Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޑޮލަރުގެ މައްސަލަ

ޑޮލަރުގެ މައްސަލައަކީ އާންމު ދިރިއުޅުމަށް ދިން ބޮޑު ގެއްލުމެއް، މިއީ ސަރުކާރުގެ ސަބަބުން ދިމާވި ހާލަތެއް: މެންބަރު ޝާކިރު

23 ނޮވެމްބަރު 2026 | ހޯމަ 08:54

ފުށިދިއްގަރުފަޅު ހިއްކުމަށް ސަރުކާރުގެ ކުންފުނިތައް މެދުވެރިކޮށް ގިނަ އަދަދެއްގެ ޑޮލަރު ޚަރަދުކުރުމުގެ ސަބަބުން، ކުދި ވިޔަފާރިތަކަށާއި އާންމު ރައްޔިތުންނަށް ޑޮލަރު ލިބުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް މާވަށު ދާއިރާގެ މެންބަރު ޝާކިރު ވިދާޅުވި. މީގެ އިތުރުން، މާލެ ސަރަހައްދުގެ މަޝްރޫއުތަކަށް އިސްކަންދިނުމުގެ ސަބަބުން އަތޮޅުތެރޭގެ ތަރައްގީގެ މަސައްކަތްތައް ހުއްޓިފައިވާކަން ވެސް އޭނާ ފާހަގަކުރެއްވި

އަމްނާ އިމާދު
އަމްނާ އިމާދު | 23 ނޮވެމްބަރު 2026 | ހޯމަ 08:54
ހޯމަ ދުވަހު އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު އަހުމަދު ޝާކިރު ވާހަކަ ދައްކަވަނީ

ހޯމަ ދުވަހު އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު އަހުމަދު ޝާކިރު ވާހަކަ ދައްކަވަނީ | ރާއްޖެއެމްވީ

ރާއްޖޭގައި މިހާރު ކުރިމަތިވެފައިވާ ޑޮލަރުގެ ދަތިކަމާއި ތާށިކަމަކީ ސަރުކާރުގެ ކުންފުނިތައް މެދުވެރިކޮށް ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއަށް ގިނަ އަދަދެއްގެ ޑޮލަރު އެޅުމުގެ ސަބަބުން ދިމާވެގެން އުޅޭ މައްސަލައެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ އެމްޑީޕީ މެންބަރު އަހުމަދު ޝާކިރު ވިދާޅުވެއްޖެ އެވެ.

ހޯމަ ދުވަހު އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މެންބަރު ޝާކިރު ވިދާޅުވީ، އެމްއޭސީއެލް ފަދަ ސަރުކާރު ހިއްސާވާ ކުންފުނިތައް ބޭނުންކޮށްގެން ފުށިދިއްގަރުފަޅަށް 700 އެއްހާ މިލިއަން ޑޮލަރު އެޅުމުގެ ސަބަބުން އާންމު ހާލަތަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން ކުދި ވިޔަފާރިތަކުން ޓީޓީ ހަދަން ދިޔުމުން އެމްއައިބީ ފަދަ ބޭންކުތަކުން ލިބެނީ އެންމެ 5 ނުވަތަ 8 އިންސައްތަ ކަމަށާއި، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުދި ވިޔަފާރިތަކަށް ޑޮލަރު ނުލިބޭ ބުންޏަސް ރަނގަޅުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ، ބީއެމްއެލް މެދުވެރިކޮށް ރައްޔިތުންނަށް ލިބެމުންދިޔަ ޚިދުމަތްތައް ހުއްޓުވައި ދަތިކުރަމުންދާ ކަމަށެވެ.

މެންބަރު ޝާކިރު ވިދާޅުވީ ވެރިކަންކުރާ ޕީއެންސީގެ ޕީޖީ ލީޑަރު ވިދާޅުވާ ފަދައިން ވަކި ބަޔަކަށް ޑޮލަރު ލިބެނީތޯ އެއީ އެނގިވަޑައިގަންނަވާ ކަމެއް ނޫން ކަމަށާއި، ނަމަވެސް މިއަދު އާންމު ހުރިހާ ރައްޔިތުންނަށް ވެސް ޑޮލަރުގެ ދަތިކަން އިންތިހާއަށް އެބައޮތް ކަމަށެވެ. ކުދިކުދި ޒަރޫރީ ކަންކަމާއި ނެޓްފްލިކްސް ފަދަ ޚިދުމަތްތަކަށް ފައިސާ ދެއްކުމުގައި ވެސް ރައްޔިތުންނަށް ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ހުރިހާ ކަމެއް ގުޅިފައި މިހިރީ ފުށިދިއްގަރުފަޅަށް އަޅުގަނޑުމެންގެ ޓެކްސް ލާރިން އަޅާފައި. އޭގެން ކޯއްޗެއްތޯ މި ލިބެނީ މި ދައުލަތަށް؟ އެއީ އަޅުގަނޑު ކަންބޮޑުވާ ކަމަކީ. މި އެއްބަސްވުންތަކާ މާލޭ ސަރަހައްދަށް ތަކުރާރުކޮށް މި ގެންނަ ކަންކަމުން އަޅުގަނޑުމެންގެ ދާއިރާތަކުގައި ހުރި ހުރިހާ މަސައްކަތެއްވެސް ހުއްޓިފައި ހުރީ
އަހުމަދު ޝާކިރު

މީގެ އިތުރުން މެންބަރު ޝާކިރު ވިދާޅުވީ ރައްޔިތުންގެ ދިރިއުޅުން ފަސޭހަކޮށް ދިނުމަށާއި، ޑޮލަރުގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން މަސައްކަތް ނުކުރާ ކަމަށެވެ. އަދި މާލެ ސަރަހައްދަށް ހުރިހާ ކަމެއް ތަކުރާރުކޮށް ޖަމާކޮށް، ދަތި ކުރަމުންދާ ކަމަށާއި،  އަތޮޅުތެރޭގެ ތަރައްގީގެ މަޝްރޫއުތައް ވެސް ހުއްޓުވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޑޮލަރުގެ މައްސަލައަހުމަދު ޝާކިރު

އެންމެ ހިނގާ

1

2028 ގެ އިންތިޚާބަށްފަހު އެއްބަސްވުން ބާތިލުވެދާނެތީ، ފެންނަ ނުފެންނަ ވޯޓަކާ ނުލައި ސޮއިނުކުރުމަށް އެދި އަލައްބާރު އަށް ސިޓީއެއް!

2

ބަންޑާރަނައިބު އުޝާމްގެ އާއިލީ މަސްލަހަތު އޮންނަ އާރްސީސީ އަށް ބީލަމަކާ ނުލައި، 631 މިލިއަން ރުފިޔާގެ މަޝްރޫއެއް ހަވާލު ކުރިކަމުގެ ތުހުމަތު

3

ޚަރަދު ކުޑަ، ސާދާ ލީޑަރެއް: މެކްސިކޯގެ ރައީސާ ކްލޯޑިއާ ޝައިންބައުމްއަށް ދުނިޔޭގެ ސަމާލުކަން!

4

ރައީސް މުއިއްޒުގެ ސަރުކާރު ދަނީ ހަމަމަގަކުން ނޫން ކަމަށް ވިދާޅުވެ ނަޝީދުގެ ބަހުގެ ހަމަލާތަކެއް!

5

ރަސްމާލެ މަޝްރޫއާ ގުޅިގެން ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ރައީސް ނަޝީދު ގޮވާލައްވައިފި

އިތުރަށް ކިޔާލަން

10 ނޮވެމްބަރު 2026

ފޯޅަވަހި މައްސަލައިގައި އުޅުނު އެންމެންގެ މައްޗަށް ތަހުގީގު ހިންގަން ރައީސް ހެއްދެވި ރިޔާސީ ކޮމިޝަނުން ކަށިމާ ޝާކިރާއި އަޒީޒް އިސްތިއުފާ ދެއްވުމާ ގުޅިގެން އައު މެންބަރުން އައްޔަނުކުރައްވައިފި

11 އޮކްޓޯބަރު 2026

ފުށިދިއްގަރުފަޅު ހިއްކީ ރައްޔިތުންގެ ފައިސާއިން، ރަސްމާލެ މަޝްރޫއުގެ ވާނުވާ ރައްޔިތުންނަށް ބުނެ ދޭން ޖެހޭ: މެންބަރު ޝާކިރު

11 އޮކްޓޯބަރު 2026
ފުށިދިއްގަރުފަޅު ހިއްކީ ރައްޔިތުންގެ ފައިސާއިން، ރަސްމާލެ މަޝްރޫއުގެ ވާނުވާ ރައްޔިތުންނަށް ބުނެ ދޭން ޖެހޭ: މެންބަރު ޝާކިރު
01 އޮކްޓޯބަރު 2026

މޯލްޑިވްސް ޕޯޓް ޑިވެލޮޕްމަންޓް ކުންފުނި އުފެއްދުމާއި އެ ކުންފުނީގެ މިލްކުވެރިކަމާއި ފައިނޭންސް ކުރުމާއި ގުޅޭ ކަންކަން ދިރާސާކުރުމަށް އެދި މަޖިލީހަށް ހުށަހަޅައިފި

01 އޮކްޓޯބަރު 2026
މޯލްޑިވްސް ޕޯޓް ޑިވެލޮޕްމަންޓް ކުންފުނި އުފެއްދުމާއި އެ ކުންފުނީގެ މިލްކުވެރިކަމާއި ފައިނޭންސް ކުރުމާއި ގުޅޭ ކަންކަން ދިރާސާކުރުމަށް އެދި މަޖިލީހަށް ހުށަހަޅައިފި
30 ސެޕްޓެމްބަރު 2026

ސަރުކާރުން ޑޮލަރު މާރުކުރަން މަޖުބޫރުކުރުވީ ޑޮލަރު ލިބޭނެ ކަމަށް ނަމަވެސް ދަތިކަމަށް ކުޑަވެސް ހައްލެއް ނާދޭ، އަގު ދަނީ މައްޗަށް: ނަޝީދު

30 ސެޕްޓެމްބަރު 2026
ސަރުކާރުން ޑޮލަރު މާރުކުރަން މަޖުބޫރުކުރުވީ ޑޮލަރު ލިބޭނެ ކަމަށް ނަމަވެސް ދަތިކަމަށް ކުޑަވެސް ހައްލެއް ނާދޭ، އަގު ދަނީ މައްޗަށް: ނަޝީދު
28 ސެޕްޓެމްބަރު 2026

ޑޮލަރުގެ ތާށިކަން އޮތްއިރު އެމްޕީއެލްއަށް ޑޮލަރުން ފައިސާ ދައްކަން ޖެހެމުން ޝިޕިންގ ވިޔަފާރިވެރިންގެ ކަންބޮޑުވުން!

28 ސެޕްޓެމްބަރު 2026
ޑޮލަރުގެ ތާށިކަން އޮތްއިރު އެމްޕީއެލްއަށް ޑޮލަރުން ފައިސާ ދައްކަން ޖެހެމުން ޝިޕިންގ ވިޔަފާރިވެރިންގެ ކަންބޮޑުވުން!
24 ސެޕްޓެމްބަރު 2026

ވިޔަފާރީގެ ހަމަތަކާއި އުކުޅުތައް ވާދަވެރި އެހެން ވިޔަފާރިވެރިންނަށް އެނގޭ ގޮތަށް ހާމަކުރަން ޖެހުމަކީ ވިޔަފާރިތަކަށް އޮތް ބޮޑު ނުރައްކަލެއް: ރައީސް ނަޝީދު

24 ސެޕްޓެމްބަރު 2026
ވިޔަފާރީގެ ހަމަތަކާއި އުކުޅުތައް ވާދަވެރި އެހެން ވިޔަފާރިވެރިންނަށް އެނގޭ ގޮތަށް ހާމަކުރަން ޖެހުމަކީ ވިޔަފާރިތަކަށް އޮތް ބޮޑު ނުރައްކަލެއް: ރައީސް ނަޝީދު
14 ސެޕްޓެމްބަރު 2026

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ހުރި ވަރަށް ވުރެ ދަށަށް ޑޮލަރު ރޭޓު ތިރިވެއްޖެ: މިނިސްޓަރު ސައީދު

14 ސެޕްޓެމްބަރު 2026
ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ހުރި ވަރަށް ވުރެ ދަށަށް ޑޮލަރު ރޭޓު ތިރިވެއްޖެ: މިނިސްޓަރު ސައީދު
10 ސެޕްޓެމްބަރު 2026

ގާނޫނަށް ހުރިހާ ބަދަލެއް ގެނައުމަށް ފަހު، ކަމާ ބެހޭ މުއައްސަސާތަކާއެކު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރަމުންދާ ކަމަށް މިނިސްޓަރު އަމީން ވިދާޅުވެއްޖެ

10 ސެޕްޓެމްބަރު 2026
ގާނޫނަށް ހުރިހާ ބަދަލެއް ގެނައުމަށް ފަހު، ކަމާ ބެހޭ މުއައްސަސާތަކާއެކު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރަމުންދާ ކަމަށް މިނިސްޓަރު އަމީން ވިދާޅުވެއްޖެ
09 ސެޕްޓެމްބަރު 2026

ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ ވިޔަފާރި ކުރާ ފަރާތްތަކާ ގުޅުންހުރި 65 މައްސަލައެއް ރިޕޯޓުކޮށްފި

09 ސެޕްޓެމްބަރު 2026
ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ ވިޔަފާރި ކުރާ ފަރާތްތަކާ ގުޅުންހުރި 65 މައްސަލައެއް ރިޕޯޓުކޮށްފި
03 ސެޕްޓެމްބަރު 2026

މީގެ ކުރިން އެއްވެސް ސަރުކާރަކަށް 2 އަހަރުތެރޭގައި ނުލިބޭ ވަރަށް ޑޮލަރުން އާމްދަނީ މިސަރުކާރަށް ލިބިފައިވޭ: އަމީރު

03 ސެޕްޓެމްބަރު 2026
މީގެ ކުރިން އެއްވެސް ސަރުކާރަކަށް 2 އަހަރުތެރޭގައި ނުލިބޭ ވަރަށް ޑޮލަރުން އާމްދަނީ މިސަރުކާރަށް ލިބިފައިވޭ: އަމީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް