Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަނަސްގެ މަރު

އަނަސް މަރާލި މައްސަލައިގެ ޝަރީއަތް މިއަދު ފަށަނީ

16 އޮކްޓޯބަރު 2017 | ހޯމަ 03:11

އަނަސް މަރާލި މައްސަލައާ ގުޅިގެން ކުޑަކުއްޖަކު ހިމެނޭ ގޮތަށް ހަ މީހަކަށް ދައުވާ

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 16 އޮކްޓޯބަރު 2017 | ހޯމަ 03:11
 ރ. މީދޫ ފެންފިޔާޒުގޭ، މުހައްމަދު އަނަސް، މަރާލާފައިވަނީ ފަހާދުވެފައި ގޮސް ލިޓަސް ސަރވިސް ސެންޓަރުގެ ތެރޭގައި

 ރ. މީދޫ ފެންފިޔާޒުގޭ، މުހައްމަދު އަނަސް، މަރާލާފައިވަނީ ފަހާދުވެފައި ގޮސް ލިޓަސް ސަރވިސް ސެންޓަރުގެ ތެރޭގައި

ތޫނު ހަތިޔާރު ބޭނުންކޮށްގެން ހަމަލާދީ ރ. މީދޫ ފެންފިޔާޒުގޭ، މުހައްމަދު އަނަސް މަރާލި މައްސަލައާ ގުޅިގެން ފަސް މީހެއްގެ މައްޗަށް އުފުލާފައިވާ ދައުވާގެ އިބްތިދާއީ އަޑުއެހުން ފެށުމަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފި އެވެ.

އަނަސްގެ މަރުގެ މައްސަލައާ ގުޅިގެން ފަސް މީހަކާއި ކުޑަކުއްޖަކު ހިމެނޭ ގޮތަށް ޖުމްލަ ހަ މީހެއްގެ މައްޗަށް ދައުލަތުން ދައުވާ އުފުލާފައިވެއެވެ. އުމުރުން 17 އަހަރުގެ އެ ކުއްޖާގެ މައްޗަށް ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލާފައިވާއިރު، އެ ޝަރީއަތް ކުރިއަށް ގެންދަނީ ޖުވެނައިލް ކޯޓުގަ އެވެ.

Advertisement - newsAdvertisement

މިއަދު މެންދުރުފަހު 3:00 ގައި ކްރިމިނަލް ކޯޓުގައި ފެށުމަށް ތާވަލުކޮށްފައިވަނީ އަނެއް ފަސް މީހުން ޝަރީއަތެވެ.

އަނަސްގެ މަރާލި މައްސަލައިގައި ޅ. ކުރެންދޫ އަސުރުމާގޭ އަހުމަދު ޒަޔާނާއި، މ. ދިމިޝްގް އުސްމާން ޝަރީފްގެ މައްޗަށް ދައުލަތުން ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލާފަ އެވެ.

މީގެ އިތުރުން، ލ. ގަން ތުނޑި ނަންނާރިގޭ ޖުނައިހު އަބްދުﷲއާއި، ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހުފޫޒްގެ އިތުރުން މާލޭ ދަފްތަރު ނަމްބަރު 1746 ސިމާހު މޫސާގެ މައްޗަށް ދައުލަތުން ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އުފުލާފަ އެވެ.

ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ރޭ އަނަސް މަރާލާފައިވަނީ އޭނާ ފަހާ ދުވަމުން ގޮސް، ލިޓަސް ސަރވިސް ސެންޓަރު ތެރެއަށް އޭނާ ވަނުމުން، ފަހަތުން ގޮސް ހަމަލާދީގެންނެވެ. ތޫނު ހަތިޔާރު ބޭނުންކޮށްގެން އަނަސްގެ ހަށިގަނޑުގެ އެކި ތަންތަނަކަށް ހަމަލާދީފައިވާއިރު، ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޭނާ އޮތީ މަރުވެފަ އެވެ.

އަނަސްގެ މަރާ ގުޅިގެން، އޯގަސްޓް 3 ވަނަ ދުވަހު ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައިވަނީ އަނަސް މަރާލީ އޭނާގެ ކުށަކުން ނޫން ކަމަށާއި އޮޅިގެން އެހެން މީހަކު ކަމަށް ހީކުރެވިގެން ކަމަށެވެ.

އަނަސްގެ މަރާ ގުޅިގެން ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކުރި އެވެ. އޭގެ ތެރޭގައި ތ. ކިނބިދޫ ގުލްފާމްގޭ މުހައްމަދު ޝާޒުއާއި، މ. ލޮނުމިދިލިގޭ އަފްރާހް އަބްދުއްރައްޒާގު ހިމެނެ އެވެ. މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ފިލައިގެން އުޅެނިކޮށެވެ. އެގޮތުން އަފްރާހު ހައްޔަރުކޮށްފައިވަނީ މާލޭ ގެއެއްގެ ތެރޭގައި ފިލައިގެން އުޅެނިކޮށް މިމަހުގެ 8 ވަނަ ދުވަހު އެވެ. އެހެންނަމަވެސް، އެ ދެ މީހުންގެ މައްޗަށް މިހާތަނަށް ދައުވާއެއް ކޮށްފައި ނުވެ އެވެ.

އަނަސްގެ މަރުގެ މައްސަލައިގައި ދައުވާ ކޮށްފައިވާ 17 އަހަރުގެ ކުއްޖާގެ މައްޗަށް އިތުރު މައްސަލައަކާ ގުޅިގެން ވެސް ދާދިފަހުން ވަނީ ދައުވާ ކޮށްފަ އެވެ. އެގޮތުން ޖުލައި 25 ވަނަ ދުވަހު ސުޕްރީމް ކޯޓު ކައިރިން މީހެއްގެ ބުރަކައްޓަށް ތޫނު އެއްޗަކުން ހަމަލާދިން މައްސަލައިގައި އެ ކުއްޖާގެ މައްޗަށް ދައުލަތުން ވަނީ، މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާގޮތަށް ތޫނުއެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާ އުފުލާފަ އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!

17 ޖެނުއަރީ 2017
ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!
16 ޖެނުއަރީ 2017

އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް

16 ޖެނުއަރީ 2017
އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް
16 ޖެނުއަރީ 2017

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
09 ޖެނުއަރީ 2017

ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް

09 ޖެނުއަރީ 2017
ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް
09 ޖެނުއަރީ 2017

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ

09 ޖެނުއަރީ 2017
މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް