Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމެމްބަރުންގެ އިނާޔަތް

މެމްބަރުން އަމިއްލައަށް ބޮޓުންނަށްވެގެން ތިބޭތީ ރައްޔިތުންގެ އިތުބާރު ގެއްލިއްޖެ: މައުރޫފް

19 އޮކްޓޯބަރު 2026 | ހޯމަ 05:49

މަޖިލިސް މެމްބަރުންގެ ހެލްތު އިންޝުއަރެންސް ކަނޑާލުމަށް ހުށަހެޅި ޕެޓިޝަނާ ގުޅިގެން، މެމްބަރުންނަށް ރައްޔިތުންގެ އިތުބާރު ނެތީ އަމިއްލަ މަސްލަހަތު އިސްކޮށް ރައްޔިތުންގެ ހައްގުގައި ވަކާލާތު ނުކުރާތީ ކަމަށް ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ. އާންމު ރައްޔިތުންނަށް ބޭނުންވާ އަސާސީ ބޭސްފަރުވާގެ ޚިދުމަތްތައް ފުރިހަމައަށް ލިބޭނަމަ، މެމްބަރުންގެ އިނާޔަތްތަކާ މެދު ސުވާލު އުފައްދަންޖެހޭ ސަބަބެއް ނޯންނާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 19 އޮކްޓޯބަރު 2026 | ހޯމަ 05:49

މެމްބަރުން އަމިއްލައަށް ބޮޓުންނަށްވެގެން ތިބޭތީ ރައްޔިތުންގެ އިތުބާރު ގެއްލިއްޖެ: މައުރޫފް | ރާއްޖެ ޓީވީ

މަޖިލިސް މެމްބަރުންނަށް ލިބޭ ބޮޑެތި އިނާޔަތްތަކާ މެދު އާންމު ރައްޔިތުން ނުރުހުން ފާޅުކުރާ ހަގީގީ ސަބަބަކީ، މެމްބަރުން އަމިއްލައަށް ބޮޓުންނަށްވެގެން މަޖިލީހުގައި ތިއްބަވާތީ ކަމަށް ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ އެވެ.

އާންމު ރައްޔިތުންނަށް ނުލިބޭ ފަދަ އަގުބޮޑު ހެލްތު އިންޝުއަރެންސް ޕެކޭޖުތަކެއް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ލިބޭތީ އެކަން ހުއްޓާލުމަށް ގޮވާލައި ހުށަހަޅާފައިވާ ޕެޓިޝަނަށް ބަހުސް ކުރައްވަމުން މައުރޫފް ވަނީ މަޖިލީހުގެ މެމްބަރުންނަށް ރައްޔިތުންގެ އިތުބާރު ނެތް ސަބަބުތަކަށް އަލިއަޅުއްވާލައްވާފަ އެވެ.

Advertisement - newsAdvertisement

މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކަވަމުން މައުރޫފް ވިދާޅުވީ، ރައްޔިތުންގެ އެތައް ކަންބޮޑުވުންތަކެއް ހުރި އިރު، އެ ކަންކަމާ ގުޅޭގޮތުން އަޑުއުފުލުމަށް ރައްޔިތުން އިންތިޚާބުކޮށްފައިވާ މެމްބަރުން ނުކުޅެދިފައިވާ ކަމަށެވެ. ރައްޔިތުންގެ ހައްގުގައި ވާހަކަދެއްކުމުގެ ބަދަލުގައި، ވަކި ބައެއްގެ ނުފޫޒުގައި ޖެހި މެމްބަރުން ތިބޭ ތިބުމަކީ ރައްޔިތުންގެ ނުރުހުން މެމްބަރުންނަށް އަމާޒުވާ އެންމެ ބޮޑު ސަބަބު ކަމުގައި އޭނާ ފާހަގަކުރެއްވި އެވެ.

ބޭސްފަރުވާގެ ނިޒާމާ ގުޅޭގޮތުން ވާހަކަދައްކަވަމުން މައުރޫފް ވިދާޅުވީ، އެކަށީގެންވާ ބޭސްފަރުވާ ނުލިބުމުގެ ޝަކުވާއާއި ކަންބޮޑުވުން އާންމު ރައްޔިތުންގެ މެދުގައި އިންތިހާއަށް އެބައޮތް ކަމަށެވެ.

 ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތަކާއި ބޭސްފަރުވާގެ ކަންކަން ފުރިހަމައަށް ފުދިފައި ހުންނަނަމަ، މަޖިލިސް މެމްބަރުންގެ ފަހަތުން ދުވެ، މެމްބަރުންނަށް ލިބޭ އިނާޔަތްތަކާ މެދު ސުވާލު އުފައްދަންޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން މައުރޫފް ފާހަގަކުރެއްވި ގޮތުގައި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަކީ ރައްޔިތުންގެ ވަކީލުންނަށް ވާއިރު، ރައްޔިތުންގެ އިހުސާސްތައް ދަނެގެން މަސައްކަތް ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ނަމަވެސް މިހާރު ފެންނަމުންދަނީ ރައްޔިތުންގެ އަޑު އިއްވުމުގެ ބަދަލުގައި މެމްބަރުން އިސްކަންދޭ އެހެން މަސްލަހަތުތަކެއް އޮންނަ މަންޒަރު ކަމަށާއި، މިއީ މުޅި މުއައްސަސާގެ އަގު ވެއްޓެން މެދުވެރިވާ ސަބަބެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މަޖިލިސް މެމްބަރުންނަށް ލިބޭ ހެލްތު އިންޝުއަރެންސް ކަނޑާލުމަށް ގޮވާލައި ހުށަހަޅާފައިވާ މި ޕެޓިޝަނަކީ، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށާއި މެމްބަރުންނާއި އާންމު ރައްޔިތުންނާ ދެމެދު އޮތް ފަރަގު ކުޑަކުރުމަށް ބާރުއެޅުމުގެ ގޮތުން ހުށަހަޅާފައިވާ ޕެޓިޝަނެކެވެ.

މައުރޫފް ޒާކިރުޞިއްޙީ ބީމާ

އެންމެ ހިނގާ

1

އެއް ފަހަރާ އެކަކަށް ކުންފުންޏެއްގެ އެމްޑީކަމާއި ސްޓޭޓް މިނިސްޓަރުކަން މިއީ ކިހިނެއް ހިނގާ ސަރުކާރެއް؟

2

ޕްރައިމަރީއާ ގުޅޭގޮތުން ފައިސަލް އާއި ރައީސް ސޯލިހުގެ 3 ގަޑިއިރުގެ ބައްދަލުވުމެއް!

3

ފްލައިޓް ލަސްވެގެން ވީއައިއޭގައި ޗައިނާ ފަތުރުވެރިންނާއި ފުލުހުންގެ މެދުގައި ހިނގި ހަމަނުޖެހުމުގެ ފަހަތުގައިވަނީ ކޮންކަމެއް؟

4

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ ރައްޔިތަކަށް ދެ ލައްކަ ރުފިޔާގެ އެހީއެއް ދޭނަން، ގޭގައި ގިނަ މީހުން ތިބިއްޔާ މިލިއަނެއްވެސް ލިބިދާނެ: ރައީސް

5

ރަސްމާލޭގައި ދިވެހި ފުލުހުން ނުތިބޭނެ ކަމަށާއި، އެތާ ތިބޭނީ އަލައްބާރުގެ އަމިއްލަ ސެކިއުރިޓީން ކަމަށް ވަޒީރުން ވިދާޅުވި، އެކަމަށް ހެކިވާނެ މީހުންވެސް އެބަތިބި: ޒަމްޒަމް ފާރިޝް

އިތުރަށް ކިޔާލަން

07 އޮކްޓޯބަރު 2026

ރަސްމާލެ މަޝްރޫއާ ގުޅޭ ގޮތުން މަޖިލީހުގައި ޕީއެންސީއަށް ނިސްބަތްވާ މެންބަރުންނަށް ވާހަކަދައްކަން ނުކެރޭ: މެންބަރު މައުރޫފް

07 އޮކްޓޯބަރު 2026
ރަސްމާލެ މަޝްރޫއާ ގުޅޭ ގޮތުން މަޖިލީހުގައި ޕީއެންސީއަށް ނިސްބަތްވާ މެންބަރުންނަށް ވާހަކަދައްކަން ނުކެރޭ: މެންބަރު މައުރޫފް
06 އޮކްޓޯބަރު 2026

ކުށް ކޮށްގެން ހޯދާ މުދަލުގެ ބިލު ގެނެސްގެން އުޅެނީ ރަސްމާލެ ވިއްކާލައިގެން ލިބުނު ކަޓު ސިއްރެއްގެ ގޮތުގައި ބާއްވަންވެގެން: މެންބަރު މައުރޫފް

06 އޮކްޓޯބަރު 2026
ކުށް ކޮށްގެން ހޯދާ މުދަލުގެ ބިލު ގެނެސްގެން އުޅެނީ ރަސްމާލެ ވިއްކާލައިގެން ލިބުނު ކަޓު ސިއްރެއްގެ ގޮތުގައި ބާއްވަންވެގެން: މެންބަރު މައުރޫފް
05 އޮކްޓޯބަރު 2026

އެންމެ ފަހުން ރަސްމާލެ މަޝްރޫއު މިވީ ރިޔާސީ އިންތިޚާބަށް ފަންޑު ހޯދުމަށް ކަޓުނަގާ ޕްރޮޖެކްޓަކަށް: މައުރޫފް

05 އޮކްޓޯބަރު 2026
އެންމެ ފަހުން ރަސްމާލެ މަޝްރޫއު މިވީ ރިޔާސީ އިންތިޚާބަށް ފަންޑު ހޯދުމަށް ކަޓުނަގާ ޕްރޮޖެކްޓަކަށް: މައުރޫފް
16 ސެޕްޓެމްބަރު 2026

ގާނޫނު ހަދައިގެން އިހުތިރާމު އަދާކުރުން މަޖުބޫރުކުރާ ދިމާލަށް ގެންދިއުމަށް މި ސަރުކާރުން ދަނީ މަސައްކަތް ކުރަމުން: މެންބަރު މައުރޫފް

16 ސެޕްޓެމްބަރު 2026
ގާނޫނު ހަދައިގެން އިހުތިރާމު އަދާކުރުން މަޖުބޫރުކުރާ ދިމާލަށް ގެންދިއުމަށް މި ސަރުކާރުން ދަނީ މަސައްކަތް ކުރަމުން: މެންބަރު މައުރޫފް
13 ސެޕްޓެމްބަރު 2026

ކޮންމެ ރަށެއްގެ ބަނދަރުގައި ރައީސް މުއިއްޒުގެ ފޮޓޯގައި "ކައްޒާބު" ލިޔެ ހަރުކުރަން ޖެހޭ: މައުރޫފް

13 ސެޕްޓެމްބަރު 2026
ކޮންމެ ރަށެއްގެ ބަނދަރުގައި ރައީސް މުއިއްޒުގެ ފޮޓޯގައި "ކައްޒާބު" ލިޔެ ހަރުކުރަން ޖެހޭ: މައުރޫފް
27 އޯގަސްޓު 2026

ޑޮލަރުގެ އަގު 23 ރުފިޔާއިން މައްޗަށް އަރާއިރު އެ ވާހަކަ ބުނުމުން ޖަލަށްލާ ހިސާބަށް ޤައުމުގެ ހާލަތު ގޮސްފި: މައުރޫފް

27 އޯގަސްޓު 2026
ޑޮލަރުގެ އަގު 23 ރުފިޔާއިން މައްޗަށް އަރާއިރު އެ ވާހަކަ ބުނުމުން ޖަލަށްލާ ހިސާބަށް ޤައުމުގެ ހާލަތު ގޮސްފި: މައުރޫފް
26 އޯގަސްޓު 2026

ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހަކީ ބިން ފޭރޭ ބިލެއް، މި ބިލަށް ބަހުސްކުރަން ރަނގަޅުވާނީ އިސްރާއީލުގެ މަޖިލީހެއްގައި: މައުރޫފް

26 އޯގަސްޓު 2026
ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހަކީ ބިން ފޭރޭ ބިލެއް، މި ބިލަށް ބަހުސްކުރަން ރަނގަޅުވާނީ އިސްރާއީލުގެ މަޖިލީހެއްގައި: މައުރޫފް
26 އޯގަސްޓު 2026

ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ މާރުކުރާތީ ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި

26 އޯގަސްޓު 2026
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ މާރުކުރާތީ ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި
17 އޯގަސްޓު 2026

މިއަދު ފެންނަނީ ޓެކްސް ނިޒާމު ލާދީނީކަމަށް ބުނި މީހުން އިތުރު ޓެކްސް ނަގަން މަސައްކަތްކުރާ ތަން: މައުރޫފް

17 އޯގަސްޓު 2026
މިއަދު ފެންނަނީ ޓެކްސް ނިޒާމު ލާދީނީކަމަށް ބުނި މީހުން އިތުރު ޓެކްސް ނަގަން މަސައްކަތްކުރާ ތަން: މައުރޫފް
16 އޯގަސްޓު 2026

މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ސަބަބުން ވިޔަފާރިތަކަށް ޓެންޝަން އިތުރުވާނެ: މެންބަރު މައުރޫފް

16 އޯގަސްޓު 2026
މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ސަބަބުން ވިޔަފާރިތަކަށް ޓެންޝަން އިތުރުވާނެ: މެންބަރު މައުރޫފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް