ކ. މާލެ
|
10 އޮކްޓޯބަރ 2017 | އަންގާރަ 13:19
ބްރޮޑްކާސްޓިންގ ކޮމިޝަނުގެ މެންބަރު ފާތިމަތު ޒައިނާ،
ބްރޮޑްކާސްޓިންގ ކޮމިޝަނުގެ މެންބަރު ފާތިމަތު ޒައިނާ،
ފޭސްބުކް
ބްރޮޑްކާސްޓިންގ ކޮމިޝަން
ޒައިނާ މަގާމުން ވަކި ކުރުމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައިފި
މި މައްސަލަ ހުށަހަޅާފައިވަނީ އަންގާރަ ދުވަހު
ޒައިނާ ވަނީ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވަނިކޮށް ރާއްޖެޓީވީގެ ކެމެރާތަކަށް އަރާފައި
ޒައިނާ އަށް ގުޅުމުން ޖަވާބުދީފައެއް ނުވޭ

މޯލްޑިވްސް ބްރޮޑްކާސްޓިންގ ކޮމިޝަނުގެ މެންބަރު ފާތިމަތު ޒައިނާ އެ މަގާމުން ވަކި ކުރުމުގެ މައްސަަލަ މަޖިލީހަށް ހުށަހަޅައިފި އެވެ.

 މިކަމާ ގުޅޭ ގޮތުން އައްޑޫ ސިޓީ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވީ، ބްރޮޑްކާސްޓިންގ ކޮމިޝަނުގެ މެންބަރު ޒައިނާ ސިޔާސީ އެކި އެކި ހަރަކާތްތަކުގައި އުޅުއްވާ މަންޒަރުތައް ފެނިފައިވުމަކީ މަގާމުގެ މަސްއޫލިއްތުތަކާއި ވާޖިބުތައް އެންމެ ފުރިހަމައަށް ދެފުންފެންނަ ގޮތަކަށް ހިންގަމުންދާ ކަމާ މެދު ސުވާލު އުފެދޭ ކަމެއް ކަމަށެވެ. އަދި މި މައްސަލަ މަޖިލީހަށް ވައްދާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޒައިނާ ބްރޮޑްކާސްޓިން ކޮމިޝަނުގެ މެންބަރު ކަމުން ވަކި ކުރި މައްސަލަ ހުށަހަޅާފައިވަނީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ އާއި މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ސޮއިކުރައްވައެވެ.

ރަސްފަންނުގައި ކުރިއަށްދިޔަ އިސްރަށްވެހިންގެ ބައްދަލުވުމމުގެ ހަރަކާތް ކަވަރު ކުރުމަށް ރާއްޖެޓީވީން އެތަނަށް ދިޔައިރު ޒައިނާ އުޅުއްވީ އެތަނުގައި ހުރި މޭޒުތަކުގައި ނަމްބަރުތައް ތަރުތީބު ކުރެއްވުމުގައެވެ. އަދި އެތަނުގައި ހުރި މޭޒުތަކާ ގޮނޑިތަކުގެ ތަރުތީބު ކިޔާދެއްވުމަށް އިސްކޮށް އުޅުއްވަނިކޮށް ރާއްޖެޓީވީން އެ މަންޒަރު ކެމެރާ ކޮށްފައި ވެއެވެ. އަދި ރާއްޖެޓީވީން އެ މަންޒަރު ނަގަން ފެށުމުން ކެމެރާއަށް ފިއްލަވަން މަސައްކަތްކުރެއްވި އެވެ. އެގޮތުން އެތަނުގައި ތިބި އެހެން މީހުންގެ ފަހަތަށް ވަންނަވަން މަސައްކަތް ކުރެއްވިއެވެ.

 މިކަމާ ގުޅޭ ގޮތުން ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމުގައި ސުވާލު ކުރުމުން، ސުވާލު އަޑު ނީވޭ ކަމަށް ވިދާޅުވެ، ފޯޅު ކަނޑާލެއްވި އެވެ.

ކުރިން ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތްކުރެއްވި ޒައިނާ ކޮމިޝަންގެ މެންބަރު ކަމަށް ކުރިމަތަި ލެއްވުމުގެ ކުރިން އުޅުއްވީ ރައީސްގެ އަނބިކަނބަލުންގެ އޮފީހުގަ އެވެ. އަދި ޕީޕީއެމްގެ ކޮންގްރެސްގައި ވެސް އިންތިޒާމުތަކުގައި އިސްކޮށް އުޅުއްވިއެވެެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
10 އޮކްޓޯބަރ 2017 | އަންގާރަ 17:59
ޝަޚީބާ
ހަމަ ޢެއް ކަމެއް ވެސް އޮންނަ ގިޔުގަނޑުގެ ތެރޭން އޮންނަ އުސޫލުގެ މަތިން ކުރުމެއް ނޯވޭ. އަދި ނުވިތާކަށް ތަންކޮޅެއް ސްމާޓްކޮން މި ޒާތުގެ ޖަރީމާ ހިންގާނަމަ ވެސް އެއްކަމެއް. ގަމާރުކަން ވެސް އިންތިހާ. ބޮޑު މުސީބާތެއް ކަހަލަ ބައިގަނޑެއް ހުވާ
10 އޮކްޓޯބަރ 2017 | އަންގާރަ 16:51
ޔާމީން2018
ތިޔަ ފެންނަނީ އަހަރެމެން ދިވެހިންގެ ތެރެއިން ބައެއް މީހުންގެ (ޚާއްސަކޮށް ޢިއްޒަތްތެރިކަމަށް ބުނާ) ބައެއް މެންބަރުންގެ ހަސަދަވެރިކަން ހުރި މިންވަރެވެ. ދިވެހިރާއްޖޭގެ ހުރިހާ އިސް ރައްވަހިންނަށް ދައުވަތު ދެއްވައިގެން ރާއްޖޭގެ ރައީސުލް ޖުމުހޫރިއްޔާ ބޭއްވެވި ބައްދަލުކުރެއްވުމެއްގައި އެހީތެރިކަން ފޯރުކޮށްދެއްވި ބޭފުޅަކާއި ދޭތެރޭ އަމަލަކުރަން ބޭނުންވަނީ އެފަދަމީހަކަށް ދެވެން އޮތް އެންމެ ބޮޑު އަނިޔާ ދީގެންނެވެ. ތިޔަ ބުނާ އިދިކޮޅު މެންވަރުންނަށް އިޙްސާސްކުރެވެނީ މިޤައުމުގެ ކުރިއެރުމާއި ރައްޔިތުންގެ ކުރިއެރުމަށް މަސައްކަތްކުރާ މީހުންނަކީ މި މީހުންގެ ދުސްމަނުން ކަމަށެވެ. ތިޔަ އިއްޒަތްތެރި މެންބަރުންނަށް ރަނގަޅުވަނީ ޤައުމީ ތަރައްޤީގައި އަމަލީގޮތުން ބައިވެރިވެ މަސައްކަތްކުރައްވާ ފަރާތްތަކުގެ ބަދަލުގައި މިޤައުމަށް ދެރައާއި ގެއްލުން ދޭ މަސައްކަތްކުރާ ފަރާތްތަކެވެ. މިމީހުންނަށް މިހާރު އީޔޫވެސް ރަނގަޅުވެގެން މިއުޅެނީ މިޤައުމާއި ދެކޮޅަށް ފިޔަވަޅު އަޅަށް އުޅޭތީއެވެ.
10 އޮކްޓޯބަރ 2017 | އަންގާރަ 15:45
ޢާދަން
Den dheynee ministaru kan