Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އުރީދޫ ދިވެހި ޕްރިމިއާ ލީގު

ކުޑަހުވަދޫ ޖޫރިމަނާކޮށް އިންޒާރު ދީފި

އެފްއޭއެމްއިން ވަނީ ކުޑަހުވަދޫގެ ޓީމު 25 ހާސް ރުފިޔާއިން ޖޫރިމަނާކޮށްފަ

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 12 އޮކްޓޯބަރު 2017 | ބުރާސްފަތި 03:04
ކުޑަހުވަދޫގެ ކުޅުންތެރިން ރެފްރީގެ ނިންމުންތަކާ ދެކޮޅު ހަަދަނީ

ކުޑަހުވަދޫގެ ކުޅުންތެރިން ރެފްރީގެ ނިންމުންތަކާ ދެކޮޅު ހަަދަނީ

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ކުޑަހުވަދޫ އާއި މިލަންދޫ ބައްދަލުކުރި މެޗުގައި ހިނގައިދިޔަ ކަންކަމާ ގުޅިގެން ކުޑަހުވަދޫ ޓީމު ޖޫރިމަނާކޮށް އިންޒާރުދީފިއެވެ.

މި ނިމުނު ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހުގެ ރޭ ކުޑަހުވަދޫ އާއި މިލަންދޫ ބައްދަލުކުރި މެޗުގައި މިލަންދޫއިން ދެވަނަ ލަނޑު ޖެހުމާ އެކު ރެފްރީންގެ ނިންމުންތަކާ ހިތްހަމަނުޖެހި، ކުޑަހުވަދޫގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) އެ ޓީމުގެ ހުރިހާ ކުޅުންތެރިން ދަނޑުން ފޭބުމަށް އިޝާރާތް ކުރުމުން އެ ޓީމު ކުޅުންތެރިން މެޗުގެ ފުރިހަމަ ވަގުތު ހަމަ ނުވަނީސް ދަނޑުން ފޭބިއެވެ. އަދި މިހެން ކަންހިނގުމާއެކު ކުޑަހުވަދޫގެ ޓީމުގެ މެނޭޖަރު އިސްމާއިލް މައުރޫފްއަށް ތަކުރާރުކޮށް އަލުން މެޗު ކުރިއަށް ގެންދިޔުމަށް އެންގުމުން ވެސް އޭރު މެޗުގެ ރެފްރީގެ ގޮތުގައި ހުރި ރެފްރީއާ އެކު މެޗު ކުރިއަށް ނުގެންދާނެ ކަމަށް ބުނެ މެޗުގެ ފުރިހަމަ ވަގުތު ހަމަނުވަނީސް އެ ޓީމުން މެޗު ހުއްޓުވާފައި ވާތީ އެފްއޭއެމްއިން ވަނީ އެ އިދާރާގެ ޑިސިޕްލިނަރީ ކޯޑުގެ 49 މާއްދާގެ ދަށުން ކުޑަހުވަދޫގެ ޓީމު 25 ހާސް ރުފިޔާއިން ޖޫރިމަނާކޮށްފައެވެ.

މި މެޗާ މެދު ގޮތެއް ނިންމާފައި ވަނީ މެޗް ކޮމިޝަނަރޒް ރިޕޯޓާ ރެފްރީސް ރިޕޯޓާއި އެފްއޭއެމްގެ ޑިސިޕްލިނަރީ ކޯޑަށް ރިޢާޔަތްކުރުމަށްފަހު ކަމަށް އެފްއޭއެމްއިން ނެރުނު ބަޔާނެއްގައި ވެއެވެ.

ހަމައެހެންމެ އެފްއޭއެމް އިން ވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަނުކޮށް ކުޅުން ކުރިޔަށް ގެންދިއުމަށް އެއްވެސް ޓީމަކުން ދެކޮޅު ހަދައިފިނަމަ، ފުޓްބޯޅައިގެ ގަވާއިދުތަށް ތަންދޭ އެންމެ ހަރުކަށި އަދަބު މިފަދަ އަމަލު ހިންގާ ކްލަބުތަކަށް ދޭނެ ކަމަށްބުނެ އާންމު އިންޒާރެއް ދީފައެވެ.

މިއީ މި ސީޒަނުގެ އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ފުރިހަމަ ވަގުތު ހަމަނުވަނީސް ކުޅުން ހުއްޓާލައިގެން ކްލަބަކަށް އަދަބު ދިން ދެވަނަ ފަހަރެވެ. މީގެ ކުރިން ލީގުގައި މާޒިޔާ އަދި ކްލަބް ގްރީން ސްޓްރީޓް ބައްދަލު ކުރި މެޗުވެސް ކުރިޔަށް ނުގެންދެވިގެން ވަނީ ހުއްޓާލާފައެވެ. އެ މެޗުގެ ކުޅުން ވެސް ހުއްޓާލަން ޖެހުނީ ގްރީން އިން މެޗުގެ ރެފްރީއާ އެކު އިތުރަށް ކުރިޔަށްދާން ދެކޮޅު ހެދުމުންނެވެ.

އެ މެޗަށް ފަހު އެފްއޭއެމް އިން އިންޑިއާގެ ރެފްރީން ލީގުގައި ބޭނުންކުރަން ފެށިއިރު، މާޒިޔާ އަދި ގްރީން ބައްދަލު ކުރި މެޗުގައި 0-1 ގެ ނަތީޖާއިން މާޒިޔާ ކުރީގައި އޮތުމާއެކު، އެޓީމު މެޗުން މޮޅުވި ކަމަށް ނިންމިއެވެ. އަދި އެފްއޭއެމް އިން ވަނީ 25 ހާސް ރުފިޔާ އިން ގްރީން ޖޫރިމަނާކޮށް، އިންޒާރު ވެސް ދީފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕްރިމިއާ ލީގު: ޓޮޓެންހަމްގެ އުންމީދުތަކަށް ހުރަސްއަޅާ ކޯސްޓާ ޗެލްސީ މޮޅުކޮށްދީފި

ޕްރިމިއާ ލީގު: ޓޮޓެންހަމްގެ އުންމީދުތަކަށް ހުރަސްއަޅާ ކޯސްޓާ ޗެލްސީ މޮޅުކޮށްދީފި

26 އެޕްރީލު 2017
ޒޯން ބުރުގައި ކުޑަހުވަދޫއިން ބިލެތްފަހީގެ މައްޗަށް ކުރިހޯދައިފި

ޒޯން ބުރުގައި ކުޑަހުވަދޫއިން ބިލެތްފަހީގެ މައްޗަށް ކުރިހޯދައިފި

17 އެޕްރީލު 2017
ނަޕޯލީގެ ސަޕޯޓަރުން ނަފްރަތު ކުރަން އިތުރު ސަބަބެއް ހިގައިން ދައްކާލަދީފި

ނަޕޯލީގެ ސަޕޯޓަރުން ނަފްރަތު ކުރަން އިތުރު ސަބަބެއް ހިގައިން ދައްކާލަދީފި

06 އެޕްރީލު 2017
ސަންޑަލޭންޑްގެ ކޯޗު އަންހެން ރިޕޯޓަރަކަށް އިންޒާރުދިން މައްސަލަ ބަލަނީ!

ސަންޑަލޭންޑްގެ ކޯޗު އަންހެން ރިޕޯޓަރަކަށް އިންޒާރުދިން މައްސަލަ ބަލަނީ!

04 އެޕްރީލު 2017
ޔޫވީގެ ކާމިޔާބު ކޯޗު އާތީ އިސްތިއުފާ ދީފި

ޔޫވީގެ ކާމިޔާބު ކޯޗު އާތީ އިސްތިއުފާ ދީފި

22 މާރިޗު 2017

އަހަރުތަކުން މިއަދު

3 ޖޫން
ޢަރަފާތު ދުވަހަށް ވުރެ، ގިނައިން الله އެކަލާނގެ އަޅުތަކުން ނަރަކައިން މިންޖުކުރައްވާ ދުވަހެއް ނުވެއެވެ.
20251 އަހަރު ކުރިން
އިސްލާމް

ޢަރަފާތު ދުވަހަށް ވުރެ، ގިނައިން الله އެކަލާނގެ އަޅުތަކުން ނަރަކައިން މިންޖުކުރައްވާ ދުވަހެއް ނުވެއެވެ.

ރައްޔިތުންގެ މަޖިލިސް ގަނޑުވަރަކަށް ބަދަލުވަނީ؟
20242 އަހަރު ކުރިން
ރިޕޯޓު

ރައްޔިތުންގެ މަޖިލިސް ގަނޑުވަރަކަށް ބަދަލުވަނީ؟

"ދަގަނޑުތައް ދަށުވެ ދަރިފުޅު މަރުވީ އަހަރެންގެ ލޯ ކުރިމަތީ"
20233 އަހަރު ކުރިން
ރިޕޯޓު

"ދަގަނޑުތައް ދަށުވެ ދަރިފުޅު މަރުވީ އަހަރެންގެ ލޯ ކުރިމަތީ"

އެއްލައްކަ ރުފިޔާއާއެކު، ސެލެބްރިޓީ ރޭސް ސީޒަން 2 ކާމިޔާބުކުރީ އައްޒަ
20224 އަހަރު ކުރިން
ރާއްޖެ

އެއްލައްކަ ރުފިޔާއާއެކު، ސެލެބްރިޓީ ރޭސް ސީޒަން 2 ކާމިޔާބުކުރީ އައްޒަ

އެއްފަހަރު ކޮވިޑަށް ޕޮޒިޓިވްވެއްޖެ ނަމަ 10 މަސް ކުރިން ދެ ވަނަ ފަހަރަށް ޕޮޒިޓިވްވުން ދުރު- ދިރާސާ
20215 އަހަރު ކުރިން
ދުނިޔެ

އެއްފަހަރު ކޮވިޑަށް ޕޮޒިޓިވްވެއްޖެ ނަމަ 10 މަސް ކުރިން ދެ ވަނަ ފަހަރަށް ޕޮޒިޓިވްވުން ދުރު- ދިރާސާ

މަލީކުގެ މަދިރިހޯހޯ މެސެޖު ރައީސަށް ވަރަށް ކަމުގޮސްފި
20197 އަހަރު ކުރިން
ރިޕޯޓު

މަލީކުގެ މަދިރިހޯހޯ މެސެޖު ރައީސަށް ވަރަށް ކަމުގޮސްފި

ކުރުނބާ: ފައްކާ ފެނެއް އެކުލެވޭ
20188 އަހަރު ކުރިން
ސިއްހަތު

ކުރުނބާ: ފައްކާ ފެނެއް އެކުލެވޭ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު