Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުނޭމާ ބާސާ ދޫކޮށްލުން

ބާސާ ދޫކޮށްލަން ބޭނުންވާ ވާހަކަ ނޭމާ ބުނީ މެސީގެ ކައިވެނި ހަފްލާގައި: ޒަވީ

20 އޮކްޓޯބަރު 2017 | ހުކުރު 18:38

ޖުލައި މަހު ބޭއްވި މެސީގެ ކައިވެނީގެ ހަފްލާގައި ބާސާ ދޫކޮށްލަން ބޭނުންވާ ކަމަށް ނޭމާ ބުނި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 20 އޮކްޓޯބަރު 2017 | ހުކުރު 18:38
ޒަވީ އާއި ނޭމާ އެކުގައި: ދެ ސީޒަނުގައި މި ދެ ކުޅުންތެރިން ވަނީ ބާސާގައި އެއްކޮށް ކުޅެފައި

ޒަވީ އާއި ނޭމާ އެކުގައި: ދެ ސީޒަނުގައި މި ދެ ކުޅުންތެރިން ވަނީ ބާސާގައި އެއްކޮށް ކުޅެފައި

ސްޕެއިންގެ ބާސެލޯނާ ދޫކޮށް އެހެން ޓީމަކަށް ބަދަލުވާން ބޭނުންވާ ވާހަކަ ނޭމާ ބުނީ ލިއޮނެލް މެސީގެ ކައިވެނި ހަފްލާގައި ކަމަށް ބާސެލޯނާގެ ކުރީގެ ކުޅުންތެރިޔާ ޒަވީ ހަނާންޑޭޒް ބުނެފިއެވެ.

ބީބީސީ ވޯލްޑް ސާވިސްއާ ވާހަކަ ދައްކަމުން ބާސާއަށް އެންމެ ގިނަ މެޗު ކުޅުނު ކުޅުންތެރިޔާގެ ރެކޯޑު އޮންނަ ޒަވީ ބުނެފައި ވަނީ ޖުލައި މަހު ބޭއްވި މެސީގެ ކައިވެނީގެ ހަފްލާގައި ބާސާ ދޫކޮށްލަން ބޭނުންވާ ކަމަށް ނޭމާ ބުނެފައިވާ ކަމަށެވެ. އަދި އެއީ ކީއްވެގެންތޯ ސުވާލުކުރުމުން ޖަވާބުގައި ނޭމާ ބުނެފައި ވަނީ އޭނާ ބާސާއަށް ކުޅެން ހިތްހަމަނުޖެހޭ ކަމަށާއި ޔޫރަޕުގައި އާ ތަޖުރިބާތަކެއް ކުރަން ބޭނުންވާ ކަމަށެވެ. އެގޮތުން ޕީއެސްޖީއަށް ބަދަލުވާން ނިންމި ކަމަށް ނޭމާ އޭރު ބުނި ކަމަށް ޒަވީ ބުނެފައި ވެއެވެ.

ނޭމާ ވަނީ އޭނާގެ މި އުއްމީދު ހަގީގަތަކަށް ހަދައި މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓުގައި ދުނިޔޭގެ ރެކޯޑު ފީއެއް ކަމަށްވާ 222 މިލިއަން ޔޫރޯއަށް ބާސާ ދޫކޮށް ޕީއެސްޖީއަށް ބަދަލުވެފައެވެ. ނޭމާ ނެތްތަން ފޫ ބެއްދުމުގެ ގޮތުން ބާސާއިން ވަނީ ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅުނު ފްރާންސްގެ ޒުވާން ފޯވާޑް އުސްމާން ޑެމްބެލޭ އެ ޓީމަށް ގެނެސްފައެވެ.

ހަމަ މި ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓުގައި ޕީއެސްޖީއިން ވަނީ ނޭމާގެ އިތުރުން މޮނާކޯއަށް ކުޅެމުން އައި ފްރާންސްގެ ޒުވާން ފޯވާޑް ކިލިއަން އެމްބާޕޭގެ ސޮއި ވެސް ހޯދާފައެވެ. އެގޮތުން ޕީއެސްޖީއިން އެމްބާޕޭގެ ސޮއި ހޯދާފައި ވަނީ 180 މިލިއަން ޔޫރޯގެ ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ.

ޒަވީ ބުނެފައި ވަނީ މި ސީޒަނަށް ޕީއެސްޖީ ވަރަށް ބޮޑަށް ތައްޔާރުވެފައިވާ ކަމަށާއި އެ ޓީމުގެ ސްކޮޑުގައި ތިބީ ހުސް މޮޅު ކުޅުންތެރިން ކަމަށެވެ. އެގޮތުން ނޭމާ އާއި އެމްބާޕޭގެ ސަބަބުން ޕީއެސްޖީއަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމުގެ ވަރަށް ބޮޑު ފުރުސަތެއް އެބައޮތް ކަމަށް ޒަވީ ބުނެފައި ވެއެވެ.

އޭނާގެ ކެރިއަރާއި ބެހޭ ވާހަކަތަށް ހިއްސާކުރަމުން ޒަވީ ބުނެފައި ވަނީ އޭނާގެ ކެރިއަރުގެ ކުރީކޮޅު މެންޗެސްޓާ ޔުނައިޓެޑަށް އޭނާ ގެންދަން އެ ޓީމުން މަސައްކަތް ކުރި ކަމަށެވެ. އެގޮތުން އެ ޓީމުގެ އޭރުގެ ކޯޗު ސާ އެލެކްސް ފާގަސަންގެ ކޮއްކޮ މާޓިން ފާގަސަން އޭނާއާއި މަޝްވަރާ ކުރިކަމަށާއި އެހެނަސް އޭނާ ނިންމީ ބާސާގައި މަޑުކުރަން ކަމަށެވެ. އެއީ ބާސާއަކީ ދުނިޔޭގެ އެންމެ މޮޅު ޓީމު ކަމަށް ވެފައި އޭނާ އާއި ބާސާއާ ދެމެދުވާ ގުޅުމުގެ ސަބަބުން ކަމަށް ވެސް ޒަވީ ބުނެފައި ވެއެވެ.

ޤަތަރުގެ އަލް ސައްދުއާ 2015 ވަނަ އަހަރު ގުޅުމުގެ ކުރިން ޒަވީ ވަނީ ބާސާގައި 17 އަހަރު ހޭދަކޮށްފައެވެ. މި އަހަރުތަކުގެ ތެރޭގައި އޭނާ ވަނީ ބާސާއާ އެކު ގިނަ ކާމިޔާބީތަކެއް ހާސިލްކޮށްފައެވެ.

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

4

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

5

ޓްރަމްޕް ދަތުރު ކުރެއްވި ހެލިކޮޕްޓަރާއި މަތިންދާބޯޓެއް ވައިގެ ތެރޭގައި ނުރައްކާތެރި މިންވަރަކަށް ކައިރިވި ހާދިސާއެއް!

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގު: ބޮޑު ތަފާތަކުން ބާސާ ބަލިކޮށް ޕީއެސްޖީ ކުއާޓާގެ އުންމީދު ބޮޑުކޮށްފި

15 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގު: ބޮޑު ތަފާތަކުން ބާސާ ބަލިކޮށް ޕީއެސްޖީ ކުއާޓާގެ އުންމީދު ބޮޑުކޮށްފި
14 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގު: ތިއާގޯ ސިލްވާ އަށް ބާސާއާ ދެކޮޅަށް ނުކުޅެވޭނެ

14 ފެބުރުއަރީ 2017
 ޗެމްޕިއަންސް ލީގު: ތިއާގޯ ސިލްވާ އަށް ބާސާއާ ދެކޮޅަށް ނުކުޅެވޭނެ
12 ފެބުރުއަރީ 2017

ސްޕެނިޝް ލަލީގާ: ރެއާލް އަދި ބާސާ މޮޅުވެ މަގާމު ދަމަހައްޓައިފި

12 ފެބުރުއަރީ 2017
ސްޕެނިޝް ލަލީގާ: ރެއާލް އަދި ބާސާ މޮޅުވެ މަގާމު ދަމަހައްޓައިފި
11 ފެބުރުއަރީ 2017

އެއްވެސް ޓީމަކުން ހަތަރު ތަށީގެ ވާހަކަ ނުދެއްކުން ރަނގަޅު: ސޮބާ

11 ފެބުރުއަރީ 2017
އެއްވެސް ޓީމަކުން ހަތަރު ތަށީގެ ވާހަކަ ނުދެއްކުން ރަނގަޅު: ސޮބާ
08 ފެބުރުއަރީ 2017

ކޮޕާޑެލްރޭ: އެޓްލެޓިކޯއާ އެއްވަރުކޮށް އެގްރިގޭޓް ނަތީޖާއިން ބާސާ ފައިނަލަށް

08 ފެބުރުއަރީ 2017
ކޮޕާޑެލްރޭ: އެޓްލެޓިކޯއާ އެއްވަރުކޮށް އެގްރިގޭޓް ނަތީޖާއިން ބާސާ ފައިނަލަށް
05 ފެބުރުއަރީ 2017

ސްޕެނިޝް ލަލީގާ: އެތުލެޓިކް ކްލަބް ބަލިކޮށް ބާސާ ލީޑު ކުޑަކޮށްފި

05 ފެބުރުއަރީ 2017
ސްޕެނިޝް ލަލީގާ: އެތުލެޓިކް ކްލަބް ބަލިކޮށް ބާސާ ލީޑު ކުޑަކޮށްފި
28 ޖެނުއަރީ 2017

ކޮޕާޑެލްރޭ: ސެމީގައި ބާސާ އަދި އެތުލެޓިކޯ ބައްދަލުކުރަން ޖެހިއްޖެ

28 ޖެނުއަރީ 2017
ކޮޕާޑެލްރޭ: ސެމީގައި ބާސާ އަދި އެތުލެޓިކޯ ބައްދަލުކުރަން ޖެހިއްޖެ
06 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި

06 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
04 ޖެނުއަރީ 2017

ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާ ކަމަށް ޑިޕޭ ބުނެފި

04 ޖެނުއަރީ 2017
ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާ ކަމަށް ޑިޕޭ ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް