Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޏ. ފުވައްމުލަކު

ފުވައްމުލަކު ކުނިގޮނޑު ހުސްނުކޮށް ގިނަ ދުވަސްވުމުގެ ސަބަބުން އާންމުންގެ ޝަކުވާ ބޮޑުވެއްޖެ

1 ނޮވެމްބަރު 2026 | އާދީއްތަ 18:03

ފުވައްމުލަކު ކުނިގޮނޑުން ދުވާ ނުބައިވަހުގެ ސަބަބުން ވަޅުފެން ތަޣައްޔަރުވެ، ހާފިޒް އަހުމަދު ސްކޫލުގެ ކިޔަވައިދިނުމަށް ބުރޫއަރާތީ އާންމުން ދަނީ ޝަކުވާކުރަމުން. މި މައްސަލަ ހައްލުކުރުމަށް ވެމްކޯއިން އެކަށީގެންވާ މަސައްކަތެއް ނުކުރާތީ، ކައުންސިލުން މިހާރު ދަނީ އަމިއްލައަށް އިންސިނެރޭޓަރެއް ހޯދުމުގެ މަސައްކަތް ކުރަމުން

ދެލިކޮޕީ
ދެލިކޮޕީ | 1 ނޮވެމްބަރު 2026 | އާދީއްތަ 18:03
ފުވައްމުލަކު ކުނިގޮނޑުން ދުވާ ނުބައި ވަހާއި މެހީގެ އުނދަގުލުގެ ސަބަބުން އާންމު ދިރިއުޅުމަށް ދަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވަމުން

ފުވައްމުލަކު ކުނިގޮނޑުން ދުވާ ނުބައި ވަހާއި މެހީގެ އުނދަގުލުގެ ސަބަބުން އާންމު ދިރިއުޅުމަށް ދަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވަމުން | ވެމްކޯ

ފުވައްމުލަކު ފުނާޑު އަވަށުގައި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ހިންގަމުންދާ ކުނިގޮނޑު ހުސްނުކޮށް ގިނަ ދުވަސްވުމުގެ ސަބަބުން، މުޅި ސަރަހައްދަށް ނުބައިވަސް ފެތުރި އާންމު އުނދަގުލަކަށް ވެގެން ގިނަ ބަޔަކު ޝަކުވާކުރަން ފަށައިފި އެވެ.

ގޮނޑު ކައިރީގައި ދިރިއުޅޭ މީހުން ބުނާ ގޮތުގައި، ކުނިގޮނޑުގައި ކާދު ހެދުމަށްޓަކައި ކޮނެފައިވާ ވަޅުގަނޑަކަށް ކުނިވާ ޒާތުގެ ކުނި އެޅުމުގެ ސަބަބުން ކައިރި ގޭގޭގެ ވަޅުފެން ނަޖިސްވެ، ބޭނުންނުކުރެވޭ ހިސާބަށް ވަނީ ގޮސްފަ އެވެ. މީގެ އިތުރުން، މުޅި ސަރަހައްދުގައި މެހީގެ އުނދަގޫ އިންތިހާއަށް ބޮޑުވެފައިވާއިރު، ކުނިގޮނޑާ މާ ދުރުނޫން ހިސާބެއްގައި ހުންނަ ހާފިޒް އަހުމަދު ސްކޫލް (ހޭޒް) ގެ ކްލާސްތަކަށް ނުބައިވަސް ވަނުމުގެ ސަބަބުން ދަރިވަރުންނަށް ކިޔަވައިދިނުމަށް ވެސް ވަނީ ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހިފަ އެވެ.

Advertisement - newsAdvertisement

މިކަމާ ގުޅިގެން ފުވައްމުލަކު ސިޓީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ލިރާރު ވިދާޅުވީ، ކުނީގެ މައްސަލަ ހައްލުކުރުމަށް ވެމްކޯއާއި އެންވަޔަރުމަންޓް މިނިސްޓްރީއާ އެކު މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި އެތަނުގައި ހުރި ލެގަސީ ވޭސްޓްތައް ގއ. ދިޔަދޫއަށް ގެންދިއުމަށް ވެމްކޯއާ ހަވާލުކޮށްފައިވާ ކަމަށް މިނިސްޓްރީން ބުނެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް، ރަށަށް ގެނެސްފައިވާ އިންސިނެރޭޓަރާއި ކާދު ތައްޔާރުކުރާ މެޝިންތަކުގެ ބޭނުން ވެމްކޯއިން ނުހިފާތީ، ކައުންސިލުން މިހާރު ދަނީ ގްރާންޓް ފަންޑެއްގެ ދަށުން އަމިއްލައަށް އިންސިނެރޭޓަރެއް ހޯދުމުގެ މަސައްކަތް ކުރަމުން ކަމަށް ލިރާރު ވިދާޅުވެފައިވެ އެވެ.

ޏ. ފުވައްމުލައް

އެންމެ ހިނގާ

1

ރާއްޖެއިން ބޭރަށް ދަތުރުކުރި ދިވެއްސެއްގެ އަތުގައި އޮތް އާއިލާ މެންބަރެއްގެ ބީއެމްއެލް ކާޑު ހިފެހެއްޓި މައްސަލައެއް!

2

ރާއްޖެޓީވީ ހިމެނޭ ގޮތަށް އިތުރު ދެ ޗަނަލަކަށް ފިޔަވަޅު އެޅުމުގެ މަސައްކަތް މީޑިއާ ކޮމިޝަނުން ފަށައިފި

3

ރިސޯޓެއް ހަދަން ނެގި ލޯނާ ގުޅިގެން ފައްޔާޒަށް ތުހުމަތުކޮށް ދެކެވުނު ވާހަކަ ތަކަށް ފައްޔާޒުގެ ރައްދެއް!

4

އީރާނަށް ހަމަލާދިނުމުގެ ތައްޔާރީތަކާއެކު އެމެރިކާގެ އަސްކަރީ މުދާއުފުލާ 10 ބޯޓެއް އިސްރާއީލަށް ޖައްސައިފި

5

ދައުލަތުގެ ސިޔާދަތާ ގުޅޭ ކަންކަމުގައި ގޮތް ކަނޑައެޅުމުގެ މެންޑޭޓެއް ސަލަފަކަށް ނެތް: ކުރީގެ އުއްތަމަ ފަނޑިޔާރު

އިތުރަށް ކިޔާލަން

28 ޖޫން 2022

ޑިމާންޑު ބޮޑުވެ، ހޯރަފުށި، ފުވައްމުލައް އަދި ތިމަރަފުއްޓަށް އިތުރު ދަތުރުތައް ބާއްވަނީ

28 ޖޫން 2022
ޑިމާންޑު ބޮޑުވެ، ހޯރަފުށި، ފުވައްމުލައް އަދި ތިމަރަފުއްޓަށް އިތުރު ދަތުރުތައް ބާއްވަނީ
19 އޮކްޓޯބަރު 2017

ފުވައްމުލަކު ގޮނޑުދޮށަށް ލެއްގި ހިލަތައް އަދިވެސް ނަގާ ނުނިމޭ: އީޕީއޭ

19 އޮކްޓޯބަރު 2017
ފުވައްމުލަކު ގޮނޑުދޮށަށް ލެއްގި ހިލަތައް އަދިވެސް ނަގާ ނުނިމޭ: އީޕީއޭ
05 ފެބުރުއަރީ 2017

ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި

05 ފެބުރުއަރީ 2017
ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި
01 ފެބުރުއަރީ 2017

އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް

01 ފެބުރުއަރީ 2017
އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް
01 ފެބުރުއަރީ 2017

ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

01 ފެބުރުއަރީ 2017
ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ
01 ފެބުރުއަރީ 2017

މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

01 ފެބުރުއަރީ 2017
މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ
31 ޖެނުއަރީ 2017

މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި

31 ޖެނުއަރީ 2017
މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި
30 ޖެނުއަރީ 2017

2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ

30 ޖެނުއަރީ 2017
2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ
26 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

26 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް