Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޚިޔާނާތް

އާރުޑީސީ އިން ޝަރުތު ހަމަނުވާ އެތައް ބަޔަކަށް ގަވައިދާ ޚިލާފަށް ބޮޑެތި ޕްރޮމޯޝަންތައް ދީފައިވޭ: ރިޕޯޓް

10 ނޮވެމްބަރު 2026 | އަންގާރަ 08:12

އާރުޑީސީގެ އިންޓާނަލް އޮޑިޓުން ހާމަވި ގޮތުގައި، އެ ކުންފުނީގެ 67 މުވައްޒަފަކަށް ޕްރޮމޯޝަން ދީފައިވަނީ ކަނޑައެޅިފައިވާ ތައުލީމީ ގާބިލުކަމާއި ޝަރުތުތަކަށް ބެލުމެއް ނެތި ގަވައިދާ ޚިލާފަށް. މީގެ އިތުރުން އެޗްއާރް އުސޫލުތަކާ ޚިލާފަށް ބައެއް މުވައްޒަފުންގެ ގްރޭޑާއި ސްޓެޕްތައް އާދަޔާ ޚިލާފަށް ބޮޑުކޮށްފައިވާއިރު، ގިނަ މުވައްޒަފުންގެ ލިޔެކިޔުންތައް ފެންނަން ނެތްކަން ވެސް މި ރިޕޯޓުން ވަނީ ފާހަގަވެފައި

ރާއްޖެ އެމްވީ | 10 ނޮވެމްބަރު 2026 | އަންގާރަ 08:12
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޡީމް (ކ) ސަލްޓަން ޕާކުގައި

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޡީމް (ކ) ސަލްޓަން ޕާކުގައި | އާރްޑީސީ

ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާ އޮންނަ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގައި ގަވައިދާ ޚިލާފަށް ގިނަ އަދަދެއްގެ ބަޔަކަށް ބޮޑެތި ޕްރޮމޯޝަން ދީފައިވާކަން ފަޅާ އަރައިފި އެވެ.

މިކަން ހާމަވީ ކުންފުނީގެ އޮގަނައިޒޭޝަނަލް ސްޓްރަކްޗަރ ގެ ދަށުން މުވައްޒަފުންނަށް ދީފައިވާ ޕްރޮމޯޝަންތަކަކީ، 8 ޑިސެމްބަރު 2025 ގައި އެންޑޯޒްކޮށްފައިވާ އެ ކުންފުނީގެ ޖޮބް ކްލެސިފިކޭޝަން ފްރޭމްވޯކް (ޖޭ.ސީ.އެފް) އާ އެއްގޮތަށްތޯ ބެލުމަށް ހެދި އިންޓާނަލް އޮޑިޓްއިންނެވެ. އާ އޮގަނައިޒޭޝަނަލް ސްޓްރަކްޗަރގެ ދަށުން ޖުމްލަ 67 މުވައްޒަފަކަށް ވަނީ ޕްރޮމޯޝަން ދީފަ އެވެ. މި ރިވިއުއިން ފާހަގަވި ގޮތުގައި، ބައެއް މުވައްޒަފުންނަށް ޕްރޮމޯޝަން ދީފައިވަނީ ޖޭ.ސީ.އެފް ގައި ބަޔާންކޮށްފައިވާ ތައުލީމީ ގާބިލުކަމާއި ޝަރުތުތައް ހަމަނުވާ މަގާމުތަކަށެވެ. މިގޮތަށް ފާހަގަކުރެވުނު މުވައްޒަފުންގެ ތަފްސީލު ތިރީގައި އެވަނީއެވެ.

Advertisement - newsAdvertisement

މީގެ އިތުރުން، ބައެއް މުވައްޒަފުންގެ ކަމާގުޅޭ ލިޔެކިޔުންތައް ފެންނަން ނެތުމުގެ ސަބަބުން، އެ މުވައްޒަފުންނަށް އަލަށް ދީފައިވާ މަގާމުތަކަށް އެ ފަރާތްތަކުގެ ޝަރުތު ހަމަވޭތޯ ކަނޑައެޅުމަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފައި ކަމަށް ވެސް ރިޕޯޓުގައިވެ އެވެ. އެ މުވައްޒަފުންގެ ތަފްސީލުވެސް ރިޕޯޓުގައިވަނީ ހިމަނާފަ އެވެ.

ކުންފުނީގެ އެޗް.އާރް ޕޮލިސީގެ ބަޔާންކޮށްފައިވާ ގޮތުން، މުވައްޒަފަކަށް ޕްރޮމޯޝަން ދޭއިރު އެންމެ ގިނަވެގެން ކުރިއަށް ޖެއްސޭނީ 5 ގްރޭޑް ނުވަތަ ސްޓެޕެވެ. ނަމަވެސް، ރިވިއު ކުރި މުއްދަތުގައި ޕްރޮމޯޝަން ދިންއިރު ސްޓެޕްތައް އިތުރުކޮށްފައިވާ ގޮތް ސެލަރީ ސްޓްރަކްޗަރއާ އަޅާކިޔައި ބެލިއިރު، ސާމްޕަލްގެ ގޮތުގައި ބެލި 22 މުވައްޒަފުންގެ ތެރެއިން 9 މުވައްޒަފަކަށް 5 ސްޓެޕަށްވުރެ ގިނައިން ޕްރޮމޯޝަންގައި ދީފައިވާކަން ވަނީ ފާހަގަކުރެވިފަ އެވެ. މިގޮތަށް ފާހަގަވި މުވައްޒަފުންނާއި، ޕްރޮމޯޝަންގައި އެ މުވައްޒަފުންނަށް އިތުރުކޮށްދީފައިވާ ސްޓެޕްތަކުގެ އަދަދުތައް ވެސް ރިޕޯޓުގައިވަނީ  ހިމަނާފަ އެވެ.

ހަމައެއާއެކު، އޮގަނައިޒޭޝަނަލް ސްޓްރަކްޗަރަށް ގެނައި ބަދަލުތަކާ ގުޅިގެން ދީފައިވާ ޕްރޮމޯޝަންތައްވެސް ވަނީ ރިވިއުކޮށްފަ އެވެ. މި ރިވިއުއިން ފާހަގަވި ގޮތުގައި، ބައެއް މުވައްޒަފުންނަށް ޕްރޮމޯޝަން ދިންއިރު ގްރޭޑް ނުވަތަ ސްޓެޕްތަކަށް ވަނީ ބޮޑު ކުރިއެރުމެއް ދީފަ އެވެ. 

ރައީސް މުއިއްޒުގެ ސަރުކާރުގެ ތެރޭގައި ކަރަޕްޝަނާއި ޚިޔާނާތް އިއްތިހާ އަށް އާންމުވެފައިވީ ނަމަވެސް އެކަންކަން ބަލައި ފިޔަވަޅު އެޅުމުގައި ކަމާބެހޭ މުއައްސަސާތައް ނުކުޅެދިފައިވާކަން ގިނަ ބަޔަކު އަންނަނީ ފާހަގަ ކުރަމުންނެވެ.

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންކަރަޕްޝަން މުއިއްޒު ސަރުކާރު

އެންމެ ހިނގާ

1

އާރުޑީސީ އިން 449 މީހުންނަށް ވަޒީފާ ދީފައިވަނީ އިއުލާނުނުކޮށް ފެންނަ މީހަކަށް ވަޒީފާ ދޭ ގޮތަށް: އޮޑިޓް

2

އެއް މާއްދާއެއްގެ ދަށުން ތަފާތު ދެ އަދަބެއް ދިނުމަކީ ކޮން ކަހަލަ އިންސާފެއް ހެއްޔެވެ؟

3

އާރުޑީސީއާއި އެމްޓީސީސީ އެއްކޮށްލުން: ދެ އެމްޑީ އަށް ވެސް ދާން އުޅޭ މިސްރާބެއް ނޭނގޭ، "ބިކޯޒް އިޓްސް ބީން ނޮޓް ޑިސްކަސްޑް ސީދާ ވާން އުޅޭ ގޮތެއް"

4

ވޮޝިންގޓަނަށް އީރާނުގެ ފަހުގެ އިންޒާރު، އެމެރިކާގެ މަނަވަރުތައް ތައްޔާރީ ހާލަތުގައި

5

މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ތިން ޒުވާނުންގެ ބަންދަށް އިތުރު 30 ދުވަސް

އިތުރަށް ކިޔާލަން

09 ނޮވެމްބަރު 2026

އާރުޑީސީއިން ޕެންޝަން ގާނޫނާ ޚިލާފަށް އަމަލުކޮށްފައިވާކަމަށް އިންޓާނަލް އޮޑިޓް ރިޕޯޓުގައި ބުނެފި

09 ނޮވެމްބަރު 2026
އާރުޑީސީއިން ޕެންޝަން ގާނޫނާ ޚިލާފަށް އަމަލުކޮށްފައިވާކަމަށް އިންޓާނަލް އޮޑިޓް ރިޕޯޓުގައި ބުނެފި
09 ނޮވެމްބަރު 2026

އެއް މާއްދާއެއްގެ ދަށުން ތަފާތު ދެ އަދަބެއް ދިނުމަކީ ކޮން ކަހަލަ އިންސާފެއް ހެއްޔެވެ؟

09 ނޮވެމްބަރު 2026
އެއް މާއްދާއެއްގެ ދަށުން ތަފާތު ދެ އަދަބެއް ދިނުމަކީ ކޮން ކަހަލަ އިންސާފެއް ހެއްޔެވެ؟
07 ނޮވެމްބަރު 2026

އާރުޑީސީ އިން 449 މީހުންނަށް ވަޒީފާ ދީފައިވަނީ އިއުލާނުނުކޮށް ފެންނަ މީހަކަށް ވަޒީފާ ދޭ ގޮތަށް: އޮޑިޓް

07 ނޮވެމްބަރު 2026
އާރުޑީސީ އިން 449 މީހުންނަށް ވަޒީފާ ދީފައިވަނީ އިއުލާނުނުކޮށް ފެންނަ މީހަކަށް ވަޒީފާ ދޭ ގޮތަށް: އޮޑިޓް
06 ނޮވެމްބަރު 2026

ކޮރަޕްޝަން ތަހުގީގުކުރުމަށް ހުރި ދަތިތައް ހައްލުކުރުމަށްޓަކައި "ޑިޕްލޮމާ އިން ކޮރަޕްޝަން އިންވެސްޓިގޭޝަން" ކޯސް ފަށަން ނިންމައިފިި

06 ނޮވެމްބަރު 2026
ކޮރަޕްޝަން ތަހުގީގުކުރުމަށް ހުރި ދަތިތައް ހައްލުކުރުމަށްޓަކައި "ޑިޕްލޮމާ އިން ކޮރަޕްޝަން އިންވެސްޓިގޭޝަން" ކޯސް ފަށަން ނިންމައިފިި
02 ނޮވެމްބަރު 2026

ރައްޔިތުން ސުވާލުކުރަނީ މިއީ ސީރިއަސް ސަރުކާރެއްތޯ ނުވަތަ ކޮމިޑީ ޝޯވ ދޭ ބައެއްތޯ އެވެ

02 ނޮވެމްބަރު 2026
ރައްޔިތުން ސުވާލުކުރަނީ މިއީ ސީރިއަސް ސަރުކާރެއްތޯ ނުވަތަ ކޮމިޑީ ޝޯވ ދޭ ބައެއްތޯ އެވެ
29 އޮކްޓޯބަރު 2026

ޚިޔާނާތްތެރި މި ސަރުކާރު ބަދަލުކުރުމަށް ރާއްޖޭގެ ރައްޔިތުން ތައްޔާރަށް ތިބުމަށް ޝިފާޒު ގޮވާލައްވައިފި

29 އޮކްޓޯބަރު 2026
ޚިޔާނާތްތެރި މި ސަރުކާރު ބަދަލުކުރުމަށް ރާއްޖޭގެ ރައްޔިތުން ތައްޔާރަށް ތިބުމަށް ޝިފާޒު ގޮވާލައްވައިފި
29 އޮކްޓޯބަރު 2026

މިހާރު ރާއްޖެ މިއޮތީ އެންމެ ނުރައްކާތެރި ހާލަތުގައި، ފައްޓަރުބައި ވިއްކާލައިގެން ވެސް ސަރުކާރުގައި ތިބެން އެބޭފުޅުން ބޭނުންވާނެ: އަމީރު

29 އޮކްޓޯބަރު 2026
މިހާރު ރާއްޖެ މިއޮތީ އެންމެ ނުރައްކާތެރި ހާލަތުގައި، ފައްޓަރުބައި ވިއްކާލައިގެން ވެސް ސަރުކާރުގައި ތިބެން އެބޭފުޅުން ބޭނުންވާނެ: އަމީރު
19 އޮކްޓޯބަރު 2026

އޭއީއެޗްގެ ސީއީއޯ އަދީލްގެ އާއިލީ މީހުންނަށް ނާޖާއިޒު ގޮތުގައި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދޭ ކަމުގެ ސީރިއަސް ތުހުމަތުތަކެއް، މިފަހަރު ކޮއްކޮ އަށް އިސް މަގާމެއް!

19 އޮކްޓޯބަރު 2026
އޭއީއެޗްގެ ސީއީއޯ އަދީލްގެ އާއިލީ މީހުންނަށް ނާޖާއިޒު ގޮތުގައި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދޭ ކަމުގެ ސީރިއަސް ތުހުމަތުތަކެއް، މިފަހަރު ކޮއްކޮ އަށް އިސް މަގާމެއް!
18 އޮކްޓޯބަރު 2026

ރައީސް މުއިއްޒު ސިންގަޕޫރަށް ވަޑައިގެންނެވީ ރަސްމާލެ މަޝްރޫއުގެ "ޑީލް" ތަކުން ލިބޭ "ކަޓު" ނަގަން: ޔައުޤޫބް

18 އޮކްޓޯބަރު 2026
ރައީސް މުއިއްޒު ސިންގަޕޫރަށް ވަޑައިގެންނެވީ ރަސްމާލެ މަޝްރޫއުގެ "ޑީލް" ތަކުން ލިބޭ "ކަޓު" ނަގަން: ޔައުޤޫބް
17 އޮކްޓޯބަރު 2026

ބޭރުގެ މިޝަންތައް ހިންގުމަށް މަހެއްގެ މައްޗަށް 1.5 މިލިއަން ޑޮލަރު!

17 އޮކްޓޯބަރު 2026
ބޭރުގެ މިޝަންތައް ހިންގުމަށް މަހެއްގެ މައްޗަށް 1.5 މިލިއަން ޑޮލަރު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް