Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޭޝިއަން ކަޕް ކޮލިފައިން

އޭޝިއަން ކަޕަށް އިންޑިއާ ކޮލިފައިވެއްޖެ

12 އޮކްޓޯބަރު 2017 | ބުރާސްފަތި 12:40

އިންޑިއާ ކޮލިފައިވީ އަމިއްލަ ގައުމުގައި ހަތަރު ލަނޑު އެއް ލަނޑުން މަކާއޫ ބަލިކޮށްގެން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 12 އޮކްޓޯބަރު 2017 | ބުރާސްފަތި 12:40
ކޮލިފައި ވުމަށް ފަހު އިންޑިއާގެ ކުޅުންތެރިން އުފާ ފާޅުކުރަނީ

ކޮލިފައި ވުމަށް ފަހު އިންޑިއާގެ ކުޅުންތެރިން އުފާ ފާޅުކުރަނީ

2019 ވަނަ އަހަރު ޔުނައިޓެޑް އަރަބް އެމިރޭޓްސްގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭ.އެފް.ސީ އޭޝިއަން ކަޕަށް އަވަށްޓެރި އިންޑިއާ ކޮލިފައިވެއްޖެއެވެ.

އަވަށްޓެރި އިންޑިއާއިން އޭޝިއަން ކަޕްގެ ޖާގައެއް ކަށަވަރު ކުރީ އަމިއްލަ ގައުމުގައި ހަތަރު ލަނޑު އެއް ލަނޑުން މަކާއޫ ބަލިކޮށްގެންނެވެ. މި މެޗުގެ ފުރަތަމަ ލަނޑު މެޗުގެ 28 ވަނަ މިނިޓުގައި އިންޑިއާ އަށް ކާމިޔާބު ކޮށްދިނީ ރޯލިން ބޯޖެސްއެވެ. އޭގެ ނުވަ މިނެޓު ފަހުން ނިކޮލަސް ޓަރާއޯ ވަނީ މަކާއޫއަށް ލަނޑެއް ޖަހައިދީ އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.

ފުރަތަމަ ހާފު އެއް ލަނޑު އެއް ލަނޑުން ދެ ޓީމު އެއްވަރުވެ އޮވެގެން ނިމުނު އިރު އިންޑިއާއިން މެޗުގެ ލީޑު ނެގީ 60 ވަނަ މިނެޓުގައި ކެޕްޓަން ސުނިލް ޗެތްރީ ކާމިޔާބު ކޮށްދިން ލަނޑުންނެވެ. އޭގެ 10 މިނިޓު ފަހުން އިންޑިއާގެ ލީޑު ފުޅާވެގެން މަކާއޫގެ ލަމްކަ ސެންގް އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ. މި މެޗުން އިންޑިއާ އަށް ތިން ޕޮއިންޓް ކަށަވަރު ވެގެން ދިޔައީ ފުރިހަމަ ވަގުތު ހަމަވެގެން ރެފްރީ ކުޅެން ދެއްކި އިތުރު ވަގުތުގެ ތެރޭގައި ޖޭޖޭ ލާލްޕެކޫލާ ޖަހައިދިން ލަނޑުންނެވެ.

އިންޑިއާއަށް އޭޝިއަން ކަޕުގެ ޖާގައެއް ކަށަވަރުވީ ބާކީ ދެ މެޗު އޮއްވާ އެ ޓީމަށް ގްރޫޕުގެ ދެވަނަ ޔަގީން ވެގެންނެވެ. އެގޮތުން ކޮލިފައިންގައި އިންޑިއާ ކުޅުނު ހުރިހާ މެޗެއް ވެސް ކާމިޔާބު ކޮށްފައިވާ އިރު އެ ޓީމު މިވަގުތު އޮތީ ކުޅުނު ހަތަރު މެޗުން ލިބުނު 12 ޕޮއިންޓާއެކު އެ ގްރޫޕުގެ އެއްވަނައިގައެވެ. ދެވަނައިގައި އޮތް ކިރްގިސްތާނަށާއި ތިންވަނައިގައި އޮތް މިޔަންމާއަށް ވެސް ހަތަރު ޕޮއިންޓް ލިބިފައި ވާއިރު ހަތަރު ވަނައިގައި އޮތް މަކާއޫއަށް އެއްވެސް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

2019 ވަނަ އަހަރުގެ މުބާރާތް ވެގެން ދާނީ އޭޝިއަން ކަޕުގައި އިންޑިއާ ވާދަކުރާ ހަތަރު ވަނަ ފަހަރަށެވެ. އެގޮތުން 1964 ވަނަ އަހަރުގެ އޭޝިއަން ކަޕުގެ ފައިނަލްގައި އެ ޓީމު ކުޅުނު އިރު 1984 ވަނަ އަހަރުގެ މުބާރާތުގެ ފުރަތަމަ ބުރުން އެ ޓީމު ކެޓިއެވެ. އަދި 2008 ވަނަ އަހަރު އޭ.އެފް.ސީ ޗެލެންޖް ކަޕް ކާމިޔާބުކޮށް 2011 ވަނަ އަހަރުގެ މުބާރާތަށް އެ ޓީމު ކޮލިފައިވިއިރު އެ އަހަރުގެ މުބާރާތުގައި އެ ޓީމު ދިޔައީ ވާދަކުރި ގްރޫޕުގެ ފުލަށެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

30 މާރިޗު 2017

އޭޝިއަން ޗެމްޕިއަންޝިޕުގައި ވާދަކުރުމަށް ޓީޓީ ޓީމު ޗައިނާއަށް ފުރައިފި

30 މާރިޗު 2017
އޭޝިއަން ޗެމްޕިއަންޝިޕުގައި ވާދަކުރުމަށް ޓީޓީ ޓީމު ޗައިނާއަށް ފުރައިފި
29 މާރިޗު 2017

ވޯލްކަޕަށް ކޮލިފައިވި ފުރަތަމަ ޤައުމަކީ ބްރެޒިލް

29 މާރިޗު 2017
ވޯލްކަޕަށް ކޮލިފައިވި ފުރަތަމަ ޤައުމަކީ ބްރެޒިލް
25 މާރިޗު 2017

އޭޝިއަން ކަޕް ކޮލިފައިން: ރާއްޖެއާ ދެކޮޅަށް ކުޅުމަށް ފަލަސްތީން ޓީމު ރާއްޖެ އަތުވެއްޖެ

25 މާރިޗު 2017
އޭޝިއަން ކަޕް ކޮލިފައިން: ރާއްޖެއާ ދެކޮޅަށް ކުޅުމަށް ފަލަސްތީން ޓީމު ރާއްޖެ އަތުވެއްޖެ
08 މާރިޗު 2017

އައިސީސީ ވިމެންސް ވޯލްޑްކަޕް: ފުރަތަމަ މެޗުގައި އިނގިރޭސިން އާ އިންޑިއާ

08 މާރިޗު 2017
އައިސީސީ ވިމެންސް ވޯލްޑްކަޕް: ފުރަތަމަ މެޗުގައި އިނގިރޭސިން އާ އިންޑިއާ
10 ފެބުރުއަރީ 2017

ކޫޑޯ ވޯލްޑްކަޕްގައި ވާދަކުރުމަށް ރާއްޖޭގެ އައްޝަމް އިންޑިއާގައި

10 ފެބުރުއަރީ 2017
ކޫޑޯ ވޯލްޑްކަޕްގައި ވާދަކުރުމަށް ރާއްޖޭގެ އައްޝަމް އިންޑިއާގައި
31 ޖެނުއަރީ 2017

އޭޝިއަން ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕް މާޗު މަހު ރާއްޖޭގައި

31 ޖެނުއަރީ 2017
އޭޝިއަން ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕް މާޗު މަހު ރާއްޖޭގައި
23 ޖެނުއަރީ 2017

ބަންގްލަދޭޝްގެ ދައުވަތަކަށް ޝޭހް ކަމާލް ކަޕަށް އަންނަ މަހު ޓީސީ ފުރަނީ!

23 ޖެނުއަރީ 2017
ބަންގްލަދޭޝްގެ ދައުވަތަކަށް ޝޭހް ކަމާލް ކަޕަށް އަންނަ މަހު ޓީސީ ފުރަނީ!
22 ޖެނުއަރީ 2017

އޭއެފްސީ ކަޕަށް ތައްޔާރުވާން ވެލެންސިއާގެ ފަރިތަކުރުންތައް ފަށައިފި

22 ޖެނުއަރީ 2017
އޭއެފްސީ ކަޕަށް ތައްޔާރުވާން ވެލެންސިއާގެ ފަރިތަކުރުންތައް ފަށައިފި
18 ޖެނުއަރީ 2017

މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި

18 ޖެނުއަރީ 2017
މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި
10 ޖެނުއަރީ 2017

އޭޝިއަން ސްވިމިންގް ފެޑަރޭޝަނުގެ ދެ ގޮނޑި ރާއްޖެއަށް

10 ޖެނުއަރީ 2017
އޭޝިއަން ސްވިމިންގް ފެޑަރޭޝަނުގެ ދެ ގޮނޑި ރާއްޖެއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް