Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އެމެރިކާ ހަނގުރާމަ

އީރާނާ ދެކޮޅަށް ކުރާ ހަނގުރާމަ "މި ވަގުތަށް" އަލުން ފަށަން ޓްރަމްޕް ބޭނުންފުޅު ނުވޭ، ނަމަވެސް މަޝްވަރާތަކުން ވެންސް އެކަހެރިކުރައްވައިފި

14 ނޮވެމްބަރު 2026 | ހޮނިހިރު 04:13

އީރާނާއެކު އެއްވެސް އެއްބަސްވުމަކަށް އައުމުގެ ބޭނުމެއް ނެތް ކަމަށް ވިދާޅުވެ، އެ ޤައުމާއެކު ކުރިއަށްދިޔަ ޚާރިޖީ މަޝްވަރާތައް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުއްޓަވާލައްވައިފި. އަސްކަރީ ހަމަލާތަކުގެ ބަދަލުގައި އިގުތިސާދީ ދަތިކުރުމާއި ކަނޑުގެ ހިސާރު ވަރުގަދަކުރުމުގެ ސިޔާސަތެއް ގެންގުޅުއްވާއިރު، އީރާނުން އެމެރިކާގެ މަސްލަހަތަށް ނުރައްކާކޮށްފިނަމަ ވަގުތުން ރައްދު ދޭނެ ކަމުގެ އިންޒާރު ވެސް ޓްރަމްޕް ވަނީ ދެއްވާފައި

ނިއުސް ޓީމް
ނިއުސް ޓީމް | 14 ނޮވެމްބަރު 2026 | ހޮނިހިރު 04:13
ވައިޓް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް ވާހަކަފުޅު ދައްކަވަމުން ގެންދަވާތީ ރައީސް ޑޮނަލްޑް ޓްރަމްޕް އަޑުއައްސަވަނީ

ވައިޓް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް ވާހަކަފުޅު ދައްކަވަމުން ގެންދަވާތީ ރައީސް ޑޮނަލްޑް ޓްރަމްޕް އަޑުއައްސަވަނީ | ރޮއިޓަރސް

އީރާނާ ދެކޮޅަށް ކުރަމުންދާ ޣައިރުޤާނޫނީ ހަނގުރާމަ "މި ވަގުތަށް" އަލުން ފަށަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބޭނުންފުޅު ނުވާ ކަމަށާއި، އޭގެ ބަދަލުގައި ތެހެރާނަށް އިގުތިސާދީ އަދި އަސްކަރީ ގޮތުން ފިއްތުންތައް ކުރިމަތިކުރުވުން އެމެރިކާ ސަރުކާރުން ދަމަހައްޓަމުންދާ ކަމަށް މީޑިއާ ރިޕޯޓެއްގައި ބުނެފި އެވެ.

އެމެރިކާގެ އޮފިޝަލަކާ ހަވާލާދީ 'ދި ވޮޝިންގޓަން ޕޯސްޓް' ނޫހުން ނޮވެންބަރު 13 ވީ ހުކުރު ދުވަހު ރިޕޯޓުކުރީ، ވޮޝިންގޓަނުން މިހާރު ގެންގުޅެނީ "ހަނގުރާމައެއް ވެސް ނެތް، މަޝްވަރާއެއް ވެސް ނެތް" ސިޔާސަތެއް ކަމަށެވެ. މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން، އީރާނަށް ޕްރެޝަރު ކުރުމަށް އެމެރިކާއިން ބަރޯސާ ވަނީ އަސްކަރީ އައު ހަމަލާތަކެއް ދިނުމުގެ ބަދަލުގައި، ހަރުކަށި އިގުތިސާދީ ދަތިކުރުމުގެ ފިޔަވަޅުތަކަށާއި އީރާނުގެ ބަނދަރުތައް ބަންދުކޮށްގެން ހިންގާ ކަނޑުގެ އަސްކަރީ ހިސާރަށެވެ.

Advertisement - worldAdvertisement

މަޝްވަރާތައް ހުއްޓާލައި ވެންސްގެ ދައުރު ބަދަލުކުރުން

މި ސިޔާސަތަށް ގެނައި ބަދަލާއެކު، އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް އިސްވެ ހުންނަވައިގެން އީރާނާއެކު ކުރިއަށް ގެންދަވަން މަސައްކަތް ކުރެއްވި ޚާރިޖީ މަޝްވަރާތައް ޓްރަމްޕް ވަނީ ނޮވެންބަރު 12 ވީ ބުރާސްފަތި ދުވަހު ރަސްމީކޮށް ހުއްޓަވާލައްވާފަ އެވެ. އަމިއްލަފުޅު ސޯޝަލް މީޑިއާ މަންސަ 'ޓްރުތު ސޯޝަލް' ގައި ޓްރަމްޕް ލިޔުއްވީ، އީރާނާއެކު އެއްވެސް އެއްބަސްވުމަކަށް އައުމުގެ ބޭނުމެއް އެމެރިކާއަށް މިހާރު ނެތް ކަމަށެވެ.

"އީރާނާއެކު އެއްބަސްވުމެއް ހަދާކަށް އަޅުގަނޑުމެން ބޭނުމެއް ނޫން. އެ ދުވަސްތައް މާ ކުރިން ފާއިތުވެ ހިނގައްޖެ. އެ މީހުންގެ [އީރާނުގެ] އެތައް ސަތޭކަ ބިލިޔަން ޑޮލަރުގެ ފައިސާއާއި، އެ މީހުންގެ ކަނޑުއޮޅި ވެސް އޮތީ އަޅުގަނޑުމެންގެ އަތްދަށުގައި،" ޓްރަމްޕް ވިދާޅުވި އެވެ. މިއާއެކު، އީރާނުގެ މަޝްވަރާތަކުން ވެންސް ދުރުކުރައްވައި، އެމެރިކާގެ އެތެރޭގެ ކޮރަޕްޝަނާއި މަކަރާއި ހީލަތުގެ މައްސަލަތައް ހުއްޓުވުމުގެ މަސައްކަތަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް ޓްރަމްޕް ވަނީ އޭނާއަށް އަންގަވާފަ އެވެ.

ކަނޑުގެ ހިސާރާއި އަސްކަރީ ތައްޔާރީތައް

އަސްކަރީ ގޮތުން ވަރުގަދަ އައު ހަމަލާތަކެއް ފެށުން މި ވަގުތަށް މަޑުޖައްސާލި ނަމަވެސް، އީރާނުގެ ތެލުގެ އެކްސްޕޯޓް އެއްކޮށް ހުއްޓުވުމަށް ހުރްމުޒް ކަނޑުއޮޅީގައި އެމެރިކާގެ ކަނޑުގެ ސިފައިން ގާއިމުކޮށްފައިވާ ހިސާރު ދަނީ ވަރުގަދައަށް ތަންފީޒު ކުރަމުންނެވެ. އީރާނުގެ އިގުތިސާދާއި އަސްކަރީ ގާބިލުކަން މިހާރު އޮތީ މުޅިންހެން އިނދަޖެހިފައި ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

ހަމަމިއާއެކު، އަސްކަރީ އައު ފިޔަވަޅެއް އެޅުމަކީ މި ވަގުތު ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ނުފެނުނު ނަމަވެސް، އެމެރިކާގެ ބައިވެރިންނަށް ނުވަތަ އުޅަނދުފަހަރަށް ނުރައްކަލެއް ކުރިމަތިވެއްޖެ ހާލަތެއްގައި ވަގުތުން ހަމަލާ ދިނުމަށް އެމެރިކާގެ އަސްކަރިއްޔާ އޮތީ ފުރިހަމައަށް ތައްޔާރަށް ކަމަށްވެސް ޓްރަމްޕް އިންޒާރު ދެއްވި އެވެ.

ސިޔާސީ ޕްރެޝަރާއި ސަރަހައްދީ ނުތަނަވަސްކަން

އަށް މަސް ދުވަހަށް ދިގުދެމިގެން ގޮސްފައިވާ މި ހަނގުރާމަ އިތުރަށް ފުޅާނުކޮށް މަޑުޖައްސާލުމަށް ވޮޝިންގޓަނުން ނިންމާފައި މި ވަނީ، ނޮވެންބަރު މަހުގެ ކުރީކޮޅު އެމެރިކާގައި ބޭއްވި މިޑްޓަރމް އިންތިޚާބުގައި ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީއަށް ކޮންގްރެސްގެ ދެ ގޭގެ އަޣުލަބިއްޔަތު ގެއްލިފައިވާ ދަނޑިވަޅެއްގަ އެވެ. އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައަށް އެމެރިކާގެ އާންމު ރައްޔިތުންގެ މެދުގައި އޮތް ނުރުހުމަކީ އެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީ ނާކާމިޔާބުވި މައިގަނޑު އެއް ސަބަބު ކަމަށް މަސްރަހު ދިރާސާކުރައްވާ ފަރާތްތަކުން ބުނެ އެވެ.

މި ގޮތުން، އީރާނަށް އަލުން ވަރުގަދަ އަސްކަރީ ހަމަލާތަކެއް ދިނުމަށް ޔަހޫދީ އިސްރާއީލުން ބާރުއަޅަމުންދާއިރު، އިސްރާއީލުގެ ޖާސޫސީ އިދާރާ މޮސާޑްގެ ވެރިޔާ ރޯމަން ގޮފްމަން ވަނީ އެމެރިިކާގެ ޖާސޫސީ އިދާރާގެ (ސީއައިއޭ) ޑިރެކްޓަރު ޖޯން ރެޓްކްލިފް ހިމެނޭހެން އެމެރިކާގެ އިސް އޮފިޝަލުންނާ ބައްދަލުކުރުމަށް ނޮވެންބަރު 13 ވަނަ ދުވަހު ވޮޝިންގޓަނަށް ގޮސްފަ އެވެ. ނަމަވެސް، އެމެރިކާއިން ނުވަތަ ޔަހޫދީ އިސްރާއީލުން އަލުން އެއްވެސް ހަމަލާއެއް ދީފިނަމަ ވަގުތުން އަދި ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު އދ. ގައި ހުންނަވާ އީރާނުގެ މަންދޫބު ވަނީ ދެއްވާފަ އެވެ.

މަސްދަރު: އަނަދޮލު އޭޖެންސީ

ޑޮނަލްޑް ޓްރަމްޕްޖޭޑީ ވޭންސްހުރްމުޒް ކަނޑުއޮޅިއިސްރާއީލްސީއައިއޭއީރާން-އެމެރިކާ

އެންމެ ހިނގާ

1

ޓީއެމްއޭގެ ސީޕްލޭނެއް ފުރަން އުޅުމުގެ ތެރޭގައި ނުރައްކާތެރި ހާދިސާއެއް ހިނގައި ކެބިން ކުރޫއަކަށް ވަރަށް ބޮޑަށް އަނިޔާވެއްޖެ

2

ޕީއެންސީ މެންބަރު ހުސެންބެގެ މެސެޖު: ޒަޔަނިސްޓު އަނިޔާވެރިންގެ އެޖެންޓުންނަށް ރާއްޖޭގެ ވެލިފުކެއްގައިވެސް އަތްލުމުގެ ފުރުސަތު ދީގެންނުވާނެ، ގައުމުގެ ހައްގުގައި ހަމަހިމޭންކަން ހިޔާރުކުރުމަކީ ދުވަހެއްގެ ކޮޅުންވެސް ވާނެ ކަމެއް ނޫން

3

ޖީ.އެސް.ޓީގެ ގޮތުގައި މިލިއަނަށްވުރެ ގިނަ ފައިސާ ދައްކަންޖެހޭ 25 ފަރާތެއްގެ ނަން މީރާއިން ހާމަކޮށްފި

4

އީރާނުގެ އިންޒާރުތަކާ ގުޅިގެން އެމެރިކާގެ މާލީ ވަޒީރު އަސްކަރީ މަރުކަޒަކަށް ބަދަލުކޮށްފި

5

އީރާނަށް ހަމަލާދިނުމަށް ތައްޔާރީ ހާލަތު މަތިކުރުމަށް އިސްރާއީލުގެ އަސްކަރިއްޔާއަށް އަންގައިފި

އިތުރަށް ކިޔާލަން

13 ނޮވެމްބަރު 2026

ވެރިކަން ނިމުމުގެ ކުރިން ކިއުބާގެ ސަރުކާރު ވައްޓާލަން ޓްރަމްޕް ވިސްނަވަނީ

13 ނޮވެމްބަރު 2026
ވެރިކަން ނިމުމުގެ ކުރިން ކިއުބާގެ ސަރުކާރު ވައްޓާލަން ޓްރަމްޕް ވިސްނަވަނީ
13 ނޮވެމްބަރު 2026

ބަޙްރައިނުގައި ހުރި އެމެރިކާގެ ރާޑަރުތަކާއި އަސްކަރީ މަރުކަޒަކަށް އީރާނުގެ ވަރުގަދަ ހަމަލާތަކެއް

13 ނޮވެމްބަރު 2026
ބަޙްރައިނުގައި ހުރި އެމެރިކާގެ ރާޑަރުތަކާއި އަސްކަރީ މަރުކަޒަކަށް އީރާނުގެ ވަރުގަދަ ހަމަލާތަކެއް
13 ނޮވެމްބަރު 2026

ސުލްހައިގެ މަޝްވަރާތަކުގައި ވިލާތުގެ ޤައުމުތައް ބައިވެރިކުރަން ރަޝިއާއާއި ޔޫކްރެއިނުން އެއްބަސްވެއްޖެ

13 ނޮވެމްބަރު 2026
ސުލްހައިގެ މަޝްވަރާތަކުގައި ވިލާތުގެ ޤައުމުތައް ބައިވެރިކުރަން ރަޝިއާއާއި ޔޫކްރެއިނުން އެއްބަސްވެއްޖެ
13 ނޮވެމްބަރު 2026

100 އަށްވުރެ ގިނަ އުޅަނދާއި މިސައިލް ޓެސްޓަކާއެކު ޗައިނާއިން ޓައިވާން ވަށައިގެން ބޮޑު ތަމްރީނެއް ހިންގައިފި

13 ނޮވެމްބަރު 2026
100 އަށްވުރެ ގިނަ އުޅަނދާއި މިސައިލް ޓެސްޓަކާއެކު ޗައިނާއިން ޓައިވާން ވަށައިގެން ބޮޑު ތަމްރީނެއް ހިންގައިފި
13 ނޮވެމްބަރު 2026

"ދަރިފުޅު އޮތީ ގަނޑުވެފައި": އެހީގެ ސާމާނަށް ހުރަސްއެޅުމުން ޣައްޒާގައި ތުއްތު ކުއްޖަކު ފިނިވެގެން މަރުވެއްޖެ

13 ނޮވެމްބަރު 2026
"ދަރިފުޅު އޮތީ ގަނޑުވެފައި": އެހީގެ ސާމާނަށް ހުރަސްއެޅުމުން ޣައްޒާގައި ތުއްތު ކުއްޖަކު ފިނިވެގެން މަރުވެއްޖެ
12 ނޮވެމްބަރު 2026

ޔޫކްރެއިންގެ ސުލްހައިގެ މަޝްވަރާތަކަށް އެމެރިކާގެ މަންދޫބުން މޮސްކޯއަށް، ޕުޓިންއާ ބައްދަލުކުރައްވާނެ!

12 ނޮވެމްބަރު 2026
ޔޫކްރެއިންގެ ސުލްހައިގެ މަޝްވަރާތަކަށް އެމެރިކާގެ މަންދޫބުން މޮސްކޯއަށް، ޕުޓިންއާ ބައްދަލުކުރައްވާނެ!
12 ނޮވެމްބަރު 2026

"އިސްރާއީލުގެ އިސްތިޢުމާރު އޮއްވައި ހަތިޔާރެއް ނުބަހައްޓާނަން": އެމެރިކާގެ އިންތިޚާބީ ނަތީޖާއަކީ "ބިންހެލުމެއް" ކަމަށް ނަޢީމް ޤާސިމް ސިފަކުރައްވައިފި

12 ނޮވެމްބަރު 2026
"އިސްރާއީލުގެ އިސްތިޢުމާރު އޮއްވައި ހަތިޔާރެއް ނުބަހައްޓާނަން": އެމެރިކާގެ އިންތިޚާބީ ނަތީޖާއަކީ "ބިންހެލުމެއް" ކަމަށް ނަޢީމް ޤާސިމް ސިފަކުރައްވައިފި
12 ނޮވެމްބަރު 2026

ބަދަލުހިފުމުގެ ފިޔަވަޅެއްގެ ގޮތުން އާޖެންޓީނާގެ ކަނޑާއި ވައިގެ ސިފައިންނަކީ ނިރުބަވެރި ޖަމާޢަތްތަކެއް ކަމަށް އީރާނުން ކަނޑައަޅައިފި

12 ނޮވެމްބަރު 2026
ބަދަލުހިފުމުގެ ފިޔަވަޅެއްގެ ގޮތުން އާޖެންޓީނާގެ ކަނޑާއި ވައިގެ ސިފައިންނަކީ ނިރުބަވެރި ޖަމާޢަތްތަކެއް ކަމަށް އީރާނުން ކަނޑައަޅައިފި
12 ނޮވެމްބަރު 2026

އީރާނަށް ހަމަލާދިނުމަށް ތައްޔާރީ ހާލަތު މަތިކުރުމަށް އިސްރާއީލުގެ އަސްކަރިއްޔާއަށް އަންގައިފި

12 ނޮވެމްބަރު 2026
އީރާނަށް ހަމަލާދިނުމަށް ތައްޔާރީ ހާލަތު މަތިކުރުމަށް އިސްރާއީލުގެ އަސްކަރިއްޔާއަށް އަންގައިފި
12 ނޮވެމްބަރު 2026

ކޮންގްރެސްގެ ތަހުގީގުތަކަކީ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފުން ކަމަށް ވިދާޅުވެ، ޓްރަމްޕްގެ ސަރުކާރުން ޑިމޮކްރެޓުންނަށް އިންޒާރު ދީފި

12 ނޮވެމްބަރު 2026
ކޮންގްރެސްގެ ތަހުގީގުތަކަކީ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފުން ކަމަށް ވިދާޅުވެ، ޓްރަމްޕްގެ ސަރުކާރުން ޑިމޮކްރެޓުންނަށް އިންޒާރު ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް