Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނޫސްވެރިންނަށް އެވޯޑް ދިނުން

ނޫސްވެރިންނަށް އެވޯޑް ދީފި

11 އޮކްޓޯބަރު 2017 | ބުދަ 21:30

އެވޯޑް ދީފައިވަނީ 2016 ވަނަ އަހަރުގައި އެކި ދާއިރާތަކުން ހޮވުނު ނޫސްވެރިންނަށް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 11 އޮކްޓޯބަރު 2017 | ބުދަ 21:30
ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް  އައްބާސް އިބްރާހީމް އަށް އަރުވަނީ

ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް އައްބާސް އިބްރާހީމް އަށް އަރުވަނީ

ނިމިގެން ދިޔަ 2016 ގެ ނޫސްވެރިކަމުގެ އެކި ދާއިރާތަކުން އެންމެ މޮޅު ނޫސްވެރިންނަށް އެވޯޑް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ދީފި އެވެ.

މިދިއަ އަހަރުގެ އެންމެ މޮޅު ފޮޓޯގްރާފަރަކަށް ހޮވުނީ ސަން އޮންލައިންގެ ފަޔާޒު މޫސާ ހޮވުނުއިރު، އެންމެ މޮޅު ވީޑިއޯ ޖާނަލިސްޓަކަށް ހޮވުނީ ވީޓީވީގެ އާމިނަތު އަމީނާ (އަނާ) އެވެ.

Advertisement - newsAdvertisement

އިޖުތިމާއީ ދާއިރާގެ އެންމެ މޮޅު ނޫސްވެރިޔަކަށް މިހާރު ނޫހުގެ އާސިޔަތު މުހައްމަދު ސައީދު ހޮވުނުއިރު، 2015 އާސިޔަތު އަށް ވަނީ ވިޔަފާރީގެ ދާއިރާއިން ނޫސްވެރިކަމުގެ އެވޯޑް ލިބިފަ އެވެ. ދެ ހާސް ސޯޅަވަނަ އަހަރުގެ ވިޔަފާރިއާ އިގްތިސޯދުގެ ދާއިރާއިން ނޫސްވެރިކަމުގެ އެވޯޑް ހޯދީ ސަން އޮންލައިންގެ އިބްރާހިމް މާހިލް ހޯދިއިރު، ޝަރުއީ އަދި ގާނޫނީ ދާއިރާއިން ނޫސްވެރިކަމުގެ އެވޯޑު ލިބުނީ މިހާރު ނޫހުގެ މުއިއްޒު އިބްރާހިމެވެ. އަދި ކުޅިވަރުގެ ދާއިރާއިން އެވޯޑް މިފަހަރު ކާމިޔާބުކުރީ މިހާރު ނޫހުގެ އައްޒާމް އަލިފުޅެވެ. ސިޔާސީ ދާއިރާއިން އެންމެ މޮޅު ނޫސްވެރިޔަކަށް ހަވީރު ނޫހުގެ އަލީ ނާފިޒު ހޮވުނުއިރު، މި އަހަރު އޭނާ ވަނީ މިހާރު ނޫހުން ވަކިވެފަ އެވެ.

މި އަހަރު އަލަށް ތައާރަފުކުރި އެންމެ މޮޅު ފީޗާ ލިޔުނު ނޫސްވެރިޔާގެ އެވޯޑް މިހާރު ނޫހުގެ ނިއުމަތުﷲ އިދުރީސް އެވެ. ނިއުމަތުﷲ ވަނީ ކުރިން ހަވީރާއި އަވަހުގައި ވެސް މަސައްކަތްކޮށްފަ އެވެ.

އެންމެ އުންމީދީ ނޫސްވެރިޔާގެ އެވޯޑް ލިބުނީ އަވަސްގެ މޫސާ ރަޝީދަށެވެ. އޭނާއަށް ލިބުނު އެވޯޑް ހަދިޔާކުރީ ވީނުވީއެއް ނޭނގި ގެއްލުވާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާނެވެ.

މީގެ އެންމެ ދެ އަހަރުކުރިން ނޫސްވެރިކަމާ ގުޅުނު މިހާރު އުމުރުން 23 އަހަރުގެ މޫސަ ބުނި ގޮތުގައި އޭނާގެ އެވޯޑް ރިލްވާނަށް ހަދިޔާކުރީ "ރިލްވާނަށް އެވޯޑެއް ހައްގުވާކަމަށް ގަބޫލުކުރާތީ" އެވެ.

ކަންކަމުގެ ހަގީގަތް ހޯދުމަށް މަސައްކަތްކޮށް، ގޮންޖެހުންތައް ތަޖުރިބާކުރަން ޖެހުނު ރިލްވާންގެ ކުޅަދާނަކަން ތް އާދަޔާ ހިލާފަށް ރަނގަޅުކަމަށް މޫސަ ބުންޏެވެ.

ނޫސްވެރިކަމުގައި ކުރެއްވި ހިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ ލައިފް ޓައިމް އެވޯޑް މިފަހަރު ލިބިފައިވަނީ އައްބާސް އިބްރާހިމަށެވެ.

މިރޭ ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ލިބިވަޑައިގެންނެވީ ކުރީގެ ނޫސްވެރިޔާ އަދި ކުރީގެ ވަޒީރު ނިޝާން އިއްޒުއްދީނުގެ އިއްޒަތްތެރި ވެރިޔާ އައްބާސް އިބްރާހިމަށެވެ. އޭނާއަކީ މަޝްހޫރު ނޫސް އާފަތިހުގެ މަސްއޫލުވެރިޔާ އެވެ. ނޫސްވެރި ކަމުގެ އެވޯޑް ލިބުނު ކޮންމެ ކެޓަގަރީއަކަށް ގިނަ އިނާމްތަކެއް ވެސް ލިބުނެވެ. އޭގެ ތެރޭގައި ބީއެމްއެލްއިން 15000ރ. ހުށަހަޅާފައި ވެއެވެ. ދިރާގުން އެއް އަހަރު ދުވަހުގެ އިންޓަނެޓް ޕެކޭޖެއް ދިނެވެ. އިންޑިއާ ހައިކޮމިޝަނުން އިންޑިއާ އިންޑިއާ ދަތުރެއް ދިނެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

ޔޫއޭއީ އަށް ކަނޑައަޅާފައިވާ ސަފީރަށް ކޮމެޓީން ރުހުންދީފި

12 ފެބުރުއަރީ 2017
ޔޫއޭއީ އަށް ކަނޑައަޅާފައިވާ ސަފީރަށް ކޮމެޓީން ރުހުންދީފި
12 ފެބުރުއަރީ 2017

ފެނަކަ ކޯޕަރޭޝަނުން ޕީޕީއެމްއަށް 2،300 މެމްބަރުން ހޯދައިދީފި

12 ފެބުރުއަރީ 2017
ފެނަކަ ކޯޕަރޭޝަނުން ޕީޕީއެމްއަށް 2،300 މެމްބަރުން ހޯދައިދީފި
04 ފެބުރުއަރީ 2017

އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް

04 ފެބުރުއަރީ 2017
 އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް
02 ފެބުރުއަރީ 2017

ބޮޑުކުރި އެލަވަންސް ނުހިމަނައި، ފުލުހުންނަށް މުސާރަ ޖަމާކޮށްދީފި

02 ފެބުރުއަރީ 2017
ބޮޑުކުރި އެލަވަންސް ނުހިމަނައި، ފުލުހުންނަށް މުސާރަ ޖަމާކޮށްދީފި
02 ފެބުރުއަރީ 2017

ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި

02 ފެބުރުއަރީ 2017
ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި
30 ޖެނުއަރީ 2017

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

30 ޖެނުއަރީ 2017
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި
30 ޖެނުއަރީ 2017

ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި

30 ޖެނުއަރީ 2017
ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި
24 ޖެނުއަރީ 2017

ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ

24 ޖެނުއަރީ 2017
ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ
19 ޖެނުއަރީ 2017

ރައީސް ޔާމީން ފެކްޝަނުން ރައީސް މައުމޫނަށް އިންޒާރު ދީފި

19 ޖެނުއަރީ 2017
ރައީސް ޔާމީން ފެކްޝަނުން ރައީސް މައުމޫނަށް އިންޒާރު ދީފި
15 ޖެނުއަރީ 2017

ފިނޭންސް މިނިސްޓްރީގެ 20 މުވައްޒަފަކަށް ނޯޓިސް ދީފި

15 ޖެނުއަރީ 2017
ފިނޭންސް މިނިސްޓްރީގެ 20 މުވައްޒަފަކަށް ނޯޓިސް ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް