Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޕާޓްނަރޝިޕް ފޯރަމް

ޕާޓްނަރޝިޕް ފޯރަމް: ބޮޑެތި މަޝްރޫއުތަކާއެކު، ބޮޑު ބަދަލަކާއި ދިމާލަށް!

ޕާޓްނަރޝިޕް ފޯރަމަށް ގިނަ މަޝްރޫއުތަކެއް ހުށަހަޅަން ސަރުކާރުން ވަނީ ނިންމާފައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 17 ޖޫން 2019 | ހޯމަ 14:47
ޕާޓްނަރޝިޕް ފޯރަމްގެ ތެރެއިން

ޕާޓްނަރޝިޕް ފޯރަމްގެ ތެރެއިން

ދިވެހިރާއްޖޭގެ ތަރައްގީއަށް އެހީތެރިވެދީ، ރާއްޖޭގައި އިންވެސްޓް ކުރަން ޝައުގުވެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން ބާއްވާ މޯލްޑިވްސް ޕާރޓްނަރޝިޕް ފޯރަމުގައި ސަރުކާރުން އިސްކަންދޭ ބައެއް ދާއިރާތަކުން ހުރި ފުރުސަތުތަކާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަންތައް ކުރިޔަށް ގެންގޮސްފައިވާއިރު މި ސެޝަންތަކުގައި ރާއްޖެއިން އިގްތިސާދީ ގޮތުން ހޯދާފައިވާ ކުރިއެރުންތަކާއި, އިގްތިސާދު ހަރުދަނާ ކުރުމަށް ކުރިޔަށް ރޭވިފައިވާ ގޮތް ފޯރަމުގެ ބައިވެރިންނާއި ވަނީ ހިއްސާކޮށްފައެވެ. މީގެ ތެރޭގައި ނޫ އިގްތިސާދުގެ ތަސައްވަރާއި ޖަޒީރާ ރާއްޖޭގެ ތަސައްވަރާ ބެހޭ މައުލޫމާތު ފޯރަމުގެ ބައިވެރިންނާ ހިއްސާކޮށް، މޯލްޑިވްސް ޕާޓްނަރޝިޕް ފޯރަމަށް ގިނަ މަޝްރޫއުތަކެއް ހުށަހަޅަން ސަރުކާރުން ވަނީ ނިންމާފައެވެ.

އެގޮތުން ސަރުކާރުން ހުށަހަޅަން ނިންމާފައިވާ ބައެއް މަޝްރޫތަކަކީ އައްޑޫ ޕްރޮޖެކްޓާއި, ފެނާއި ނަރުދަމާގެ މަޝްރޫއު، ސިއްހީ ހިދުމަތް ދޭ ތަންތަނުގެ ފެންވަރު ރަނގަޅު ކުރުން ހިމެނެއެވެ. ސަރުކާރުން މި މަޝްރޫއުތަކަށް ހަރަދުވާނެ ފައިސާގެ އަދަދާއި މަޝްރުއޫތައް ކުރިއަށްގެންދާނެ ގޮތުގެ ފުރިހަމަ މައުލޫމާތު ވަނީ ހިމަނާފައެވެ.

1. އައްޑޫ ޑިވަލޮޕްމަންޓް ޕްރޮޖެކްޓް

މި ޕްރޮޖެކްޓް ރާއްޖޭގެ އާބާދީ ދެވަނައަށް އެންމެ ބޮޑު ސިޓީގެ ތަރައްގީއަށް ހިންގާ މަޝްރޫއުތަކުގެ ތެރޭގައި ކޮމާޝަލް އަދި އިންޑަސްޓްރިއަލް ބޭނުމަށް އިތުރު ސަރަހައްދެއް ހިއްކުމާއި ޓޫރިޒަމްގެ މަޝްރޫއުތަކަށް އައްޑޫގެ ހަތަރު ފަޅެއް (25 ހެކްޓަރު) ބިން ހިއްކުމާއި ރަނގަޅު ފެންވަރަށް މަގުތައް ހެދުމާއި ހިތަދޫ ރީޖަނަލް ޕޯޓްގެ ޖާގަ އިތުރު ކުރުން ހިމެނެއެވެ. އަދި ހައުސިން ޔުނިޓްތައް އެޅުމާއި ހިތަދޫގައި މަސް ޕްރޮސެސް ކުރާނެ ފެކްޓްރީއަކާއި ޔޫތު ސެންޓަރަކާއި ރީހެބިލިޓޭޝަން ސެންޓަރެއްގެ އިތުރުން އިސްލާމިކް ސެންޓަރެއް ތަރައްގީ ކުރުމަށް ހަމަޖެހިފައިވާއިރު އައްޑޫ ގަމުގައި ކޮންވެންޝަން ސެންޓަރެއް ތަރައްގީ ކުރުމާއި ސަރުކާރު އޮފީސް އިމާރާތެއް އެޅުމާއި ނޭޗާ ޕާކެއްގެ އިތުރުން ކްލައިމެޓް ރީސާޗް ފެސިލިޓީއެއް ގާއިމް ކުރުމަށް ޕްލޭން ކޮށްފައިވެއެވެ. މި ޕްރޮޖެކްޓަށް ޖުމްލަ ހަރަދުވާނެ ކަމަށް ލަފާކޮށްފައިވަނީ 414 މިލިއަން ޑޮލަރެވެ.

2. ކުދި ރަށްތަކަށް ސޯލާ ޕީވީ ބެޓަރި ޑީސަލް ހައިބްރިޑްގެ ކަރަންޓް ފޯރުކޮށްދިނުން

ރާއްޖެ މުޅިންހެން ބަރޯސާވަނީ ރާއްޖެއިން ބޭރުން އެތެރެކުރާ ފޮސިލް ފިއުލްއަށެވެ. އަދި ޤައުމީ އުފެއްދުންތެރިކަމުގެ 10 އިންސައްތަ ހަރަދު ވަނީ ބޭރުން އެތެރެކުރާ ފިއުލް އިމްޕޯޓަށެވެ. މި ޕްރޮޖެކްޓްގެ ދަށުން 2030 ވަނަ އަހަރު ރާއްޖޭގެ ރަށްތަކުގައި ޖައްވަށް ދޫކުރާ ވިހަ ގޭސްތައް މަދުކުރުމަށް ވަނީ ނިންމާފައެވެ. މި ޕްރޮޖެކްޓަށް ހަރަދުވާނެ ކަމަށް ލާފަކޮށްފައިވަނީ 110,100,100 ޑޮލަރެވެ.

3. ހުވަދޫ އަތޮޅުގައި ވޭސްޓް މެނޭޖްމެންޓް ސެންޓަރެއް ގާއިމްކުރުން

ވޭސްޓްމެނޭޖްމެންޓް ސެންޓަރާ އެކު ހުވަދޫ އަތޮޅުގެ ރަށްރަށުގެ މެދުގައި ފުރިހަމަ ދަތުރުފަތުރު ކުރެވޭނެ ނިޒާމެއް ގާއިމް ކުރެވޭނެއެވެ. އަދި އެއްފަހަރު ބޭނުންކޮށްފައިވާ ނައްތާލާ ޕްލާސްޓިކް، ބޭނުން ކުރުމާ ގުޅޭ ގޮތުން އާންމުން ހޭލުންތެރިކޮށް، އެފަދަ ސާގާފަތެއް އާލާކުރާނެ ކަމަށް ބުނެފައިވެއެވެ. މި މަޝްރޫއުއަށް 24 މިލިއަން ޑޮލަރު (370 މިލިއަން ރުފިޔާ) ހަރަދު ކުރުމަށް ހަމަޖެހިފައިވެއެވެ.

4. ފެނާއި ނަރުދަމާގެ މަޝްރޫއު

މި މަޝްރޫއުގެ ތެރެއިން ރާއްޖޭގެ 28 ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރުން ހިމެނެއެވެ. އަދި ވޯޓަރ ސަޕްލައި ޑިސްޓްރިބިއުޝަން ނެޓްވޯކާއި ސްވެރޭޖް ސިސްޓަމްތައް އިންސްޓޯލް ކުރުމަށް މި މަޝްރުއޫގައި ހިމަނާފައިވެއެވެ. ގާތްގަނޑަކަށް 56 މިލިއަން ޑޮލަރު މި މަޝްރޫއުއަށް ހަރަދުވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

5. ގްރޭޓާ މާލެ ސަރަހައްދު ގުޅާލުން

މި މަޝްރޫއުގެ ދަށުން މާލެ އާއި ވިލިމާލެ އާއި ގުޅީފަޅާއި ތިފަލުފުށި ގުޅާލުން ވެސް، މި ފޯރަމަށް ހުށައަޅާ ގޮތަށް ވަނީ ހަމަޖައްސަފާއެވެ. މި މަޝްރޫއުގެ ދަށުން ބްރިޖް އެޅުމުގެ އިތުރަށް ތިލަފުށީގައި ކޮމާޝަލް ހާބަރެއް ތަރައްގީ ކުރާނެއެވެ. އަދި އިންޑަސްޓްރިއަލް މަސައްކަތްތަކަށް ހާއްސަ ސަރަހައްދުތައް ވެސް ގާއިމްކުރާނެއެވެ. މި މަޝްރޫއުއަށް 488 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ލަފާކޮށްފައިވެއެވެ.

1. އަންހެނުން ފުލުހުން ބާރުވެރި ކުރުވުން

ރާއްޖޭގެ ފުލުހުންގެ މުއައްސަސާގައި އަންހެނުން ފުލުހުންގެ ހިއްސާ އޮންނަނީ އެންމެ 9.7 އިންސައްތައަށެވެ. އަދި މެނޭޖްމަންޓް ލެވަލްގައި އެއްވެސް އަންހެން ފުލުހަކު ހިއްސާއެއް ނުވެއެވެ. މި މަޝްރުއޫގެ ދަށުން މަސައްކަތުގެ މައިދާނުގައި އަންހެނުން ބާރުކުރުވޭނެ މިންވަރާއި މަސައްކަތުގެ އަންހެނުންނަށް ކުރިމަތިވާ ފުރައްސާރަ ބެލުމަށް ވަނީ ނިންމާފައެވެ. މި މަޝްރޫއަށް 195،000 ޑޮލަރު ހަރަދުވާނެ ކަމަށް ލަފާކޮށްފައިވެއެވެ.

2. ޝަރުއީ މައުލޫމާތު ލިބޭނެ ހަބެއް ޤާއިމުކުރުން

މި މަޝްރޫއުގެ ދަށުން ކުރިން ނިންމާފައިވާ ޝަރުއީ ހުކުމްތަކަށް ބަލާ، އެ ހުކުމްތަކުގެ މައުލޫމާތު ކޯޓުތަކުން ހޯދާ، އެ މައުލޫމާތު އެއް ޕޯޓަލެއް މެދުވެރިކޮށް ލިބޭނެ މަގު ފަހިކޮށްދިނުމެވެ. މި މަޝްރޫއުއަށް ހަރަދުވާނެ ފައިސާގެ އަދަދެއް ހިމަނާފައެއް ނުވެއެވެ.

1. ސިއްހީ ހިދުމަތް ދޭ ތަންތަނުގެ ފެންވަރު ރަނގަޅު ކުރުން

މި މަޝްރޫއުގެ ތެރެއިން ރާއްޖޭގައި ފޯރުކޮށްދޭ ސިއްހީ ހިދުމަތްތައް ރަނގަޅު ކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން ރާއްޖޭގެ 16 ރަށެއްގެ ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރާނެއެވެ. މި މަޝްރޫއުއަށް ގާތްގަނޑަކަށް 136 މިލިއަން ޑޮލަރު ހަރަދު ކުރުމަށް ހަމަޖެހިފައިވެއެވެ.

2. އެއް ދަންފަޅިއަށް ސްކޫލުތަކުގެ ކިޔެވުން ބަދަލުކުރުން

މި މަޝްރުއޫގެ ދަށުން ރާއްޖޭގެ 53 ސްކޫލެއްގެ ކިޔެވުން އެއް ދަންފަޅިއަށް ބަދަލުކުރަން ނިންމާފައިވާއިރު އެ ސްކޫލުތަކުން މިހާރު ދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ވެސް ވަނީ ނިންމާފައެވެ. މި ޕްރޮޖެކްޓްގެ ދަށުން އިތުރު އާ 10 ސްކޫލު ރާއްޖޭގައި އިމާރާތްކުރާއިރު، ކޮންމެ ސްކޫލެއްގައި 45 ކްލާސް ރޫމާއި އެއް މަލްޓި ޕާޕަސް ހޯލް ހިމެނެއެވެ. މި މަޝްރޫއުއަށް 103 މިލިއަން ޑޮލަރު ހަރަދު ކުރުމަށް ހަމަޖެހިފައިވެއެވެ.

3. އުމުރުން ދުވަސްވީ މީހުން ބަލާނެ ތަނެއް ޤާއިމުކުރުން

2014 ވަނަ އަހަރުގެ ބޯހިމެނުމުން ދައްކާ ގޮތުގައި 2054 ވަނަ އަހަރު ރާއްޖޭގެ މުޅި ޖުމްލަ އާބާދީގެ ގިނަ ބަޔެއްގެ އުމުރު 45 އަހަރަށްވުރެ މަތިވާނެއެވެ. އަދި ކުރިއަށް އޮތް 25 އަހަރު ރާއްޖޭގެ އާބާދީގައި 65،000 މީހުން ހިމެނޭއިރު އެ މީހުންނަކީ 65 އަހަރުން މަތީގެ މީހުންނެވެ. އެހެންކަމުން އުމުރުން ދުވަސްވީ މީހުންގެ އަދަދު ގިނަވާނެތީވެ، އުމުރުން ދުވަސްވީ މީހުން ބަލާނެ ތަނަކަށް އޮންނަ ޑިމާންޑް ބޮޑުވެގެންދާނެއެވެ. އަދި މި މަޝްރޫއުގެ ދަށުން އުމުރުން ދުވަސްވީ މީހުންނަށް ރަނގަޅު މާހައުލެއް ޤާއިމުކުރެވި، އެމީހުންނަށް ސިއްހީ ހިދުމަތްތައް ވެސް ފޯރުކޮށްދެވިގެންދާނެއެވެ. މި މަޝްރުއޫއަށް 223,288 ޑޮލަރު ހޭދަކުރުމަށް ވަނީ ނިންމާފައެވެ.

މި ފޯރަމަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އަދި މިނިސްޓްރީ އޮފް ފިނޭންސް ގުޅިގެން މި ހިނގާ ޖޫން މަހުގެ 17 އިން 18 އަށް ކުރިޔަށްގެންދާ ފޯރަމެކެވެ. "އިންވެސްޓިން އިން އަ ރިސިލިއަންޓް އެންޑް ސަސްޓެއިނަބަލް މޯލްޑިވްސް" ތީމެއްގެ ގޮތުގައި ކަނޑަޅައިގެން ކުރިއަށް ގެންދާ މި ފޯރަމުގެ މަޤްޞަދަކީ ރާއްޖޭގެ ތަރައްޤީއަށްޓަކައި، އެހެން ޤައުމުތަކާއި ގުޅިގެން ކުރެވޭނީ ކޮންކޮން މަސައްކަތް ތަކެއްތޯ ބަލައި، ސަރުކާރުގެ ތަރައްޤީގެ އެޖެންޑާ ކުރިޔަށް ގެންދިޔުމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މާބަނޑު މީހުންނަށް އެޗްވަންއެންވަން ޖެހުމުން ކުރާ އަސަރު ބޮޑުވޭ!

މާބަނޑު މީހުންނަށް އެޗްވަންއެންވަން ޖެހުމުން ކުރާ އަސަރު ބޮޑުވޭ!

16 މާރިޗު 2017
ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

11 މާރިޗު 2017
ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!

ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!

06 މާރިޗު 2017
އަސްކަރީ ބަޖެޓް އެންމެ ބޮޑެތި ގައުމުތައް

އަސްކަރީ ބަޖެޓް އެންމެ ބޮޑެތި ގައުމުތައް

01 މާރިޗު 2017
19 އަހަރު ފަހުން ވެސް "އަމާނާތަށް" ބެލުންތެރިންގެ ބޮޑު ތަރުހީބެއް

19 އަހަރު ފަހުން ވެސް "އަމާނާތަށް" ބެލުންތެރިންގެ ބޮޑު ތަރުހީބެއް

19 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު