Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެީސީޝެލްސް

ސީޝެލްސްގެ ވާދަވެރި ރިޔާސީ އިންތިޚާބުގެ ދެ ވަނަ ބުރުގެ ވޯޓުލުން ފަށައިފި، ފުރަތަމަ ބުރުގައި ކުރި ހޯދީ އިދިކޮޅު ކެންޑިޑޭޓް

ފުރަތަމަ ބުރުގައި އެންމެ ގިނަ އިންސައްތަ ވޯޓު ހޯދާފައި ވަނީ އިދިކޮޅު ކެންޑިޑޭޓް ހަމިނީ. އޭނާ ވަނީ ފުރަތަމަ ބުރުގައި 48.8 އިންސައްތަ ވޯޓު ހޯއްދަވާފައި. ފުރަތަމަ ބުރުގައި ދެ ވަަނަ އަށް ދިޔަ ރައީސް ރަމްކަލަވާން އަށް ލިބިވަޑައިގެންފައި ވަނީ 46.4 އިންސައްތަ ވޯޓު.

ސީޝެލްސްގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ހަރމިނީއަށް 48.8 އިންސައްތަ އަދި ރަމްކަލަވާނަށް 46.4 އިންސައްތަ ވޯޓު ލިބުނު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 11 އޮކްޓޯބަރު 2025 | ހޮނިހިރު 12:17
ސީޝެލްސްގެ ރިޔާސީ އިންތިޚާބުގެ ދެ ވަނަ ބުރުގައި ވާދަ ކުރައްވާ މިހާރުގެ ރައީސް ވެވެލް ރަމްކަލަވާން އަދި އިދިކޮޅު ކެންޑިޑޭޓް ޕެޓްރިކް ހަމިނީ

ސީޝެލްސްގެ ރިޔާސީ އިންތިޚާބުގެ ދެ ވަނަ ބުރުގައި ވާދަ ކުރައްވާ މިހާރުގެ ރައީސް ވެވެލް ރަމްކަލަވާން އަދި އިދިކޮޅު ކެންޑިޑޭޓް ޕެޓްރިކް ހަމިނީ

ސީޝެލްސްގެ ވާދަވެރި ރިޔާސީ އިންތިޚާބުގެ ދެ ވަނަ ބުރުގެ ވޯޓުލުން ފަށައިފި އެވެ.

ރިޔާސީ އިންތިޚާބުގެ ދެ ވަނަ ބުރުގެ ވޯޓުލުން ހޮނިހިރު ދުވަހު ފަށާފައިވާއިރު، ދެ ވަނަ ބުރުގައި ވާދަ ކުރަނީ މިހާރުގެ ރައީސް ވެވެލް ރަމްކަލަވާން އަދި އިދިކޮޅު ކެންޑިޑޭޓް ޕެޓްރިކް ހަމިނީ އެވެ.

މިއީ މީގެ ކުރިން 40 އަހަރު ވަންދެން ސީޝެލްސްގައި ވެރިކަން ކުރި ޔުނައިޓެޑު ސީޝެލްސް ޕާޓީ އިން އަލުން ވެރި ކަމަށް އައުމަށް މަސައްކަތް ކުރަމުން އަންނަ މުހިންމު އިންތިޚާބެކެވެ.

މީގެ ދެ ހަފުތާ ކުރިން ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް 50 އިންސައްތަ އަށް ވުރެ ގިނަ ވޯޓު ނުލިބުމާ ގުޅިގެން ދެ ވަނަ ބުރުގެ ވޯޓުލުން ވަނީ ބާއްވަން ޖެހިފަ އެވެ.

ފުރަތަމަ ބުރުގައި އެންމެ ގިނަ އިންސައްތަ ވޯޓު ހޯދާފައި ވަނީ އިދިކޮޅު ކެންޑިޑޭޓް ހަމިނީ އެވެ. އޭނާ ވަނީ ފުރަތަމަ ބުރުގައި 48.8 އިންސައްތަ ވޯޓު ހޯއްދަވައިފަ އެވެ. ފުރަތަމަ ބުރުގައި ދެ ވަަނަ އަށް ދިޔަ ރައީސް ރަމްކަލަވާން އަށް ލިބިވަޑައިގެންފައި ވަނީ 46.4 އިންސައްތަ ވޯޓެވެ.

ބުރާސްފަތި ދުވަހު ވޯޓުލުން ފެށުނު ނަމަވެސް، ގިނަ ރައްޔިތުން ވޯޓުލާން ނިކުންނަނީ ހޮނިހިރު ދުވަހު ކަމަށް ރިޕޯޓުތައް ބުނެއެވެ. އިންތިޚާބުގެ ވަގުތީ ނަތީޖާ ލިބޭނެ ކަމަށް އަންދާޒާ ކުރެވެނީ އާދީއްތަ ދުވަހު އެވެ.

ސީޝެލްސް އަކީ ފަތުރުވެރިކަމާއި، ތިމާވެށީގެ ގޮތުން މުހިންމު ޤައުމަކަށްވާއިރު. ވޯލްޑް ބޭންކުގެ ތަފާސް ހިސާބު ތަކުން ދައްކާ ގޮތުގައި ސީޝެލްސް އަކީ އެފްރިކާގެ އެންމެ މުއްސަނދި ޤައުމު ތަކުގެ ތެރޭގައި ހިމެނޭ ޤައުމެކެވެ.

މިހާރުގެ ސަރުކާރާ ދެކޮޅަށް އެ ޤައުމުގައި ރައްޔިތުން ޝުއޫރު ފާޅު ކޮށްފައިވާއިރު، ސަރުކާރާ ދެކޮޅު ޝުއޫރުތައް ފާއިތުވި ދުވަސް ތަކުގައި ވަނީ އިތުރުވެފަ އެވެ. ރިޔާސީ އިންތިޚާބުގެ ވޯޓު ލުމުގެ އެއް ހަފުތާ ކުރިން އެ ގައުމުގެ އެސަމްޝަން ޖާޒީރާގައި ބޮޑު ރިސޯޓެއް ތަރައްޤީ ކުރުމަށް ބިދޭސީ ކުންފުންޏަކަށް ދިގު މުއްދަތަކަށް ދޫކޮށްފައިވާ 400،000 އަކަ މީޓަރުގެ ބިމާ ގުޅޭ ގޮތުން ސަރުކާރާ ދެކޮޅަށް އަޑު އުފުލާފައިވެ އެވެ.

މީގެ އިތުރުން މޫސުމަށް އަންނަ ބަދަލު ތަކުގެ ސަބަބުން ކަނޑުގެ ލޮނު ގަނޑު އުފުލުމާއި، މަސްތުތާ ތަކެތީގެ ވަބާގެ މައްސަލަތަކާ ވެސް ސީޝެލްސް އަށް ވަނީ ކުރިމަތިލާން ޖެހިފަ އެވެ. 2017 ވަނަ އަހަރު އދ ގެ ރިޕޯޓެއްގައި ފާހަގަ ކޮށްފައިވާ ގޮތުގައި، ސީޝެލްސް އަކީ މަސްތުވާ ތަކެތި އެތެރެ ކުރުމުގެ މައި މަގެއްގެ ގޮތުގައި ބޭނުން ކުރެވޭ ޤައުމެކެވެ.

މަސްދަރު: އަލް އަރަބިއްޔާ

ވެވެލް ރަމްކަލަވާންޕެޓްރިކް ހަރމިނީސީޝެލްސް

އިތުރަށް ކިޔާލަން

12 އޮކްޓޯބަރު 2025

ދެ ވަނަ ބުރުގައި ކުރި ހޯދައި، ސީޝެލްސްގެ ރައީސް ކަމަށް އިދިކޮޅު ކެންޑިޑޭޓް ހަމިނީ އިންތިޚާބު ވެއްޖެ

12 އޮކްޓޯބަރު 2025
ދެ ވަނަ ބުރުގައި ކުރި ހޯދައި، ސީޝެލްސްގެ ރައީސް ކަމަށް އިދިކޮޅު ކެންޑިޑޭޓް ހަމިނީ އިންތިޚާބު ވެއްޖެ
23 ޖުލައި 2024

އިންޑިއާގެ ކުރިއަށް އޮތް އަހަރުގެ ބަޖެޓް ގައި ރާއްޖެއަށް ދޭ އެހީ ބޮޑެއް ނުކުރި، ނޭޕާލް، ލަންކާ، ސީޝެލްސްގެ އެހީ މައްޗަށް

23 ޖުލައި 2024
އިންޑިއާގެ ކުރިއަށް އޮތް އަހަރުގެ ބަޖެޓް ގައި ރާއްޖެއަށް ދޭ އެހީ ބޮޑެއް ނުކުރި، ނޭޕާލް، ލަންކާ، ސީޝެލްސްގެ އެހީ މައްޗަށް
28 ފެބުރުއަރީ 2023

ސޭޝެލްސްގެ އައު ސަފީރު، މަގާމުގެ ފަތްކޮޅު ރައީސަށް އަރުވައިފި

28 ފެބުރުއަރީ 2023
ސޭޝެލްސްގެ އައު ސަފީރު، މަގާމުގެ ފަތްކޮޅު ރައީސަށް އަރުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު