Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމީޑިއާ ކައުންސިލް

ކޮމެޓީއަށް މީޑިއާ ކައުންސިލް ހާޒިރު ކުރުމާމެދު ޕީޕީއެމް މެމްބަރުންގެ މެދުގައި ދެބަސްވުން!

9 އޮކްޓޯބަރު 2017 | ހޯމަ 09:23

އެމްޑީއޭގެ މެމްބަރު އާމިރާއި ޕީޕީއެމްގެ ބައެއް މެމްބަރުން ބޭނުންވީ މީޑިއާ ކައުންސިލާ ބައްދަލުކުރަން

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 9 އޮކްޓޯބަރު 2017 | ހޯމަ 09:23
މަޖިލީހުގެ މާލިއްޔަތު ކޮމެޓީން މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން

މަޖިލީހުގެ މާލިއްޔަތު ކޮމެޓީން މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ބަޖެޓާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ މެމްބަރުންނާ ބައްދަލު ކުރެއްވުމަށް އެދުމުން އެކަމާ، މާލިއްޔަތު ކޮމެޓީގައި ހިމެނިވަޑައިގަންވާ ސަރުކާރަށް ނިސްބަތްވާ މެމްބަރުންގެ މެދުގައި ދެބަސްވުންތައް އުފެދިއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ހޯމަ ދުވަހު ބޭއްވި ބައްދަލުވުމުގައި މީޑިއާ ކައުންސިލްގެ މަސައްކަތްތަކަށް އެކަށީގެންވާ ގޮތަކަށް ބަޖެޓް އިތުރު ނުވާ މައްސަލައާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް މާލިއްޔަތު ކޮމެޓީއާއި ބައްދަލުކުރެވޭނެ އިންތިޒާމު ހަމަޖައްސަވައި ދެއްވުމަށްއެދި މީޑިއާ ކައުންސިލުން މާލިއްޔަތު ކޮމެޓީއަށް ފޮނުވާފައިވާ ސިޓީއާ ގުޅޭގޮތުން ހޯމަ ދުވަހުގެ މާލިއްޔަތު ކޮމެޓީގައި މަޝްވަރާ ކުރައްވަމުން ސަރުކާރު ކޯލިޝަން އެމްޑީއޭގެ ނާއިބު ލީޑަރު އަހުމަދު އާމިރު ވިދާޅުވީ މީޑިއާ ކައުންސިލްގެ ކަންބޮޑުވުންތައް އަޑުއަހާލުން ރަނގަޅު ކަމަށާއި މީޑީއާ ކައުންސިލަށް އެކަށީގެންވާ ގޮތެއްގައި ބަޖެޓް ނެތުމުން ދިމާވާ ދަތިތަކަކީ ކޮބައިތޯ ބެލުމަށް ކޮމެޓީން އެފުސަތު ދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

އާމިރުގެ އެވާހަކަތަކަށް ކޮމެޓީގައި ބައިވެރިވެވަޑައިގެންނެވި ޕީޕީއެމްގެ ބައެއް މެމްބަރުން ވަނީ ތާއީދު ކުރައްވާފަ އެވެ.

ނަމަވެސް ސަރުކާރު ހިންގާ މައިޕާޓީ ޕީޕީއެމްގެ ނާއިބު ލީޑަރު ރިޔާޒު ރަޝީދު ވިދާޅުވީ މީޑިއާ ކައުންސިލުން ބެޖެޓްގެ ތާށިކަން ފާހަގަކުރި ނަމަވެސް ދިމާވެފައިވާ ދަތިތަކާއި މައްސަލަތައް ފާހަގަކޮށްފައި ނުވާ ކަމަށެވެ. އަދި މިއަހަރު ދެން ބަޖެޓް އިތުރު ނުކުރެވޭނެ ކަމަށާއި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް މަޖިލީހަށް ހުށަހެޅުމުން މީޑިއާ ކައުންސިލަށް ހުށަހަޅާފައިވާ ބަޖެޓާ ގުޅޭގޮތުން މަޝްވަރާ ކުރިވިދާނެ ކަމަށް ރިޔާޒު ވިދާޅުވި އެވެ.

މީގެއިތުރުން ރިޔާޒު ވިދާޅުވީ، މީޑިއާ ކައުންސިލް މަސައްކަތް ކުރުމަށް ދަތިތަކެއް ހުރުމުން، ނުވަތަ އަބުރު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން މީޑިއާ ކައުންސިލުން ކުރަންހުރި ކަންކަން ކުރުމަށް ދަތިތަކެއް ހުރިނަމަ އެފަދަ ކަންކަން ބަލާނީ މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީން ކަމަށެވެ.

މީޑިއާ ކައުންސިލާ ބައްދަލު ކުރުމަށް ރިޔާޒު ދެކޮޅު ހެއްދެވުމުން، އެކޮމެޓީގައި އެވަގުތު ތިއްބެވި އިދިކޮޅު މެމްބަރުން ކަމަށްވާ އެމްޑީޕީއަށް ނިސްބަތްވާ މެމްބަރު އަބްދުލްގަފޫރު މޫސާ (ގަޕޯ) އާއި ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ މެމްބަރު ފައިސަލް ނަސީމް ވަނީ ސަރުކާރުން ނުރުހޭ ކަމެއް ނަމަ މަޖިލީހުން ތެރެއިން އަދި ކޮމެޓީގެ ތެރެއިން ވެސް ކުރެވެން ނެތް ކަމަށެވެ. އެ މެންބަރުން ވަނީ ކޮމެޓީ ދޫކުރައްވާ ނިކުންނަވާފަ އެވެ.

ކޮމެޓީގައި މިމައްސަލައަށް ބަހުސް ކުރެއްވި ސަރުކާރަށް ނިސްބަތްވާ މެމްބަރުންނާއި އިދިކޮޅު މެމްބަރުންވެސް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިންގ ކޮމިޝަނަކީ ދާދިއެއް މަސައްކަތެއް ކުރާ ދެ މުއައްސަސާ ކަމަށް ވިދާޅުވިއެވެ.

ސަރުކާރަށް ނިސްބަތްވާ މެމްބަރުން ވިދާޅުވީ މީޑިއާ ކައުންސިލް އުވާލުމަށް ފަހު މީޑިއާ ރެގިއުލެޓް ކުރުމަށް އެއް މުއައްސަސާ ބޭއްވުމަށް މެމްބަރުންގެ މެދުގައި މީގެކުރިން މަޝްވަރާ ކުރެވިފައިވާ ކަމަށެވެ.

އިދިކޮޅު މެމްބަރުން ވިދާޅުވީ މީޑިއާ ކައުންސިލް ދެމިއޮތްހާ ދުވަހަކު އެމުއައްސަސާގެ ގާނޫނީ ޒިންމާ އަދާކުރުމަށް އެކަށީގެންވާ ބަޖެޓެއް ހަމަޖެއްސުމަކީ މަޖިލީހުންވެސް ކުރަންޖެހޭ ކަމެއް ކަމަށެވެ.

އިތުރަށް ކިޔާލަން

13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
12 ޖެނުއަރީ 2017

ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

12 ޖެނުއަރީ 2017
ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
10 ޖެނުއަރީ 2017

ޔުމްނާ މައުމޫނު ފުލުހަށް ހާޒިރުވުމަށް އަންގައިފި

10 ޖެނުއަރީ 2017
ޔުމްނާ މައުމޫނު ފުލުހަށް ހާޒިރުވުމަށް އަންގައިފި
10 ޖެނުއަރީ 2017

ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި

10 ޖެނުއަރީ 2017
ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި
10 ޖެނުއަރީ 2017

އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި

10 ޖެނުއަރީ 2017
އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް