Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސައުދީ-ހޫޘީންގެ ކުރިމަތިލުން

ސައުދީ އަރަބިއްޔާއަށް އަމާޒުކޮށް ހޫޘީން ދިން މިސައިލް ހަމަލާތަކެއް ދިފާޢުކޮށް، ކްރޫޒް މިސައިލެއް ވައްޓާލައިފި

25 އޮކްޓޯބަރު 2026 | އާދީއްތަ 08:51

ސައުދީގެ ރިޔާޟާއި ޚަމީސް މުޝައިޠަށް އަމާޒުކޮށް ހޫޘީން ފޮނުވާލި ބެލިސްޓިކް މިސައިލަކާއި ޑްރޯންތަކެއް ސައުދީ އިއްތިހާދުން ވަނީ ނައްތާލާފައި. ދެ ފަރާތުގެ ދެމެދުގައި ހަމަލާތައް ވަރުގަދަވެފައި މި ވަނީ ޔަމަނުގެ ސަރުކާރު ދިފާޢުކުރުމަށް ސައުދީން ކުރާ މަސައްކަތުގެ ތެރެއިން. މި ކުރިމަތިލުންތަކާ ގުޅިގެން ސަރަހައްދީ މަސްރަހު ވަނީ އިތުރަށް ނުތަނަވަސްވެފައި

ނިއުސް ޓީމް
ނިއުސް ޓީމް | 25 އޮކްޓޯބަރު 2026 | އާދީއްތަ 08:51
ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟުގައި އޮންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް ދެވެން އޮންނަ މައި ހަލިމަގުގައި އެއްގަމު އުޅަނދުތަކުން ދަތުރު ކުރަނީ

ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟުގައި އޮންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް ދެވެން އޮންނަ މައި ހަލިމަގުގައި އެއްގަމު އުޅަނދުތަކުން ދަތުރު ކުރަނީ | ރޮއިޓަރސް

ސައުދީ އަރަބިއްޔާގެ ހުޅަނގު ދެކުނުގައިވާ ޚަމީސް މުޝައިޠު ސިޓީއަށް އަމާޒުކޮށް ހޫޘީ ޖަމާއަތުން ފޮނުވާލި ކްރޫޒް މިސައިލެއް ހުއްޓުވައި، ގޮއްވާލާފައިވާ ކަމަށް ޔަމަނުގައި ހަރަކާތްތެރިވާ ސައުދީ އިސްވެ އޮންނަ އަސްކަރީ އިއްތިހާދުން އާދީއްތަ ދުވަހު ބުނެފި އެވެ.

"ޚަމީސް މުޝައިޠަށް އަމާޒުކޮށް ހޫޘީ ހަނގުރާމަވެރިން ފޮނުވާލި ކްރޫޒް މިސައިލެއް ވަނީ ހުއްޓުވައި، ނައްތާލެވިފައި،" އެ އިއްތިހާދުގެ ތަރުޖަމާނު ތުރްކީ އަލް-މާލިކީ ވިދާޅުވި އެވެ.

Advertisement - worldAdvertisement

މީގެ އިތުރުން، އާދީއްތަ ދުވަހުގެ ކުރީކޮޅު އަލް-މާލިކީ ވިދާޅުވީ، ވެރިރަށް ރިޔާޟަށް އަމާޒުކޮށް ހޫޘީން ފޮނުވާލި ބެލިސްޓިކް މިސައިލަކާއި ދެ ޑްރޯން ވެސް އިއްތިހާދުގެ ބާރުތަކުން ހުއްޓުވައި ނައްތާލާފައިވާ ކަމަށެވެ.

މި ކުރިމަތިލުންތައް ހިނގަމުން މި ދަނީ، ސައުދީ އަރަބިއްޔާގެ ވައިގެ ދަތުރުފަތުރާއި ހަކަތައިގެ ވަސީލަތްތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކާއި، ޔަމަނުގައި ހުރި ހޫޘީންގެ މަގާމުތަކަށް އިއްތިހާދުން ދެމުންގެންދާ ހަމަލާތަކާ އެކު ދެ ފަރާތުގެ ދެމެދުގައި ހަމަނުޖެހުންތައް އިތުރަށް ވަރުގަދަވަމުންދާ ދަނޑިވަޅެއްގަ އެވެ.

ބައިނަލްއަގުވާމީ މުޖުތަމައުން ބަލައިގަނެފައިވާ ޔަމަނުގެ ސަރުކާރަށް ތާއީދުކޮށް، ހޫޘީންނާ ދެކޮޅަށް ހަރަކާތްތެރިވާ އަސްކަރީ އިއްތިހާދެއްގެ އިސްނަގައިގެން ސައުދީ އަރަބިއްޔާއިން މަސައްކަތް ކުރަމުން އަންނަނީ 2015 ވަނަ އަހަރުން ފެށިގެންނެވެ. ހޫޘީ ޖަމާއަތުން 2014 ވަނަ އަހަރުން ފެށިގެން އަންނަނީ ޔަމަނުގެ ވެރިރަށް ޞަންޢާއާއި އެ ޤައުމުގެ އެހެނިހެން ސަރަހައްދުތައް އެ މީހުންގެ ބާރުގެ ދަށުގައި ބާއްވައި، ކޮންޓުރޯލު ކުރަމުންނެވެ.

މަސްދަރު: އަނަދޮލު އޭޖެންސީ

ހޫތީ ޖަމާއަތްޔަމަންޚަމީސް މުޝައިތުރިޔާޟްސައުދީ-ޔަމަން

އެންމެ ހިނގާ

1

ވިންޑްސަރ ގަނޑުވަރުގައި ރަސްގެފާނު ޗާލްސް އަރަބި ބަހުން ވިދާޅުވީ މާތް ނަބިއްޔާގެ ހަދީސްފުޅެއް!

2

ރަސްމާލެ މަޝްރޫއާ ގުޅޭ ގޮތުން ބައެއް މެންބަރުންނާ އެކު ރައީސް މުއިއްޒުގެ ބައްދަލުވުންތަކެއް، ސަރުކާރާއެކު ކުރިއަށްދާން ބޭނުންވާނަމަ އެ މަޝްރޫއާ މެދު ދެކޭގޮތް ބަދަލުކުރަން ޖެހޭކަމުގެ އިންޒާރު!

3

ކީވްއަށް ބެލިސްޓިކް މިސައިލްތަކެއް، މޮސްކޯ ވަށައިގެން އެތައް ސަތޭކަ ޑްރޯނެއް އަދި ވޮޝިންގޓަނުގެ ސިއްރު ޑީލްތައް ފަޅާއެރުން!

4

އެންމެ ދުވަހަކުން ހަތް ތެޔޮ ޓޭންކަރަށް ބޮޑެތި ގެއްލުންތަކެއް، އެމެރިކާގެ މަރުކަޒުތަކަށް ވެސް ހަމަލާދޭނެ ކަމުގެ އިންޒާރު!

5

ޕާކިސްތާނާއި ރާއްޖެއާ ދެމެދު ގާއިމުކުރި އެއްބަސްވުންތައް ވަރަށް ގާތުން ބަލައި، އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އަޅާނެކަމަށް އިންޑިއާއިން ބުނެފި

އިތުރަށް ކިޔާލަން

23 އޮކްޓޯބަރު 2026

ސައުދީގެ ވައިގެ ސަރަހައްދުގައި ނުރައްކާތެރި ކުރިމަތިލުމެއް: 11 ޑްރޯނާއި މިސައިލެއް ވައްޓާލައި ވަރުގަދަ ހަމަލާތަކެއް ދިފާޢުކޮށްފި!

23 އޮކްޓޯބަރު 2026
ސައުދީގެ ވައިގެ ސަރަހައްދުގައި ނުރައްކާތެރި ކުރިމަތިލުމެއް: 11 ޑްރޯނާއި މިސައިލެއް ވައްޓާލައި ވަރުގަދަ ހަމަލާތަކެއް ދިފާޢުކޮށްފި!
22 އޮކްޓޯބަރު 2026

ސައުދީ އެއާޕޯޓަކަށް ދިން ހަމަލާއެއްގައި ބޮޑެތި ގެއްލުންތަކެއް: މީހުން މަރުވެ، އެމެރިކާގެ މިޝަންތަކުން މީހުން ހުސްކުރަން ފަށައިފި!

22 އޮކްޓޯބަރު 2026
ސައުދީ އެއާޕޯޓަކަށް ދިން ހަމަލާއެއްގައި ބޮޑެތި ގެއްލުންތަކެއް: މީހުން މަރުވެ، އެމެރިކާގެ މިޝަންތަކުން މީހުން ހުސްކުރަން ފަށައިފި!
22 އޮކްޓޯބަރު 2026

ސައުދީގެ އެއާޕޯޓަކާއި ތެލުގެ ސިނާއަތުގެ ވަސީލަތްތަކަށް ހަމަލާތައް އަމާޒުވެ ބޮޑެތި ގެއްލުންތަކެއް!

22 އޮކްޓޯބަރު 2026
ސައުދީގެ އެއާޕޯޓަކާއި ތެލުގެ ސިނާއަތުގެ ވަސީލަތްތަކަށް ހަމަލާތައް އަމާޒުވެ ބޮޑެތި ގެއްލުންތަކެއް!
21 އޮކްޓޯބަރު 2026

ހޫޘީންގެ ހަމަލާތަކުން ސައުދީ އަރަބިއްޔާ ދިފާޢުކުރަން އިނގިރޭސިވިލާތުން އަސްކަރީ މަތިންދާބޯޓުތައް ފޮނުވަނީ

21 އޮކްޓޯބަރު 2026
ހޫޘީންގެ ހަމަލާތަކުން ސައުދީ އަރަބިއްޔާ ދިފާޢުކުރަން އިނގިރޭސިވިލާތުން އަސްކަރީ މަތިންދާބޯޓުތައް ފޮނުވަނީ
20 އޮކްޓޯބަރު 2026

ސަލާމަތީ އިންޒާރަކަށް ފަހު ސައުދީ ވެރިރަށް ރިޔާޟުން ބާރުގަދަ ގޮވުންތަކެއްގެ އަޑު!

20 އޮކްޓޯބަރު 2026
ސަލާމަތީ އިންޒާރަކަށް ފަހު ސައުދީ ވެރިރަށް ރިޔާޟުން ބާރުގަދަ ގޮވުންތަކެއްގެ އަޑު!
20 އޮކްޓޯބަރު 2026

ޔަމަނުގެ މައުރިބަށް ހޫޘީންގެ މިސައިލް ހަމަލާތަކެއް، ދެކުނުގެ ކަހްބޫބުގައި ދިން ހަމަލާ ސިފައިން ހުއްޓުވައިފި

20 އޮކްޓޯބަރު 2026
ޔަމަނުގެ މައުރިބަށް ހޫޘީންގެ މިސައިލް ހަމަލާތަކެއް، ދެކުނުގެ ކަހްބޫބުގައި ދިން ހަމަލާ ސިފައިން ހުއްޓުވައިފި
18 އޮކްޓޯބަރު 2026

ހޫޘީންގެ ހައްޔަރުގައި ތިބި 159 އަސީރުން މިނިވަންކޮށްފި، ވިލަރެސްކުރީ ރެޑް ކްރޮސްއިން

18 އޮކްޓޯބަރު 2026
ހޫޘީންގެ ހައްޔަރުގައި ތިބި 159 އަސީރުން މިނިވަންކޮށްފި، ވިލަރެސްކުރީ ރެޑް ކްރޮސްއިން
18 އޮކްޓޯބަރު 2026

ސައުދީގެ ހެލިކޮޕްޓަރެއް ވައްޓާލާފައިވާނެ ކަމަށް ހޫޘީން ބުނުން، ސައުދީން ބުނީ ބެލިސްޓިކް މިސައިލްތައް ދިފާޢުކޮށްފައިވާނެ ކަމަށް

18 އޮކްޓޯބަރު 2026
ސައުދީގެ ހެލިކޮޕްޓަރެއް ވައްޓާލާފައިވާނެ ކަމަށް ހޫޘީން ބުނުން، ސައުދީން ބުނީ ބެލިސްޓިކް މިސައިލްތައް ދިފާޢުކޮށްފައިވާނެ ކަމަށް
17 އޮކްޓޯބަރު 2026

ހޫޘީންގެ ބާރުތައް ބަލިކަށިކޮށް، ވެރިރަށް ސަންޢާ ހިފުމުގެ އަމާޒުގައި ޔަމަނުގެ ސިފައިން ވަރުގަދަ ހަމަލާތަކެއް ދީފި

17 އޮކްޓޯބަރު 2026
ހޫޘީންގެ ބާރުތައް ބަލިކަށިކޮށް، ވެރިރަށް ސަންޢާ ހިފުމުގެ އަމާޒުގައި ޔަމަނުގެ ސިފައިން ވަރުގަދަ ހަމަލާތަކެއް ދީފި
17 އޮކްޓޯބަރު 2026

ޢަދަން އެއާޕޯޓުގައި ފުރަން ތައްޔާރުވެފައި އޮތް ބޯޓެއް ކައިރިއަށް ހޫޘީންގެ މިސައިލް ހަމަލާތަކެއް

17 އޮކްޓޯބަރު 2026
ޢަދަން އެއާޕޯޓުގައި ފުރަން ތައްޔާރުވެފައި އޮތް ބޯޓެއް ކައިރިއަށް ހޫޘީންގެ މިސައިލް ހަމަލާތަކެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް