Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ޖަސްޓިން ބީބާ

ޖަސްޓިން ބީބާ ރާއްޖޭގައި؟

ޖަސްޓިން ބީބާ ރާއްޖެ އައިސްފައިވަނީ ބުދަދުވަހުގެ ރޭ ދަންވަރު

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 11 މެއި 2017 | ބުރާސްފަތި 23:45
ޖަސްޓިން ބީބާ

ޖަސްޓިން ބީބާ

ޖަސްޓިން ބީބާ ރާއްޖެ އަތުވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޖަސްޓިން ބީބާގެ ޕްރައިވެޓު ޖެޓު ބުދަދުވަހުގެ ރޭ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސީ ދަންވަރު 1:00 ގައެވެ. އަދި އެއަށްފަހު މޯލްޑިވިއަންގެ ޗާޓަރު ފްލައިޓެއްގައި އޭނާ ދަތުރުކުރީ ބ. ދަރަވަންދޫ އެއާޕޯޓަށް ކަމަށެވެ. އޭނާ ޗުއްޓީ ހޭދަކުރަނީ ބ. އަތޮޅުގެ ރިސޯޓެއްގައި ކަމަށްވެއެވެ.

އަންގާރަދުވަހުގެ ރޭ މުމްބާއީގައި އޭނާގެ ޓުއާގެ ކޮންސެޓް ބޭއްވުމަށްފަހު އިންޑިއާ ދޫކޮށް ގޮސްފައިވާކަމަށް ބުނެ އިންޑިއާގެ ނޫހެއްކަމަށްވާ އިންޑިއަން އެކްސްޕްރެސްގައި ވެސް ވަނީ ބުނެފައެވެ. އެ ނޫހުން ވަނީ ބީބާ ފުރުމަށް ކާރަކަށް އަރާ މަންޒަރުފެންނަ އެކްސްކްލޫސިވް ފޮޓޯތަކެއްވެސް އާންމުކޮށްފައެވެ.

އެނޫހުން ބުނެފައިވަނީ މިމަހުގެ 10 އިން 14 ވަނަ ދުވަހާއި ހަމައަށް ކުރިން ޖަސްޓިން ބީބާ އިންޑިއާގައި ހުންނަ ގޮތަށް ހަމަޖެހިފައިވާކަމަށެވެ. އެހެން ނަމަވެސް ކުއްލިއަކަށް އިންޑިއާ ދޫކޮށްދިއުމުން އޭނާގެ ކޮންސެޓް އޯގަނައިޒްކުރުމުގައި އުޅުނު ފަރާތަކުން އިން ހިތްހަމަ ނުޖެހުން ފާޅުކޮށްފައިވާކަމަށް އިންޑިއާގެ ނޫހެއްކަމަށްވާ ޓައިމްސް އޮފް އިންޑިއާގައި ބުނެފައިވެއެވެ.

އޭނާ އިންޑިއާގައި ހުންނަ 5 ދުވަހުގައި އިންޑިއާގެ ސަގާފީ ތަންތަނަށް ދިއުމާއި އާގަރާގައި ހުންނަ ތާޖްމަހަލް އަށް ޒިޔާރަތްކޮށް ފޮޓޯ ނެގުމަށް ހަމަޖެހުނު ކަމަށް މީގެ ކުރިން އިންޑިއާގެ ނޫސްތަކުން ބުނެފައިވެއެވެ. އަދި "ކޮފީ ވިތު ކަރަންގެ" ސީޒަން 6 ފަށަން ހަމަޖެހިފައިވަނީ ޖަސްޓިންނާ އެކުގައިކަމަށް ބުނެފައިވެއެވެ. އެހެން ނަމަވެސް އޭނާގެ ދަތުރު ކުރުކޮށްލީ އިންޑިއާގައި ކޮންމެ އަހަރަކުވެސް މިދުވަސްކޮޅުގައި މާގަދައަށް ހޫނުވުމުގެ ސަބަބުންކަމަށް އިންޑިއަން އެކްސްޕްރެސްގައި ބުނެފައިވެއެވެ.

ޖަސްޓިން ބީބާގެ ކޮންސެޓާ މެދު އޭނާގެ ފޭނުން ހީކޮށްގެން ތިބީ އޭނާ އަސްލު ލަވަކިޔާނެކަމަށެވެ. އެހެން ނަމަވެސް އޭނާ ޝޯގައި ލަވަ ކިޔުމުގެ ބަދަލުގައި އޭނާ ކުރީ"ލިޕް ސިންކް" އެވެ. ޖަސްޓިން ބީބާގެ އިންޑިއާ ދަތުރުގައި އޭނާ ވަނީ މުމްބާއީގެ ނިކަމެތި އާއިލާތަކެއްގެ ގިނަ އަދަދެއްގެ ކުޑަކުދިންނާ އެކު ވަގުތު ހޭދަކޮށްފައެވެ.

މީގެ އިތުރުން ބީބާގެ އިންޑިއާ ޓުއާގައި ދޭ ޝޯގައި 45،000 އޯޑިއެންސް ބައިވެރިވެފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޖޫހީ ޗާވްލާ އާއި އާއިލާ ރާއްޖޭގައި

ޖޫހީ ޗާވްލާ އާއި އާއިލާ ރާއްޖޭގައި

20 އޮކްޓޯބަރު 2017
ޔަމީ ގޯތަމް ވެސް ރާއްޖޭގައި

ޔަމީ ގޯތަމް ވެސް ރާއްޖޭގައި

12 އޮކްޓޯބަރު 2017
ބަސްނާހާތީ ޖަސްޓިން ބީބާ ޗައިނާއަށް އެރުން މަނާ

ބަސްނާހާތީ ޖަސްޓިން ބީބާ ޗައިނާއަށް އެރުން މަނާ

23 ޖުލައި 2017
އަޖޭ އާއި އާއިލާ ރާއްޖޭގައި

އަޖޭ އާއި އާއިލާ ރާއްޖޭގައި

29 މެއި 2017
"ކޮފީ ވިތު ކަރަން"ގެ ސީޒަން 6 ގައި ފުރަތަމަ އެޕިސޯޑަށް ޖަސްޓިން ބީބާ

"ކޮފީ ވިތު ކަރަން"ގެ ސީޒަން 6 ގައި ފުރަތަމަ އެޕިސޯޑަށް ޖަސްޓިން ބީބާ

08 މެއި 2017

އަހަރުތަކުން މިއަދު

7 ޖޫން
އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި
20251 އަހަރު ކުރިން
ދުނިޔެ

އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު
20242 އަހަރު ކުރިން
ރާއްޖެ

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު
20233 އަހަރު ކުރިން
ރާއްޖެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް
20224 އަހަރު ކުރިން
ރިޕޯޓު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި
20215 އަހަރު ކުރިން
ދުނިޔެ

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!
20197 އަހަރު ކުރިން
ރިޕޯޓު

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި
20188 އަހަރު ކުރިން
ދުނިޔެ

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު