Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއައިފޯން 8 އަދި 8 ޕްލަސް

އައިފޯން 8 އަދި 8 ޕްލަސް ދިރާގުން ބާޒާރަށް ނެރެފި

ޕްރިއޯޑާތައް ނަގާފައިވާ ފަރާތްތަކަށް ވަނީ ފޯނު ހަވާލުކޮށްފަ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 20 އޮކްޓޯބަރު 2017 | ހުކުރު 08:57
އައިފޯންގެ އެންމެ ފަހުގެ ފޯނު: އައިފޯނު 8 އަދި 8 ޕްލަސް

އައިފޯންގެ އެންމެ ފަހުގެ ފޯނު: އައިފޯނު 8 އަދި 8 ޕްލަސް

އެޕަލް ކުންފުނިން އެންމެ ފަހުން ނެރުނު އައިފޯން، އައިފޯން 8 އާއި 8 ޕްލަސް ރާއްޖޭގެ ބާޒާރަށް ނެރެފިއެވެ.

ދިރާގުގެ ހެޑް އޮފީހުގައި ހުކުރު ދުވަހު މެންދުރު ފަހު 14:00 އިން ފެށިގެން އައިފޯން 8 އަދި 8 ޕްލަސްއަށް ޕްރިއޯޑާތައް ނަގާފައިވާ ފަރާތްތަކަށް ވަނީ ފޯނު ހަވާލުކޮށްފައެވެ.

ދިރާގުގެ ވެބްސައިޓުން އޮންލައިންކޮށް ފޯނަށް އޯޑަރު ކުރެވޭއިރު، 12 މަސް ދުވަހަށް ބަހާލައިގެން އިންސްޓޯލްމަންޓަށް ފައިސާ ދެއްކޭނެ ޕްލޭން އަކާއި އެއްކޮށް ފައިސާ ދައްކާފައި ފޯން ގަތުމުގެ ޕްލޭންއެއް ދިރާގުން ވަނީ ތަޢާރަފްކޮށްފައެވެ.

އެގޮތުން އިންސްޓޯލްމަންޓް ޕްލޭނަށް ފޯން ނަގާއިރު ދައްކަން ޖެހެނީ، 2،999 ރުފިޔާ އެވެ. އަދި ހަ މަސްދުވަހުގެ ތެރޭގައި ކޮންމެ މަހަކަށް ފަސް ޖީބީ ޑޭޓާ މުޅިން ހިލޭ ދިރާގުން ދޭނެއެވެ.

އައިފޯން 8ގެ 64 ޖީބީގެ ފޯނަކަށް 999 ރުފިޔާ ދައްކަން ޖެހޭއިރު، 256 ޖީބީގެ ފޯނަކަށް މަހަކު ދައްކަން ޖެހެނީ 1،279 ރުފިޔާއެވެ.

އައިފޯން 8 ޕްލަސްގެ 64 ޖީބީ ފޯނަށް މަހަކު 1،179 ރުފިޔާ ދައްކަން ޖެހޭ އިރު، 256 ޖީބީގެ ފޯނަކަށް މަހަކު ދައްކަން ޖެހެނީ 1،449 ރުފިޔާއެވެ.

އެކީ ފައިސާ ދައްކާފައި ފޯނު ނަގާ ނަމަ، އައިފޯން 8ގެ 64 ޖީބީ ވިއްކަނީ 14،899 ރުފިޔާއަށެވެ. އަދި 256 ޖީބީގެ ފޯނެއް ވިއްކަނީ 18،199 ރުފިޔާއަށް ކަމަށްވާއިރު އައިފޯން 8 ޕްލަސްގެ 64 ޖީބީ 16،999 ރުފިޔާއަށެވެ. 256 ޖީބީ ވިއްކަނީ 19،999 ރުފިޔާއަށެވެ.

އެކީ ފައިސާ ދައްކާފައި ފޯން ގަތަސް، ދިރާގުން ހަ މަސްދުވަސް ވަންދެން ކޮންމެ މަހަކު ފަސް ޖީބީގެ ޑާޓާ ހިލޭ ދޭން ވަނީ ނިންމައިފައެވެ.

އައިފޯން 8 އާއި 8 ޕްލަސްގެ އެންމެ ފާހަގަކޮށްލެވޭ އެއް ފީޗާއަކީ މި ފޯނުގައި 12 މެގަޕިކްސެލްގެ ކެމެރާއެވެ.

އިތުރަށް ކިޔާލަން

08 ޖޫން 2017

އަމާނާ ތަކާފުލް އިން އަނެއްކާވެސް ސާޕްލަސް ފައިސާ ބެހުމަށް ނިންމައިފި

08 ޖޫން 2017
އަމާނާ ތަކާފުލް އިން އަނެއްކާވެސް ސާޕްލަސް ފައިސާ ބެހުމަށް ނިންމައިފި
05 ޖޫން 2017

ދިރާގުން އަނެއްކާ ވެސް ފިކްސްޑް ބްރޯޑްބޭންޑް ޕްރޮމޯޝަނެއް ފަށައިފި

05 ޖޫން 2017
ދިރާގުން އަނެއްކާ ވެސް ފިކްސްޑް ބްރޯޑްބޭންޑް ޕްރޮމޯޝަނެއް ފަށައިފި
24 މެއި 2017

އުރީދޫއިން ހުވާވޭ "ޕީ10" އަދި "ޕީ10 ޕްލަސް" ފޯނު ބާޒާރަށް ނެރެފި

24 މެއި 2017
އުރީދޫއިން ހުވާވޭ "ޕީ10" އަދި "ޕީ10 ޕްލަސް" ފޯނު ބާޒާރަށް ނެރެފި
25 އެޕްރީލު 2017

ދިރާގުން ސެމްސަންގް އެސް8 އަދި އެސް8 ޕްލަސް ރާއްޖޭގެ ބާޒާރަށް ލޯންޗްކޮށްފި

25 އެޕްރީލު 2017
ދިރާގުން ސެމްސަންގް އެސް8 އަދި އެސް8 ޕްލަސް ރާއްޖޭގެ ބާޒާރަށް ލޯންޗްކޮށްފި
21 އެޕްރީލު 2017

ދިރާގުން ސެމްސަންގ ގެލެކްސީ އެސް8 އަދި އެސް8 ޕްލަސްގެ ޕްރީ އޯޑަރ ހުޅުވާލައިފި

21 އެޕްރީލު 2017
ދިރާގުން ސެމްސަންގ ގެލެކްސީ އެސް8 އަދި އެސް8 ޕްލަސްގެ ޕްރީ އޯޑަރ ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު