Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުޕާޓްނަރޝިޕް ފޯރަމް

ޕާޓްނަރޝިޕް ފޯރަމް – މިފަހަރު ތަފާތުވާނެބާ؟

މިއީ މިދިޔަ 10 އަހަރުތެރޭ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު މަލްޓިލޭޓަރަލް އެންގޭޖްމަންޓް

| 14 ޖޫން 2019 | ހުކުރު 13:29
ޕާޓްނަރޝިޕް ފޯރަމްއާ ބެހޭ މައުލޫމާތު ޑިޕްލޮމެޓުންނަށް އަރުވަނީ

ޕާޓްނަރޝިޕް ފޯރަމްއާ ބެހޭ މައުލޫމާތު ޑިޕްލޮމެޓުންނަށް އަރުވަނީ

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ރާއްޖޭގައި ޕާޓްނަރޝިޕް ފޯރަމްގެ ނަމުގައި ބައިނަލްއަޤްވާމީ އެކި ފަރާތްތައް ބައިވެރިކޮށްގެން ރާއްޖެއަށް ބޭނުންވާ ބޭރުގެ ބައިވެރިން ހޯދުމުގެ މަސައްކަތްތަކެއް ކުރެވުނެވެ. ގިނަ ދުވަސްތަކެއް ނުވެ އެމަނިކުފާނުގެ ވެރިކަން ނިމުމަކަށް އައުމަށްފަހު، ދެން އައި ދެ ވެރިކަމުގައި ރާއްޖެ ފެނިގެން ދިޔައީ ބައިނަލްއަޤްވާމީ ދުނިޔެއާއި ވަރަށް ބޮޑަށް އެކަހެރި ވެފައިވާ ޤައުމެއްގެ ގޮތުގައެވެ. ރައީސް މައުމޫންގެ ވެރިކަމާއި ރައީސް ނަޝީދުގެ ވެރިކަމުގައި ރާއްޖެއިން އެކި ޤައުމުތަކާއިއެކު ބަދަހިކޮށްފައިވާ ގުޅުންތައް ހީނަރުކޮށް، އެކި ޖަމްއިއްޔާތަކާއި ރާއްޖެއިން 'ޖެހިގަތެވެ'.

ރައީސް ޔާމީންގެ ވެރިކަމުގައި އިންވެސްޓްމަންޓް ފޯރަމްގެ ނަމުގައި ރާއްޖެއަށް އިންވެސްޓްމަންޓްތަކެއް ހޯދުމަށް މަސައްކަތްތަކެއް ކުރިއެވެ. އެހެންނަމަވެސް ކޮންމެ އަހަރަކު އެތައް މިލިއަނެއް ޑޮލަރެއް ޚަރަދުކޮށްގެން ސިންގަޕޫރާއި، ޔޫއޭއީ، އިންޑިއާ އަދި ޗައިނާގައި ބޭއްވި ފޯރަމްތަކުން، އެފޯރަމްތަކަށް ޚަރަދުކުރި މިންވަރުވެސް އަނބުރާ ހޯދިފައެއް ނުވެއެވެ. ސިއްސައިގެންދާވަރުގެ ބޮޑެތި އިންވެސްޓްމަންޓްތައް އަންނާނެކަމަށް އެސަރުކާރުން ބުނިއިރު، މުޅިންވެސް ފެނުނީ ސިއްސައިގެންދާވަރުގެ ވައްކަމާއި ކޮރަޕްޝަންގެ އަމަލުތަކެވެ. ސްޕެޝަލް އިކޮނޮމިކް ޒޯންގެ ޤާނޫނެއް ފާސްކޮށްގެންވެސް ބޭރުގެ ފަރާތްތަކުން ރާއްޖެއަށް ފަތުރުވެރިކަން ފިޔަވައި އެހެން ދާއިރާއަކުން ޝައުޤުވެރި ނުވީ ރާއްޖޭގެ ނިޒާމު އޮތް ގޮތުންނެވެ. ޝަރުޢީ ނިޒާމާއި، ވިޔަފާރިގެ ނިޒާމް އޮތީ އިންވެސްޓަރުންނަށް ރާއްޖެއަށް އިތުބާރު ކުރެވޭ ގޮތަކަށް ނޫނެވެ.

އައު ސަރުކާރު ވެރިކަމަށް އައިސް، ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރުމަށް ހިމަނާފައިވާ ކަންކަމުގެ ތެރޭގައި ޕާޓްނަރޝިޕް ފޯރަމެއް ބާއްވައި، ރާއްޖެއަށް އެކި ދާއިރާތަކުން ބައިނަލްއަޤްވާމީ ބައިވެރިން ހޯދުން ހިމެނެއެވެ. އެކަމަށްޓަކައި ބާއްވާ ފޯރަމް އަންނަ ހަފްތާގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު މި ފޯރަމް ތަފާތުވާނެކަމަށް ސަރުކާރުން ބުނެއެވެ.

ފޮރިން މިނިސްޓްރީއިން ނިމިދިޔަ ހަފްތާގައި ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މިއީ މިދިޔަ 10 އަހަރުތެރޭ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު މަލްޓިލޭޓަރަލް އެންގޭޖްމަންޓްކަމަށެވެ. އެގޮތުން ގިނަ އަދަދެއްގެ ޤައުމުތަކަކުންނާއި ބައިނަލްއަޤްވާމީ ޖަމްއިއްޔާ ޖަމާޢަތްތަކުން މި ފޯރަމްގައި ބައިވެރިވެ، އެމްޑީޕީ ސަރުކާރުގެ "ޖަޒީރާ ރާއްޖެ" މެނިފެސްޓޯ ތަންފީޒުކުރުމަށް އެފަރާތްތަކައް ދެވިދާނެ އެހީތެރިކަމާއި ބެހޭ ގޮތުން މަޝްވަރާކުރާނެއެވެ. މި ފޯރަމްގައި ބައިވެރިވާ ފަރާތްތަކަށް ޖަޒީރާ ރާއްޖޭގެ ތަސައްވުރު ކިޔައިދީ، އެ މެނިފެސްޓޯ ތަންފީޒުކުރުމަށް ބޭރުގެ މާލީ އަދި އެހެނިގެން އެހީތެރިކަން ބޭނުންވާ ދާއިރާތަކާއި، ބޭނުންވާ މިންވަރާއި ބެހޭ ގޮތުން ވަޒީރުންނާއި ދައުލަތުގެ އިސްވެރިން، ބޭރުން ވަޑައިގަންނަވާ ސަފީރުންނާއި އިސްވެރިންނަށް މައުލޫމާތު ދެއްވާނެއެވެ.

އެނގިފައިވާ ގޮތުގައި މިފަހަރުގެ ފޯރަމްގައި ސަރުކާރުގެ ހިންގުމުގެ ދާއިރާއަށާއި، ޝަރުޢީ ދާއިރާއަށް ގެންނަން ސަރުކާރުން ބޭނުންވާ އިސްލާހުތަކާއި އަދި ގެނެވިފައިވާ އިސްލާޙުތަކާއި ބެހޭ ގޮތުންވެސް ބޭރުގެ ފަރާތްތަކަށް މައުލޫމާތު ދޭނެއެވެ. މީގެ ކުރިން ރާއްޖޭގައި އިންވެސްޓްކުރުމަށް ނުވަތަ ސަރުކާރުން ހިންގާ މަޝްރޫޢުތަކަށް އެހީ ދިނުމަށް ބޭރުގެ ފަރާތްތަކުން އެންމެ ބޮޑަށް ފަސްޖެހުނު އެއްކަމަކީ ސަރުކާރުގެ އެތެރޭގެ ހިންގުމުގެ ދޯދިޔާކަމާއި، ޝަރުޢީ ދާއިރާއަށް ބޭރުގެ ފަރާތްތަކުން އިތުބާރު ނުކުރެވުމެވެ. އެހެންނަމަވެސް އައު ސަރުކާރާއިއެކު އައި ބަދަލުތަކުގެ ވާހަކަތައް ބޭރުގެ ފަރާތްތަކަށް ކިޔައިދެވުމުން ރާއްޖޭގައި އިންވެސްޓްކުރުމަށް އެފަރާތްތަކުން ފަހެއް ނުޖެހޭނެއެވެ.

ނިމިގެން ދިޔަ ސަރުކާރުގައިވެސް އާދައިގެ މަތިން ފަތުރުވެރިކަމުގެ ދާއިރާގައި ބޭރުގެ ފަރާތްތަކުން ރާއްޖޭގައި އިންވެސްޓްކުރިއެވެ. އެހެންނަމަވެސް ދެއަތް ފުޅާކޮށްފައި ރާއްޖޭގައި އިންވެސްޓްކުރަން އަންނާށޭ ބުންޏަސް، އިންވެސްޓްކުރާނެ ދާއިރާތަކުގެ މާބޮޑު މައުލޫމާތެއް ނެތްނަމަ، އަދި ސަރުކާރުގެ ސިޔާސަތުތަކަކީ ކޮބައިކަން ނޭނގޭނަމަ އިންވެސްޓަރުންނެއް ނާންނާނެއެވެ. ސަރުކާރުން ބުނާ ގޮތުގައި މި ފަހަރުގެ ފޯރަމްގައި އެފަދަ ހުރިހާ މައުލޫމާތެއް ބޭރުގެ ބައިވެރިންނަށް ފޯރުކޮށްދެވޭނެއެވެ.

ރާއްޖެއަށް ބޭރުގެ އެހީ ބޭނުންވަނީ ހަމައެކަނި މާލީ އެހީގެ ގޮތުގައި ނުވަތަ އިންވެސްޓްމަންޓްތަކުގެ ގޮތުގައެއް ނޫނެވެ. އެކި ދާއިރާތަކުން ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް ބޭރުގެ އެހީތެރިކަން ބޭނުންވެއެވެ. މިފަދައިން ސަރުކާރުން އެހީތެރިކަން ބޭނުންވާ ދާއިރާތައް ފާހަގަކޮށް، ޤައުމުތަކާއި ޖަމްއިއްޔާތަކާއިއެކު މިފަހަރުގެ ފޯރަމްގައި އެމައުލޫމާތު ހިއްސާކުރެވޭނެކަމަށް ސަރުކާރުން ބުނެއެވެ.

ދެން އޮތީ ޕާޓްނަރޝިޕް ފޯރަމުން ނިކުންނާނެ ނަތީޖާއަކަށް ބެލުމެވެ. ބޭރުގެ ފަރާތްތަކުން ރާއްޖެ ބަލައިގެންފައިވަނީ ކިހާ ވަރަކަށް ކަން، މި ފޯރަމްގައި އެނގިގެންދާނެއެވެ.

އިތުރަށް ކިޔާލަން

06 މެއި 2018

މިފަހަރު ހަވާފަޓާސް ބަރިއެއްހެން ބޮޑު ދެފަނޑިޔާރާއި މައުމޫން

06 މެއި 2018
މިފަހަރު ހަވާފަޓާސް ބަރިއެއްހެން ބޮޑު ދެފަނޑިޔާރާއި މައުމޫން
24 އެޕްރީލު 2018

އަނެއްކާވެސް އިދިކޮޅަށް އީދެއް، މިފަހަރު ރޯދައިގެ ކުރިން!

24 އެޕްރީލު 2018
އަނެއްކާވެސް އިދިކޮޅަށް އީދެއް، މިފަހަރު ރޯދައިގެ ކުރިން!
15 މާރިޗު 2018

މިފަހަރު މިރުސް ފެނަށް މާބޮޑު ސަމާލުކަމެއް ނުލިބުނު! ރައްޔިތުން ޖެހީ ހަޖޫ!

15 މާރިޗު 2018
މިފަހަރު މިރުސް ފެނަށް މާބޮޑު ސަމާލުކަމެއް ނުލިބުނު! ރައްޔިތުން ޖެހީ ހަޖޫ!
29 ޖެނުއަރީ 2018

އިންވެސްމަންޓް ފޯރަމްތަކަށް ހޭދަކުރި ބޭކާރު ފައިސާގެ މަތިން ހަނދާން ނައްތާލަންވީތޯ؟

29 ޖެނުއަރީ 2018
އިންވެސްމަންޓް ފޯރަމްތަކަށް ހޭދަކުރި ބޭކާރު ފައިސާގެ މަތިން ހަނދާން ނައްތާލަންވީތޯ؟
26 ނޮވެމްބަރު 2017

މަޖިލިސް ޗުއްޓީއަށް ދިޔައިރު، މިފަހަރު މަޖިލީހުގެ ޕާރފޯމަންސް ރިޕޯޓް އިއްވާކަށް ނުކެރުނު!

26 ނޮވެމްބަރު 2017
މަޖިލިސް ޗުއްޓީއަށް ދިޔައިރު، މިފަހަރު މަޖިލީހުގެ ޕާރފޯމަންސް ރިޕޯޓް އިއްވާކަށް ނުކެރުނު!
19 ނޮވެމްބަރު 2017

ދިވެހި ސިފައިންގެ ގައުމީ ލަވަ އަލްބަމް މިފަހަރު ވަރަށް ތަފާތު، ބަހުރުވައަކުން ލަވައެއް!

19 ނޮވެމްބަރު 2017
ދިވެހި ސިފައިންގެ ގައުމީ ލަވަ އަލްބަމް މިފަހަރު ވަރަށް ތަފާތު، ބަހުރުވައަކުން ލަވައެއް!
14 އޮކްޓޯބަރު 2017

އިންވެސްޓްމަންޓް ފޯރަމް: މޮޅުތަކެއްވާނެ ކަމަށް ހީކުރިޔަސް ތާކުންތާކު ނުޖެހޭ ބޭކާރު ފޯރަމެއް

14 އޮކްޓޯބަރު 2017
އިންވެސްޓްމަންޓް ފޯރަމް: މޮޅުތަކެއްވާނެ ކަމަށް ހީކުރިޔަސް ތާކުންތާކު ނުޖެހޭ ބޭކާރު ފޯރަމެއް
20 ސެޕްޓެމްބަރު 2017

ސެޕްޓެމްބަރު 19-20 ގެ ހާދިސާއަށް މިފަހަރު އެމްޑީޕީ ހަނުހިމޭން ވެފައި!

20 ސެޕްޓެމްބަރު 2017
ސެޕްޓެމްބަރު 19-20 ގެ ހާދިސާއަށް މިފަހަރު އެމްޑީޕީ ހަނުހިމޭން ވެފައި!
02 ސެޕްޓެމްބަރު 2017

ދުނިޔޭގެ އެންމެ ނުފޫޒު ގަދަ ގައުމަކަށް މިފަހަރު ކެނެޑާ

02 ސެޕްޓެމްބަރު 2017
ދުނިޔޭގެ އެންމެ ނުފޫޒު ގަދަ ގައުމަކަށް މިފަހަރު ކެނެޑާ
21 މާރިޗު 2017

ގާސިމް ކަރުތާފެނަށް: މިފަހަރު ވާނީ ކިހިނެއް؟

21 މާރިޗު 2017
ގާސިމް ކަރުތާފެނަށް: މިފަހަރު ވާނީ ކިހިނެއް؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު