Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުއިގްތިސާދު

ސެޕްޓެމްބަރު މަހު މަސްވެރިކަމާއި ފަތުރުވެރިކަމުގެ ދާއިރާގެ އިގްތިސާދީ ކުރިއެރުން ދަށަށް!

16 ނޮވެމްބަރު 2026 | ހޯމަ 12:41

2026 ސެޕްޓެމްބަރު މަހު ރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށް އެންމެ ބޮޑު ހިއްސާއެއް ވެދީފައިވަނީ ރިއަލް އެސްޓޭޓާއި، ވިޔަފާރި އަދި އިމާރާތްކުރުމުގެ ދާއިރާއިން. މާލީ ޚިދުމަތްތަކުގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ލިބުނު ނަމަވެސް، ފަތުރުވެރިކަމާއި މަސްވެރިކަމުގެ ދާއިރާއިން ވަނީ ދަށްވުމެއް ރެކޯޑުކޮށްފައި

ރާއްޖެ އެމްވީ | 16 ނޮވެމްބަރު 2026 | ހޯމަ 12:41
މަސްވެރިކަމުގައި ހަރަކާތްތެރިވާ ދޯންޏެއް ކަނޑުމަތީގައި - މަސްވެރިކަމުގެ ހިއްސާ އިގްތިސާދުގައި ދަނީ ދަށްވަމުން

މަސްވެރިކަމުގައި ހަރަކާތްތެރިވާ ދޯންޏެއް ކަނޑުމަތީގައި - މަސްވެރިކަމުގެ ހިއްސާ އިގްތިސާދުގައި ދަނީ ދަށްވަމުން | އެލަމީ

2026 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު، ރާއްޖޭގެ އިގްތިސާދީ ކުރިއެރުން ވަޒަންކުރާ މަންތްލީ އިންޑިކޭޓާސް އޮފް އިކޮނޮމިކް ގްރޯތް (އެމް.އައި.އީ.ޖީ) ހުރީ 8,512 މިލިއަން ރުފިޔާގައި ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ބުނެފި އެވެ. މިއީ އޭގެ ކުރީ އަހަރުގެ ސެޕްޓެމްބަރު މަހާ (ސެޕްޓެމްބަރު 2025) އަޅާބަލާއިރު 4.0 އިންސައްތައިގެ ކުރިއެރުމެކެވެ. ނަމަވެސް، 2026 އޯގަސްޓް މަހާ އަޅާބަލާއިރު، މިއީ 11.6 އިންސައްތައިގެ ދަށްވުމެކެވެ.

އިގްތިސާދީ ކުރިއެރުމަށް އެންމެ ބޮޑު ހިއްސާއެއް ވެދީފައިވަނީ ރިއަލް އެސްޓޭޓް ދާއިރާއިންނެވެ. އެ ދާއިރާއިން 0.9 އިންސައްތައިގެ ކުރިއެރުމެއް ހޯދާފައިވާއިރު، ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިއާއި އިމާރާތްކުރުމުގެ ދާއިރާއިން ކުރެ ކޮންމެ ދާއިރާއަކުން 0.8 އިންސައްތައިގެ ހިއްސާއެއް ވެދީފައިވެ އެވެ. މިދިޔަ މަހުގެ އިގްތިސާދީ ކުރިއެރުމުގެ މައިގަނޑު ސަބަބަކީ މި ދާއިރާތަކެވެ. މިއާ ހިލާފަށް، މަސްވެރިކަމުގެ ދާއިރާއިން ވަނީ 1.5 އިންސައްތައިގެ ދަށްވުމެއް ރެކޯޑުކޮށްފަ އެވެ. އަދި ފަތުރުވެރިކަމާއި ކާބޯތަކެތީގެ ހިދުމަތްދޭ ދާއިރާއިން 0.1 އިންސައްތައިގެ ދަށްވުމެއް ވަނީ ފާހަގަކުރެވިފަ އެވެ.

2026 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް އެމް.އައި.އީ.ޖީ ހުރި ގޮތަށް ބަލާއިރު، ސެޕްޓެމްބަރު މަހުގެ އުފެއްދުންތެރިކަން ހުރީ 8,512 މިލިއަން ރުފިޔާގަ އެވެ. މިއީ 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާބަލާއިރު 330 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. ނަމަވެސް، 2026 އޯގަސްޓް މަހާ އަޅާބަލާއިރު، ސެޕްޓެމްބަރު މަހު އެމް.އައި.އީ.ޖީ ވަނީ 1,120 މިލިއަން ރުފިޔާ ދަށްވެފަ އެވެ.

2026 ސެޕްޓެމްބަރު މަހު އިގްތިސާދުގެ އެކި ދާއިރާތަކުން ހިއްސާކުރި މިންވަރަށް ބަލާއިރު، އެންމެ ބޮޑު ހިއްސާއެއް އޮތީ 18.5 އިންސައްތައާއެކު ފަތުރުވެރިކަމާއި ކާބޯތަކެތީގެ ހިދުމަތްދޭ ދާއިރާއަށެވެ. ދެން އެންމެ ބޮޑު ހިއްސާއެއް އޮތީ ދަތުރުފަތުރާއި މުއާސަލާތީ ހިދުމަތްތަކުގެ ދާއިރާއިން (12.0 އިންސައްތަ) އަދި ރިއަލް އެސްޓޭޓް ދާއިރާއިން (9.7 އިންސައްތަ) އެވެ. އެންމެ ކުޑަ ހިއްސާއެއް އޮތީ ދަނޑުވެރިކަމާއި ސައިންޓިފިކް އަދި ޓެކްނިކަލް މަސައްކަތްތަކުގެ ދާއިރާއިންނެވެ. އެއީ ކޮންމެ ދާއިރާއަކުން 1.0 އިންސައްތަ އެވެ.

ފަތުރުވެރިކަމާއި ކާބޯތަކެތީގެ ހިދުމަތްދޭ ދާއިރާއިން 2026 ސެޕްޓެމްބަރު މަހު ލިބުނު އާމްދަނީ އަކީ 1.5 ބިލިއަން ރުފިޔާ އެވެ. މިއީ 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާބަލާއިރު 0.4 އިންސައްތައިގެ ދަށްވުމެކެވެ. އަދި 2026 އޯގަސްޓް މަހާ އަޅާބަލާއިރު މިއީ 29.5 އިންސައްތައިގެ ބޮޑު ދަށްވުމެކެވެ. އަހަރުން އަހަރަށް ބަލާއިރު މި ދާއިރާ ދަށަށް ދިޔަ މައިގަނޑު ސަބަބަކީ ފަތުރުވެރިން ރާއްޖޭގައި ހޭދަކުރި ރޭގެ އަދަދު މަދުވުމެވެ.

ދަތުރުފަތުރާއި މުއާސަލާތީ ހިދުމަތްތަކުގެ ދާއިރާއިން 2026 ސެޕްޓެމްބަރު މަހު 1 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާބަލާއިރު 0.6 އިންސައްތައިގެ ކުރިއެރުމެކެވެ. ނަމަވެސް، 2026 އޯގަސްޓް މަހާ އަޅާބަލާއިރު މި ދާއިރާ ވަނީ 9.7 އިންސައްތަ ދަށަށް ގޮސްފަ އެވެ.

ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރީގެ ދާއިރާއިން 2026 ސެޕްޓެމްބަރު މަހު 815 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާބަލާއިރު 8.8 އިންސައްތައިގެ ކުރިއެރުމެކެވެ. އެހެންނަމަވެސް، 2026 އޯގަސްޓް މަހާ އަޅާބަލާއިރު މި ދާއިރާ ވަނީ 5.6 އިންސައްތަ ދަށަށް ގޮސްފަ އެވެ. މި ދާއިރާގެ ކުރިއެރުން ބިނާވެފައިވަނީ ރާއްޖެއަށް މުދާ އެތެރެކުރި މިންވަރަށް އައި ބަދަލުތަކުގެ މައްޗަށެވެ.

މާލީ ހިދުމަތްތަކުގެ ދާއިރާއިން 2026 ސެޕްޓެމްބަރު މަހު 752 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާބަލާއިރު 20.8 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ. އަދި 2026 އޯގަސްޓް މަހާ އަޅާބަލާއިރު ވެސް ވަނީ 0.5 އިންސައްތައިގެ ކުރިއެރުމެއް ހޯދާފަ އެވެ. މި ކުރިއެރުން އައި މައިގަނޑު ސަބަބަކީ މާލީ މުއާމަލާތްތަކާއި އިންޝުއަރެންސްގެ ހިދުމަތްތައް އިތުރުވުމާ ގުޅިގެންނެވެ.

އިމާރާތްކުރުމުގެ ދާއިރާއިން 2026 ސެޕްޓެމްބަރު މަހު 457 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާބަލާއިރު 16.6 އިންސައްތައިގެ ކުރިއެރުމެކެވެ. ނަމަވެސް، 2026 އޯގަސްޓް މަހާ އަޅާބަލާއިރު މި ދާއިރާ ވަނީ 6.3 އިންސައްތަ ދަށަށް ގޮސްފަ އެވެ.

ކަރަންޓާއި، ފެނާއި، ކުނި މެނޭޖްކުރުމުގެ ދާއިރާއިން 2026 ސެޕްޓެމްބަރު މަހު 196 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާބަލާއިރު 2.9 އިންސައްތައިގެ ކުރިއެރުމެކެވެ. އެހެންނަމަވެސް، 2026 އޯގަސްޓް މަހާ އަޅާބަލާއިރު މި ދާއިރާ ވަނީ 2.0 އިންސައްތަ ދަށަށް ގޮސްފަ އެވެ.

މަސްވެރިކަމުގެ ދާއިރާއިން 2026 ސެޕްޓެމްބަރު މަހު ލިބިފައިވަނީ 132 މިލިއަން ރުފިޔާ އެވެ. މިއީ 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާބަލާއިރު 48.0 އިންސައްތައިގެ ބޮޑު ދަށްވުމެކެވެ. ނަމަވެސް، 2026 އޯގަސްޓް މަހާ އަޅާބަލާއިރު މި ދާއިރާ ވަނީ 26.3 އިންސައްތައިގެ ކުރިއެރުމެއް ހޯދާފައެވެ.

މަންތްލީ އިންޑިކޭޓާސް އޮފް އިކޮނޮމިކް ގްރޯތް (އެމް.އައި.އީ.ޖީ) އަކީ ރާއްޖޭގެ އިގްތިސާދީ ހަރަކާތްތައް ހުރި ނެތްގޮތް ވަގުތުން ވަގުތަށް ބެލުމަށް ބޭނުންކުރާ މިންގަނޑެކެވެ. މީގެ ސަބަބުން ރާއްޖޭގެ އިގްތިސާދުގެ މިހާރުގެ ހާލަތާއި، އުފެއްދުންތެރިކަމުގެ މުހިންމު ދާއިރާތަކާ ބެހޭ މައުލޫމާތު އަވަސް ފުރުސަތެއްގައި ލިބިގެންދެ އެވެ.

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްމަންތްލީ އިންޑިކޭޓާސް އޮފް އިކޮނޮމިކް ގްރޯތްރާއްޖޭގެ އިގުތިސާދު

އެންމެ ހިނގާ

1

11 އަހަރު ކުރިން މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓު: ވާރިސުން ކަނޑައަޅައި ބައެއް ވާރިސުންގެ ބަސް ނަގައިފި، މަރުގެ ދިޔަ ބޭނުމެއް ނުވި!

2

ޒެލެންސްކީއަށް ޕުޓިންގެ ކުރިމަތީގައި ދޫދެއްވަން މަޖުބޫރުވެއްޖެ

3

އިސްލާމިކް މިނިސްޓަރުގެ މަގާމު އަދާލަތު ޕާޓީއަށް ދިނުމުގެ މަޝްވަރާތަކެއް ކުރިއަށްދާކަމުގެ އަޑުތައް ފެތުރިއްޖެ

4

މާލޭގެ އަލިކަމުން ފެށިގެން ބަނޑޮސް ރިސޯޓާ ހަމައަށް: އަހުމަދު އާދަމްގެ ބަޔޮގްރަފީ ފޮތް ނެރެފި

5

ހަނގުރާމަ ނިމުމަކަށް ގެނައުމުގެ މަޝްވަރާތަކަށް ހިޔަނި އެޅިފައިވަނިކޮށް، ބަޙްރެއިނަށް އީރާނުގެ ވަރުގަދަ ހަމަލާތަކެއް

އިތުރަށް ކިޔާލަން

14 ނޮވެމްބަރު 2026

މާލޭގައި ކާބޯތަކެތީގެ އަގުތައް އޮކްޓޫބަރު މަހު އުފުލިފައިވާ ކަމަށް ސްޓެޓިސްޓިކްސް ބިއުރޯގެ ތަފާސްހިސާބުތަކުން ދައްކައިފި

14 ނޮވެމްބަރު 2026
މާލޭގައި ކާބޯތަކެތީގެ އަގުތައް އޮކްޓޫބަރު މަހު އުފުލިފައިވާ ކަމަށް ސްޓެޓިސްޓިކްސް ބިއުރޯގެ ތަފާސްހިސާބުތަކުން ދައްކައިފި
11 އޮކްޓޯބަރު 2026

ރަށްރަށުގެ ތަރައްގީއަށް ކޮންމެ އަހަރަކު ފައިސާ ބަޖެޓް ކުރި ނަމަވެސް މި ފައިސާ ހުންނަނީ ކޮންމެ އަހަރެއް ނިމޭއިރު ކޮންމެވެސް ވިޔާނުދާ ކަމަކަށް ހަރަދުކޮށްފައި: މެންބަރު ޝަމްހީދު

11 އޮކްޓޯބަރު 2026
ރަށްރަށުގެ ތަރައްގީއަށް ކޮންމެ އަހަރަކު ފައިސާ ބަޖެޓް ކުރި ނަމަވެސް މި ފައިސާ ހުންނަނީ ކޮންމެ އަހަރެއް ނިމޭއިރު ކޮންމެވެސް ވިޔާނުދާ ކަމަކަށް ހަރަދުކޮށްފައި: މެންބަރު ޝަމްހީދު
21 ސެޕްޓެމްބަރު 2026

ރިޔާސީ ބަޔާނުގައި ރާއްޖޭގެ އިގުތިސާދު 6 އިންސައްތައަށް ކުރިއަރާނެ ކަމަށް ރައީސް ވިދާޅުވި ނަމަވެސް ފެނިގެން ދަނީ ދަށަށް ދާތަން: މެންބަރު ނާޒިލް

21 ސެޕްޓެމްބަރު 2026
ރިޔާސީ ބަޔާނުގައި ރާއްޖޭގެ އިގުތިސާދު 6 އިންސައްތައަށް ކުރިއަރާނެ ކަމަށް ރައީސް ވިދާޅުވި ނަމަވެސް ފެނިގެން ދަނީ ދަށަށް ދާތަން: މެންބަރު ނާޒިލް
31 އޯގަސްޓު 2026

މިދިޔަ އަހަރުގެ ޖުލައި އާއި އަޅާބަލާއިރު ހުސްވި ޖުލައިގައި ތަކެތީގެ އަގުތައް 2.3 އިންސައްތަ އުފުލިއްޖެ

31 އޯގަސްޓު 2026
މިދިޔަ އަހަރުގެ ޖުލައި އާއި އަޅާބަލާއިރު ހުސްވި ޖުލައިގައި ތަކެތީގެ އަގުތައް 2.3 އިންސައްތަ އުފުލިއްޖެ
13 އޯގަސްޓު 2026

ރާއްޖެ އަށް އިގްތިސާދީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވެ، ތެޔޮ ގަތުމަށް ދަތިވެ، ބޭރުގެ މާލީ އިދާރާތަކުން އެތައް މިލިއަން ޑޮލަރުގެ ކުއްލި ލޯނު ހޯދަން މަޖުބޫރުވެއްޖެ

13 އޯގަސްޓު 2026
ރާއްޖެ އަށް އިގްތިސާދީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވެ، ތެޔޮ ގަތުމަށް ދަތިވެ، ބޭރުގެ މާލީ އިދާރާތަކުން އެތައް މިލިއަން ޑޮލަރުގެ ކުއްލި ލޯނު ހޯދަން މަޖުބޫރުވެއްޖެ
09 އޯގަސްޓު 2026

2025 ވަނަ އަހަރާއި އަޅާބަލާއިރު މިއަހަރު ޒަރޫރީ މުދަލުގެ އަގުތައް 6 އިންސައްތަ މައްޗަށް!

09 އޯގަސްޓު 2026
2025 ވަނަ އަހަރާއި އަޅާބަލާއިރު މިއަހަރު ޒަރޫރީ މުދަލުގެ އަގުތައް 6 އިންސައްތަ މައްޗަށް!
06 އޯގަސްޓު 2026

ސިއްހަތައް ފައިދާ ހުރި ކާނާ ހޯދަން ދުނިޔޭގެ ނިސްބަތުން ދިވެހިން ކުރަންޖެހޭ ޚަރަދު ބޮޑު: އެފްއޭއޯ

06 އޯގަސްޓު 2026
ސިއްހަތައް ފައިދާ ހުރި ކާނާ ހޯދަން ދުނިޔޭގެ ނިސްބަތުން ދިވެހިން ކުރަންޖެހޭ ޚަރަދު ބޮޑު: އެފްއޭއޯ
03 އޯގަސްޓު 2026

ޗީފް ސްޓެޓިސްޓީޝަންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލައިފި

03 އޯގަސްޓު 2026
ޗީފް ސްޓެޓިސްޓީޝަންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލައިފި
03 އޯގަސްޓު 2026

ކާބޯތަކެތީގެ އަގުތައް އަނެއްކާވެސް އުފުލިއްޖެ، ފިޔާގެ އަގު 92 އިންސައްތަ މައްޗަށް

03 އޯގަސްޓު 2026
ކާބޯތަކެތީގެ އަގުތައް އަނެއްކާވެސް އުފުލިއްޖެ، ފިޔާގެ އަގު 92 އިންސައްތަ މައްޗަށް
25 ޖުލައި 2026

އެމްއެމްއޭގެ ޖުމްލަ އެސެޓް 29.6 ބިލިއަން ރުފިޔާއަށް ދަށްވެއްޖެ

25 ޖުލައި 2026
އެމްއެމްއޭގެ ޖުމްލަ އެސެޓް 29.6 ބިލިއަން ރުފިޔާއަށް ދަށްވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް