Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގދ. މަޑަވެލި

މަޑަވެލި ބިން ހިއްކުމުގެ މަޝްރޫއު: މިހާތަނަށް ހިއްކުނީ 300 އެއްހާ ފޫޓުގެ ތަންކޮޅެއް!

21 ނޮވެމްބަރު 2026 | ހޮނިހިރު 04:47

ގދ. މަޑަވެލީގެ ބިން ހިއްކުމާއި ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވީ ނަމަވެސް، އެ މަޝްރޫއު ކުރިއަށްދާ ދުވެލި ލަސްވުމުން އާންމުންގެ ކަންބޮޑުވުން ވަނީ އިތުރުވެފައި. ޖުމްލަ 174 މިލިއަން ރުފިޔާ ހަރަދުކޮށްގެން 19 ހެކްޓަރުގެ ބިން ހިއްކުމަށް ރޭވިފައިވާ މި މަޝްރޫއަކީ އެ ރަށަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ފަށާފައިވާ މުހިންމު މަސައްކަތެއް

ޝާއިން މުޙައްމަދު
ޝާއިން މުޙައްމަދު | 21 ނޮވެމްބަރު 2026 | ހޮނިހިރު 04:47
މަޑަވެލި ބިން ހިއްކުމުގެ މަޝްރޫއު: މިހާތަނަށް ހިއްކުނީ 300 އެއްހާ ފޫޓުގެ ތަންކޮޅެއް!

މަޑަވެލި ބިން ހިއްކުމުގެ މަޝްރޫއު: މިހާތަނަށް ހިއްކުނީ 300 އެއްހާ ފޫޓުގެ ތަންކޮޅެއް! | އެމްޓީސީސީ

ގދ. މަޑަވެލި ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ނުދާތީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މަޑަވެލި ދާއިރާގެ ރައީސް އިބްރާހީމް ނާޒިފް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ. 

މިކަމުގެ ކަންބޮޑުވުން ފާޅުކުރައްވާ ރާއްޖެޓީވީގެ "ވައުދުނާމާ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ނާފިޒް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު މަޑަވެއްޔަށް ވަރަށް ގިނަ ވައުދުތަކެއް ވެފައިވާ ކަމަށެވެ. އެގޮތުން ނިމިދިޔަ ކައުންސިލް އިންތިހާބާއި ދިމާކޮށް މަޑަވެލީގައި ބިން ހިއްކުމުގެ މަޝްރޫއު ފެށި ކަމަށް ނާފިޒް ވިދާޅުވި އެވެ. 

Advertisement - newsAdvertisement
ރިސޯޓުތަކުގެ ބީޗް ހަދަންވެގެން ގެންގުޅޭނެ ވެލި ޕަމްޕެއް. އޭތި ބިން ހިއްކަންށޭ ކިޔާފައި ގެންގޮސްފައި އެބައޮތް. މިހިސާބަށް އައިރުގައި 300 ފޫޓުގެ ތަންކޮޅެއް ހިކުނީ. އެހެންނަމަވެސް އެޔަށްދާ ހަރަދު ހަމަ ނޮބަލް ބޮޑު ހިއްކުމަކާއި އެއްވަރަށް އެބަދޭ
އިބްރާހީމް ނާޒިފް

ގދ. މަޑަވެލީގެ ބިން ހިއްކުމާއި ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހި، 174 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އަށެވެ.  

އެގޮތުން، މިނިސްޓްރީ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓްގައި 8 މާރޗް 2026 ގައި ބޭއްވި ރަސްމިއްޔާތެއްގައި، މި މަޝްރޫއުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ. އަބްދުﷲ މުއްތަލިބު އެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އެވެ.

މި މަޝްރޫއުގެ ދަށުން މަޑަވެލީގެ 19.17 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީން މައުލޫމާތުދީފައިވެ އެވެ.

މީގެ އިތުރުން، މި މަޝްރޫއުގެ ދަށުން 1،645 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 120 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސް ޖެހުމުގެ މަސައްކަތް ކުރުމަށް ވަނީ ނިންމާފަ އެވެ. ޖުމްލަ 174.58 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއު ނިންމުމަށް ހަމަޖެހިފައިވަނީ 400 ދުވަހުގެ ތެރޭގަ އެވެ.  

އާބާދީގައި ގާތްގަނޑަކަށް 2،000 އެއްހާ މީހުން ދިރިއުޅޭ މަޑަވެއްޔަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް، މި ބިން ހިއްކުމުގެ މަޝްރޫއުގެ ސަބަބުން ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް އެމްޓީސީސީން ފާހަގަކުރެ އެވެ.

އެ ކުންފުނިން އިތުރަށް ބުނި ގޮތުގައި، ރަށް ގިރުމާއި އުދައެރުމުގެ ސަބަބުން އެ ރަށަށް ކުރިމަތިވަމުންދާ ތިމާވެށީގެ މައްސަލަތަކަށް ވެސް، ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މި މަޝްރޫއުގެ ސަބަބުން ބޮޑު ލުޔެއް ލިބިގެންދާނެ އެވެ.

ގދ. މަޑަވެލިއިބްރާހިމް ނާޒިފްބިން ހިއްކުމުގެ މަޝްރޫއު

އެންމެ ހިނގާ

1

ދަތުގެ ވޭނަށް ލުޔެއް ހޯދަން ދިޔަ ދަތުރު ނިމުނީ އާއިލާގެ ހިތްތައް ކުދިކުދިކޮށްލި މަރަކުން

2

ގްރެޖުއޭޝަނަށް ބޮޑު ހޭދައެއް ކުރުވުމަށްފަހު، ބޯދިގު ކަމަށް ބުނެ ރެހެންދި ސްކޫލުގެ ގިނަ ދަރިވަރުންތަކެއް ގެއަށް ފޮނުވާލައިފި

3

2028 ގެ އިންތިޚާބަށްފަހު އެއްބަސްވުން ބާތިލުވެދާނެތީ، ފެންނަ ނުފެންނަ ވޯޓަކާ ނުލައި ސޮއިނުކުރުމަށް އެދި އަލައްބާރު އަށް ސިޓީއެއް!

4

ޖަލްސާ ބޭއްވުމުގެ ކުރިން ޕީއެންސީއަށް 1 ލައްކަ މެންބަރުން ހަމަކުރުމަށް 1 މިލިއަން ޑޮލަރު ޚަރަދުކުރި!

5

އެއް ލައްކަ މެންބަރުން ހަމަވި ކަމަށް ބުނެ އުފާފާޅުކުރި ޕީއެންސީގެ މެންބަރުންގެ އަދަދު އަނެއްކާވެސް ދަށަށް

އިތުރަށް ކިޔާލަން

10 ނޮވެމްބަރު 2026

މި އަހަރު ނިމުމުގެ ކުރިން ޑްރެޖަރެއް ގެންނާނެކަމަށް ރައީސް މުއިއްޒު ވިދާޅުވެފައި ވަނިކޮށް އައު ޑްރެޖަރު ގެނެވޭނީ އަންނަ އަހަރު ކަމަށް މިނިސްޓަރު މުއްތޮލިބު ވިދާޅުވެއްޖެ

10 ނޮވެމްބަރު 2026
މި އަހަރު ނިމުމުގެ ކުރިން ޑްރެޖަރެއް ގެންނާނެކަމަށް ރައީސް މުއިއްޒު ވިދާޅުވެފައި ވަނިކޮށް އައު ޑްރެޖަރު ގެނެވޭނީ އަންނަ އަހަރު ކަމަށް މިނިސްޓަރު މުއްތޮލިބު ވިދާޅުވެއްޖެ
12 ސެޕްޓެމްބަރު 2026

އެމްޓީސީސީ އިން ދިއްގަރު ބިން ހިއްކުމުގެ މަޝްރޫއު ނިމިފައިވާ ކަމަށް ބުނި ނަމަވެސް ރަށުގެ ރައްޔިތުންނަށް އެ މަސައްކަތް ނިމުނު ތަނެއް ނުފެނޭ: އިހުސާން

12 ސެޕްޓެމްބަރު 2026
އެމްޓީސީސީ އިން ދިއްގަރު ބިން ހިއްކުމުގެ މަޝްރޫއު ނިމިފައިވާ ކަމަށް ބުނި ނަމަވެސް ރަށުގެ ރައްޔިތުންނަށް އެ މަސައްކަތް ނިމުނު ތަނެއް ނުފެނޭ: އިހުސާން
27 އޯގަސްޓު 2026

ދ. މާއެނބޫދޫ ބިން ހިއްކުމުގެ މަޝްރޫއު: ބައުންޑަރީ ވޯލް ޖެހުމަށް ފަހު މަސައްކަތް އެއްކޮށް ހުއްޓިފައި!

27 އޯގަސްޓު 2026
ދ. މާއެނބޫދޫ ބިން ހިއްކުމުގެ މަޝްރޫއު: ބައުންޑަރީ ވޯލް ޖެހުމަށް ފަހު މަސައްކަތް އެއްކޮށް ހުއްޓިފައި!
27 ޖުލައި 2026

މ. ނާލާފުށި ބިން ހިއްކުން: ނިންމި ބައުންޑްރީ ވޯލް ވެސް މިހާރު އޮތީ ގިރައިގެން ގޮސް މޫދާ އެއްވަރަށް ތިރިވެފައި!

27 ޖުލައި 2026
މ. ނާލާފުށި ބިން ހިއްކުން: ނިންމި ބައުންޑްރީ ވޯލް ވެސް މިހާރު އޮތީ ގިރައިގެން ގޮސް މޫދާ އެއްވަރަށް ތިރިވެފައި!
23 އެޕްރީލު 2026

އިންތިހާބުތަކަށް ދެ ދުވަހަށް ވެފައި ވަނިކޮށް ޖެހި ވެލި ބަސްތާ ތަކާއެކު، ހޯރަފުށީ ބިން ހިއްކުމުގެ މަސައްކަތް ހުއްޓިފަ

23 އެޕްރީލު 2026
އިންތިހާބުތަކަށް ދެ ދުވަހަށް ވެފައި ވަނިކޮށް ޖެހި ވެލި ބަސްތާ ތަކާއެކު، ހޯރަފުށީ ބިން ހިއްކުމުގެ މަސައްކަތް ހުއްޓިފަ
13 ފެބުރުއަރީ 2026

ޖަރުމަނުގައި ފަރުތައް ހިމާޔަތް ކުރުމުގެ ވާހަކަ ދެއްކެވުމަށްފަހު މާލެ ވަޑައިގެންނެވި ގޮތަށް ފަރުތަކަށް އެއްވެސް ބެލުމެއް ނެތި މަސައްކަތް ކުރަމުންދާ ދެ ޑްރެޖަރު މުއިއްޒު ޕްރޮމޯޓު ކުރައްވައިފި

26 ޑިސެމްބަރު 2025

ރަސްމާލެ ހިއްކަން މާފުށި ކައިރިން ވެލި ނެގުން ހުއްޓާލަން ސަރުކާރަށް ގޮވާލާ މުޒާހަރާ ކޮށްފި

26 ޑިސެމްބަރު 2025
ރަސްމާލެ ހިއްކަން މާފުށި ކައިރިން ވެލި ނެގުން ހުއްޓާލަން ސަރުކާރަށް ގޮވާލާ މުޒާހަރާ ކޮށްފި
16 ނޮވެމްބަރު 2025

މިސަރުކާރުން މަޑަވެއްޔަށް އެއްވެސް ކަމެއް ނުކޮށްދޭ، މިވަރުން އަތް ޖެހޭކަށް ނެތް: ޕީއެންސީ މެންބަރު ޝަމީޒް

16 ނޮވެމްބަރު 2025
މިސަރުކާރުން މަޑަވެއްޔަށް އެއްވެސް ކަމެއް ނުކޮށްދޭ، މިވަރުން އަތް ޖެހޭކަށް ނެތް: ޕީއެންސީ މެންބަރު ޝަމީޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް