Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީއަށް ދިން އިންޒާރު

މެންބަރު މުހައްމަދު އިސްމާއިލް ދިން އިންޒާރު ފުލުހުން ބަލަންޖެހޭނެ: ގުޅިފައިވާ ސިޔާސީ ޕާޓީތައް

10 އޮކްޓޯބަރު 2017 | އަންގާރަ 13:49

ޕާޓީއެއް ނައްތާލުމަށް ގޮވާލި ގޮވާލުމަކީ ވަރަށް ބިރުވެރި ވާހަކައެއް

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 10 އޮކްޓޯބަރު 2017 | އަންގާރަ 13:49
މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު

މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު

އެމްޑީޕީގެ މެންބަރުން ނައްތާލާނެ ކަމަށް ވިދާޅުވެ ހޯރަފުށީ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް ދެއްވި އިންޒާރު ފުލުހުން ބަލަންޖެހޭނެ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބުނެފިއެވެ.

ކުނޫޒްގައި އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު ވިދާޅުވީ، ޕިޕީއެމް ކޯލިޝަން ޕާޓުނަރު އެމްޑީއޭގެ މަޖިލިސް މެންބަރު މުހައްމަދު އިސްމާއިލް ޕާޓީއެއް ނައްތާލުމަށް ގޮވާލި ގޮވާލުމަކީ ވަރަށް ބިރުވެރި ވާހަކައެއް ކަމަށާއި، އޭނާގެ އެ ވާހަކައަކީ ޓެރެރިޒަމަށް ހިތްވަރު ލިބެ ފަދަ ވާހަކައެއް ކަމަށެވެ.

Advertisement - newsAdvertisement

އަމީތު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ފްލޯގައި ދިވެހި ރައްޔިތުންތަކެއް ނައްތާލާ ނިޒާމުން ގެއްލުވާލާ ވާހަކަ މެންބަރަކު ގޮވާލުމުން ވެސް ދައުލަތުގެ އެއްވެސް މުއައްސަސާތަކަށް ކަމެއް ހިނގިކަން ވެސް ނޭނގޭ ކަމަށް ހަދައިގެން ތިބުމުން ވަރަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އަދި އެކަން އެންމެ ހަރުކަށިކޮށް ކުށްވެރިކޮށް އެ މައްސަލަ ވީ އެންމެ އަވަހަށް ދައުލަތުގެ މުއައްސަސާތަކުން ބެލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

"ރައްޔިތުންގެ މަޖިލީހުގެ ފްލޯގައި ވެސް ގާނޫނި އިމުން ބޭރުން އެފަދަ ވާހަކައެއް ނުދެއްކޭނެ، މި މައްސަލަ ބެލޭނެ. ބެލެން ޖެހޭނެ" އަމީތު ވިދާޅުވިއެވެ.

ރާއްޖޭގެ އެންމެބޮޑު ކޮރަޕްޝަނާއި ގުޅުން އޮތް، އަދި ފައިސާގޯނި ބަހަން ހިފައިގެންދިޔަކަމަށް އެއްބަސްވެވަޑައިގެން ހުންނަވާ އެފަދަ ވާހައެއް ދެއްކުމުން ވެސް އެނާއާ މެދު ފިޔަވަޅު ނާޅައި، އެހެންބޭފުޅުންނާ މެދު ކޮރަޕްޝަންގެ ތުހުމަތުކޮށް ތަހުގީގު ހިންގާއިރު، އަމިއްލައަށް އެއްބަސްވެވަޑައިގެން ހުންނެވި ބޭފުޅާ ހައްޔަރުނުކުރެވެންވީ ކީއްވެތޯ އަމީތު ވަނީ ސުވާލު އުފައްދަވާފައެވެ.

ގައުމީ ސަލާމަތަށް ނުރައްކާވާޒާތުގެ ވާހަކައެއް ބްރޯޑްކާސްޓްކުރި ކަމަށް ބުނެ، ރާއްޖެޓީވި ފަސްލައްކަ ރުފިޔާއިން ޖޫރިމަނާ ކުރިކުރުން ކުށްވެރިކޮށް، މީޑިއާތަކުގެ ބެލެނިވެރި ފަރާތުގެ ގޮތުގައި އޮވެ، އެ ކޮމިޝަނުން ރާއްޖެޓީވީއާ މެދު އަމަލުކުރަނީ ވަރަށް ބޭ އިންސާފުންކަމަށް އަމީތު ވިދާޅުވިއެވެ.

ރާއްޖެޓީވީ ތިންވަނަ ފަހަރަށް ޖޫރިމަނާކުރިއިރު، މިފަހަރު ޖޫރިމަނާ ކުރީ ގައުމީ ސަލާމަަތަށް ނުރައްކާވާ ކޮންޓެއްޓެއް ކަމަށް ބުނެ ކަމަށްވާއިރު، އެއީ ގައުމީ ސަލާމަތާއި ގުޅުން ހުރިކަމަކަށްވާ ނަމަ ގައުމީ ސަލާމަތީ ބާރުތަކުން އެކަންކަން ތަހުގީގު ނުކޮށް ބްރޯޑްކޮމްއިން އެކަން ބަލާ ފިޔަވަޅުއަޅަންޖެހުނީ ކީއްވެތޯ އަމީތު ވަނީ ސުވާލުއުފައްދަވާފައެވެ.

"ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް މި ނިންމަނީ ބްރޯޑްކާސްޓިންގ ކޮމިޝަނުގައި ތިބި ސިޔާސީ ބަޔަކު. ގައުމީ ސަލާމަތަށް ނުރައްކާވާކަން ހަމައެކަނި މި އެނގިވަޑައިގަންނަވަނީ އެބޭފުޅުންނަށް،" އަމީތު ވިދާޅުވިއެެވެ.

ކުނޫޒްގައި ވާހަކަ ދައްކަވަމުން އަމީތުވަނީ މޭޑޭ މުޒާހަރާގައި ޖަލަށް ހުކުމްކޮށްފައި ހުއްޓާ ބަލިވެގެން އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވި، އަބްދުލްރަޝީދު މަރުވުމުގައި ތުހުމަތުކުރެވޭ ކަންތައްތަކެއް ހުރިކަމަށް އާއިލާއަށް ގަބޫލްކުރެވޭތީ އެކަން ބަލައިދިނުމަށް ޑީޕީއާރުއެސް އާއި، ހިއުމަންރައިޓްސް އަދި ފުލުހުންނަށް ވެސް ގޮވާލާފައެވެ.

އަމީތު ވިދާޅުވީ މިއީ ދައުލަތެއް ނަމަވެސް ދައުލަތެއްގެ ސިފަ މިއަދު ނުފެންނަ ކަމަށެވެ. އެހްނނަމަވެސް މި މައްސަލަތައް ބެލޭނެ ދުވަހެއް އަންނާނެ ކަމަށާއި، އެދުވަހަކުން ބޭއިންސާފުން ކަންކަންކުރި ހުރިހާ ފަރާތްތައް ވެސް ޖެހޭނީ އިންސާފުގެ ކުރިމައްޗަށް އަންނަން ކަމަށް އަމީތު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

21 ޖެނުއަރީ 2017

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017
ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް
20 ޖެނުއަރީ 2017

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ
19 ޖެނުއަރީ 2017

ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

19 ޖެނުއަރީ 2017
ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
19 ޖެނުއަރީ 2017

ރައީސް ޔާމީން ފެކްޝަނުން ރައީސް މައުމޫނަށް އިންޒާރު ދީފި

19 ޖެނުއަރީ 2017
ރައީސް ޔާމީން ފެކްޝަނުން ރައީސް މައުމޫނަށް އިންޒާރު ދީފި
18 ޖެނުއަރީ 2017

ރިޓަޔަރމެންޓް ޕެންޝަން ސްކީމުގައި 80،000 މެންބަރުން ހިމެނޭ: ޕެންޝަން އޮފީސް

18 ޖެނުއަރީ 2017
 ރިޓަޔަރމެންޓް ޕެންޝަން ސްކީމުގައި 80،000 މެންބަރުން ހިމެނޭ: ޕެންޝަން އޮފީސް
15 ޖެނުއަރީ 2017

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ
15 ޖެނުއަރީ 2017

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް

07 ޖެނުއަރީ 2017
މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް