Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރިޔާސީ އިންތިޚާބު

ވާދަވެރި ދެވަނަ ބުރު ކާމިޔާބު ކުރައްވައި، ލޫލާ ބްރެޒިލްގެ ރިޔާސީ ހަތަރުވަނަ ދައުރެއް ކަށަވަރު ކުރައްވައިފި

26 އޮކްޓޯބަރު 2026 | ހޯމަ 05:04

ބްރެޒިލްގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި %51.76 ވޯޓު ހޯއްދަވައިގެން ލޫލާ ދަ ސިލްވާ ވަނީ ތާރީޚީ ކާމިޔާބީއެއް ހޯއްދަވާފައި. މިއީ، 1989 ގެ ފަހުން ފުރަތަމަ ބުރުން ދެވަނަ ލިބުނު ކެންޑިޑޭޓަކު ދެވަނަ ބުރު ކާމިޔާބުކުރި ފުރަތަމަ ފަހަރު ކަމަށްވާއިރު، މިއާއެކު ބޮލްސޮނާރޯގެ އާއިލާއަށް ވަނީ ސިޔާސީ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިފައި. ލޫލާގެ ހަތަރުވަނަ ރިޔާސީ ދައުރު ރަސްމީކޮށް ފެށުމަށް ހަމަޖެހިފައި ވަނީ 2027 ވަނަ އަހަރުގެ ޖަނަވަރީ މަހު

ނިއުސް ޓީމް
ނިއުސް ޓީމް | 26 އޮކްޓޯބަރު 2026 | ހޯމަ 05:04
ބްރެޒިލްގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ކުރި ހޯއްދެވި ރައީސް ލުއީޒް އިނާސިއޯ ލޫލާ ދެ ސިލްވާ އޭނާއަށް ތާއީރުކުރާ މީހުންނާއެކު

ބްރެޒިލްގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ކުރި ހޯއްދެވި ރައީސް ލުއީޒް އިނާސިއޯ ލޫލާ ދެ ސިލްވާ އޭނާއަށް ތާއީރުކުރާ މީހުންނާއެކު | އަނަދޮލު އޭޖެންސީ

ބްރެޒިލްގައި އާދީއްތަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު، ވާދަވެރި ކެންޑިޑޭޓް ފްލާވިއޯ ބޮލްސޮނާރޯ ބަލިކުރެއްވުމަށް ފަހު އެ ޤައުމުގެ ރައީސް ލުއީޒް އިނާސިއޯ ލޫލާ ދަ ސިލްވާ ކާމިޔާބު ކުރައްވައިފި އެވެ. މި ކާމިޔާބީއާއެކު ލޫލާ ވަނީ ޖެހިޖެހިގެން ނޫން ގޮތަކަށް ހަތަރުވަނަ ދައުރެއް ކަށަވަރު ކުރައްވާފަ އެވެ. އިންތިޚާބު ކާމިޔާބު ކުރެއްވިކަން ރަސްމީކޮށް އިޢުލާނު ކުރީ އެ ޤައުމުގެ އިންތިޚާބާ ބެހޭ އެންމެ މަތީ ކޯޓު ކަމަށްވާ ސުޕީރިއާ އިލެކްޓޯރަލް ކޯޓުން (ޓީއެސްއީ) ނެވެ.

ގާތްގަނޑަކަށް ހުރިހާ ވޯޓު ފޮށްޓެއް ގުނައި ނިމުނުއިރު، ސައްހަ ވޯޓުގެ %51.76 ލޫލާ ހޯއްދެވި ކަމަށް ޓީއެސްއީން ބުންޏެވެ. ފްލާވިއޯ ބޮލްސޮނާރޯއަށް ލިބިވަޑައިގަތީ %48.24 އެވެ. މި ނަތީޖާއާއެކު، ލޫލާ ކުރި ހޯއްދަވާފައި ވަނީ ހަތަރު މިލިޔަނަށް ވުރެ ގިނަ ވޯޓުގެ ތަފާތަކުންނެވެ.

Advertisement - worldAdvertisement

މި ނަތީޖާއަކީ ޒަމާނީ ބްރެޒިލްގެ ސިޔާސީ ތާރީޚުގައި މީގެ ކުރިން ފެނިފައިނުވާ ފަދަ ތާރީޚީ ކުރިއެރުމެކެވެ. އެ ޤައުމުގައި 1989 ގައި ދެ ބުރުގެ ރިޔާސީ އިންތިޚާބީ ނިޒާމު ތައާރަފުކުރި ފަހުން، ފުރަތަމަ ބުރުން ދެވަނަ ލިބިވަޑައިގަތުމަށް ފަހު ދެވަނަ ބުރު ކާމިޔާބު ކުރެއްވި ފުރަތަމަ ކެންޑިޑޭޓަކަށް ލޫލާ މި ވަނީ ވެވަޑައިގަންނަވާފަ އެވެ. އޮކްޓޫބަރު 4 ގައި ބޭއްވި ފުރަތަމަ ބުރުގެ ވޯޓުގައި، %47.03 ހޯއްދަވައިގެން ކުރީގައި އޮތީ ބޮލްސޮނާރޯ އެވެ. ލޫލާއަށް ލިބިވަޑައިގެންނެވީ %45.16 އެވެ. މިއާއެކު، ލެޓިން އެމެރިކާގެ އެންމެ ބޮޑު ޤައުމުގައި ތިން ހަފުތާގެ މުއްދަތަކަށް ދެމިގެންދިޔަ ފޯރިގަދަ އަދި ވަރުގަދަ ކެމްޕޭނަކަށް މަގުފަހިވެގެން ދިޔަ އެވެ.

އިންތިޚާބުގެ މި ނަތީޖާއަކީ ބޮލްސޮނާރޯގެ އާއިލާއަށް ކުރިމަތިވި ބޮޑު ހީނަރުކަމެކެވެ. އުމުރުން 45 އަހަރުގެ ސެނެޓަރު އަދި ކުރީގެ ރައީސް ޜާއިރް ބޮލްސޮނާރޯގެ ދޮށީ ދަރިކަލުން ފްލާވިއޯ މަސައްކަތް ކުރެއްވީ އެ އާއިލާގެ ބާރުގެ ދަށަށް އަލުން ބްރެޒިލްގެ ވެރިކަން ގެންނެވުމަށެވެ.

ވޯޓު ގުނުމުގެ ކުރީކޮޅުގައި ދެ ކެންޑިޑޭޓުންގެ މެދުގައި އެކި ފަހަރު މަތިން ކުރި ބަދަލުވަމުން ދިޔަ އެވެ. ނަމަވެސް، ސަހަރުތަކާއި އާބާދީ ބޮޑު އިރުއުތުރުގެ ސަރަހައްދުތަކުގެ ވޯޓު ފޮށިތައް ގުނަން ފެށުމާއެކު ލޫލާ ކުރި ހޯއްދަވަން ފެށްޓެވި އެވެ.

މީގެ ކުރިން 2003 އިން 2010 އަށް ބްރެޒިލްގައި ވެރިކަން ކުރެއްވުމަށް ފަހު، އަލުން 2022 ގައި ވެރިކަމަށް ވަޑައިގެންނެވި ލޫލާ، އޭނާގެ ހަތަރުވަނަ ރިޔާސީ ދައުރު ރަސްމީކޮށް ފަށްޓަވާނީ 2027 ޖަނަވަރީ 5 ގަ އެވެ.

މަސްދަރު: އަނަދޮލު އޭޖެންސީ

ބްރެޒިލްލުއިޒް އިނާސިއޯ ލޫލާ ޑަ ސީލްވާފްލާވިއޯ ބޮލްސޮނާރޯލެޓިން އެމެރިކާ

އެންމެ ހިނގާ

1

ރަސްމާލެ މަޝްރޫއާ ގުޅޭ ގޮތުން ބައެއް މެންބަރުންނާ އެކު ރައީސް މުއިއްޒުގެ ބައްދަލުވުންތަކެއް، ސަރުކާރާއެކު ކުރިއަށްދާން ބޭނުންވާނަމަ އެ މަޝްރޫއާ މެދު ދެކޭގޮތް ބަދަލުކުރަން ޖެހޭކަމުގެ އިންޒާރު!

2

ކީވްއަށް ބެލިސްޓިކް މިސައިލްތަކެއް، މޮސްކޯ ވަށައިގެން އެތައް ސަތޭކަ ޑްރޯނެއް އަދި ވޮޝިންގޓަނުގެ ސިއްރު ޑީލްތައް ފަޅާއެރުން!

3

އެމެރިކާއަށް އީރާނުގެ ހަރުކަށި ރައްދެއް، މުޅި ސަރަހައްދުގައި ހަނގުރާމައިގެ "ސުންގަޑި" ކައިރިވަނީ

4

"ވައިޓް ހައުސް ހީވަނީ ޞައްދާމް ހުސައިން ހުޅުއްވި ޗީޒްކޭކް ފެކްޓަރީއެއް ހެން": އޮބާމާގެ ފާޑުކިޔުން ޓްރަމްޕަށް!

5

ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިމާއި ޕްރޮޕަޓީ މިލްކުކުރެވޭ ގޮތަށް ގާނޫނެއް ފާސްކުރުމަށް އޭޖީން މަޖިލީހަށް ފޮނުވަން ތައްޔާރުވެއްޖެ

އިތުރަށް ކިޔާލަން

19 އޯގަސްޓު 2026

ބްރެޒިލްގެ ލެޖެންޑު ރޮބާޓޯ ކާލޯސް އިސްލާމްދީން ޤަބޫލުކޮށްފި

19 އޯގަސްޓު 2026
ބްރެޒިލްގެ ލެޖެންޑު ރޮބާޓޯ ކާލޯސް އިސްލާމްދީން ޤަބޫލުކޮށްފި
05 އޯގަސްޓު 2026

ބްރެޒިލުން އެމެރިކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ ވިސާ، ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބާތިލްކޮށްފި

05 އޯގަސްޓު 2026
ބްރެޒިލުން އެމެރިކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ ވިސާ، ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބާތިލްކޮށްފި
03 އޯގަސްޓު 2026

ބޭރުގެ ނުފޫޒުތަކާ ދެކޮޅަށް، ހަތަރު ވަނަ ދައުރަކަށް ވާދަކުރައްވާާނެ ކަމަށް ލޫލާ އިއުލާާން ކުރައްވައިފި

03 އޯގަސްޓު 2026
ބޭރުގެ ނުފޫޒުތަކާ ދެކޮޅަށް، ހަތަރު ވަނަ ދައުރަކަށް ވާދަކުރައްވާާނެ ކަމަށް ލޫލާ އިއުލާާން ކުރައްވައިފި
19 ޖުލައި 2026

ފައިނަލުގައި އާޖެންޓިނާ ކުޅޭއިރު ލެޓިން އެމެރިކާގެ ގައުމުތަކުން އިދިކޮޅު ޓީމަށް ސަޕޯޓު ކުރަނީ ކީއްވެ؟

19 ޖުލައި 2026
ފައިނަލުގައި އާޖެންޓިނާ ކުޅޭއިރު ލެޓިން އެމެރިކާގެ ގައުމުތަކުން އިދިކޮޅު ޓީމަށް ސަޕޯޓު ކުރަނީ ކީއްވެ؟
17 ޖުލައި 2026

ވޯލްޑް ކަޕް: ބަންގްލަދޭޝްގެ ރައްޔިތުންގެ މެދުގައި ބްރެޒިލާއި އާޖެންޓީނާގެ ފުޓްބޯޅައަށް އޮންނަ ފޯރިގަދަ ލޯތްބަކީ އާދައިގެ ކަމެއް ނޫނެވެ!

17 ޖުލައި 2026
ވޯލްޑް ކަޕް: ބަންގްލަދޭޝްގެ ރައްޔިތުންގެ މެދުގައި ބްރެޒިލާއި އާޖެންޓީނާގެ ފުޓްބޯޅައަށް އޮންނަ ފޯރިގަދަ ލޯތްބަކީ އާދައިގެ ކަމެއް ނޫނެވެ!
17 ޖުލައި 2026

ބްރެޒިލްގެ ފުޓްބޯޅަ ލެޖެންޑް ޕެލޭގެ ވޯލްޑް ކަޕް ޖާޒީއެއް 4.9 މިލިއަން ޑޮލަރަށް ވިއްކާލައިފި

17 ޖުލައި 2026
ބްރެޒިލްގެ ފުޓްބޯޅަ ލެޖެންޑް ޕެލޭގެ ވޯލްޑް ކަޕް ޖާޒީއެއް 4.9 މިލިއަން ޑޮލަރަށް ވިއްކާލައިފި
08 ޖުލައި 2026

ބްރެޒިލުން ބުނީ އެމެރިކާގެ ޓެރަރިސްޓް ލިސްޓަކީ އެ ގައުމަށް އެމެރިކާ އިން އަރައިގަތުމަށް ބަހަނާއަކަށް ވެދާނެ ކަމަށް

08 ޖުލައި 2026
ބްރެޒިލުން ބުނީ އެމެރިކާގެ ޓެރަރިސްޓް ލިސްޓަކީ އެ ގައުމަށް އެމެރިކާ އިން އަރައިގަތުމަށް ބަހަނާއަކަށް ވެދާނެ ކަމަށް
05 ޖުލައި 2026

ބަންގްލަދޭޝްގެ ފުލުހަކު އޭއައި ބޭނުންކޮށްގެން، މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހަކު ލައިގެން ހުރި އާޖެންޓީނާގެ ޖާޒީ ބްރެޒިލް ޖާޒީއަކަށް ބަދަލުކުރި މައްސަލައެއް ފެންމަތިވެއްޖެ

ނޯވޭ ވަރުގަދަ، އެކަމަކު އަންޗެލޮޓީ އަށް ބްރެޒިލް ފެންނަނީ އެންމެ ވަރުގަދަކޮށް!

05 ޖުލައި 2026
ނޯވޭ ވަރުގަދަ، އެކަމަކު އަންޗެލޮޓީ އަށް ބްރެޒިލް ފެންނަނީ އެންމެ ވަރުގަދަކޮށް!
29 ޖޫން 2026

ކޭޕް ވާޑްގެ ވޯލްޑް ކަޕް ޓީމުގެ ކެޕްޓަންގެ މައްޗަށް ރޭޕްގެ ތުހުމަތުކޮށްފި

29 ޖޫން 2026
ކޭޕް ވާޑްގެ ވޯލްޑް ކަޕް ޓީމުގެ ކެޕްޓަންގެ މައްޗަށް ރޭޕްގެ ތުހުމަތުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް