Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމުއިއްޒު ސަރުކާރު

ރައީސް މުއިއްޒު ވައުދުވާ ކަންކަން ކޮށްދޭން ނޭނގޭތީ ސަރުކާރުން ދަނީ ގާނޫނުގެ ބާރު ދައްކައި ރައްޔިތުންނަށް ބިރުދައްކަމުން: ނިޝާން

26 އޮކްޓޯބަރު 2026 | ހޯމަ 05:28

ސަރުކާރުގެ އިގްތިސާދީ ސިޔާސަތުތައް ބައްޓަންކުރަން ނޭނގުމުގެ ސަބަބުން ޑޮލަރުގެ އަގު އިންތިހާއަށް އުފުލި، ވައުދުވީ ގޮތަށް ޑޮލަރުގެ ލިމިޓު އިތުރުނުކުރެވި ރައްޔިތުންނަށް ބޮޑެތި ދަތިތަކާ ކުރިމަތިވަމުންދާ ކަމަށް ގާނޫނީ ވަކީލު ނިޝާން އިބްރާހީމް ވިދާޅުވެއްޖެ. މީގެ އިތުރުން މައްސަލަތައް ހައްލުކުރުމުގެ ބަދަލުގައި، ގާނޫނާއި ގަވާއިދުތަކުގެ ބާރު ބޭނުންކޮށްގެން ރައްޔިތުންނަށް ބިރުދައްކައި ކޮންޓްރޯލްކުރަން ސަރުކާރުން މަސައްކަތްކުރާކަން އޭނާ ފާހަގަކުރެއްވި

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 26 އޮކްޓޯބަރު 2026 | ހޯމަ 05:28
ގާނޫނީ ވަކީލު މުހައްމަދު ނިޝާން އިބްރާހީމް

ގާނޫނީ ވަކީލު މުހައްމަދު ނިޝާން އިބްރާހީމް | ރާއްޖެއެމްވީ

ކޮންމެ ކަމެއް ވެސް ހައްލުކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގަންނަވާ ކަމަށާއި، އެ ވައުދުތައް ފުއްދަވަން އެނގިވަޑައިނުގަތުމުން ކުރައްވާ ކަމަކީ ގާނޫނުގެ ބާރު ދައްކަވައިގެން ރައްޔިތުންނަށް ބިރު ދެއްކެވުން ކަމަށް ގާނޫނީ ވަކީލު މުހައްމަދު ނިޝާން އިބްރާހީމް ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ނިޝާން ވިދާޅުވީ ކޮންމެ މައްސަލައަކަށް ބެލި ކަމުގައިވީ ނަމަވެސް ފެންނަނީ މި ސަރުކާރަށް އެކަންކަން ހައްލުކުރަން ނޭނގިގެން އުޅޭ މަންޒަރު ކަމަށެވެ. 

Advertisement - newsAdvertisement

އެގޮތުން ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށްފަހު ޑޮަލަރުގެ އަގު އަތުފަތު ނުޖެހޭ ހިސާބަށް މައްޗަށް ދިޔަ ކަމަށާއި އެކަން އެގޮތަށް ވީ ސަރުކާރުގެ އިގްތިސާދީ ސިޔާސަތެއް ނޭނގި، އަދި ސަރުކާރު ހިންގަން އެމަނިކުފާނަށް ނޭނގުމުން ކަމަށް ނިޝާން ވިދާޅުވި އެވެ. 

މި ސަރުކާރުން ހައްޖަށްދާ މީހުންނާއި، ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުން އަދި ބޭރަށްދާ ކޮންމެ ރައްޔިތަކަށް ޑޮަލަރު ދޭ ލިމިޓު އިތުރުކުރަން ވައުދުވި ކަމަށާއި އެހެން ނަމަވެސް އެ ލިމިޓު މަތިކުރި ފަހުން އެއްވެސް މީހަކަށް ޑޮލަރު ނުލިބޭ ކަމަށް ނިޝާން ވިދާޅުވި އެވެ.

އެންމެ ފަހުން ކުރިން ލިބެމުން އައި 500 ޑޮލަރު ހޯދަން ވެސް ޒުވާބު ކުރާ ހިސާބަށް ކަންކަން ގޮސްފައިވާކަން ފާހަގަކުރައްވާ ނިޝާން ވިދާޅުވީ އެކަން ވެސް ހައްލު ކޮށްދެއްވާނެ ކަމަށް ރައްޔިތުންނަށް އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ނަމަވެސް އެކަން ހައްލު ނުވުމުން، ޑޮލަރުގެ މައްސަލަ ހައްލު ކުރާނީ ގާނޫނުތައް ގެނަސްގެން ކަމަށް އެމަނިކުފާނު ނިންމެވި ކަމަށެވެ.

އެހެން ކަމުން ޑޮލަރު މައްސަލައިގައި ވެސް ގާނޫނުގެ ބާރު ދައްކައިގެން ރައްޔިތުންނަށް ބިރު ދައްކަން މި ސަރުކާރުން ނިންމިކަން ނިޝާން ފާހަގަކުރެއްވި އެވެ.

ރައީސް މުއިއްޒު ފުރަތަމަ ޑޮލަރުގެ ކަންކަން ހައްލުކުރުމަށްޓަކައި އެކި ކަހަލަ ގަވާއިދުތައް އުސޫލުތައް ހައްދަވަމުން ދިޔަ. ރާއްޖެ އަށް ޑޮލަރު ވެއްދުމަށް. ފުރަތަމަ ހެދި ގަވާއިދަކީ ފަތުރުވެރިންގެ އަތުން ބޮލަކަށް 500 ޑޮލަރު މާރުކުރުމުގެ އުސޫލު. މަހެއްގެ 16 ވަނަ ދުވަހު މި ގަވާއިދަށް އަމަލު ކުރަން ފެށީ. 30 ދުވަހުގެ މަހެއް. އެހެންވީމާ ބާކީ މިއޮތީ 14 ދުވަސް. އެ 14 ދުވަސްތެރޭގައި 33 މިލިއަން ޑޮލަރު ވަތް ކަމަށް ފެންނަން އެބައޮތް. ކޮބާހޭ މި ޑޮޮލަރު. މި ރުފިޔާ. ކޮންތާކަށް ހޭ މި ވަނީ. މިއަށް ސަރުކާރުން ޖަވާބުދާރީވާން ޖެހޭނެތާ ސަރުކާރުން. މި 14 ދުވަސްތެރޭގައި 33 މިލިއަން ޑޮަލަރު ހަމައެކަނި މި މާރުގެ ތެރެއިން ވަނީމާ. އެހެންވީމާ މަހެއްގެ މައްޗަށް ކިތަށް ޑޮލަރު ވަންނާނެ ހެއްޔޭ
ނިޝާން އިބްރާހީމް

ގާނޫނުތައް ހަދައިގެން ރައްޔިތުންނަށް ބިރު ދައްކަނީ ހަމައެކަނި ޑޮލަރުގެ މައްސަލައިގައި ނޫން ކަމަށާއި ސިނގިރޭޓު މައްސަލައިގައި  ވެސް އަދި އެހެން ކަންކަމުގައި ވެސް ރައްޔިތުންގެ މައްޗަށް ޖިނާއީ ދައުވާ ކޮށްގެން ރައްޔިތުން ބިރު ދައްކާ ކޮންޓްރޯލް ކުރުމަށް މި ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ކަމަށް ނިޝާން ވިދާޅުވި އެވެ. އަދި ވިދާޅުވީ އެންމެ އަސާސީ ކަންކަމަށް ވެސް ރައްޔިތުން މިއަދު ސަލާން ޖަހަމުން ދާއިރު ސަރުކާރުން ދަނީ ކޮންމެ ކަމެއްގައި ވެސް ރައްޔިތުންނަށް އޮޅުވާލައި، ރައްޔިތުން ނިކަމެތި ކުރުމަށް މަސައްކަތް ކުރަމުން ކަމަށެވެ. 

ޑރ. މުހައްމަދު މުއިއްޒުޑޮލަރު މާރުކުރުންގާނޫނު އިސްލާހުކުރުންމުހައްމަދު ނިޝާން އިބްރާހިމް

އެންމެ ހިނގާ

1

ރަސްމާލެ މަޝްރޫއާ ގުޅޭ ގޮތުން ބައެއް މެންބަރުންނާ އެކު ރައީސް މުއިއްޒުގެ ބައްދަލުވުންތަކެއް، ސަރުކާރާއެކު ކުރިއަށްދާން ބޭނުންވާނަމަ އެ މަޝްރޫއާ މެދު ދެކޭގޮތް ބަދަލުކުރަން ޖެހޭކަމުގެ އިންޒާރު!

2

ކީވްއަށް ބެލިސްޓިކް މިސައިލްތަކެއް، މޮސްކޯ ވަށައިގެން އެތައް ސަތޭކަ ޑްރޯނެއް އަދި ވޮޝިންގޓަނުގެ ސިއްރު ޑީލްތައް ފަޅާއެރުން!

3

އެމެރިކާއަށް އީރާނުގެ ހަރުކަށި ރައްދެއް، މުޅި ސަރަހައްދުގައި ހަނގުރާމައިގެ "ސުންގަޑި" ކައިރިވަނީ

4

"ވައިޓް ހައުސް ހީވަނީ ޞައްދާމް ހުސައިން ހުޅުއްވި ޗީޒްކޭކް ފެކްޓަރީއެއް ހެން": އޮބާމާގެ ފާޑުކިޔުން ޓްރަމްޕަށް!

5

ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިމާއި ޕްރޮޕަޓީ މިލްކުކުރެވޭ ގޮތަށް ގާނޫނެއް ފާސްކުރުމަށް އޭޖީން މަޖިލީހަށް ފޮނުވަން ތައްޔާރުވެއްޖެ

އިތުރަށް ކިޔާލަން

25 އޮކްޓޯބަރު 2026

ނޮވެމްބަރު 1 އިން ފެށިގެން ބީއެމްއެލް ގޭޓްވޭ މެދުވެރިކޮށް، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެމެރިކާ ޑޮލަރުން ފައިސާ ލިބޭނެ ގޮތް ހަމަޖެހޭނެ: ރައީސް

25 އޮކްޓޯބަރު 2026
ނޮވެމްބަރު 1 އިން ފެށިގެން ބީއެމްއެލް ގޭޓްވޭ މެދުވެރިކޮށް، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެމެރިކާ ޑޮލަރުން ފައިސާ ލިބޭނެ ގޮތް ހަމަޖެހޭނެ: ރައީސް
25 އޮކްޓޯބަރު 2026

ރައީސް މުއިއްޒު ގާނޫނުއަސާސީގެ ބާރު ކަނޑުވާލަން މަސައްކަތް ކުރައްވާއިރު، އެކަމާ ދެކޮޅަށް ރައްޔިތުން ނުކުމެ ބަސްބުނަންޖެހޭ: ޝެއިޚް އިމްރާން

25 އޮކްޓޯބަރު 2026
ރައީސް މުއިއްޒު ގާނޫނުއަސާސީގެ ބާރު ކަނޑުވާލަން މަސައްކަތް ކުރައްވާއިރު، އެކަމާ ދެކޮޅަށް ރައްޔިތުން ނުކުމެ ބަސްބުނަންޖެހޭ: ޝެއިޚް އިމްރާން
25 އޮކްޓޯބަރު 2026

ރަސްމާލެ މަޝްރޫއަކީ ގާނޫނުއަސާސީއާ ޚިލާފު ކަމެއްކަން ރައީސް އަށް ސާފު، އެ އެއްބަސްވުމުގައި ސޮއިކުރަން ވަޒީރަކު ފޮނުއްވީ ފަހުން ޒިންމާވާން ޖެހިދާނެތީ: އަލީ ހުސެއިން

25 އޮކްޓޯބަރު 2026
ރަސްމާލެ މަޝްރޫއަކީ ގާނޫނުއަސާސީއާ ޚިލާފު ކަމެއްކަން ރައީސް އަށް ސާފު، އެ އެއްބަސްވުމުގައި ސޮއިކުރަން ވަޒީރަކު ފޮނުއްވީ ފަހުން ޒިންމާވާން ޖެހިދާނެތީ: އަލީ ހުސެއިން
25 އޮކްޓޯބަރު 2026

ގައުމާއި ދައުލަތުގެ ސިޔާދަތު ވިއްކައިގެން ނުވަތަ ބަޔަކަށް ގައުމު ލޫޓުވާލުމުގެ ފުރުސަތު ދީގެން ބޯހިޔާވަހިކަން ހޯދައިދޭކަށް ގާނޫނުން ޖާގައެއް ނުދޭ: އަލީ ހުސައިން

25 އޮކްޓޯބަރު 2026
ގައުމާއި ދައުލަތުގެ ސިޔާދަތު ވިއްކައިގެން ނުވަތަ ބަޔަކަށް ގައުމު ލޫޓުވާލުމުގެ ފުރުސަތު ދީގެން ބޯހިޔާވަހިކަން ހޯދައިދޭކަށް ގާނޫނުން ޖާގައެއް ނުދޭ: އަލީ ހުސައިން
24 އޮކްޓޯބަރު 2026

ރާއްޖޭގެ ރިޒާރވްގައި 2 ހަފްތާއަށް ބޭނުންވާ މުދާ އިމްޕޯޓް ކުރެވޭ މިންވަރަށް ވެސް ޑޮލަރެއް ނެތް، މިއީ މިސްރާބެއް ނެތް ސަރުކާރެއް: ނަޝީދު

24 އޮކްޓޯބަރު 2026
ރާއްޖޭގެ ރިޒާރވްގައި 2 ހަފްތާއަށް ބޭނުންވާ މުދާ އިމްޕޯޓް ކުރެވޭ މިންވަރަށް ވެސް ޑޮލަރެއް ނެތް، މިއީ މިސްރާބެއް ނެތް ސަރުކާރެއް: ނަޝީދު
24 އޮކްޓޯބަރު 2026

ދިވެހީން އިސްކުރާ ކަމަށް ސަރުކާރުން ބުނޭ، ނަމަވެސް ރައީސް މުއިއްޒު ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅުގައި ދިވެހީން ކުރީ ބާކީ!

24 އޮކްޓޯބަރު 2026
ދިވެހީން އިސްކުރާ ކަމަށް ސަރުކާރުން ބުނޭ، ނަމަވެސް ރައީސް މުއިއްޒު ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅުގައި ދިވެހީން ކުރީ ބާކީ!
24 އޮކްޓޯބަރު 2026

ޕާކިސްތާނާއި ރާއްޖެއާ ދެމެދު ގާއިމުކުރި އެއްބަސްވުންތައް ވަރަށް ގާތުން ބަލައި، އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އަޅާނެކަމަށް އިންޑިއާއިން ބުނެފި

24 އޮކްޓޯބަރު 2026
ޕާކިސްތާނާއި ރާއްޖެއާ ދެމެދު ގާއިމުކުރި އެއްބަސްވުންތައް ވަރަށް ގާތުން ބަލައި، އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އަޅާނެކަމަށް އިންޑިއާއިން ބުނެފި
23 އޮކްޓޯބަރު 2026

ކައުންސިލަރުންގެ މުސާރަ ބޮޑުކުރުން: ކައުންސިލްތައް އަޅުވެތިކޮށް ރަށްރަށުގެ ތަރައްގީ މަޑުޖައްސާލަން ޖެހި ބޮޑު މަޅިއެއް؟

23 އޮކްޓޯބަރު 2026
ކައުންސިލަރުންގެ މުސާރަ ބޮޑުކުރުން: ކައުންސިލްތައް އަޅުވެތިކޮށް ރަށްރަށުގެ ތަރައްގީ މަޑުޖައްސާލަން ޖެހި ބޮޑު މަޅިއެއް؟
23 އޮކްޓޯބަރު 2026

ރަސްމާލެ މަޝްރޫއާ ގުޅޭ ގޮތުން ބައެއް މެންބަރުންނާ އެކު ރައީސް މުއިއްޒުގެ ބައްދަލުވުންތަކެއް، ސަރުކާރާއެކު ކުރިއަށްދާން ބޭނުންވާނަމަ އެ މަޝްރޫއާ މެދު ދެކޭގޮތް ބަދަލުކުރަން ޖެހޭކަމުގެ އިންޒާރު!

23 އޮކްޓޯބަރު 2026
ރަސްމާލެ މަޝްރޫއާ ގުޅޭ ގޮތުން ބައެއް މެންބަރުންނާ އެކު ރައީސް މުއިއްޒުގެ ބައްދަލުވުންތަކެއް، ސަރުކާރާއެކު ކުރިއަށްދާން ބޭނުންވާނަމަ އެ މަޝްރޫއާ މެދު ދެކޭގޮތް ބަދަލުކުރަން ޖެހޭކަމުގެ އިންޒާރު!
22 އޮކްޓޯބަރު 2026

މާލޭގެ ފެންބޮޑުވުމުގެ ހަނދާން އާވެއްޖެ. މުއިއްޒު ޖެއްސެވި ހިސާބު މުޅިން ގޯސް

22 އޮކްޓޯބަރު 2026
މާލޭގެ ފެންބޮޑުވުމުގެ ހަނދާން އާވެއްޖެ. މުއިއްޒު ޖެއްސެވި ހިސާބު މުޅިން ގޯސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް