Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރޮޑްރިގޯ ޑުޓާޓެ

މަސްތުވާތަކެއްޗާއި ދެކޮޅަށް ފިލިޕީންސް ފުލުހުން ހިންގި އޮޕަރޭޝަން ނިމުމަކަށް

މި އޮޕަރޭޝަންގައި 3850 މީހުން މަރާފައިވޭ

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 12 އޮކްޓޯބަރު 2017 | ބުރާސްފަތި 14:12
ފިލިޕީންސްގެ ރައީސް ރޮޑްރިގޯ ޑުޓާޓޭ

ފިލިޕީންސްގެ ރައީސް ރޮޑްރިގޯ ޑުޓާޓޭ

ފިލިޕީންސްގައި މަސްތުވާތަކެއްޗާއި ދެކޮޅަށް އެޤައުމުގެ ރައީސް ރޮޑްރިގޯ ޑުޓާޓޭ ފެއްޓެވި މަސައްކަތުން ފުލުހުން ދުރުކޮށް، އެމަސައްކަތް ފިލިޕީންސްގެ ޑްރަގް އެންފޯސްމަންޓް އޭޖެންސީއާއި ހަވާލު ކޮށްފިއެވެ.

މަސްތުވާކެއްޗާއި ދެކޮޅަށް ފުލުހުން ކުރި މަސައްކަތުގައި އެތައް ހާސް ބަޔަކު މަރަމުންދިޔައިރު، ބައިނަލްއަޤްވާމީ މުޖްތަމަތުގެ ފާޑުކިޔުންތައް ޑުޓާޓޭއަށް ދިޔައީ އަމާޒުވަމުންނެވެ. އެހެން ނަމަވެސް ބައިނަލްއަޤްވާމީ ގޮވާލުންތަކަށް ފުރަގަސް ދެއްވުމަށް ފަހު ޑުޓާޓޭ ގެންދެވީ ފުލުހުން ކުރަމުން ދިޔަ މަސައްކަތަށް ތަޢުރީފްކުރައްވަމުންނެވެ. މި އޮޕަރޭޝަން ފިލިޕީންސްގެ ޑީއީއޭ އައި ހަވާލުކުރި އިރު ފުލުހުން މި އޮޕަރޭޝަންގައި މިހާތަނަށް 3850 މީހުން މަރާފައިވާ ކަމަށް ފުލުހުން އަމިއްލައަށް ވަނީ އެއްބަސްވެފައެވެ.

މިއަހަރުގެ ޖެނުއަރީ މަހުވެސް ފުލުހުން ކޮރަޕްޓްވެފައިވާ ކަމަށް ބުނެ ޑުޓާޓޭ ވަނީ އެމަސައްކަތުން ފުލުހުން ދުރު ކޮށްފައެވެ. އެހެން ނަަމަވެސް ގިނަ ދުވަސްތަކެއްނުވެ، އެމަސައްކަތް އަނެއްކާ ވެސް ފުލުހުންނާއި ވަނީ ހަވާލު ކޮށްފައެވެ. އެފަހަރު މަސްތުވާކެއްޗާއި ދެކޮޅަށް ހިންގި އޮޕަރޭޝަނުން ފުލުހުން ދުރުކުރީ ފުލުހުން ދެކުނު ކޮރެއާގެ ވިޔަފާރިވެރިޔަކު ވަގަށް ނަގައި މަރާލި މައްސަލައެއް ފެންމަތިވުމާއި ގުޅިގެންނެވެ. އަދި މިފަހަރު ފުލުހުންގެ އަތުން މިމަސައްކަތް ނެގީ 17 އަހަރުގެ ކުއްޖަކު މަރާލި މައްސަލައެއް ފެންމަތިވެފައިވަނިކޮށެވެ. އެކުއްޖާ ގަޔަށް ބަޑި ޖަހާ މަރާފައި ވަނީ ފުލުހުންނަށް ފިލަން ދުވަނިކޮށް ކަމަށް ފުލުހުން ފުރަތަމަ ބުނި ނަމަވެސް ފުލުހުން އެކުއްޖާ ދަމާފައި ގެންދާ ވީޑިއޯއެއް އާއްމުވެފައިވެއެވެ. މިހާދިސާއާއި ގުޅިގެން ވެރިރަށް މެނީލާގައި މަސައްކަތް ކުރާ 1200އަށް ވުރެ ގިނަ ފުލުހުންނަށް އިތުރު ތަމްރީންތަކެއްދީ އެމީހުން އެކި ޔުނިޓްތަކަށް ބަދަލުކުރުމަށް ފިލިޕީންސް ސަރުކާރުން ނިންމިއެވެ.

ބައިނަލްއަޤްވާމީ މުޖްތަމައުގެ ނުރުހުން ރައީސް ޑުޓާޓޭއަށް އަމާޒުވިނަމަވެސް ފިލިޕީންސްގައި ޑުޓާޓޭއަށް އަދިވެސް ތާޢީދު އެބައޮތެވެ. އެހެން ނަމަވެސް، އެތާޢީދު މަޑުމަޑުން ދަށްވަމުން އަންނަކަމަށް ޚިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކައެވެ.

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ކޯޓުން ޓްރަމްޕުގެ "ޓްރެވަލް ބޭން" އާ ދެކޮޅަށް އަމުރު ނެރުމުން ވައިޓް ހައުސް އިން އެކަމާ ދެކޮޅަށް ނިކުންނަނީ

04 ފެބުރުއަރީ 2017
ކޯޓުން ޓްރަމްޕުގެ "ޓްރެވަލް ބޭން" އާ ދެކޮޅަށް އަމުރު ނެރުމުން ވައިޓް ހައުސް އިން އެކަމާ ދެކޮޅަށް ނިކުންނަނީ
02 ފެބުރުއަރީ 2017

އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

02 ފެބުރުއަރީ 2017
އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި
31 ޖެނުއަރީ 2017

ޓްރަމްޕާ ދެކޮޅަށް އިނގިރޭސިވިލާތުގައި މުޒާހަރާތައް ކުރިއަށް ދަނީ

31 ޖެނުއަރީ 2017
ޓްރަމްޕާ ދެކޮޅަށް އިނގިރޭސިވިލާތުގައި މުޒާހަރާތައް ކުރިއަށް ދަނީ
30 ޖެނުއަރީ 2017

ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި

30 ޖެނުއަރީ 2017
ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި
29 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް ނިއުޔޯކްގެ ކޯޓަކުން ހުކުމްކޮށްފި

29 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް ނިއުޔޯކްގެ ކޯޓަކުން ހުކުމްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު