Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެއާޕޯޓް ތަރައްގީކުރުން

އެއާޕޯޓް ތަރައްގީކުރުމަށް އަބޫދާބީ ފަންޑާއެކު ސޮއިކޮށްފި

ރާއްޖެއާއި ޔޫ.އޭ.އީއާ ދެމެދު ވެވޭ "ޕްރޮމޯޝަން އެންޑް ރެސިޕްރޮކަލް ޕްރޮޓެކްޝަން އޮފް އިންވެސްޓްމަންޓް" އާ ގުޅޭ އެއްބަސްވުމުގަވެސް ވަނީ ސޮއިކޮށްފަ

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 17 އޮކްޓޯބަރު 2017 | އަންގާރަ 13:45
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީކުރުމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރުން

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީކުރުމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރުން

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީކުރުމާ ގުޅޭ ގޮތުން ދިވެހިރާއްޖެއާއި އަބޫދާބީ ފަންޑާ ދެމެދު ލޯނު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީކުރުމާ ގުޅޭ ގޮތުން ދިވެހިރާއްޖެއާއި އަބޫދާބީ ފަންޑާ ދެމެދު ލޯނު އެއްބަސްވުމުގައި ސޮއިކުރިކަން ހާމަކޮށްފައި ވަނީ ރައިސް އޮފީހުން ނެވެ. ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމް އަނބިކަނބަލުން ފާތުމަތު އިބްރާހީމް، ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ)އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ ޤައުމާއެކު ގުޅުން ބަދަހިކުރުމާބެހޭ ހަތަރު އެއްބަސްވުމެއްގައި ސޮއިކުރެއްވިކަމަށް ރައީސް އޮފީހުން ބުނެ އެވެ. އެގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީކުރުމަށް ލޯނު އެއްބަސްވުމެއްގައި ސޮއިކުރިނަމަވެސް އެކަމުގެ މާބޮޑު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

ދުބާއީގެ ރޫލަރސް ކޯޓުގައި އަންގާރަދުވަހު މެންދުރުފަހު ބޭއްވެވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، ޔޫ.އޭ.އީގެ ނައިބު ރައީސް އަދި ބޮޑުވަޒީރު އަދި ދުބާއީގެ ވެރިޔާ ހިޒް ހައިނަސް ޝައިޚް މުޙައްމަދު ބިން ރާޝިދު އަލް މަކްތޫމް ބައިވެރިވެވަޑައިގެންނެވި އެވެ. މި އެއްބަސްވުންތަކުގެ ތެރޭގައި އިތުރަށް ހިމެނެނީ "ދަ އެވޮއިޑެންސް އޮފް ޑަބަލް ޓެކްސޭޝަން އެންޑް ދަ ޕްރިވެންޝަން އޮފް ފިސްކަލް އިވޭޝަން ވިތް ރެސްޕެކްޓް ޓު ޓެކްސަސް އޮން އިންކަމް އެންޑް ކެޕިޓަލް" އާ، ރާއްޖެއާއި ޔޫ.އޭ.އީއާ ދެމެދު ވެވޭ "މިއުޗުއަލް އެގްޒަމްޕްޝަން އޮފް ވިސާ ވެއިވަރ އޮން ޑިޕްލޮމެޓިކް އެންޑް އޮފިޝަލް ވިސާސް ފޮރ ހޯލްޑަރސް އޮފް ޑިޕްލޮމެޓިކް ޕާސްޕޯޓް" އާ ގުޅޭ އެއްބަސްވުމެކެވެ. މީގެ އިތުރަށް ރާއްޖެއާއި ޔޫ.އޭ.އީއާ ދެމެދު ވެވޭ "ޕްރޮމޯޝަން އެންޑް ރެސިޕްރޮކަލް ޕްރޮޓެކްޝަން އޮފް އިންވެސްޓްމަންޓް" އާ ގުޅޭ އެއްބަސްވުމުގަވެސް ވަނީ ސޮއިކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޔޫ.އޭ.އީ އަށް ކުރައްވާ ތިން ދުވަހުގެ ދަތުރުފުޅުގައި، އެ ޤައުމުގެ އިސްވެރިންނާ ބައްދަލުކުރައްވައި، ރާއްޖެއާއި ޔޫ.އޭ.އީއާ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކުން މަޝްވަރާ ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީންގެ އަރިހަށް ޔޫ.އޭ.އީގެ މިނިސްޓަރ އޮފް އެނަރޖީ ހިޒް އެކްސެލެންސީ ސުޙައިލް މުޙައްމަދު އަލް-މަޒްރޫޢީ ވަނީ ބުރްޖް ޚަލީފާއަށް ވަޑައިގެން ދެކަނބަލުންނަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވާފައެވެ.މީގެ އިތުރަށް ބައިނަލްއަޤުވާމީ ވިޔަފާރި ކުންފުންޏެއްކަމަށްވާ ޑީ.ޕީ ވަރލްޑްގެ ސީ.އީ.އޯ އަދި ޗެއަރމަން ސުލްޠާން އަޙްމަދު ބިން ސުލޭމާން ވެސް، މިއަދު ވަނީ ރައީސްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވާފައެވެ.

އިތުރަށް ކިޔާލަން

05 އެޕްރީލު 2017

ހުޅުމާލޭ ސެންޓްރަލް ޕާކް ތަރައްޤީ ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

05 އެޕްރީލު 2017
ހުޅުމާލޭ ސެންޓްރަލް ޕާކް ތަރައްޤީ ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި
30 މާރިޗު 2017

ސީއެސްސީ އާއި އައްޑޫ ސިޓީ ކައުންސިލާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފި

30 މާރިޗު 2017
ސީއެސްސީ އާއި އައްޑޫ ސިޓީ ކައުންސިލާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފި
24 މާރިޗު 2017

ސިޔާސީ ޕާޓީތަކުން އެއްބަސްވުމެއްގައި ސޮއިކޮށްފި

24 މާރިޗު 2017
ސިޔާސީ ޕާޓީތަކުން އެއްބަސްވުމެއްގައި ސޮއިކޮށްފި
22 މާރިޗު 2017

ސައްތަ ކިލޯ ޕްރޮގްރާމްގެ އެއްބަސްވުމުގައި ސޮއިކޮށްފި

22 މާރިޗު 2017
ސައްތަ ކިލޯ ޕްރޮގްރާމްގެ އެއްބަސްވުމުގައި ސޮއިކޮށްފި
06 މާރިޗު 2017

ކާޑެއްދޫ އެއާޕޯޓް ޙަވާލުކުރުން ލަސްވާތީ މެނޭޖްމަންޓާ ފުލުހުން މަޝްވަރާކޮށްފި

06 މާރިޗު 2017
ކާޑެއްދޫ އެއާޕޯޓް ޙަވާލުކުރުން ލަސްވާތީ މެނޭޖްމަންޓާ ފުލުހުން މަޝްވަރާކޮށްފި
23 ފެބުރުއަރީ 2017

ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރި އަމުރު ބާތިލް ކޮށްފި

23 ފެބުރުއަރީ 2017
ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރި އަމުރު ބާތިލް ކޮށްފި
19 ފެބުރުއަރީ 2017

ގދ މާވަރުލު އެއާޕޯޓް ހެދުމުގެ އެއްބަސްވުން ބާތިލް ކުރީ ރަނގަޅަށް: ސިވިލް ކޯޓް

19 ފެބުރުއަރީ 2017
ގދ މާވަރުލު އެއާޕޯޓް ހެދުމުގެ އެއްބަސްވުން ބާތިލް ކުރީ ރަނގަޅަށް: ސިވިލް ކޯޓް
01 ފެބުރުއަރީ 2017

ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރުމުށް ކޯޓުން އަމުރުކޮށްފި

01 ފެބުރުއަރީ 2017
ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރުމުށް ކޯޓުން އަމުރުކޮށްފި
23 ޖެނުއަރީ 2017

އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި

23 ޖެނުއަރީ 2017
އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި
23 ޖެނުއަރީ 2017

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ ރެސްކިޔު ހިދުމަތް ފުޅާ ކުރަން ދެ ބޯޓެއް ގެނެސްފި

23 ޖެނުއަރީ 2017
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ ރެސްކިޔު ހިދުމަތް ފުޅާ ކުރަން ދެ ބޯޓެއް ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު