Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޒައިދުލް އަމީން

ކިހާ ޅެން ފަރިއްސަށް، ޒައިދުލް އަމީން ރައީސް ޔާމިނު ފަޅިއަށް

ރައީސް ޔާމީނަށް ތާޢިދު ކުރެއްވިކަން އިޢުލާނު ކުރެއްވީ ޓްވިޓަރ ގައި

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު, ރާއްޖެ އެމްވީ | 16 އޮކްޓޯބަރު 2017 | ހޯމަ 19:28
ޒައިދުލް އަމީން - ރައީސް ޔާމީނަށް ތާޢީދު ކުރެއްވުމަށް ވަނީ ނިންމަވާފަ

ޒައިދުލް އަމީން - ރައީސް ޔާމީނަށް ތާޢީދު ކުރެއްވުމަށް ވަނީ ނިންމަވާފަ

ޕީޕީއެމް ދެފަޅިވީއިރު ރައީސް މައުމޫނާއި އެކު ތިއްބެވި ޕާޓީގެ އިސްފަރާތްތަކުގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މަދު ބޭފުޅުންގެ ތެރެއިން އެ ޕާޓީގެ ކުރީގެ ކައުންސިލް މެންބަރު ޒައިދުލް އަމީން ރައީސް ޔާމީނަށް ތާޢީދުކުރައްވަން ނިންމަވައިފިއެވެ.

ނިމިގެން ދިޔަ ދައުރުގައި މާލޭ ސިޓީ ކައުންސިލްގެ މެދު ހެންވޭރު ދާއިރާގެ މެންބަރުކަން ވެސް ކުރެއްވި ޒައިދު މިފަދައިން އިޢުލާނުކުރެއްވީ، ހޯމަ ދުވަހުގެރޭ ކުރެއްވި ޓްވީޓް ތަކެއްގައެވެ.

Advertisement - newsAdvertisement
"ސިޔަސީ މައިދާނުގައި އަޅުގަނޑު 2008 ވަނަ އަހަރުން ފެށިގެން ރައީސް މައުމޫން ޢަބްދުލް ޤައްޔޫމަށް ކުރަމުން އައި ތާޢީދު އަނބުރައި ގެނެސްފިން. އަދި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އަޅުގަނޑު ހިމެނޭގޮތަށް މަސައްކަތް ކޮށްގެން ގެނައި ސަރުކާރު، މި ސަރުކާރު ދަމަހައްޓައި ރައީސް ޔާމީން ގެންނަވަމުންދާ ތަރައްޤީ އާއި އެކު 2018 ވަނަ އަހަރު ރިޔާސީ އިންތިޚާބުގައި ވެސް ރައީސް ޔާމީން ހޮވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް އަޅުގަނޑު ކުރުމަށް ނިންމައިފިން. ތަރައްޤީ އާއި އެކު ރައްޔިތުން. #ރައީސްޔާމީން2018"، ޒައިދުގެ ޓްވީޓްތަކުގައި ބުނެފައިވެއެވެ.

4 ޓްވީޓަކަށް ބަހާލައިގެން ޒައިދް މި ޓްވީޓްތައް ކުރެއްވިއިރު ކޮންމެ ޓްވީޓަކާއިއެކުވެސް ޤައުމީ ދިދައިގެ ފޮޓޯއެއް ހިމަނުއްވާފައިވެއެވެ.

ރައީސް މައުމޫނާއި އެކު ހުންނަވަނިކޮށް، ފަނޑިޔާރަކު ބްލެކްމެއިލް ކުރި ކަމަށް ތުޙުމަތުކޮށް، ޒައިދު ހައްޔަރުކޮށް، އޭނާގެ މައްޗަށް ހުއްދަ ނޫން ގޮތުގައި މައުލޫމާތު ހާމަ ކުރަން އުޅުމުގެ ދައުވާ އާއި ހުއްދަ ނޫން ގޮތުގައި މައުލޫމާތު ހޯދުމުގެ ދައުވާ އާއި ގާނޫނީ ބާރު ހިންގުމަށް ދަތިކުރަން އުޅުމުގެ ދައުވާ ކޮށްފައިވެއެވެ.

ޒައިދުގެ މައްޗަށް ގާނޫނީ ބާރު ހިންގުމަށް ދަތިކުރުމުގެ ދައުވާ ކޮށްފައި ވަނީ ފަނޑިޔާރަކު ދެއްކެވި ވާހަކަތަކެއް ރެކޯޑްކޮށް ނުފޫޒު ފޯރުވަން މަސައްކަތް ކޮށްފައިވާ ކަމަށް ބުނެއެވެ. ހުއްދަ ނޫން ގޮތުގައި މައުލޫމާތު ހޯދުމުގެ ދައުވާ ކޮށްފައިވަނީ ފަނޑިޔާރަކު ދިރިއުޅުއްވާ އެޕާޓްމެންޓަށް ގޮސް، ފަނޑިޔާރު ދެއްކެވި ވާހަކަތަކެއް ސިއްރުން ރެކޯޑް ކުރި ކަމަށް ބުނެއެވެ. ހުއްދަ ނޫން ގޮތުގައި މައުލޫމާތު ހާމަކުރަން އުޅުމުގެ ދައުވާ ކޮށްފައި ވަނީ ފަނޑިޔާރު ދެއްކެވި ވާހަކަތަކުގެ ރެކޯޑިންގ ވިއްކަން އުޅުނު ކަމަށް ބުނެއެވެ.

މި އަހަރުގެ ޖަނަވަރީ މަހުގެ 12 ވަނަ ދުވަހުގެރޭ ޒައިދު ހައްޔަރުކޮށް، ޖަލުގައި ބެހެއްޓުމަށްފަހު ކުޑަ ދުވަސްކޮޅަކަށް ގޭބަންދަށް ބަދަލުކުރި ނަމަވެސް، ޝަރީޢަތް ނިމެންދެން އޭނާ ގޭބަންދުގައި ބަހައްޓަން ނިންމާފައިވަނީ މި އަހަރުގެ މެއި މަހުގެ 29 ވަނަ ދުވަހުއެވެ. އަދި އޭގެ ފަހުން މިދިޔަ ސެޕްޓެމްބަރު މަހުގެ 26 ވަނަ ދުވަހު، މާލެއިން ބޭރަށް ނުދިއުމަށް، 30 ދުވަހުގެ މުއްދަތަށް ޝަރުތުކޮށް، އޭނާ ގޭބަންދުންވެސް ދޫކޮށްލުމަށް ޝަރީޢަތުން ވަނީ ނިންމާފައެވެ.

ރައީސް ޔާމީނަށް ތާޢީދު ކުރެއްވުމަށް ޒައިދު ނިންމެވިއިރު، އޭނާ ހައްޔަރުގައި ހުންނެވިއިރު، އޭނާ މިނިވަން ކުރުމަށް ރައީސް މައުމޫން ފެކްޝަނުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އަދި ހައްޔަރުގައި ހުރިއިރު ޒައިދު ވަނީ އޭނާ ހައްޔަރުކުރީ ރައީސް މައުމޫނާއި ދެކޮޅަށް ހެކި އުފެއްދުމަށް، ސަރުކާރުން ސިޔާސީ ބޭނުމެއްގައި ކަމަށް ދޭހަވާގޮތަށް ބަޔާނެއްވެސް ނެރުއްވާފައެވެ.

ހައްޔަރުގައި ހުރެ، މި އަހަރުގެ ފެބްރުއަރީ 22 ވަނަ ދުވަހު ނެރުނު ބަޔާނުގައި ޒައިދު ވިދާޅުވީ، ހައްޔަރުގައި ބަހައްޓައިގެން ބަޔާން ނެގިއިރު، ހައްޔަރުކޮށްގެން އުޅެނީ ކޮންފަރާތްތަކެއް ބްލެކްމެއިލް ކުރަންއުޅުނު ކަމުގެ ތުހުމަތުގައިކަން ފުލުހުންގެ ފަރާތުން ބުނެދީފައިނުވާ ކަމަށެވެ.

ހައްޔަރުކުރި މައްސަލަ ސާފުނުވާއިރު ފަހުން ފުލުހުން މަސައްކަތްކޮށްފައިވަނީ، ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލް ޤައްޔޫމް މިހާރުގެ ސަރުކާރާ ދެކޮޅަށް ސިއްރު ރޭވުންތަކެއް ރާއްވަވަމުންދާ ކަމަށް ބުނެ، ޒައިދު ލައްވައި ބަޔާނެއް އުފެއްދުމަށް ކަމަށް ޒައިދު ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ޒައިދު ވިދާޅުވީ ޕީ.ޕީ.އެމްގެ އޮފީހުން ގެއްލިފައިވާކަމަށްބުނާ ހާޑް ޑިސްކާއި، ފުލުހުން ބޭނުންވެގެން އުޅޭ ވީޑިއޯ އަކާއި ގުޅޭ ގޮތުން ސުވާލުކޮށް އެ ހާޑްޑިސްކް އާއި ވީޑިއޯއެއް ވާނީ ރައީސް މައުމޫންގެ އަތްޕުޅުގައިކަމަށް ބުނެ ބަޔާން ދިނުމަށް ފުލުހުން އެދިފައިވާ ކަމަށެވެ.

"މި ބައްދަލުވުންތަކުގައި އަޅުގަނޑާއި ސުވާލުތައް ކުރަނީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ނަވާޒްއެވެ. އޭގެ އިތުރުން މިހާރު އަޅުގަނޑު ވަކީލަކީ ސަރުކާރުގެ ސިޔާސަތު ތަކާއި އިދިކޮޅު ފިކުރުގެ ވަކީލެއް ކަމަށާއި އެ ވަކީލު މި މައްސަލައިގައި އިތުރަށް ބޭނުން ނުކުރުމަށާއި އަދި ވަކީލު ބަދަލު ކުރުމަށް އެދުނެވެ. އެކަމުގެ މަޢުލޫމާތު އަދި އެހެން އެއްވެސް ފަރާތަކަށް ދީފިނަމަ އަޅުގަނޑު ގޭގެ ބަންދުން ޖަލަށް ބަދަލުކުރެވޭނެ ކަމަށް ބުނެ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ނަވާޒް ވަނީ އަޅުގަނޑަށް އަންގާފައެވެ." ޒައިދުގެ ބަޔާނުގައި އޭރު ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ނަވާޒް، މިހާރު ރައީސް މައުމޫން ގެ އެއްވެސް ބާރެއް ނެތްކަމަށާއި ރައީސް މައުމޫންއަށް ތާއީދުކުރުން ހުއްޓާލައި، ސަރުކާރާއި ގުޅުމަށް އެދިފައިވާކަމަށް ޒައިދުގެ ބަޔާނުގައި ބުނެފައިވެއެވެ.

"އޭގެ އިތުރުން އަޅުގަނޑު މިސަރުކާރުން ބޭނުންވާ ކޮންމެ ވަޒީފާއެއް ހަމަޖައްސައި ދެވިދާނެ ކަމަށްވެސް ދެންނެވިއެވެ. ރައީސް މައުމޫން ހައްޔަރުކުރުމަށްޓަކައި އަޅުގަނޑުގެ ބަޔާން ކޮންމެހެންވެސް ބޭނުންވާ ކަމަށާއި، އެކަމުގައި އެއްބާރުލުން ނުދީފިނަމަ "ޝުމްބާ ގޮންގް" ޖަލުގައި ޝަރީޢަތެއް ނެތި އޮންނަހެން އަޅުގަނޑުވެސް އޮންނަން ޖެހޭނީ ޖަލުގައި ކަމަށް ކިތަންމެ ފަހަރަކު އަޅުގަނޑު ގާތުގައި އެބޭފުޅާ ވިދާޅުވިއެވެ." ޒައިދުގެ ބަޔާނުގައި އޭރު ވިދާޅުވެފައިވެއެވެ.

ޒައިދުގެ މައްޗަށް ކޮށްފައިވާ ދައުވާގެ މައްސަލަ ގާތްގަނޑަކަށް އޮބިފައިވާއިރު، މަޢުލޫމާތު ލިބިފައިވާ ގޮތުގައި އަވަސް މުއްދަތެއްގެ ތެރޭގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އިސް މަޤާމަކުން އޭނާ ފެންނާނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަޅުގަނޑު ހައްޔަރުކުރީ ރައީސް މައުމޫން ހައްޔަރުކުރަން ބަޔާނެއް ހޯދަން: ޒައިދުލް އަމީން

އަޅުގަނޑު ހައްޔަރުކުރީ ރައީސް މައުމޫން ހައްޔަރުކުރަން ބަޔާނެއް ހޯދަން: ޒައިދުލް އަމީން

22 ފެބުރުއަރީ 2017
ޔާމީން ބަންދުކުރި މައްސަލަ: ޖަވާބުދާރީވެ، ހެކި ހުށަހެޅުމަށް އަމީން ފައިސަލަށް 15 ދުވަސް!

ޔާމީން ބަންދުކުރި މައްސަލަ: ޖަވާބުދާރީވެ، ހެކި ހުށަހެޅުމަށް އަމީން ފައިސަލަށް 15 ދުވަސް!

21 ފެބުރުއަރީ 2017
ޔާމީން ބަންދުކުރި މައްސަލަ: ދައުވާއަށް އަމީން ފައިސަލް ޖަވާބުދާރީވުން މިއަދު!

ޔާމީން ބަންދުކުރި މައްސަލަ: ދައުވާއަށް އަމީން ފައިސަލް ޖަވާބުދާރީވުން މިއަދު!

21 ފެބުރުއަރީ 2017
ގޭ ބަންދުގައި ހުރި ޒައިދުލް އަމީންގެ ބަންދަށް 10 ދުވަސް އިތުރުކޮށްފި

ގޭ ބަންދުގައި ހުރި ޒައިދުލް އަމީންގެ ބަންދަށް 10 ދުވަސް އިތުރުކޮށްފި

12 ފެބުރުއަރީ 2017
ކުޅުދުއްފުށިގައި ޖުވާ ކުޅެންތިބި ބަޔަކު ހައްޔަރު ކޮށްފި

ކުޅުދުއްފުށިގައި ޖުވާ ކުޅެންތިބި ބަޔަކު ހައްޔަރު ކޮށްފި

04 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު