެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް ރާއްޖެޓީވީއަށް އެހީތެރިވުމަށް ވިލިނގިލި އޮތީ ތައްޔާރަށް ކަމަށް އެބޭފުޅުން ވިދާޅުވިއެެވެ.

ރާއްޖެޓީވީގެ ނިއުސްޑިރެކްޓަރު ހުޝާމް މުހައްމަދު ވިދާޅުވީ ގއ. ވިލިގިނލި އަދި ކޮލަމާފުށީ ރައްޔިތުން މިފަހަރު ފަންޑްފޮށްޓަށް ޖަމާކޮށްދިން ފައިސާ އަކީ އެއްފޮށްޓަކަށް މިހާތަނަށް ލިބުނު އެންމެ ބޮޑު އަދަދު ކަމަށެވެ. އަދި އެ ސަރަހައްދުގެ ރައްޔިތުން މިކަމުގައި ނިކުމެ އުޅުއްވީ ވަރަށް ކެރިގެން ކަމަށް ހުޝާމް ވިދާޅުވިއެވެ.

ފަސް ލައްކަ ރުފިޔާއިން ރާއްޖެޓީވީ ޖޫރިމަނާކުރީ ޖުލައި 28، 2017 ވަނަ ދުވަހުގެ ރޭ ރާއްޖެ ޓީވީގެ "މިރައީސް" ޕްރޮގްރާމުގައި ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ދެއްކެވި ވާހަކައަކާ ގުޅިގެންނެވެ.

ބްރޯޑްކާސްޓިންގ ކޮމިޝަނުން ފޮނުވި ސިޓީގައި ބުނެފައިވަނީ މިޖޫރިމަނާކޮށްފައި ފަނީ މެމްބަރު މުސްތަފާ "ރާއްޖޭގެ ރައްޔިތުން ނިކުމެ ރައީސުލްޖުމްހޫރިއްޔާ ބޭރުކުރުމަށް ގޮވާލައްވާ ދައްކަވާފައިވާ ވާހަކައަކީ، ދިވެހިރާއްޖޭގައި އޮތް ޤާނޫނީ ސަރުކާރެއް ވައްޓާލުމަށާއި، ޣައިއު ޤާނޫނީ ޢަމަލެއް ހިންގުމަށް ރައްޔިތުންނަށް ހިއްވަރު ލިބޭ ގޮތަށް، އަދި ރާއްޖޭގެ ޤާނޫނީ ވެރިކަމަށް އުނިކަމެއް އަތުވެދާނެ، ޤައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ގޮތަށް ދިވެހިރާއްޖޭގެ ޖުމްހޫެރިއްޔާގެ ޤާނޫން އަސާސީއާ އެއްގޮތަށް އިންތިޚާބު ކުރެވިފައިވާ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ޙިމާޔަތާއި ރައްކާތެރިކަމަށް ނުރައްކަލެއް އަތުވެދާނެ ވާހަކަތަކެއް"ކަމަށް ބުނެ ހުށެހެޅިފައިވާ މައްސަލައެއް ބެލުމަށް ފަހުގައި ކަމަށެވެ. މި ލާރި އެކޮމިޝަނަށް އެއްމަސްދުވަހުގެ ތެރޭގައި ދެއްކުމަށް ވަނީ އަމުރު ކޮށްފައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

20 އެޕްރީލު 2017

އަބުރުފުޅު ފަންޑަށް 50 ހާސް ރުފިޔާ ޑރ. ޑީޑީ ހަދިޔާކޮށްފި

20 އެޕްރީލު 2017
އަބުރުފުޅު ފަންޑަށް 50 ހާސް ރުފިޔާ ޑރ. ޑީޑީ ހަދިޔާކޮށްފި
19 އެޕްރީލު 2017

ރާއްޖެޓީވީ އަބުރުފުޅު ފަންޑަށް 50 ހާސް ރުފިޔާ ޖާބިރު ހަދިޔާކޮށްފި

19 އެޕްރީލު 2017
ރާއްޖެޓީވީ އަބުރުފުޅު ފަންޑަށް 50 ހާސް ރުފިޔާ ޖާބިރު ހަދިޔާކޮށްފި
12 އެޕްރީލު 2017

ނިޒާރާއި ޣަފޫރުގެ އެއްލައްކަ ރުފިޔާއިން ރާއްޖެ ޓީވީގެ "އަބުރުފުޅު ފަންޑު" ހުޅުވައިފި

12 އެޕްރީލު 2017
ނިޒާރާއި ޣަފޫރުގެ އެއްލައްކަ ރުފިޔާއިން ރާއްޖެ ޓީވީގެ "އަބުރުފުޅު ފަންޑު" ހުޅުވައިފި
11 އެޕްރީލު 2017

ރާއްޖެ ޓީވީން "އަބުރުފުޅު ފަންޑު" ހުޅުވާލަނީ

11 އެޕްރީލު 2017
ރާއްޖެ ޓީވީން "އަބުރުފުޅު ފަންޑު" ހުޅުވާލަނީ
07 އެޕްރީލު 2017

ރާއްޖެޓީވީގެ ފަންޑަށް ފަންސާސް ހާސް ރުފިޔާ ދޭން މެމްބަރު ނިޒާރު ނިންމަވައިފި

07 އެޕްރީލު 2017
ރާއްޖެޓީވީގެ ފަންޑަށް ފަންސާސް ހާސް ރުފިޔާ ދޭން މެމްބަރު ނިޒާރު ނިންމަވައިފި
02 އެޕްރީލު 2017

ރާއްޖެޓީވީގެ އަބުރު ފަންޑަށް ކުރެންދޫގެ 8،800 ރ.

02 އެޕްރީލު 2017
ރާއްޖެޓީވީގެ އަބުރު ފަންޑަށް ކުރެންދޫގެ 8،800 ރ.
18 މާރިޗު 2017

ރާއްޖެޓީވީގެ އަބުރު ފަންޑަށް ހުޅުހެންވޭރު ދާއިރާއިން އެހީ

18 މާރިޗު 2017
ރާއްޖެޓީވީގެ އަބުރު ފަންޑަށް ހުޅުހެންވޭރު ދާއިރާއިން އެހީ
14 މާރިޗު 2017

ރާއްޖެޓީވީގެ އަބުރު ފަންޑަށް އެމްޑީޕީގެ ލީޑަރޝިފުން އެހީދެއްވައިފި

14 މާރިޗު 2017
ރާއްޖެޓީވީގެ އަބުރު ފަންޑަށް އެމްޑީޕީގެ ލީޑަރޝިފުން އެހީދެއްވައިފި
12 މާރިޗު 2017

ރާއްޖެޓީވީ އަބުރު ފަންޑަށް ފައިސާ ހޯދަން ހިންނަވަރު ރައްޔިތުން މަހަށް ދަނީ

12 މާރިޗު 2017
 ރާއްޖެޓީވީ އަބުރު ފަންޑަށް ފައިސާ ހޯދަން ހިންނަވަރު ރައްޔިތުން މަހަށް ދަނީ
11 މާރިޗު 2017

އަބުރު ފަންޑަށް ދަނީ ތަރުހީބު ލިބެމުން!

11 މާރިޗު 2017
އަބުރު ފަންޑަށް ދަނީ ތަރުހީބު ލިބެމުން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް