Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމާފުށި

ރަސްމާލެ ހިއްކަން މާފުށި ކައިރިން ވެލި ނެގުން ހުއްޓާލަން ސަރުކާރަށް ގޮވާލާ މުޒާހަރާ ކޮށްފި

ހުކުރު ދުވަހު ހަވީރު 16:00 އިން ފެށިގެން މާފުށީގައި ލޯންޗުތަކުގައި ނުކުމެ އާއްމުން މުޒާހަރާކޮށްފައިވަނީ ރަސްމާލެ ހިއްކަން މާފުށި ކައިރިން ވެލި ނެގުމުގެ ސަބަބުން ފަރުތައް ހަލާކުވުމާ ދެކޮޅަށް އަޑު އުފުލުމަށް. މުޒާހަރާގެ ބައިވެރިން ބުނީ ޓުއަރިޒަމަށް ވެސް މިކަމުގެ ނޭދެވޭ އަސަރު ކުރަމުންދާ ކަމަށާއި ތަކުރާރުކޮށް ސަރުކާރާ މުއާމަލާތު ކުރިޔަސް އިޖާބަ ނުދޭ ކަމަށް.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 26 ޑިސެމްބަރު 2025 | ހުކުރު 14:39
ރަސްމާލެ ހިއްކަން މާފުށި ކައިރިން ވެލި ނަގާތީ ކުރި މުޒާހަރާގެ ތެރެއިން

ރަސްމާލެ ހިއްކަން މާފުށި ކައިރިން ވެލި ނަގާތީ ކުރި މުޒާހަރާގެ ތެރެއިން

ރަސްމާލެ ހިއްކަން މާފުށި ކައިރިން ވެލި ނަގާތީ އެކަމާއި ދެކޮޅަށް މާފުށީގައި މުޒާހަރާކޮށްފި އެވެ.

އެ މުޒާހަރާކޮށްފައި ވަނީ ހުކުރު ދުވަހު ހަވީރު 16:00 އިން ފެށިގެން މާފުށި ކައިރި ކަނޑުމަތީގަ އެވެ. 

އެ މުޒާހަރާގައި އިސްކޮށް އުޅުނު ފަރާތެއް ކަމަށް ވާ މުހައްމަދު ނަބީލް  ރާއްޖެއެމްވީ އަށް ވިދާޅުވީ އެ މުޒާހަރާގައި ލޯންޗުތަކުގައި ނުކުމެ އާއްމުން ވަނީ އެކަމާއި ދެކޮޅަށް އަޑު އުފުލާފައި ކަމަށެވެ. އަދި ރަސްމާލެ ހިއްކުމަށް މާފުށި ކައިރިން ވެލި ނެގުމުގެ ސަބަބުން ފަރުތައް ހަލާކުވުމަކީ އެ ރަށުގެ އާއްމުންގެ ބޮޑު ކަންބޮޑުވުމެއް ކަމަށް އޭނާ ވަނީ ފާހަގަކޮށްފަ އެވެ. ފަރުތަކާއި މީޓަރެއްހާ މިނަށް ކައިރިވާ އިރު ވެސް މިހާރު ފަރު ނުފެންނަ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

އެ މުޒާހަރާ އިން ސަރުކާރަށް ދޭން ބޭނުންވާ މެސެޖަކީ ރަސްމާލެ ހިއްކަން މާފުށި ކައިރިން ވެލި ނެގުމުން އާއްމުންގެ ނުރުހުން އޮތް މިންވަރު ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

މާފުށި ކައިރީގައި ޝިޕްރެކް އެއް އޮތް އިރު އެތަނަށް ޑައިވް ނުކުރެވޭތާ އެތައް ދުވަހެއް ވެފައިވާ ކަމަށް އޭނާ ވަނީ ބުނެފަ އެވެ. މި ކަމުގެ ނޭދެވޭ އަސަރު ފަތުރުވެރިކަމަށް ވެސް ކުރަމުންދާ ކަމަށާއި މާފުށި ކައިރިން ވެލި ނެގުން ވަގުތުން ވަގުތަށް ހުއްޓާލުމަށް އޭނާ ވަނީ ގޮވާލާފަ އެވެ.  ތަކުރާރުކޮށް ސަރުކާރާއި މުއާމަލާތުކޮށްގެން ވެސް އާއްމުންގެ ކަންބޮޑުވުންތަކަށް މި ސަރުކާރުން އިޖާބަ ނުދޭ ކަމަށް އޭނާ ވަނީ ފާހަގަކޮށްފަ އެވެ.

ރަސްމާލޭގެ ދެކުނަށް އޮތް ރަށްތަކުގެ ތެރޭގައި ހިމެނޭ މާފުށްޓަކީ މާލެ އަތޮޅުގައި ލޯކަލް ޓޫރިޒަމް އެންމެ ފުޅާދާއިރާއެއްގައި ކުރަމުން އަންނަ އެއް ރަށެވެ. އެ ރަށަކީ ފަތުރުވެރިންގެ މެދުގައި މަޤްބޫލް ރަށެކެވެ.

ސަރުކާރުން ހިންގާ ވެލި ނެގުމާއި ބިންހިއްކުމުގެ މަޝްރޫއުތައް ކިސަޑު ކޮންޓްރޯލު ކުރުމަށް އެއްވެސް ފިޔަވަޅެއް ނާޅާ ކުރިއަށް ގެންދިއުމުގެ ސަބަބުން ތިމާވެއްޓަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް މީސް މީޑިއާ ގައި ވެސް ގިނަ ބަޔަކު ކަންބޮޑުވުން އަންނަނީ ފާޅު ކުރަމުންނެވެ. އެހެން ނަމަވެސް ތިމާވެއްޓާ ބެހޭ މިނިސްޓްރީން ވެސް އަދި އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ އިން ވެސް މިއިން ކަމަކަށް މާ ބޮޑު ސަމާލު ކަމެއް ނުދޭކަން ފާހަގަ ކުރެވެ އެވެ.

މާފުށިވެލި ނެގުންފަރު ހަލާކުވުންރަސްމާލެ މަޝްރޫޢުބިން ހިއްކުމުގެ މަޝްރޫއު

އިތުރަށް ކިޔާލަން

12 ނޮވެމްބަރު 2025

8 މަސް ދުވަހުގެ ތެރޭގައި ހިއްކާ ނިންމާނެ ކަމަށް ވައުދުވި ރަސްމާލެ މަޝްރޫއުގެ މަސައްކަތް މުއިއްޒު ބައްލަވާލައްވައިފި

12 ނޮވެމްބަރު 2025
8 މަސް ދުވަހުގެ ތެރޭގައި ހިއްކާ ނިންމާނެ ކަމަށް ވައުދުވި ރަސްމާލެ މަޝްރޫއުގެ މަސައްކަތް މުއިއްޒު ބައްލަވާލައްވައިފި
24 އޮކްޓޯބަރު 2025

މުޒާހަރާތައް ހުއްޓުވޭނެ ގޮތެއް މާފުށީ ކައުންސިލު ރައިސް ސަލާހު ރައީސް މުއިއްޒު އަށް ކިޔައިދެއްވައިފިިި

24 އޮކްޓޯބަރު 2025
މުޒާހަރާތައް ހުއްޓުވޭނެ ގޮތެއް މާފުށީ ކައުންސިލު ރައިސް ސަލާހު ރައީސް މުއިއްޒު އަށް ކިޔައިދެއްވައިފިިި
11 އޮކްޓޯބަރު 2025

މިނިސްޓަރު އިހްސާނަށް ކުރެވޭނެ ކަމަކީ ޒުވާން ކުދިންގެ ފޯނު ހިފެހެއްޓުން: ޒިޔާދު

11 އޮކްޓޯބަރު 2025
މިނިސްޓަރު އިހްސާނަށް ކުރެވޭނެ ކަމަކީ ޒުވާން ކުދިންގެ ފޯނު ހިފެހެއްޓުން: ޒިޔާދު
23 މާރިޗު 2024

މާފުށީ ހިއްކި ބިމުން ގޯތި ވިއްކަނީ، އަކަފޫޓެއް 2000 ރުފިޔާއަށް

23 މާރިޗު 2024
މާފުށީ ހިއްކި ބިމުން ގޯތި ވިއްކަނީ، އަކަފޫޓެއް 2000 ރުފިޔާއަށް
04 ޑިސެމްބަރު 2023

މާފުށީ ބޭރުގައި އޮތް ސަފާރީއަކުން ގިނަ އަދަދެއްގެ ބަނގުރަލާއެކު 3 މީހުން ހައްޔަރު ކޮށްފި

04 ޑިސެމްބަރު 2023
މާފުށީ ބޭރުގައި އޮތް ސަފާރީއަކުން ގިނަ އަދަދެއްގެ ބަނގުރަލާއެކު 3 މީހުން ހައްޔަރު ކޮށްފި
05 އެޕްރީލު 2023

މާފުށީގެ ރައްޔިތުންނަށް ފުރުސަތު ބޮޑުވާގޮތަށް ގޯތި ދޫކުރުމުގެ އުސޫލު އިސްލާހު ކޮށްފި

05 އެޕްރީލު 2023
މާފުށީގެ ރައްޔިތުންނަށް ފުރުސަތު ބޮޑުވާގޮތަށް ގޯތި ދޫކުރުމުގެ އުސޫލު އިސްލާހު ކޮށްފި
27 ސެޕްޓެމްބަރު 2022

މާފުށީ ޖަލުގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހަކު ނިޔާވި މައްސަލަ އެޗްއާރްސީއެމުން ބަލަނީ

27 ސެޕްޓެމްބަރު 2022
މާފުށީ ޖަލުގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހަކު ނިޔާވި މައްސަލަ އެޗްއާރްސީއެމުން ބަލަނީ
16 ސެޕްޓެމްބަރު 2022

މާފުށީ ޖަލުގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހަކު ނިޔާވެއްޖެ

16 ސެޕްޓެމްބަރު 2022
މާފުށީ ޖަލުގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހަކު ނިޔާވެއްޖެ
10 ޖުލައި 2022

ހިންމަފުއްޓާއި ގއ. ވިލިނގިލިން ބަނގުރާ އަތުލައިގެންފި

10 ޖުލައި 2022
ހިންމަފުއްޓާއި ގއ. ވިލިނގިލިން ބަނގުރާ އަތުލައިގެންފި
07 ޖުލައި 2022

"މާފުށީ އީދު އުފާ"ގެ ޑިޖިޓަލް ޕާރޓްނަރަކަށް ދިރާގު

07 ޖުލައި 2022
"މާފުށީ އީދު އުފާ"ގެ ޑިޖިޓަލް ޕާރޓްނަރަކަށް ދިރާގު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު