Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރަސްމާލެ

ރައީސް މުއިއްޒު ގާނޫނުއަސާސީގެ ބާރު ކަނޑުވާލަން މަސައްކަތް ކުރައްވާއިރު، އެކަމާ ދެކޮޅަށް ރައްޔިތުން ނުކުމެ ބަސްބުނަންޖެހޭ: ޝެއިޚް އިމްރާން

25 އޮކްޓޯބަރު 2026 | އާދީއްތަ 08:10

ބޭރުގެ ކުންފުނިތަކުން ރާއްޖޭގެ ސިޔާސީ މަސްރަހަށް ނުފޫޒު ފޯރުވަން މަސައްކަތްކުރާ ކަމަށް ވިދާޅުވެ، އެފަދަ އެއްބަސްވުންތަކާ ދެކޮޅަށް ރައްޔިތުން ތެދުވުމަށް ޝައިޚް އިމްރާން ވަނީ ގޮވާލައްވާފައި. ގައުމުގެ ބިމާއި ދީން ހިމާޔަތްކުރުމަށް އެންމެން ގުޅިގެން އަޑުއުފުލަންޖެހޭ ކަމަށާއި، މި މަސައްކަތުގައި ރައްޔިތުންނާއެކު އަބަދުވެސް ސާބިތުވެ ހުންނަވާނެ ކަމަށް އޭނާ ވިދާޅުވި

އަމްނާ އިމާދު
އަމްނާ އިމާދު | 25 އޮކްޓޯބަރު 2026 | އާދީއްތަ 08:10
ހޮނިހިރު ދުވަހުގެ ރޭ ބޭއްވި "ދިވެހީންގެ ބިން ދިވެހީންނަށް" ޚާއްސަ ފޯރަމުގެ އޯޑިއަންސްގައި އިންނަވައި ކުރީގެ ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ ވާހަކަ ދައްކަވަނީ.

ހޮނިހިރު ދުވަހުގެ ރޭ ބޭއްވި "ދިވެހީންގެ ބިން ދިވެހީންނަށް" ޚާއްސަ ފޯރަމުގެ އޯޑިއަންސްގައި އިންނަވައި ކުރީގެ ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ ވާހަކަ ދައްކަވަނީ. | ރާއްޖެއެމްވީ

ރައީސް ޑރ. މުހައްމަދު މުއިއްޒު ގާނޫނުއަސާސީގެ ބާރު ކަނޑުވާލަން މަސައްކަތް ކުރައްވާ ކަމަށާއި، އެކަމާ ދެކޮޅަށް ރައްޔިތުން ނުކުމެ ބަސްބުނަންޖެހޭ ކަމަށް ކުރީގެ ހޯމް މިނިސްޓަރު ޝައިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ހޮނިހިރު ދުވަހުގެ ރޭ ބޭއްވި "ދިވެހީންގެ ބިން ދިވެހީންނަށް" ޚާއްސަ ފޯރަމުގެ އޯޑިއަންސްގައި އިންނަވައި ވާހަކަދައްކަވަމުން ޝެއިޚް އިމްރާން ވިދާޅުވީ، ރަސްމާލޭގެ ބޮޑު ބައެއް އީގަލް ހިލްސް ކުންފުންޏަށް ދާއިމަށް ދީފައިވާ ކަމަށް ބުނާ މައްސަލައަކީ އާދައިގެ ކަމެއް ނޫން ކަމަށެވެ.

Advertisement - newsAdvertisement
ސީދާ ގާނޫނުއަސާސީގެ ބާރު ކަނޑާލައިގެންނޭ މި އުޅެނީ ވެރިއަކަށް ހުރި މީހަކު. އެހެންވީމާ މިއީ އާދައިގެ ކަމެއްގެ ވާހަކައެއް ނޫން 
އިމްރާން އަބްދުﷲ

ބޭރުގެ ކުންފުނިތަކުން އެކި ގައުމުތަކުގައި ޕްރޮޖެކްޓްތައް ހިންގާއިރު، އެ ތަންތަނުގެ ސަރުކާރާއި އިދިކޮޅު ފަރާތްތަކުގެ މައްޗަށް ބާރުފޯރުވުމަށް މަސައްކަތްކުރާކަން ފާހަގަކުރައްވައި، ހެންލީ އެންޑް ޕާޓްނާސް ފަދަ ފަރާތްތަކުގެ ނުފޫޒުތަކާމެދު ސަމާލުވާންޖެހޭ ކަމަށް ޝެއިޚް އިމްރާން ވިދާޅުވި އެވެ.

މީގެ އިތުރުން، ގިނަ ގައުމުތަކުގައި މިފަދަ ކަންކަން އެނގެނީ ހުރިހާ ކަމެއް ނިމި ބޮޑެތި ހަމަނުޖެހުންތަކާއި ހިތާމަވެރި ހާދިސާތައް ހިނގާ ފަހުން ކަމަށާއި، ނަމަވެސް އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ކުރިން މި މައްސަލަތައް ފެންމަތިވެ ރައްޔިތުން ވާހަކަދައްކަން ފެށުމަކީ ލިބުނު ބޮޑު ނަސީބެއް ކަމަށް ޝެއިޚް އިމްރާން ވިދާޅުވި އެވެ. 

އެހެންކަމުން ސަރުކާރާއި އިދިކޮޅު ފަރާތްތަކުގެ މައްޗަށް ބަޔަކު ސަވާރުވިޔަ ނުދީ، މި އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން ރައްޔިތުން ތެދުވެ ބަސްބުނުމަށް ޝެއިޚް އިމްރާން ގޮވާލެއްވި އެވެ. ޝެއިޚް އިމްރާން ވިދާޅުވީ، ރައްޔިތުން މި މަސައްކަތުގައި ކުރިއަށްދާނަމަ، އެ ފަރާތްތަކުގެ ފަހަތުގައި ނުތިބޭނެ ކަމަށާއި އަބަދުވެސް ތިބޭނީ ރައްޔިތުންނާ އެއް ސަފެއްގައި ނުވަތަ އިސް ސަފުގައި ކަމަށެވެ. އަދި ސޯޝަލް މީޑިއާ ފަދަ ވަސީލަތްތައް މެދުވެރިކޮށް ވެސް އެންމެން ގުޅިގެން އަޑުއުފުލައި، ގާނޫނުއަސާސީއާއި ބިމާއި ދީން ހިމާޔަތްކުރުމުގެ މަސައްކަތް ރައްޔިތުން ބާރަށް ކުރިއަށް ގެންދިއުމަށް ވެސް ޝެއިޚް އިމްރާން ގޮވާލެއްވި އެވެ.

ޑރ. މުހައްމަދު މުއިއްޒުޝެއިޚް އިމްރާން އަބްދުﷲރަސްމާލެ

އެންމެ ހިނގާ

1

ވިންޑްސަރ ގަނޑުވަރުގައި ރަސްގެފާނު ޗާލްސް އަރަބި ބަހުން ވިދާޅުވީ މާތް ނަބިއްޔާގެ ހަދީސްފުޅެއް!

2

ރަސްމާލެ މަޝްރޫއާ ގުޅޭ ގޮތުން ބައެއް މެންބަރުންނާ އެކު ރައީސް މުއިއްޒުގެ ބައްދަލުވުންތަކެއް، ސަރުކާރާއެކު ކުރިއަށްދާން ބޭނުންވާނަމަ އެ މަޝްރޫއާ މެދު ދެކޭގޮތް ބަދަލުކުރަން ޖެހޭކަމުގެ އިންޒާރު!

3

ކީވްއަށް ބެލިސްޓިކް މިސައިލްތަކެއް، މޮސްކޯ ވަށައިގެން އެތައް ސަތޭކަ ޑްރޯނެއް އަދި ވޮޝިންގޓަނުގެ ސިއްރު ޑީލްތައް ފަޅާއެރުން!

4

އެންމެ ދުވަހަކުން ހަތް ތެޔޮ ޓޭންކަރަށް ބޮޑެތި ގެއްލުންތަކެއް، އެމެރިކާގެ މަރުކަޒުތަކަށް ވެސް ހަމަލާދޭނެ ކަމުގެ އިންޒާރު!

5

ޕާކިސްތާނާއި ރާއްޖެއާ ދެމެދު ގާއިމުކުރި އެއްބަސްވުންތައް ވަރަށް ގާތުން ބަލައި، އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އަޅާނެކަމަށް އިންޑިއާއިން ބުނެފި

އިތުރަށް ކިޔާލަން

25 އޮކްޓޯބަރު 2026

ރަސްމާލެ މަޝްރޫއަކީ ގާނޫނުއަސާސީއާ ޚިލާފު ކަމެއްކަން ރައީސް އަށް ސާފު، އެ އެއްބަސްވުމުގައި ސޮއިކުރަން ވަޒީރަކު ފޮނުއްވީ ފަހުން ޒިންމާވާން ޖެހިދާނެތީ: އަލީ ހުސެއިން

25 އޮކްޓޯބަރު 2026
ރަސްމާލެ މަޝްރޫއަކީ ގާނޫނުއަސާސީއާ ޚިލާފު ކަމެއްކަން ރައީސް އަށް ސާފު، އެ އެއްބަސްވުމުގައި ސޮއިކުރަން ވަޒީރަކު ފޮނުއްވީ ފަހުން ޒިންމާވާން ޖެހިދާނެތީ: އަލީ ހުސެއިން
25 އޮކްޓޯބަރު 2026

ރަސްމާލެ މަޝްރޫއު އިން ކުރިއަށް އޮތް 10 އަހަރު ސަރުކާރަށް މާބޮޑު ފައިދާއެއް ނުލިބޭނެ: ޒަރިޔަންދު

25 އޮކްޓޯބަރު 2026
ރަސްމާލެ މަޝްރޫއު އިން ކުރިއަށް އޮތް 10 އަހަރު ސަރުކާރަށް މާބޮޑު ފައިދާއެއް ނުލިބޭނެ: ޒަރިޔަންދު
25 އޮކްޓޯބަރު 2026

ގައުމާއި ދައުލަތުގެ ސިޔާދަތު ވިއްކައިގެން ނުވަތަ ބަޔަކަށް ގައުމު ލޫޓުވާލުމުގެ ފުރުސަތު ދީގެން ބޯހިޔާވަހިކަން ހޯދައިދޭކަށް ގާނޫނުން ޖާގައެއް ނުދޭ: އަލީ ހުސައިން

25 އޮކްޓޯބަރު 2026
ގައުމާއި ދައުލަތުގެ ސިޔާދަތު ވިއްކައިގެން ނުވަތަ ބަޔަކަށް ގައުމު ލޫޓުވާލުމުގެ ފުރުސަތު ދީގެން ބޯހިޔާވަހިކަން ހޯދައިދޭކަށް ގާނޫނުން ޖާގައެއް ނުދޭ: އަލީ ހުސައިން
24 އޮކްޓޯބަރު 2026

ރާއްޖޭގެ ރިޒާރވްގައި 2 ހަފްތާއަށް ބޭނުންވާ މުދާ އިމްޕޯޓް ކުރެވޭ މިންވަރަށް ވެސް ޑޮލަރެއް ނެތް، މިއީ މިސްރާބެއް ނެތް ސަރުކާރެއް: ނަޝީދު

24 އޮކްޓޯބަރު 2026
ރާއްޖޭގެ ރިޒާރވްގައި 2 ހަފްތާއަށް ބޭނުންވާ މުދާ އިމްޕޯޓް ކުރެވޭ މިންވަރަށް ވެސް ޑޮލަރެއް ނެތް، މިއީ މިސްރާބެއް ނެތް ސަރުކާރެއް: ނަޝީދު
24 އޮކްޓޯބަރު 2026

ދިވެހީން އިސްކުރާ ކަމަށް ސަރުކާރުން ބުނޭ، ނަމަވެސް ރައީސް މުއިއްޒު ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅުގައި ދިވެހީން ކުރީ ބާކީ!

24 އޮކްޓޯބަރު 2026
ދިވެހީން އިސްކުރާ ކަމަށް ސަރުކާރުން ބުނޭ، ނަމަވެސް ރައީސް މުއިއްޒު ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅުގައި ދިވެހީން ކުރީ ބާކީ!
24 އޮކްޓޯބަރު 2026

ޕާކިސްތާނާއި ރާއްޖެއާ ދެމެދު ގާއިމުކުރި އެއްބަސްވުންތައް ވަރަށް ގާތުން ބަލައި، އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އަޅާނެކަމަށް އިންޑިއާއިން ބުނެފި

24 އޮކްޓޯބަރު 2026
ޕާކިސްތާނާއި ރާއްޖެއާ ދެމެދު ގާއިމުކުރި އެއްބަސްވުންތައް ވަރަށް ގާތުން ބަލައި، އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އަޅާނެކަމަށް އިންޑިއާއިން ބުނެފި
23 އޮކްޓޯބަރު 2026

ރަސްމާލެ މަޝްރޫއުގެ އިންވެސްޓްމަންޓާ ގުޅޭ މައުލޫމާތު ހާމަކުރުމުގައި ދެފުށް ފެންނަ އުސޫލެއް ނެތުމަކީ އިންތިހާއަށް ކަންބޮޑުވާ ކަމެއް: ފައިސަލް

23 އޮކްޓޯބަރު 2026
ރަސްމާލެ މަޝްރޫއުގެ އިންވެސްޓްމަންޓާ ގުޅޭ މައުލޫމާތު ހާމަކުރުމުގައި ދެފުށް ފެންނަ އުސޫލެއް ނެތުމަކީ އިންތިހާއަށް ކަންބޮޑުވާ ކަމެއް: ފައިސަލް
23 އޮކްޓޯބަރު 2026

ކައުންސިލަރުންގެ މުސާރަ ބޮޑުކުރުން: ކައުންސިލްތައް އަޅުވެތިކޮށް ރަށްރަށުގެ ތަރައްގީ މަޑުޖައްސާލަން ޖެހި ބޮޑު މަޅިއެއް؟

23 އޮކްޓޯބަރު 2026
ކައުންސިލަރުންގެ މުސާރަ ބޮޑުކުރުން: ކައުންސިލްތައް އަޅުވެތިކޮށް ރަށްރަށުގެ ތަރައްގީ މަޑުޖައްސާލަން ޖެހި ބޮޑު މަޅިއެއް؟
23 އޮކްޓޯބަރު 2026

ރަސްމާލެ މަޝްރޫއާ ގުޅޭ ގޮތުން ބައެއް މެންބަރުންނާ އެކު ރައީސް މުއިއްޒުގެ ބައްދަލުވުންތަކެއް، ސަރުކާރާއެކު ކުރިއަށްދާން ބޭނުންވާނަމަ އެ މަޝްރޫއާ މެދު ދެކޭގޮތް ބަދަލުކުރަން ޖެހޭކަމުގެ އިންޒާރު!

23 އޮކްޓޯބަރު 2026
ރަސްމާލެ މަޝްރޫއާ ގުޅޭ ގޮތުން ބައެއް މެންބަރުންނާ އެކު ރައީސް މުއިއްޒުގެ ބައްދަލުވުންތަކެއް، ސަރުކާރާއެކު ކުރިއަށްދާން ބޭނުންވާނަމަ އެ މަޝްރޫއާ މެދު ދެކޭގޮތް ބަދަލުކުރަން ޖެހޭކަމުގެ އިންޒާރު!
23 އޮކްޓޯބަރު 2026

ރަސްމާލެ މަޝްރޫއު މިހާރު އޮތްގޮތަށް ކުރިއަށްދާނަމަ ރާއްޖޭގައި ޒަޔަނިސްޓުން ވަޒަންވެރި ނުވާނެކަމުގެ އެއްވެސް ގެރެންޓީއެއް ނެތް: ކުރީގެ އުއްތަމަފަނޑިޔާރު

23 އޮކްޓޯބަރު 2026
ރަސްމާލެ މަޝްރޫއު މިހާރު އޮތްގޮތަށް ކުރިއަށްދާނަމަ ރާއްޖޭގައި ޒަޔަނިސްޓުން ވަޒަންވެރި ނުވާނެކަމުގެ އެއްވެސް ގެރެންޓީއެއް ނެތް: ކުރީގެ އުއްތަމަފަނޑިޔާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް