Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމުއިއްޒު ސަރުކާރު

ގާނޫނު ހަދައިގެން އިހުތިރާމު އަދާކުރުން މަޖުބޫރުކުރާ ދިމާލަށް ގެންދިއުމަށް މި ސަރުކާރުން ދަނީ މަސައްކަތް ކުރަމުން: މެންބަރު މައުރޫފް

16 ސެޕްޓެމްބަރު 2026 | ބުދަ 12:22

ސަރުކާރުން މަސައްކަތް ކުރަނީ ގާނޫނެއް ހަދައިގެން އެންމެންނަށް އިހުތިރާމު އަދާކުރުން މަޖުބޫރުކުރުވަން ކަމަށް ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވި. އިންސާނީ ތަބީއަތުގައި ހުންނަ ކަންކަމަކީ މަޖުބޫރުން ކުރުވޭނެ ކަންކަން ނޫންކަން ފާހަގަކުރައްވައި، މިއީ ރައްޔިތުންނަށް ކަންކަން ނުކޮށްދެވޭތީ ވިސްނުން އަނބުރާލުމަށް ކުރާ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި

އަމްނާ އިމާދު
އަމްނާ އިމާދު | 16 ސެޕްޓެމްބަރު 2026 | ބުދަ 12:22
ރާއްޖެޓީވީގެ ޓީވީޓޯކް ޕްރޮގްރާމްގައި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވާހަކަ ދައްކަވަނީ

ރާއްޖެޓީވީގެ ޓީވީޓޯކް ޕްރޮގްރާމްގައި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވާހަކަ ދައްކަވަނީ | ރާއްޖެއެމްވީ

ސަރުކާރުން މިހާރު މަސައްކަތް ކުރަމުންދަނީ ގާނޫނެއް ހަދައިގެން އެންމެންނަށް އިހުތިރާމު އަދާކުރުން މަޖުބޫރުކުރުވާ ދިމާލަށް ގެންދިއުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ޓީވީޓޯކް ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މެންބަރު މައުރޫފް ވިދާޅުވީ، ދެން މަޖިލިސް ހުޅުވޭއިރު އިހުތިރާމު އަދާކުރުން މަޖުބޫރުކުރާ ބިލެއް ޑްރާފްޓްކޮށްގެން މަޖިލީހަށް ހުށަހަޅައިފާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި އިންސާނީ ތަބީއަތުގައި ހުންނަ ކަންކަމަކީ މަޖުބޫރުން ކުރުވޭނެ ކަންކަން ނޫން ކަމަށްވެސް އޭނާ ފާހަގަކުރެއްވި އެވެ.

Advertisement - newsAdvertisement

މިސާލެއް ދައްކަވަމުން މެންބަރު މައުރޫފް ވިދާޅުވީ، މީހަކު ފެނުމުން ހިނިތުންވުމަކީ ތަބީއީ ކަމެއް ކަމަށާއި، ނަމަވެސް ރިސޯޓުތަކުގެ ވެއިޓަރުންނަށް މުސާރަ ލިބެނީ ހިތްހަމަނުޖެހިފައި ހުއްޓަސް ދަތްދައްކަން މަޖުބޫރުވެގެން ކަމަށެވެ. އަދި މިހާރު ރައީސް މުއިއްޒު ފައްޓަވައިގެން އުޅުއްވަނީ އެފަދަ ކަމެއް ކަމަށް މެންބަރު މައުރޫފް ވިދާޅުވި އެވެ.

މިސާލަކަށް ހީލުން، މީހަކު ފެނުނީމާ ހީލުން އެއީ ވަރަށް ތަބީކަމެއް ދޯ؟ ހީލެވެނީ ހީލަންޖެހޭ ކަހަލަ ކަމެއް މެދުވެރިވީމާ. އެހެންނަމަވެސް ބައެއްފަހަރު މި އަޅުގަނޑުމެން މި ރިސޯޓްތަކުގައި ވެއިޓަރުންނަށް އުޅޭއިރުގައި ދެން. އަދި ހިތްހަމަނުޖެހި ހުއްޓަސް ދަތްދައްކާލަންޖެހޭ. އެއީ މަޖުބޫރުކަމެއް. އާދެ، މުސާރައެއް ނުލިބޭ އެހެން ނޫނިއްޔާ. އެހެންވީމާ އެކަހަލަ ކަމެއް އެއީ. މިހާރު ރައީސް ފައްޓަވައިގެން ތި އުޅެނީ
މައުރޫފް ޒާކިރު

މީގެއިތުރުން، ވެރިއަކު ރައްޔިތުންނަށް ހެޔޮނޭދި، ކަންކަން ނުކޮށްދެވޭތީ އޮޅުވާލުމަށްޓަކައި މުޅިން އެހެން މަގަކުން ރައްޔިތުންގެ ވިސްނުން އަނބުރާލުމަށް މަސައްކަތްކުރާ ކަމަށް ވެސް މެންބަރު މައުރޫފް ތުހުމަތުކުރެއްވި އެވެ. އަދި މިއީ ރައްޔިތުން ވަރަށް ބޮޑަށް ސަމާލުވާންޖެހޭ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.

މެންބަރު މައުރޫފް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ގަދަކަމުން ނުވަތަ މަޖުބޫރުން ކަންކަން ނުކުރުވޭނެ ކަމަށާއި، ނަމަވެސް އޭގެ އަޑި ނޭނގި ބަލާ މީހަކަށް ވަރަށް މާތް އަދި ރަނގަޅު ކަމެއް ކުރާހެން ހީވެދާނެ ކަމަށެވެ.

މައުރޫފް ޒާކިރު

އެންމެ ހިނގާ

1

އެމެރިކާއިން އީރާނަށް ހަމަލާދޭން ފެށި ދުވަހުގެ ހާމަނުކުރާ ވާހަކަތައް: އެމެރިކާގެ ހަމަލާތަކަށް ފަހު މަދު ގަޑިއިރުތަކެއްގެ ތެރޭގައި އީރާނުން އެފް-35 މަރުކާގެ ބޯޓެއްގެ މިޝަން ހުއްޓުވައި އެމެރިކާ ސިއްސުވާލި

2

ބޭނުންކުރެވޭ ރިޒާވް ދަށަށް ދިއުމާއެކު ޑޮލަރު މާރުކުރުމުގެ ގަވާއިދަށް ސަރުކާރުން ބޮޑެތި ބަދަލުތަކެއް ގެނެސްފި

3

ސިނަމާލެ ބްރިޖަށް އުރުނު ދެ ބޯޓު އަޑިއަށް ދާނެ ކަމަކަށް ގަބޫލެއް ނުކުރެވޭ: ނާޒިމް

4

އީރާނުން ބަޑިޖަހައި ވައްޓާލި އެމެރިކާގެ އަސްކަރީ ބޯޓުގައި އިން އެއާމަން ސަލާމަތްކުރުމަށް ހިންގި ނުރައްކާތެރި އޮޕަރޭޝަނުގެ ވާހަކަ

5

ޕީއެންސީ ކޮންގްރެސްގެ ބެކްޑްރޮޕް އާއި ޤައުމީ ދިދައިގެ ހުރުމަތް

އިތުރަށް ކިޔާލަން

13 ސެޕްޓެމްބަރު 2026

ކޮންމެ ރަށެއްގެ ބަނދަރުގައި ރައީސް މުއިއްޒުގެ ފޮޓޯގައި "ކައްޒާބު" ލިޔެ ހަރުކުރަން ޖެހޭ: މައުރޫފް

13 ސެޕްޓެމްބަރު 2026
ކޮންމެ ރަށެއްގެ ބަނދަރުގައި ރައީސް މުއިއްޒުގެ ފޮޓޯގައި "ކައްޒާބު" ލިޔެ ހަރުކުރަން ޖެހޭ: މައުރޫފް
27 އޯގަސްޓު 2026

ޑޮލަރުގެ އަގު 23 ރުފިޔާއިން މައްޗަށް އަރާއިރު އެ ވާހަކަ ބުނުމުން ޖަލަށްލާ ހިސާބަށް ޤައުމުގެ ހާލަތު ގޮސްފި: މައުރޫފް

27 އޯގަސްޓު 2026
ޑޮލަރުގެ އަގު 23 ރުފިޔާއިން މައްޗަށް އަރާއިރު އެ ވާހަކަ ބުނުމުން ޖަލަށްލާ ހިސާބަށް ޤައުމުގެ ހާލަތު ގޮސްފި: މައުރޫފް
26 އޯގަސްޓު 2026

ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހަކީ ބިން ފޭރޭ ބިލެއް، މި ބިލަށް ބަހުސްކުރަން ރަނގަޅުވާނީ އިސްރާއީލުގެ މަޖިލީހެއްގައި: މައުރޫފް

26 އޯގަސްޓު 2026
ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހަކީ ބިން ފޭރޭ ބިލެއް، މި ބިލަށް ބަހުސްކުރަން ރަނގަޅުވާނީ އިސްރާއީލުގެ މަޖިލީހެއްގައި: މައުރޫފް
26 އޯގަސްޓު 2026

ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ މާރުކުރާތީ ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި

26 އޯގަސްޓު 2026
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ މާރުކުރާތީ ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި
17 އޯގަސްޓު 2026

މިއަދު ފެންނަނީ ޓެކްސް ނިޒާމު ލާދީނީކަމަށް ބުނި މީހުން އިތުރު ޓެކްސް ނަގަން މަސައްކަތްކުރާ ތަން: މައުރޫފް

17 އޯގަސްޓު 2026
މިއަދު ފެންނަނީ ޓެކްސް ނިޒާމު ލާދީނީކަމަށް ބުނި މީހުން އިތުރު ޓެކްސް ނަގަން މަސައްކަތްކުރާ ތަން: މައުރޫފް
16 އޯގަސްޓު 2026

މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ސަބަބުން ވިޔަފާރިތަކަށް ޓެންޝަން އިތުރުވާނެ: މެންބަރު މައުރޫފް

16 އޯގަސްޓު 2026
މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ސަބަބުން ވިޔަފާރިތަކަށް ޓެންޝަން އިތުރުވާނެ: މެންބަރު މައުރޫފް
10 އޯގަސްޓު 2026

މި ސަރުކާރުން ދަނީ ކައުންސިލްތަކަށް އޮންނަ ހަމައެކަނި ބާރަކީ ވިހާ މަރުވާ ބެލެހެއްޓުން ކަމަށް ހެދުމަށް މަސައްކަތް ކުރަމުން: މައުރޫފް

10 އޯގަސްޓު 2026
މި ސަރުކާރުން ދަނީ ކައުންސިލްތަކަށް އޮންނަ ހަމައެކަނި ބާރަކީ ވިހާ މަރުވާ ބެލެހެއްޓުން ކަމަށް ހެދުމަށް މަސައްކަތް ކުރަމުން: މައުރޫފް
04 އޯގަސްޓު 2026

މަޝްރޫއުތައް ހިންގުމުގެ ނަމުގައި މި ސަރުކާރުން ކުރާ ކަމަކީ ވައްކަންކުރުން: މައުރޫފް

04 އޯގަސްޓު 2026
މަޝްރޫއުތައް ހިންގުމުގެ ނަމުގައި މި ސަރުކާރުން ކުރާ ކަމަކީ ވައްކަންކުރުން: މައުރޫފް
29 ޖުލައި 2026

މުވައްޒަފުން މަދުކުރުމުގެ ނަމުގައި ސަރުކާރާ ދެކޮޅު މީހުން ވަޒީފާ އިން ކަނޑާކަމަށް ބުނާ މައްސަލަ ބަލައިނުގަނެ ބޭރު ކޮށްލައިފި!

29 ޖުލައި 2026
މުވައްޒަފުން މަދުކުރުމުގެ ނަމުގައި ސަރުކާރާ ދެކޮޅު މީހުން ވަޒީފާ އިން ކަނޑާކަމަށް ބުނާ މައްސަލަ ބަލައިނުގަނެ ބޭރު ކޮށްލައިފި!
27 ޖުލައި 2026

ރާއްޖޭގައި މިނިވަން މުއައްސަސާއެއް ނެތް، ޕީސީބީ ވެސް އޮތީ ސަރުކާރުގެ ކޮންޓްރޯލްގެ ދަށުގައި: މެންބަރު މައުރޫފް

27 ޖުލައި 2026
ރާއްޖޭގައި މިނިވަން މުއައްސަސާއެއް ނެތް، ޕީސީބީ ވެސް އޮތީ ސަރުކާރުގެ ކޮންޓްރޯލްގެ ދަށުގައި: މެންބަރު މައުރޫފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް