Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއާޔެން ރޮބެން

ނެދަލެންޑްސްގެ ކެޕްޓަން އާޔެން ރޮބެން ރިޓަޔަރ ކޮށްފި

ރޮބެން ޤައުމީ ޓީމަށް ކުޅެން ފެށީ 2003 ވަނަ އަހަރު

މުޙައްމަދު ޒާހިރު
މުޙައްމަދު ޒާހިރު | 11 އޮކްޓޯބަރު 2017 | ބުދަ 02:48
ނެދަލެންޑްސްގެ ކެޕްޓަން އާޔެން ރޮބެން

ނެދަލެންޑްސްގެ ކެޕްޓަން އާޔެން ރޮބެން

އަންނަ އަހަރު ރަޝިއާގައި ބާއްވާ ފީފާ ވޯލްޑް ކަޕުން ފުރުޞަތު ގެއްލުމާއެކު، ނެދަލެންޑްސްގެ ކެޕްޓަން އާޔެން ރޮބެން ބައިނަލްއަޤްވާމީ ފުޓްބޯޅައިން ރިޓަޔަރކޮށްފި އެވެ.

ފީފާ ވޯލްޑް ކަޕްގެ ޔުރޯ ޒޯންގެ ކޮލިފައިންގ ގްރޫޕް އޭގައި އަންގާރަ ދުވަހުގެރޭ ސްވިޑްން އަތުން މޮޅުވި މެޗުގައި، ނެދަލެންޑްސްގެ ދެލަނޑުވެސް ޖަހައިދިނީ ރޮބެން އެވެ. ރޮބެންގެ ދެލަނޑުން ސްވިޑްން އަތުން މޮޅުވި ނަމަވެސް، ސްވިޑްން އާއި ޕޮއިންޓްގެ ގޮތުން އެއްވަރުވެ، ފައިދާ ލަނޑުގެ ތަފާތުން ކުރި ހޯދައިގެން ޕްލޭއޯފްގެ ޖާގަ ލިބުނީ ސްވިޑްން އަށެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ޖަރުމަނުގެ ބަޔާން މިއުނިކަށް ކުޅޭ 33 އަހަރުގެ ފޯވާޑް ބުނީ، ޤައުމީ ޓީމަށް ކުޅުން ހުއްޓާލުމަށް ނިންމި ނިންމުމަކީ އުނދަގޫ ނިންމުމެއް ކަމަށާއި، މިއީ އޭނާގެ ކްލަބަށް ހުސްވާންވީ ވަގުތު ކަމަށެވެ.

ޤައުމީ ޓީމަށް ކުޅުން ހުއްޓާލިއިރު ރޮބެން ވަނީ އާސެނަލްގެ ކުރީގެ ފޯވާޑް ޑެނިސް ބާކެމްޕް އާއެކު ނެދަލެންޑްސްގެ ޤައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިންގެ ލިސްޓުގެ ހަތަރުވަނާގައެވެ.

އޭނާ ވަނީ ނެދަލެންޑްސްގެ ޤައުމީ ޓީމަށް 96 މެޗު ކުޅެ، 37 ލަނޑު ޖަހައިދީފައެވެ.

ރޮބެން އެންމެ ފުރަތަމަ ޤައުމީ ޓީމަށް ކުޅެފައި ވަނީ 2003 ވަނަ އަހަރު އެވެ. އޭގެ ފަހުން ރޮބެން ވެފައި ވަނީ ނެދަލެންޑްސްގެ ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔަކަށެވެ. ފީފާ ވޯލްޑް ކަޕްގެ ތިން މުބާރާތެއްގައި ނެދަލެންޑްސް އަށް ރޮބެން ލަނޑު ޖަހައިދީފައިވެއެވެ.

ނެދަލެންޑްސް އިން 2010 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ރިހި މެޑަލް ހޯދައިދިނުމުގައި އަދި 2014 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ތިންވަނަ ހޯދައިދިނުމުގައި ރޮބެން ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.

ފީފާ ވޯލްޑް ކަޕް 2018ގެ ފުރުޞަތު ގެއްލުމާއެކު، މިއީ ވިދިވިދިގެން ނެދަލެންޑްސް އަށް ގެއްލޭ ބޮޑު ދެވަނަ މުބާރާތެވެ. މިދިޔަ އަހަރު ފްރާންސްގައި ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތަށްވެސް ނެދަލެންޑްސް ކޮލިފައިވެފައެއްނުވެ އެވެ.

އިތުރަށް ކިޔާލަން

10 އޯގަސްޓު 2017

ކޮސްޓާ ނެތްތަން ފޫ ނުބެއްދޭނެ ކަމަށް ޗެލްސީގެ ކެޕްޓަން ކޭހިލް ބުނެފި

10 އޯގަސްޓު 2017
ކޮސްޓާ ނެތްތަން ފޫ ނުބެއްދޭނެ ކަމަށް ޗެލްސީގެ ކެޕްޓަން ކޭހިލް ބުނެފި
09 މެއި 2017

ކެޕްޓަން އަސަދުﷲ ޢަބްދުﷲގެ މޮޅު ކުޅުމާއިއެކު، މާޒިޔާ ތާވަލުގެ އެއްވަނައަށް

09 މެއި 2017
ކެޕްޓަން އަސަދުﷲ ޢަބްދުﷲގެ މޮޅު ކުޅުމާއިއެކު، މާޒިޔާ ތާވަލުގެ އެއްވަނައަށް
17 އެޕްރީލު 2017

ބާރަ އަހަރަށް ފަހު ކެޕްޓަން ޖޯން ޓެރީ ޗެލްސީ ދޫކޮށްލަނީ

17 އެޕްރީލު 2017
ބާރަ އަހަރަށް ފަހު ކެޕްޓަން ޖޯން ޓެރީ ޗެލްސީ ދޫކޮށްލަނީ
06 އެޕްރީލު 2017

ވެސްޓްއިންޑީޒް ދަތުރަށްފަހު މިސްބާހު ރިޓަޔަރކުރަނީ

06 އެޕްރީލު 2017
ވެސްޓްއިންޑީޒް ދަތުރަށްފަހު މިސްބާހު ރިޓަޔަރކުރަނީ
25 ފެބުރުއަރީ 2017

ވިކްޓްރީގެ ކެޕްޓަން ބޭންޑް މެސީއަށް

25 ފެބުރުއަރީ 2017
ވިކްޓްރީގެ ކެޕްޓަން ބޭންޑް މެސީއަށް
20 ފެބުރުއަރީ 2017

ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޝާހް އަށް ހާޓަޓޭކެއް ޖެހި ފަރުވާދޭން ފަށައިފި

20 ފެބުރުއަރީ 2017
ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޝާހް އަށް ހާޓަޓޭކެއް ޖެހި ފަރުވާދޭން ފަށައިފި
10 ފެބުރުއަރީ 2017

އޯޑީއައި މެޗުތަކުގައި ކެޕްޓަންކަން ކުރުން އަޒްހަރު ހުއްޓާލައިފި

10 ފެބުރުއަރީ 2017
އޯޑީއައި މެޗުތަކުގައި ކެޕްޓަންކަން ކުރުން އަޒްހަރު ހުއްޓާލައިފި
31 ޖެނުއަރީ 2017

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން މެލޭޝިއާގެ ޕެނަންގް ޓީމަށް

31 ޖެނުއަރީ 2017
ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން މެލޭޝިއާގެ ޕެނަންގް ޓީމަށް
27 ޖެނުއަރީ 2017

ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

27 ޖެނުއަރީ 2017
ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި
20 ޖެނުއަރީ 2017

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު