Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސީޝެލްސް

މަޑަގަސްކަރާގައި ފެތުރިފައިވާ ބަލިމަޑުކަން ސީޝެލްސް އަށް ފެތުރިއްޖެ

އުމުރުން 34 އަހަރުގެ މީހަކު އެނބުރި ގައުމަށް އައިއިރު ނިއުމޯނިއާގެ ބަލިމަޑުކަމަށް ޕޮޒިޓިވްވެފައިވާ ސީޝެލްސް އިން ބުނޭ

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 13 އޮކްޓޯބަރު 2017 | ހުކުރު 09:37
މަޑަގަސްކަރައިގެ ސިއްހީ އޮފިޝަލުންތަކެއް ހަރަކާތްތެރިވަނީ

މަޑަގަސްކަރައިގެ ސިއްހީ އޮފިޝަލުންތަކެއް ހަރަކާތްތެރިވަނީ

މަޑަގަސްކަރައިގައި ފެތުރިފައިވާ ބަލިމަޑުކަން ސީޝެލްސް އަށް ފެތުރިފައިވާ ކަަމަށް ސީޝެލްސްގެ ހެލްތު މިނިސްޓްރީ އިން ބުނެފިއެވެ.

ސީޝެލްސްގެ ހެލްތު މިނިސްޓްރީން ބުނީ މަޑަގަސްކަރާ އަށް ދިޔަ އުމުރުން 34 އަހަރުގެ މީހަކު އެނބުރި ގައުމަށް އައިއިރު ނިއުމޯނިއާގެ ބަލިމަޑުކަމަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި އެ މީހާ އަށް މިހާރު "ސީޝެލްސް ހޮސްޕިޓަލުގައި" ފަރުވާދެމުންދާ ކަމަށާއި އޭނާ އަށް މިހާރު އެންޓިބަޔޮޓިކްސް ދެމުންދާ ކަަމަށެވެ. ހެލްތު މިނިސްޓްރީން އިތުރަށް ބުނީ ނިއުމޯނިިއާއަށް އަށް ޕޮޒިޓިވްވެފައިވާ މީހާ ސީޝެލްސް އަށް އައި ފަހުން އޭނާ އާއި "ކޮންޓެކްޓް" ވެފައިވާ 15 މީހަކަށް ވެސް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެންޓިބަޔޮޓިކްސް ދީފައިވާ ކަމަށާއި އެމީހުންގެ ކަންކަން ވެސް މިހާރި މޮނިޓާ ކުރަމުންދާ ކަމަށެވެ.

ސީޝެލްސްގެ ގައުމީ އެއާލައިން ކަމަށްވާ "އެއާ ސީޝެލްސް" އިން ވަނީ މަޑަގަސްކަރަ އަށް ކުރަމުންދާ އުދުހުންތައް ހުއްޓާލާފައެވެ. އަދި ސީޝެލްސްގެ ރައްޔިތުން މަޑަގަސްކަރަ އަށް ދަތުރު ނުކުރުމަށް ވެސް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

އޯގަސްޓަމަހު މަޑަގަސްކަރާގައި ފެތުރިފައިވާ ބަލިމަޑުކަމުން އަދިވެސް އަރައިނުގަނެވޭއިރު، މިހާތަނަށް މަޑަގަސްކަރާގައި މަދުވެގެން 50 މީހުން މަރުވެ އަދި 500 މީހުން ބަލިމަޑުކަމަށް ޕޮޒިޓިވް ވެފައިވާ ކަމަށް ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމިއްޔާ އިން ބުނެއެވެ.

މަޑަގަސްކަރާ އާއި ސީޝެލްސް އަކީ އިންޑިއާ ކަނޑުގެ ދެގައުމެވެ.

އިތުރަށް ކިޔާލަން

12 އޮކްޓޯބަރު 2025

ދެ ވަނަ ބުރުގައި ކުރި ހޯދައި، ސީޝެލްސްގެ ރައީސް ކަމަށް އިދިކޮޅު ކެންޑިޑޭޓް ހަމިނީ އިންތިޚާބު ވެއްޖެ

12 އޮކްޓޯބަރު 2025
ދެ ވަނަ ބުރުގައި ކުރި ހޯދައި، ސީޝެލްސްގެ ރައީސް ކަމަށް އިދިކޮޅު ކެންޑިޑޭޓް ހަމިނީ އިންތިޚާބު ވެއްޖެ
11 އޮކްޓޯބަރު 2025

ސީޝެލްސްގެ ވާދަވެރި ރިޔާސީ އިންތިޚާބުގެ ދެ ވަނަ ބުރުގެ ވޯޓުލުން ފަށައިފި، ފުރަތަމަ ބުރުގައި ކުރި ހޯދީ އިދިކޮޅު ކެންޑިޑޭޓް

11 އޮކްޓޯބަރު 2025
ސީޝެލްސްގެ ވާދަވެރި ރިޔާސީ އިންތިޚާބުގެ ދެ ވަނަ ބުރުގެ ވޯޓުލުން ފަށައިފި، ފުރަތަމަ ބުރުގައި ކުރި ހޯދީ އިދިކޮޅު ކެންޑިޑޭޓް
25 އޮކްޓޯބަރު 2020

ސީޝެލްސްގެ އިންތިހާބު 43 އަހަރަށް ފަހު އިދިކޮޅުން ކާމިޔާބު ކޮށްފި

25 އޮކްޓޯބަރު 2020
ސީޝެލްސްގެ އިންތިހާބު 43 އަހަރަށް ފަހު އިދިކޮޅުން ކާމިޔާބު ކޮށްފި
31 މެއި 2020

ޖޯޖް ފްލޮއިޑްގެ މަރުގެ މައްސަލައިގައި ކުރާ މުޒާހަރާތައް ޔޫރަޕަށް ފެތުރިއްޖެ

31 މެއި 2020
ޖޯޖް ފްލޮއިޑްގެ މަރުގެ މައްސަލައިގައި ކުރާ މުޒާހަރާތައް ޔޫރަޕަށް ފެތުރިއްޖެ
28 އެޕްރީލު 2020

މަޑަގަސްކަރާގައި މާސްކު ނާޅާ މީހުންގެ އަދަބަކީ މަގުމަތި ސާފުކުރުން

28 އެޕްރީލު 2020
މަޑަގަސްކަރާގައި މާސްކު ނާޅާ މީހުންގެ އަދަބަކީ މަގުމަތި ސާފުކުރުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު