Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުޔަމީ ގޯތަމް

ޔަމީ ގޯތަމް ވެސް ރާއްޖޭގައި

ޔަމީ ގޯތަމަށް ވަނީ 2013 ވަނަ އަހަރުގަައި އައިފާ އެވޯޑްވެސް ލިބިފައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 12 އޮކްޓޯބަރު 2017 | ބުރާސްފަތި 05:57
ޔަމީ ގޯތަމް

ޔަމީ ގޯތަމް

އައިފާ އެވޯޑް 2013 ވަނަ އަހަރުގެ ހާސިލު ކުރި ބޮލީވުޑްގެ ތަރި ޔަމީ ގޯތަމް ރާއްޖެ އައިސްފިއެވެ.

ޔަމީ ގޯތަމް އޭނާގެ އިންސްޓަރގްރާމަށް ވަނީ އޭނާ ކޮންމެ ވެސް ރިސޯޓެއްގައި ނަގާފައިވާ ފޮޓޯއެއް ލާފައެވެ. އެހެން ނަމަވެސް ޔަމީ ގޯތަމް ރާއްޖެ އައިސްފައި ވަނީ ކޮން ދުވަހެއްގައި ކަމެއް ނޭގެއެވެ.

އޭނާގެ އިންސްޓަގްރާމަށް ލާފައިވާ ފޮޓޯގެ ކެޕްޝަންގައި ބުނެފައި ވަނީ "ޓޭކް މީ ދެއާ މޯލްޑިވްސް" އެވެ. ޔަމީ ގޯތަމްއަކީ އިންޑިއާގެ ހިންދީ އަދި ތެލުގޫ ފިލްމުތަކުން ވެސް ފެނިގެން ގޮސްފައެވެ.

Loading Instagram post...

މީގެ އިތުރުން އޭނާ ވަނީ ކަންނަޑާ، ތެލުގޫ، މަލަޔާލަމް އަދި ޕަންޖާބީ ފިލްމުތައް ވެސް ކުޅެފައެވެ. ޔަމީ ގޯތަމް އެންމެ ފުރަތަމަ އިންޑިއާގެ ފިލްމީދާއިރާއާ ގުޅިފައި ވަނީ 2009 ވަނަ އަހަރު ނިކުތް މަލަޔާލަމް ފިލްމު "އުލާސާ އުޓްސަހާ" އިންނެވެ. އޭނާގެ އެންމެ ފުރަތަމަ ހިންދީ ފިލްމަކީ 2012 ވަނަ އަހަރު ނިކުތް "ވިކީ ޑޯނާ" އެވެ. އެންމެ ފަހުން އޭނާ ފެނިގެން ގޮސްފައި ވަނީ މިއަހަރު ނިކުތް"ސަރްކާރު 3" އިންނެވެ.

ޔަމީ ގޯތަމް އަށް އައިފާ އެވޯޑްގެ އިތުރުން ޒީ ސިނޭ އެވޯޑް ވެސް ވަނީ ލިބިފައެވެ. ޔަމީ ގޯތަމް ރާއްޖެ އައިސްފައިވާއިރު ބޮލީވުޑްގެ ތަރި އަމީތާބް ބައްޗަން ވެސް ވަނީ އޭނާގެ އުފަންދުވަސް ފާހަގަ ކުރުމަށް ރާއްޖެ އައިސްފައެވެ.

އިތުރަށް ކިޔާލަން

23 ނޮވެމްބަރު 2017

ބޮލީވުޑްގެ ތަރި އުރުވަޝީ ރާއްޖޭގައި

23 ނޮވެމްބަރު 2017
ބޮލީވުޑްގެ ތަރި އުރުވަޝީ ރާއްޖޭގައި
20 އޮކްޓޯބަރު 2017

ޖޫހީ ޗާވްލާ އާއި އާއިލާ ރާއްޖޭގައި

20 އޮކްޓޯބަރު 2017
ޖޫހީ ޗާވްލާ އާއި އާއިލާ ރާއްޖޭގައި
29 މެއި 2017

އަޖޭ އާއި އާއިލާ ރާއްޖޭގައި

29 މެއި 2017
އަޖޭ އާއި އާއިލާ ރާއްޖޭގައި
11 މެއި 2017

ޖަސްޓިން ބީބާ ރާއްޖޭގައި؟

11 މެއި 2017
ޖަސްޓިން ބީބާ ރާއްޖޭގައި؟
01 މެއި 2017

ފަރާ ހާން އާއިލާއާ އެކީ ރާއްޖޭގައި

01 މެއި 2017
ފަރާ ހާން އާއިލާއާ އެކީ ރާއްޖޭގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު