Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއާސާރީ ތަންތަން

ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަކުރަމުންދާއިރު، ރާއްޖޭގައި ހުރި އިސްލާމީ އާސާރުތަށް އަޅާނުލެވި ދޫކޮށްލެވިފައި!

15 ސެޕްޓެމްބަރު 2026 | އަންގާރަ 13:03

ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން ފާހަގަކުރުމަށް ހެރިޓޭޖް މިނިސްޓްރީން ގާތްގަނޑަކަށް 15 ހަރަކާތް ރާވާފައިވާއިރު، މާލޭ ހުކުރު މިސްކިތް ފަދަ ތާރީޚީ އާސާރުތައް ބެލެހެއްޓުމުގައި ބޮޑެތި އިހުމާލުތަކެއްވާތީ އާންމުންނާއި ތަޖުރިބާކާރުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން. އައު ބިނާތަކާއި ފެސްޓިވަލްތައް ބޭއްވުމުގެ ބަދަލުގައި، ހުރި އާސާރުތައް ރައްކާތެރިކޮށް ދެމެހެއްޓުމަކީ މިފަދަ މުނާސަބަތެއްގެ ހަގީގީ މަގުސަދު ހާސިލުވާނެ ކަމެއްކަން ގިނަ ބަޔަކު ފާހަގަކުރޭ

އަމްނާ އިމާދު
އަމްނާ އިމާދު | 15 ސެޕްޓެމްބަރު 2026 | އަންގާރަ 13:03
މާލޭ ހުކުރު މިސްކިތުގެ މުންނާރު، ފެހި ނުކަހާ ހުރުމުގެ ސަބަބުން ވަނީ ވަރަށް ބޮޑަށް ހަޑިވެފައި

މާލޭ ހުކުރު މިސްކިތުގެ މުންނާރު، ފެހި ނުކަހާ ހުރުމުގެ ސަބަބުން ވަނީ ވަރަށް ބޮޑަށް ހަޑިވެފައި | ރާއްޖެއެމްވީ

ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބަތަކީ ދިވެހި އުންމަތުގެ ހަޔާތުގައި ވަރަށް މުހިންމު އަދި ފަޚުރުވެރި މަރުޙަލާއެކެވެ. މި މުނާސަބާ ފާހަގަކުރުމަށްޓަކައި ސަރުކާރުންނާއި ކަމާބެހޭ މުއައްސަސާތަކުން ގިނަގުނަ ކުލަގަދަ ހަރަކާތްތަކެއް ރާވައި ހިންގަމުން ގެންދެ އެވެ. ނަމަވެސް، މިފަދަ ބޮޑު މުނާސަބަތެއް ފާހަގަކުރަމުންދާއިރު، ރާއްޖޭގެ ދިގު މާޒީއާއި އިސްލާމީ ސަގާފަތް ދައްކުވައިދޭ އަގުހުރި އާސާރުތައް ބެލެހެއްޓުމުގައި ފެންނަމުންދާ އިހުމާލުތަކަކީ ގިނަ ބައެއްގެ ކަންބޮޑުވުމެކެވެ.

ކަންމިހެން އޮތް ނަމަވެސް ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމާ ގުޅިގެން މުޅި އަހަރަށް ބަހާލައިގެން ތަފާތު 15 ހަރަކާތެއް ކުރިއަށް ގެންދިއުމަށް ހެރިޓޭޖް މިނިސްޓްރީން ވަނީ ނިންމާފަ އެވެ. މީގެ ތެރޭގައި މާލެ ސަރަހައްދުގައި 900 އަހަރު ރަމްޒުކޮށްދޭ މޮނިއުމަންޓެއް ބިނާކުރުމާއި، ބައިނަލްއަގުވާމީ އިސްލާމީ ޓްރޭޑް ފެއަރއެއް ބޭއްވުން ހިމެނެ އެވެ. އަދި ގައުމީ ގުރުއާން ފެސްޓިވަލާއި، އިލްމީ މުބާރާތްތަކާއި، ކުޅިވަރު ހަރަކާތްތަކާއި، ކެލިގްރަފީ ފެސްޓިވަލްގެ އިތުރުން ޒުވާނުންނަށް އަމާޒުކޮށްގެން އިސްލާމީ ތަރިކަ ކޭމްޕުތައް ހިންގުމަށް ވެސް ވަނީ ރޭވިފަ އެވެ. މި ހުރިހާ ހަރަކާތްތަކަކީ ވެސް އިސްލާމީ ހޭލުންތެރިކަން އިތުރުކުރުމަށް އެކަށައެޅިފައިވާ މުހިންމު ކަންކަމެވެ.

Advertisement - newsAdvertisement
ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަކުރަމުންދާއިރު، މާލޭ ހުކުރު މިސްކިތް ސާފުކޮށް އާބާތުރަ ފިލުވާފައިނުވޭ

ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަކުރަމުންދާއިރު، މާލޭ ހުކުރު މިސްކިތް ސާފުކޮށް އާބާތުރަ ފިލުވާފައިނުވޭ | ރާއްޖެއެމްވީ

ހަރަކާތްތައް ކިތަންމެ ކުލަގަދަކޮށް ރޭވި ނަމަވެސް، ރާއްޖޭގެ ތާރީޚީ މިސްކިތްތަކާއި އިސްލާމީ ބިނާތަކުގެ ހާލަތު ފެންނަނީ ނުހަނު ދެރަކޮށެވެ. ޚާއްސަކޮށް، ރާއްޖޭގެ އެންމެ މުހިންމު އެއް އާސާރީ ބިނާ ކަމުގައިވާ މާލޭ ހުކުރު މިސްކިތާއި އޭގެ މުންނާރުގެ ހާލަތު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ. މިސްކިތުގެ ފުރާޅާއި، ގޯތިތެރެ އަދި މުންނާރުގައި ފެހި ޖަހައި، ގޯތިތެރޭގައި ކުނިބުނި ގިނަވެފައިވާ މަންޒަރު ފެނުމަކީ ބަލައިގަންނަން އުނދަގޫ ކަމެކެވެ. މީގެ އިތުރުން، މޫސުމީ ވިއްސާރައިގެ ސަބަބުން ލިބޭ ގެއްލުންތައް މަރާމާތު ކުރުމުގައި ވެސް އެކަށީގެންވާ އަވަސް ފިޔަވަޅުތަކެއް އަޅާފައިނުވެ އެވެ. 

އާސާރީ ތަންތަން ބެލެހެއްޓުމުގައި ދިމާވެފައިވާ މި އިހުމާލާ ގުޅިގެން ކުރީގެ އިސް ވެރިންނާއި އާންމު ރައްޔިތުން ވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މާލޭ ހުކުރު މިސްކިތް. މިހާރު ކުރަމުންދާ ވިއްސާރައިގައި ބައެއް ގެއްލުން ވަނީ ލިބިފައި

މާލޭ ހުކުރު މިސްކިތް. މިހާރު ކުރަމުންދާ ވިއްސާރައިގައި ބައެއް ގެއްލުން ވަނީ ލިބިފައި | ރާއްޖެއެމްވީ

އެގޮތުން ކުރީގެ ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ތޯރިގް ވެސް ވަނީ 900 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަކުރަމުންދާއިރު ހަގީގީ އާސާރުތައް އަޅާނުލެވި ދޫކޮށްލެވިފައި އޮތުމަކީ ބޮޑު އިހުމާލެއް ކަމަށް ވިދާޅުވެފަ އެވެ. މިފަދަ ތާރީޚީ އަގުހުރި ތަންތަން ސާފުކޮށް ރައްކާތެރިކުރުމަކީ ހަމައެކަނި މުނާސަބަތުތަކާ ގުޅުވައިގެން ކުރަންޖެހޭ ކަމެއް ނޫން ކަމާއި، އެއީ ދެމެހެއްޓެނިވި ގޮތެއްގައި ކުރަންޖެހޭ ގައުމީ ޒިންމާއެއްކަން ފާހަގަކޮށްފައިވެ އެވެ. 

ނަމަވެސް މިމައްސަލައާ ގުޅިގެން ހެރިޓޭޖް މިނިސްޓްރީގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ވަނީ ކާމިޔާބުވާ ގޮތް ނުވެފަ އެވެ. 

ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަކުރުމުގެ ހަގީގީ ބޭނުން ހާސިލުވާނީ، އަޅުގަނޑުމެންގެ ކާބަފައިން ދޫކޮށްފައިވާ އިސްލާމީ އާސާރުތައް އެންމެ ފުރިހަމަ ގޮތުގައި ރައްކާތެރިކޮށް ދަމަހައްޓައިގެންނެވެ. ހަމައެކަނި އައު ބިނާތަކާއި ފެސްޓިވަލްތައް ބޭއްވުމުގެ ބަދަލުގައި، އަގުހުރި އާސާރީ މިސްކިތްތަކާއި ބިނާތައް ހަލާކުވިޔަނުދީ ރައްކާތެރިކޮށް، ކުރިއަށް އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ ކަމާބެހޭ އެންމެހައި ފަރާތްތަކުން އެންމެ އިސްކަންދޭންޖެހޭ މުހިންމު ވާޖިބެވެ.

މާލޭ ހުކުރު މިސްކިތްހެރިޓޭޖް މިނިސްޓްރީމުޙައްމަދު ތޯރިޤް

އެންމެ ހިނގާ

1

އެމެރިކާއިން އީރާނަށް ހަމަލާދޭން ފެށި ދުވަހުގެ ހާމަނުކުރާ ވާހަކަތައް: އެމެރިކާގެ ހަމަލާތަކަށް ފަހު މަދު ގަޑިއިރުތަކެއްގެ ތެރޭގައި އީރާނުން އެފް-35 މަރުކާގެ ބޯޓެއްގެ މިޝަން ހުއްޓުވައި އެމެރިކާ ސިއްސުވާލި

2

އާދަޔާޚިލާފު ބާރުގަދަ "އެލް ނީނޯ" ގެ ނުރައްކާ ބޮޑުވަނީ، ވަގުތު ނަގާލެވޭކަށް ނެތް: އދ

3

އީރާނުން ބަޑިޖަހައި ވައްޓާލި އެމެރިކާގެ އަސްކަރީ ބޯޓުގައި އިން އެއާމަން ސަލާމަތްކުރުމަށް ހިންގި ނުރައްކާތެރި އޮޕަރޭޝަނުގެ ވާހަކަ

4

ސިނަމާލެ ބްރިޖަށް އުރުނު ދެ ބޯޓު އަޑިއަށް ދާނެ ކަމަކަށް ގަބޫލެއް ނުކުރެވޭ: ނާޒިމް

5

"ސުޕަރޖަމްބޯ" ގެ ނަމުން މަޝްހޫރުވެފައިވާ ބިޔަ އޭ380 މަތިންދާބޯޓުތަކުގެ ޒަމާން ނިމުމަކަށް އަންނަނީބާ؟

އިތުރަށް ކިޔާލަން

17 އޯގަސްޓު 2026

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

17 އޯގަސްޓު 2026
ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!
27 ޑިސެމްބަރު 2025

ގައުމީ ދާރުލްއާސާރުގެ ދޮރުމަތީ ގައި ސަތަރި އަޅައި ބަންދުކޮށްފައިވަނީ ކޮން ބައެއް ކަން އަދިވެސް ވަޒީރަށް ބުނެ އެއް ނުދެވުނު

27 ޑިސެމްބަރު 2025
ގައުމީ ދާރުލްއާސާރުގެ ދޮރުމަތީ ގައި ސަތަރި އަޅައި ބަންދުކޮށްފައިވަނީ ކޮން ބައެއް ކަން އަދިވެސް ވަޒީރަށް ބުނެ އެއް ނުދެވުނު
29 އޮކްޓޯބަރު 2025

މޮޅު ގޮތަކަށް އެ ޖެހީ، ޖެހުނު ގޮތަކުން ގޯލެއް އެވަނީ.....އެކަމަކު ބައިކޮޅަށް!

29 އޮކްޓޯބަރު 2025
މޮޅު ގޮތަކަށް އެ ޖެހީ، ޖެހުނު ގޮތަކުން ގޯލެއް އެވަނީ.....އެކަމަކު ބައިކޮޅަށް!
20 އޮކްޓޯބަރު 2025

ދާރުލްއާސާރުގެ ދޮރުމަތީގައި ސަތަރިއަޅައި ބަންދުކޮށްފައި ވަނީ ކޮން ބައެއް ކަމެއް އެނގިވަޑައިނުގަންނަވާ: މިނިސްޓަރު އާދަމް ނަސީރު

20 އޮކްޓޯބަރު 2025
ދާރުލްއާސާރުގެ ދޮރުމަތީގައި ސަތަރިއަޅައި ބަންދުކޮށްފައި ވަނީ ކޮން ބައެއް ކަމެއް އެނގިވަޑައިނުގަންނަވާ: މިނިސްޓަރު އާދަމް ނަސީރު
18 އޮކްޓޯބަރު 2025

އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

18 އޮކްޓޯބަރު 2025
އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް
01 ސެޕްޓެމްބަރު 2025

މަގުމައްޗަށް ނުކުންނަން ޖެހެނީ ލައްކަ ވޭނާ ހިތި ތަޖުރިބާ އިހުސާސްކޮށްފައި - ސައްލެ

01 ސެޕްޓެމްބަރު 2025
މަގުމައްޗަށް ނުކުންނަން ޖެހެނީ ލައްކަ ވޭނާ ހިތި ތަޖުރިބާ އިހުސާސްކޮށްފައި - ސައްލެ
01 ސެޕްޓެމްބަރު 2025

މި ސަރުކާރުން ރާއްޖޭގެ ދުސްތޫރީ ނިޒާމް ހަލާކުކުރަމުން ގެންދާތީ ސިލްސިލާ ކޮށް މުޒާހަރާތައް ކުރިއަށް ގެންދިއުމަށް އެމްޑީޕީން ގަރާރެއް ފާސްކޮށްފި

01 ސެޕްޓެމްބަރު 2025
މި ސަރުކާރުން ރާއްޖޭގެ ދުސްތޫރީ ނިޒާމް ހަލާކުކުރަމުން ގެންދާތީ ސިލްސިލާ ކޮށް މުޒާހަރާތައް ކުރިއަށް ގެންދިއުމަށް އެމްޑީޕީން ގަރާރެއް ފާސްކޮށްފި
30 އެޕްރީލު 2025

ޅެމުން ފަރުވާ ދިނުމާ ގުޅޭގޮތުން ފުލުހުން ގައުމިއްޔަތު މިނިސްޓްރީއާއެކު މަޝްވަރާކޮށްފި

30 އެޕްރީލު 2025
ޅެމުން ފަރުވާ ދިނުމާ ގުޅޭގޮތުން ފުލުހުން ގައުމިއްޔަތު މިނިސްޓްރީއާއެކު މަޝްވަރާކޮށްފި
16 އެޕްރީލު 2025

ދިވެހި ބަހުން ވާހަކަ ދެއްކެވިއިރު ވެސް ހެރިޓޭޖް މިނިސްޓްރީން ކޮށްފައިވާ މަސައްކަތްތައް ސާފެއް ނުވޭ: މެންބަރު ޒިޔާދު

16 އެޕްރީލު 2025
ދިވެހި ބަހުން ވާހަކަ ދެއްކެވިއިރު ވެސް ހެރިޓޭޖް މިނިސްޓްރީން ކޮށްފައިވާ މަސައްކަތްތައް ސާފެއް ނުވޭ: މެންބަރު ޒިޔާދު
25 އެޕްރީލު 2024

އަޟްހާ އީދު ކުލަގަދަކޮށް ފާހަގަކުރަނީ ތިން ރަށެއްގައި، ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

25 އެޕްރީލު 2024
އަޟްހާ އީދު ކުލަގަދަކޮށް ފާހަގަކުރަނީ ތިން ރަށެއްގައި، ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް