Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އަބުރުފުޅު ފަންޑު

ނިޒާރާއި ޣަފޫރުގެ އެއްލައްކަ ރުފިޔާއިން ރާއްޖެ ޓީވީގެ "އަބުރުފުޅު ފަންޑު" ހުޅުވައިފި

ޣަފޫރާއި ނިޒާރު ވަނީ ކޮންމެ މެންބަރަކު 50 ހާސް ރުފިޔާ ދެއްވާފައި

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 12 އެޕްރީލު 2017 | ބުދަ 17:46
އަބުރުފުޅު ފަނޑު ހުޅުވައި ދެއްވަނީ

އަބުރުފުޅު ފަނޑު ހުޅުވައި ދެއްވަނީ

ރައީސް އަބްދުﷲ ޔާމީންގެ އަބުރާ ބެހުނު ކޮންޓެންޓެއް ބްރޯޑްކާސްޓް ކުރި ކަމަށް ބުނެ ބްރޯޑްކާސްޓިންގ ކޮމިޝަނުން އަމިއްލައަށް އިސްނަގައިގެން ބެލި މައްސަލައެއްގައި އެއް މިލިއަން ރުފިޔާއިން ރާއްޖެޓީވީއަށް ކުރި ޖޫރިމަނާ ދެއްކުމަށް ރައްޔިތުންނަށް ފުރުސަތު ދިނުމުގެ ގޮތުން ރާއްޖެ ޓީވީން "އަބުރުފުޅު ފަންޑު" ހުޅުވައިފި އެވެ.

ފަނޑު ހުޅުވުމާއެކު، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރާއި، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބްދުއް ޢަފޫރު މޫސާ ވަނީ 50،000ރ. (ފަންސާސް ހާސް ރުފިޔާ)، ފަންޑަށް ހަދިޔާކުރައްވާފައެވެ.

Advertisement - newsAdvertisement

"އަބުރުފުޅު ފަންޑު" ހުޅުއްވައިދެއްވަމުން ޣަފޫރު ވިދާޅުވީ އެބޭފުޅާ އާއި ނިޒާރުގެ އިސްނެންގެވުމުން ދޭހަވަނީ ރާއްޖޭގެ އުތުރާއި ދެކުނު އޮތީ ރާއްޖެ ޓީވީއާ އެކުގައި ކަމަށާއި ރާއްޖެ ޓީވީން ކުރަމުން ގެންދާ މަސައްކަތަކީ ޑިމޮކްރަސީ އަށަގެންނެވުމަށްޓަކައި ކުރާ ޤައުމީ މަސައްކަތެއް ކަމަށެވެ.

ނިޒާރު ވިދާޅުވީ ރާއްޖެ ޓީވީއަކީ ރާއްޖޭގެ މީޑިޔާގެ މިނިވަންކަމަށް ވެސް ވަރަށް މުހިއްމު ޗެނަލެއް ކަމަށާއި ސިޔާސީ މަޝަރަހުން އެންމެ ހިތްދަތިވި ދެދުވަހަކީ ޑރ. އަފްރާޝީމް އަވަހާރަކޮށްލި ދުވަހާއި ރާއްޖެ ޓީވީ ރޯކޮށްލި ދުވަސް ކަމަށެވެ.

ރާއްޖެ ޓީވީގެ ސީއޯއޯ ހުސައިން ފިޔާޒް މޫސާ ރާއްޖެއެމްވީއަށް މައުލޫމާތުދެއްވަމުން ވިދާޅުވީ މިފަންޑަކީ ރާއްޖެޓީވީއަށް ހެޔޮއެދޭ ރާއްޖެޓީވީގެ ބެލުންތެރިން އެޖޫރިމަނާ ދެއްކުމުގައި އެހީތެރިވުމަށް އެދެމުންދާތީ ހުޅުވާލާ ފަންޑެއް ކަމަށެވެ.

ފިޔާޒް ވިދާޅުވީ މިފަންޑަކީ ރާއްޖެ ޓީވީއަށް ކުރިމަތިވެފައިވާ ބޮޑު ބުރައަކުން އަރައިގަތުން ކަމަށެވެ. އަދި ފިޔާޒް ރައީސުލް ޖުމްހޫރިއްޔާގެ އަބުރުފުޅާ ބެހުނުކަމަށް ބުނާ ވީޑިއޯ ބައްލަވާލެއްވި ކޮންމެ މީހަކަށްވެސް އޭގައި ވަކި މީހެއްގެ އަބުރާ ބެހިފައި ނުވާކަން ވަރަށް ސާފުކޮށް އެނގޭނެ ކަމަށާއި އެއްވެސް އަސްލެއްނެތް ތުހުމަތެއްކޮށް ރާއްޖެ ޓީވީ ޖޫރިމަނާ ކުރުމަކީ ރާއްޖެ ޓީވީގެ އަޑު ކަނޑުވާލާ ބަންދުކުރުމަށް ކުރަމުންދާ މަސައްކަތުގެ ބޮޅެއް ކަމަށެވެ

ފިޔާޒް ވިދާޅުވީ ރާއްޖެ ޓީވީގެ ކުށަކީ އެއްވެސް ހިފެހެއްޓުމެއް ނެތި ހަމަހަމަކަމާއެކު ނޫސްވެރިކަމުގެ އެންމެހާ ތަރަހައިގެ ތެރެއިން ދެފުށް ފެންނަ ގޮތަކަށް ހުރިހާ ފަރާތެއްގެ ޚަބަރުތަކާއި މައުލޫމާތު ގެނެސްދިނުން ކަމަށާއި މިފަދަ ގޮތަކަށް ޗެނަލް ބަންދުކުރަން މަސައްކަތް ކުރިނަމަވެސް ފަހަތައް ނުޖެހޭނެ ކަމަށެވެ.

ރާއްޖެ ޓީވީގެ ނިއުސް ޑިރެކްޓަރ ޢަލީ ޔޫސުފް ވިދާޅުވީ ރާއްޖެ ޓީވީން އަބަދުވެސް މަސައްކަތް ކުރަނީ މިނިވަން ނޫސްވެރިކަމެއް ކުރުމަށް ކަމަށާއި ރާއްޖެޓީވީ ބިނާ ކުރަމުން ދަނީ ވީހާވެސް ގިނައިން ލައިވްކޮށްގެން އެމައުލޫމާތެއް ފޯރުކޮށް ދިނުމަށް ކަމަށެވެ.

ޢަލީ ވިދާޅުވީ އަބުރުގެ ޤާނޫނަކީ ރާއްޖެ ޓީވީއަށް އަމާޒުކޮށްފައިވާ އެއްޗެއް ކަމަށާއި ފުރަތަމަ ފިޔަވަޅު ވެސް އަޅާފައިވަނީ ރާއްޖެ ޓީވީއަށް ކަމަށެވެ. އަދި އެއް މިލިއަން ރުފިޔާއިން ޖޫރިމަނާކޮށް އެޅި ދެވަނަ ފިޔަވަޅަކީ ރާއްޖެ ޓީވީގެ ދުވަސް ދުއްވާލުމަށް އަޅާފައިވާ ފިޔަވަޅެއް ކަމަށެވެ.

ބްރޯޑްކާސްޓިންގ ކޮމިޝަނުން މިދިޔަ ބުރާސްފަތި ދުވަހު ރާއްޖެޓީވީ އެއް މިލިއަން ރުފިޔާއިން ޖޫރިމަނާކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު 26 ވަނަ ދުވަހު ބޭއްވި އިދިކޮޅު އިއްތިހާދުގެ ހަރުގެ ޖަލްސާގައި، ރައީސް ޔާމީންގެ އަބުރު ގެއްލޭ ފަދަ ގޮތަކަށް ވާހަކަ ދައްކާފައިވާ ކޮންޓެންޓެއް ބްރޯޑްކާސްޓް ކޮށްފައިވާ ކަމަށް ބުނެ، އެ ކޮމިޝަނުގެ މެންބަރަކު އަމިއްލައަށް ހުށަހެޅި މައްސަލައެއް، އަމިއްލައަށް ބަލައި ނިންމުމަށް ފަހު އެވެ.

ރާއްޖެޓީވީ ޖޫރިމަނާކޮށްފައި މި ވަނީ އޮކްޓޯބަރު 26، 2016 ވަނަ ދުވަހުގެ ރޭ ހަރުގެ ޖަލްސާ ލައިވްކުރަމުން ދިޔައިރު، ވާހަކަ ދެއްކެވި ބޭފުޅަކު ދެއްކެވި ވާހަކަތަކަކާ ގުޅިގެންނެވެ. އެ ޖަލްސާގައި ރައީސް އަބްދުﷲ ޔާމީނާ ގުޅޭ ގޮތުން ދެއްކެވި ވާހަކަ ވެސް ބްރޯޑްކާސްޓިން ކޮމިޝަނުން މައްސަލަ ނިންމި ގޮތުގެ ރިޕޯޓްގައި ހިމަނާފައި ވެއެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން މީގެ ކުރިން ވަނީ ރާއްޖެ ޓީވީ ދެލައްކަ ރުފިޔާ އިން ޖޫރިމަނާކޮށްފައެވެ. އެއް މިލިއަން ރުފިޔާ އިން ޖޫރިމަނާކުރީ ހެޔޮ އެދޭ ފަރާތްތަކުގެ އެހީގައި އެއް މަސްދުވަހުގެ ތެރޭގައި ފައިސާ ދެއްކުމާ އެކުއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

20 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

19 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު